ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އަޅަން ފަށާފައިވާ 25 ބުރީގެ ފްލެޓު އިމާރާތްތަކުގެ އެންމެ މަތިން ތިރިއަށް އަންނަން ނަގާނީ އެންމެ 35 ސިކުންތު ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާންގ ލިޒޯންގް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ޓަވަރުތަކުގެ ސަލާމަތީ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑެއްގައި އެކަށީގެންވާ ގޮތަށް ކަމަށެވެ. އަދި އެ ޓަވަރުތަކުގެ ލިފްޓުތަކުން 35 ސިކުންތު ތެރޭ އެންމެ ތިރިއަށް އާދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގައި ހަދަން ފެށި 7000 ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް މިހާރު ގެނެސްފައިވާ ކަމަށާއި، އެ ޕްރޮޖެކްޓް ނިމޭއިރު ހުންނާނީ 6860 ފްލެޓް ކަމަށް، އެޗްޑީސީގެ މެނޭޖިންގ އެޗްޑީސީން ވަނީ ކުރިން ވިދާޅުވެފައެވެ.

އެޗްޑީސީން އެއިރު ވިދާޅުވީ، 6860 ޔުނިޓަކީވެސް ދެ ކޮޓަރީގެ އެޕާރޓްމަންޓް ކަމަށެވެ.

"7000 ޔުނިޓަކީވެސް ދެ ކޮޓަރީގެ އެޕާރޓްމަންޓް. އެއްވެސް ވަރަކަށް 3 ކޮޓަރީގެ އެޕާރޓްމަންޓެއް ނުހުންނާނެ. ދެ ކޮޓަރި، ދެ ފާނާހާ، ސިޓިންރޫމް، ބަދިގެ، ކާގެ، މި ބައިބައި ހިމެނޭނީ. ކޮންމެ އެޕާރޓްމަންޓް އަކީ 550 އަކަފޫޓު. 25 ބުރިއަށް އިމާރާތް ކުރެވިފަ ހުރިއިރު، މިއިން ބޮލޮކެއްގައި އެބަ އިނދޭ 450 ފްލެޓް. އެއީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް. ނަމަވެސް ހަތަރު ލިފްޓް މި އިންނަނީ. އެހެންވީމަ އެއީ ވަރަށް މަދު އަދަދެއް. ޚާއްޞަކޮށް، ޕީކް ގަޑީގައި ވަރަށް އުނދަގޫވެގެންދާނެ ކަމަށް ޤަބޫލުކުރެވެނީ." ރައީސް އޮފީހުގައި މިދިޔަ ޖޫން މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިންގ އެޗްޑީސީގެ މެނޭޖިންގ ޑިިރެކްޓަރ، ސުޙައިލް އަޙުމަދު ވިދާޅުވިއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކުރަން ނިންމާފައިވާއިރު، މިހާރު ހުރިހާ ޓަވަރެއްގެ ސްޓްރަކްޗަރ ވަނީ އެއްކޮށް ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިބްރާހީމް

    ދެން ކޮބާ އެއްކޮޓަރީގެ އެޕާޓްމަންޓް

    27
    1
  2. ކިނބޫ

    ޔާމީނު ކާލި ރުފިޔާތައް ދޯ މިފެންނަނީ. ރަނގަޅު އެހެންވީމަ.

    97
    8
    • ކިނބޫ

      އަދިވެސް އިތުރަށް ކޭނަމައެއްނު ރަނގަޅީ ދޯ؟

      76
      3
  3. ޢާލިމް

    ހެނދުނު އެންމެން އެއްފަހަރާ އޮފީހާއި ސްކޫލުތަކަށް ދާން ނިކުމެ ހުރިހާ ފްލޯ ތަކުން ލިފްޓަށް ކޯލް ކުރީމާ ހުރިހާ ފްލޯއެއްގައި ހުއްޓަމުން ހަމަ އަންނާނީ 30 ސިކުންތުންދޯ؟

    44
    39
    • ދޮންބެ

      ބުނާ އެއްޗެއް ދޭހަނުވާމީހުން ފޫހިފިލުވާލަން ކޮމެންޓް ކުރަނީ.

      24
      4
  4. ޗައުޅާ

    އަލިފާންރޯވެއްޖެ ހާލަތެއްގަ ލިފްޓެއް ބޭނުމެއްނުކުރެވޭނެ! ދެން ސިޑިން ފައިބަން ކިތައް މިނިޓު؟ މުސްކުޅިން ފައިބަން ކިތައް ގަޑިއިރު؟

    22
    27
    • ާރައީސް ނަޝީދު

      ފުންމާލީމަ ސިކުންތެއްތެރޭ ބިމަށް އަންނާނެ ކަމަށް އެސްޓިމޭޓް ހެދިފައިނީ އަޅުގަނޑުމެނަށް..

      15
      7
  5. ޢަލީކޮއި

    ކުރިންބުނީ ދެ ކޮޓަރީގެ ތަންތަން ތިން ކޮޓަރިއަށް ބަދަލު ކުރާތީ އެޕާޓް މަންޓް މަދުވާވާހަ ކަ، އެ ކަމު މިހާރު މިބުނަނީ ހަމަ ދެ ކޮޓަރިއޭ، 140 އެޕާޓްމަންޓް ރީނދޫ ބައިމީހުންނަށް ބަހާލީދޯ. މަ ކަރާ ހީލަތުގެ ސަރު ކާރު.

    65
    5
  6. ރާފިޢު

    މިހުރެ ފެންނަނީ ހަރުދަނާ ވެރިޔެއްގެ ހަރުދަނާ މަސައްކަތްތަކެވެ. ފޭރިގަތް ސަރުކާރުގެ ވެރިން މިތަންތަނަށް ބަލަން ލަދު ގަނޭހެއްޔެވެ؟

    81
    2
  7. ހަސަ

    އެއްކޮޓަރި އެޕާޓްމަންޓް ހުންނަނީ އަމިއްލަ ފަރާތްތަކަށް ހަވާލުކުރި ޓަވަރު ތަކުގަ.އެއީ ސްޓެލްކޯ.އެއާރޕޯޓް.

    39
    2
  8. ޒުމްބާ

    ތިޔަ ފްލެޓްތަކުގަ އުޅެނީ ހުސް ހެދުނު 8 ޖަހާއިރު އޮފީހަށްދާ މީހުން ދޯ

    49
    1
  9. ދޮގެއް؟

    ކުރަފިބޯތަކކެއް ކަންކަމާ ހަވާލުވީމަ ވާނުވާ ނޭނގޭނެ. ދެން ގޮވޭނީ ކޮސް.

    60
    1
  10. ޏީމް

    ދެން ތިވެސް ކޮންމެސްބަޔަކަށް ދޭންވެއްޖެނު، ހާދަ ސުލޯ ސަރުކާރެކޭ މީ ދޯ، ކޮބާ ތަ ހަދައިގެން އުޅޭ ކޮމެޓީތަކާ ކޮމިޝަންތައް

    14
  11. ޙަނާ

    ކޮބާތޯ ސިވިލްސާވަންޓް ފޮލެޓްތައްޓ...ހަދާންނެތުނީތޯ. ޥަގުތު ކުދިންވެސް ސުރުހީއައް އަރުވަބަލަޓ..އާދޭސްކުރަން

    10
  12. އަހްމަދު

    ރައީސްޔާމީންއަށް ހަމަ އައްސަރިބާހައި ސާބަސް ތިޔައީ ރައީސަކީ 30 އަހަރު ނުފެނުނު ވަރުގެ ބިޔަ މަސްރޫއުތައް އެންމެ 5 އަހަރުން ސުކުރިއްޔާ ރައީސްޔާމިން

    22
    1
  13. އަހުމަދު

    މެލޭސިޔާގައި33 ބުރީގެ އިމާރާތެއްގައި އަޅުގަނޑު އުޅުނީން ތިޔަބުނާ ވަރަށް މީހުން ބޭރަށް ހިންގާ ހެން އަބަދުއަރަ އަރާ ފައިބަ ފަބައެއް ނޫން ތިބެނީ ކޮހުންނަށް ނޭގޭނެ މިއީ ވެލާނާގެ އެއް ނޫނެ އެއްފަހަރާ އެންމެން ގަޑިއަށް އޮފީހަށް ވަންނަން ތޮއްޖެހެން ކިއްތެރިވެސް ވާންޖެހޭ 35 ސިކުންތުވެސް ލަސްވާ މީހުން އުޅޭނެ ހެޔޮ އެއްގޮތް ނޯވޭ އެއްސިކުންތުވެސް ލަސްވާ މީހުން އުޅޭނެ އަލިފާން ރޯވީމާ ދެބުރިއަށް އެއްބުރި އަށް ހުރި ތަންތަނުން ވެސް ނުނިކުމެވި މަރުވާ މީހުން މަރުވާނެ .....ޢާލިމް މެން މިއަށް ވުރެ ރަނގަޅު މޮޅު ގޮތްގޮތަށް ފްލެޓް އަޅާބަލަ

    14
  14. އަހުމަދު

    އާލިމު ތަލިން ކުޅު ހިކިއްޖެ ދޯ އަދި މިސަރުކާރު އައިފަހުން ފްލެޓެއް އަޅަން ސޮއިވެސް ކޮށް ނުލެވިގެން އެއުޅެނީ ކަލެއަށް ވެސް ވާނީ އަލީ ސުލައިމާނަށް ވީވަރު ފްލެޓް ނުލިބޭ އިރު ޔާމީނު ސަރުކާރަށް އަަބަދު އެއްޗެތި ކީ މިހާރު އަނގަ ބަންދު ހެ ހެ

    13
  15. ޒ

    ތިހެން ވީއިރު ފްލޯރ އަކަށް ލިފްޓެއް ބެހެއްޓިނަމަ !
    މުޅި ޓަވަރަށް އެންމެ 3 ލިފްޓް ! އާންދެން ގޮތެއްނެތިފަ ތިބިބައެއްގެ ވޯޓް ހޯދަން ކުރިކަމެއް ވީމަ ހުންނާނީ މިހެންކަން އެނގޭ !

    ލަގްޒަރީ ފްލެޓް ތަކުގައި 10 ފްލޯރ އަށް 4 ލިފްޓް +1 ސަރިވސް ލިފްޓް !

    18
  16. ބުތު

    ބަލަހުސްވާހަކަ ނުދއްކާ ނިންމާފަ ދީބަލަ..

    5
    1
  17. އަހްމަދު

    މިތަންތަނުގެ ސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ނުގެނޭ. ބަދަލު ގެނައިކަމަށް އަޑު އަރުވާފާ މިކުރިކަމަކީ މީގެން 140 ފުލެޓް ބައިކުދިންނަށް ކައްވާލީ. 7000ފުލެޓް ހަމަ އެބަހުރި.

    11
  18. މުއާވިން

    4 ލިފްޓް ބަހައްޓައިގެން ލިފްޓަކަށް އެއްފަހަރާ 100 އެއްހާ މީހުންނަށް އެރެންޔާ އޯކޭ އެއްނު. އެހެން ނޫނަސް ހުޅުމާލޭއިން މާލެ އަންނަން ގެއިން ނިކުންނާނީކީ 8:59 ގައެއްނޫން ދޯ.

    10
    2
  19. Anonymous

    ސުޕަރ ވާނެ. ތިއީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ކޮށްދިން ކަމެއް. ރައްޔިތުންނަކީ ގަނޑުވަރު ތެރޭ ބޭފުޅުންގެ ފެންވަރުގެ ޚިދްމަތް ލިބެން ޖެހޭނެ ބައެއްކަމަށް ރައީސް ޔާމީން ގަބޫލު ކުރެއްވީ. އެންމެ ހައި ކޮލިޓީ އެއްޗެހި. ދަރުމަވަންތަ، ބްރިޖް އެއަރޯޓް، ފްލެޓް. ދިވެހިން ގަޅިވީމަ ވަކިނުވީ ރަނގަޅު މީހުނާ ނުބައިމީހުން.

    11