އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ފަތަށް އިތުރު ކުރަން ބޭކާރު ވާހަކަ ނުދައްކާ ހުންނެވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ވިދާޅުވެ ހަސަން ލަތީފް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ހަސަން ލަތީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ލީޑަރުން، ސިޔާސީ ބޭނުން ފުއްދުމަށްޓަކައި ވާހަކަ ދެއްކުމަކީ ފަސާދައެއް ކަމަށާއި އެކަން ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މި ޓްވީޓަށް ރައްދު ދެއްވައި ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގެ އިލްމު އުނގެނެވިފައި ނެތް ބޭފުޅަކަށް ދީން ހަތިޔާރަކަށް ހެދޭނެ ގޮތާއި އެ ނޫން ގޮތް ނޭނގޭނެ ކަމަށެވެ. ވީމާ ފަތަށް އިތުރު ކުރަން ބޭކާރު ވާހަކަ ނުދެއްކެވުމަށް އެދޭ ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ރދ

  ކަލޭވެސް ދެން ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް. ލާދީނީ ވެރިކަން ގެންނަން ކަލޭވެސް ބައިއަތު ހިފި.

  44
  147
 2. މޭޔަރު

  ޑރ. ތިޔަ ވިދާޅުވީ މިގައުމުގެ މީހަކު ބުނި އެންމެ ތެދުބަސް. ތަންދޮރު ނުދަންނަ ދީން ނުދަންނަ މުރައްކަބުޖާހިލަކަށް ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ކަން އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިކަހަލަ މުރައްކަބު ޖާހިލުން ގިނަވެގެން ގޮސް ދީނަށް ހަތިޔާރަށް ހަދަނިއްޔޭ މިގޮވަނީ. މި މުރައްކަބު ޖާހިލުންނަށް ނޭނގޭ ކަމަކީ މުސްލިމުންގެ އަތުގައި އޮތް އެންމެ ބާރުގަދަ އެންމެ ވަރުގަދަ ހަތިޔާރަކީ ދީންކަން. އެ ދީނުގައި ރޯދައަކީ އައްޑަނަކަން. މިވަރު ނޭނގޭ މުރައްކަބު ޖާހިލުން ދައްކާ ވާހަކަ އަޑުއަހާކަށް ނުވާނެ.

  214
  1
 3. ދޮގެއްތަ

  ދޮގެނޫނެނޫން.. ސަރުކާރު އިސްތިއުފާދޭންޖެހޭ ވާހަކަ ގިނަނުކޮށް.. ކުރިހުވަޔާ ހިލާފުވީމަ އިސްތިއުފާ ނުދިނުމަކީ އަނެއްކާވެސް ހިޔާނާތެ..

  177
  1
 4. ހަމަހަމަ

  ތިމަންނާމިއީ ޙަތަރު ކަށިމަތި މާލެ މީހެކޭ ކިޔައި ޕޯޑިޔަމްތައް މަތީ ހުރެ ބޮޑާވި މި ހަސަން ލަތީފަށް ބުނެލަން އޮތީ އެ ރިޕޯޓުގަ އޮތް ވާހަކަތައް ގޯސްކަމަށް އެންމެންދެކޭއިރު އޭތި ދިފާއުކުރަން ނޫޅެ އެމައްސަލަ ހައްލުކުރާށޭ ، އޭރުން އިދިކޮޅަކަށް އޭގެ ނާޖާއިޒު ފައިދާއެއް ނުނެގޭނެޔޭ.

  98
 5. ރާނީ

  ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ތަކުރާރުކޮށް އިވެމުންދިޔަ އެއް ވާހަކައަކީ އެމްޑީޕީގެ ބާރު އޮތް ވެރިކަމެއް ފެށިއްޖެނަމަ ޤަވްމު އަޅުވެތިކަމާދިމާއަށް މިޞްރާބު ޖަހާނޭ ވާހަކަޔާ ، ޤަވްމުގެ ޢުމްރާނީ ތަރައްޤީ ހުއްޓޭނޭ ވާހަކަޔާ ، ޤަވްމުގެ އިޤްތިޞާދު ފުލުންދާނޭ ވާހަކަޔާ ، އިސްލާމްދީން ފުނޑާލާނޭ ވާހަކައެވެ. އެދުވަހު ޒައިދުވެސް ޢިޔާޒުވެސް އިލްޔާސްވެސް އެވާހަކަތައް ޤަބޫލުނުކުރިއެއްކަމަކު މިއަދު މިއޮތީ އެކަންކަން ލޮލަށްފެނި އެ ހުރިހާ ވާހަކަތައް ޤަބޫލުކުރަން މަޖުބޫރުވެފައެވެ.

  116
  1
 6. ތަކުރު

  އޭނަ ނޫޅޭ ފަތަށް ނުބައިކަންތައް އިތުރުވެދާނެތީ ބިރަކުން. އެގެބަދަލުގަ އެމީހުން އުޅެނީ މިރާއްޖެޔަ އެހެން ދީނެއް ނުގެނެވިގެން އެކަމާބިރުން.

  140
  1
 7. ކިނބޫފެކްޝަން

  ކަލެއަކަށް ނުކެރުނުތާ ނަޝީދާ ދިމާއަށް ތިހެންވެސް ބުނެލާކަށް. އެކަލޭގެ ބުނާ އެތި އަކުރުންއަކުރަށް ތަކުރާރުވެގެން ހަތަރުަކށިމަތީގެ ނިކުންނަކަން ކަލެއަށްވެސް އެ.ނގޭނެ

  10
  1
 8. އަޙްމަދް

  އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ފަތަށް އިތުރު ކުރަން ބޭކާރު ވާހަކަ ނުދައްކާ ހުންނެވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އިލްތިމާސް ކުރައްވައިފިއެވެ.
  —————————————————————————————————————
  ޑރ. އިޔާޒު މެން ދީންކިޔަވާ ޑރ. ކަމުގެ ސެޓްފިކެޓު ނަންގަވައިގެން ތަންތާ ތިބޭ ސިޔާސީ މީހުންނައި ޝޯސަލް މީޑިއާގައި ޢިލްމާއި ނުލާ ބޭކާރު ގޮތިުގައި ޖަދަލު ކުރީމާ ޑރ. އިޔާޒްގެ ފަތަށް އިތުރުވާނީ ވަކި ކޯއްޗެއްތޯއެވެ؟

  1
  15
 9. ކކކކ

  ފަތޭ ޤިޔާމަތޭ ކަށްވަޅުގެ ޢަޒާބޭ ކީމަ އެމީހުންކައިރިއަށް އަންނާނީ ހިނި. އެމީހުން ޤަބޫލު ކުރާ ކަންކަން ނަމަތާ ބިރެއްވެސް ގަންނަން އެނގޭނީ

  13
 10. ހާމިދު

  ޔޫ ހެ ލްޕް ދެމް ޓު ޓޯކް

 11. އަހަންގޯތިސޮރު

  ރަސޫލާގެ ދިފާއުގައި ތެދުވޭ

  10
 12. ޢަލަފް

  މޮޔަ ހަސަންލަތީފް މެން ކަހަލަ ބަޔަކު ވެރިކަމަށް ގެނައުމަކީ މަމެންނަށް ހެދުނު ގޯހެއް

  13
 13. ބިންގޯ

  ދީން ހަތިޔާރަކަށް ހެދީ އެމް.ޑީ،އެން ނޫންބާ.

  12
 14. ރަަސި

  ޑރ އިޔާޒުމެންގެ ޙަގީގީ އިޚުލާސްތެރިކަމެއް ނެތީމަ ނޫންތޯ އިސްލާމް ދީނާ ދެކޮޅަށް ފާޅުގަ އަޑު އުފުލާ ﷲ އާއި ރަސޫލާ އަށް ފުރައްސާރަ ކޮށް އިތުރު ބާރަކާއެކު އެމްޑީޕީ މިނުކުތީ. ކުރިން ވެސް އެމްޑީޕީ ވެރިކަމަށް އަންނަ އިރަށް ދީނާ ދެކޮޅު ހަރަކާތްތައ

  13
 15. ދެކޮ

  ރައްބެއް ރަސޫލެއް އާޚިރަތް ދުވަހެއް ގޮތެއް ފޮތެއް ފަތެއް ޤަބޫލުކުރާމީހަކާ ދިމާލަށް ތިޔަކަހަލަ އެއްޗެއް ބުނެގެން ހިތައް އަސަރެއްވެސް ކުރާނީ... ދެން ޝޭޚަށް ބުނެލަން މިސަރުކާރު ގެންނަން ސޭހުވެސް ބުރަ މަސައްކަތެއްކުރި އެކަން ހަދާން ބަހައްޓާތި.. މިއަދު ދީނުގެ ހިމާޔަތުގައި ތިޔަވަރަށް ބަސްބުނާތީ އުފާކުރަން... ބައެއް ސޭކުން އަދިވެސް ތިބީ ޑިޕްލޮމެޓިކް ޕާސްޕޯޓު ޖީބަށް ޖަހާލައިގެން އަނގަ ބަންދުކޮށްގެން، އަނެއްބައި ސޭކުން މަތީ މަގާމުތަކުގައި މަގާމުގެ މަސްތުގައި ތާއަށް ޖެހިޖެހި..

 16. ލަކީ

  ޙެހެ ދެން އެހެން ވީމަ މިގައުމުގަ ހުސް ލާދީނީ މީހުންނަށް
  ޥީ ދޯ މުޅިން މޮޔަވާހަކަ