އެންމެ އަނިޔާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ނަމަވެސް ޔާމީނަށް މަޢާފު ކޮށްފިން ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ވައްޑެ ވިދާޅުވީ ޔާމީނާއި ދެމެދު އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

"އެންމެ އަނިޔާކުރީ ރައީސް ޔާމީން ކަމަށް ވިއަސް، އެމިނަކުފާނު އަޅުގަނޑުގެ ކިބައިން މަޢާފަށް ނޭދުނަސް، އަޅުގަނޑު ރައީސް ޔާމީން އަށް މަޢާފް ކޮށްފިން. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ޙަސަދަވެރިކަމެއް ނެތް." ވައްޑެ ވިދާޅުވިއެވެ.

2014 ވަނަ އަހަރު ވައްޑެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން އެމަނިކުފާނަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ މަޖިލީހުގެ 12 މެންބަރުން ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅުމުންނެވެ. ވައްޑެ އަކީ އޭގެ ތެރެއިން އެއް މެންބަރެވެ. ސުޕްރީމް ކޯޓުން އެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމުން ޔާމީނާއި ދެކޮޅަށް އެމެންބަރުން ވަރުގަދަ މަސައްކަތްތަކެއް ކުރިއެވެ.

ޕީޕީއެމް ދެބައިވިއިރު މައުމޫން ފަޅިއަށް އެރި ވައްޑެ، މިއަހަރު އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.

ޖޭޕީ އަށް ސޮއި ކުރެއްވުމަށް ފަހު ވައްޑެ ވަނީ އޭނާއާއި އެއްކޮށް ޖޭޕީ އާއި ގުޅުނު 300 ޒުވާނުންގެ ފޯމު ވެސް ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހިމާއި ހަވާލުކޮށްފައެވެ.

ވައްޑެ ޖޭޕީ އާއި ގުޅިވަޑައިގަތުމަށްފަހު ވަނީ ޤާސިމް އިބްރާހީމް އަށް ތަޢުރީފްކޮށް ވާހަކަދައްކަވާފައެވެ. ކޮންމެ ފަހަރަކުވެސް ވެރިން ވެރިކަމަށް ގެންނަން ޤާސިމް މަސައްކަތް ކޮށްފައި ވެރިކަން ލިބުނީމަ ކޮޅުފައިން ޖެހިއަސް އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި 2023 ގައި ޤާސިމް ރައީސް އަކަށް ހަދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޭޕީ އިން ގެންދަނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ވާދަކޮށް އިންތިޚާބުން ބަލިވި ގިނަ ބޭފުޅުން ވަނީ ފާއިތުވި ދެތިން މަސްތެރޭގައި ޖޭޕީ އަށް ސޮއި ކުރައްވާފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުރިން ޔާމީނަށް ތާއިދު ކުރެއްވި ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަފީ

    5 އިގިލި 5 ވަރުހާ ޔަގީން ގާސިމަށް މިގައުމުގެ ވެރިކަމަށް ނާދެވޭ. ސަބަބަކީ ދިވެހި އާންމު ރައްޔިތުން ގާސިމް ބަލާ ނުގަނޭ. ގާސިމް ބަލާ ގަންނަނީ ސިޔާސީ ގޮތުން ފެއިލްވެފަ ތިބި މީހުން. ރައްޔިތުން ބަލައި ނުގަނެފަ ތިބި މީހުން.

    19
    1
  2. ޑެއިލް

    ޕީޕީއެމްގެ މެމްބަރުން ގައްދާރުވި 12މެމްބަރުންނަށް މަޢާފެއް ނުކުރާނެ. އެއީ މިގައުމު ހަލާކާއި ފަސާދައިގެ ތެރެއަށްވައްޓާލި މީހުން. މިހާލުގަ މިޖެހުނީވެސް އެ 12 ގައްދާރުންގެ ސަބަބުން. އެމީހުންނަށް ވަކި މޮޅެއްވިތަ. ދުވަހަކުވުމަށްވެސް ނޭދެން.

    33
  3. މޮޔަބެ

    ވައްޑޭ ކޮން އަނިޔާއެއްތޯ؛ އެއިރު ވެރިކަން ވައްޓަން ކަލޭމެން ފޫގަޅައިގެން ހިންގި ޖަރީމާތަކުގައި ދެއްކި ސިއްރު ވާހަކަތަކާއި ސައްލާތައް ތަކަކީ ގައުމަށް ކަލޭމެން ދިން އަނިޔާ. ޤާނޫނު އަތުހިފާނެ؛ ސިޔާސީ މީހުންނަށް ޒަޚަމްތަކާއި ކުރިމަތިވާނެ. ގޭގަ އޮވެބަލަ. 17 ފަހަރު ރ.މައުމޫނު ރ.ނަޝީދު ޖަލަށްލި އެއީ ހަމަ ...ލީތޯ

    28
  4. ރައްދު

    އޭ ވައްޑޭ ޔާމީން ކަލެއަށް އަނިޔާއެއްނުކުރޭ އިނގޭ! ކަލޭ
    އަމިއްލައަށް ކަލޭ އަނިޔާކުރީ އޭރުވެސް މިހާރުވެސް ކަލެއަކީ
    ކުށްވެރިއެއް. 12 މެންބަރުންގެ ތެރޭގައި ކަލޭވެސް ހިމެނޭ!

    28
    1
  5. ާަާަަައަސްލު

    ތީއެއްމެ އަނިޔާވެރި މީހަކީ ގައުމުގެވެރިޔާ ވެރިކަމުން ބާލަން ބަގާވަތްކުރީ..ރިލޯޑް ގުރޫޕް

    30
    1
  6. ރަތްގަލަން

    ޤާސިމަކަށް މިޤައމުގެ ވަ ލިއްޔު ލްއަމްރު ކަމުގެ މަޤާމަކަށް ނާދެވޭނެ ان شاء اللہ. ވައްޑޭމެން ހިހޫތަނުން ކާން ތިބޭ އެބޭބެ ހައްދައިގެން

    28
    1
  7. މިއަދު

    ވައްޑޭއަށް އެއްމެ އަނިޔަކުރީ ރ ޔ ވައްޑޭއަށް އެއްމެ އިހުލާސްތެރިވީ ރ މ ދެންކީއްވެތޯ މައުމޫނު ލައްވާ މައުމޫނު ރިފޯމްގެ ނަމުގައި ސިޔާސީ ޕަޓީއެއް ރަޖިސްޓްރީކުރުވާ އެޕަޓީއާއިގެން މައުމޫނު ޖާނުން ގުރުބާންވާންފެށީމަ ކުއްލިއަކަށް ގާސިމް ކައިރިއަށް ތިދިޔައީ ވައްޑޭގެ ތިޢަމަލުންވެސް އިހުލާސްތެރިކަން ހުރި ވަރު ވ ސާފް ވައްޑޭމެންގެ ޙައްގުގައި ރައިސް މައުމޫނު ވީގުރްބާން ހ ތިމާވެށި ޢަބުދުﷲ ޖާބިރު އެހެރަގެން ކިޔާދެނީ އެހެންވެ ވައްޑޭތިދެއްވީ ރައިސްމައުމޫނަށް އެކަމުގެ ޙައްގު ޢިނާމްދެއްތޯ

    21
  8. ޞިރާޠު

    ކަލޭ ޔާމީނަށް ދީން އަނިޔާ އޮތީ ފެންނަން! ޔާމީން ކަލެޔަށް ދިން އަނިޔާއެއް ފެންނާކަށް ނެތް! އިދިކޮޅު ފަރާތްތަކާއެކު ނުކުމެ ޔާމީނަށް ކެހިދެން ކުރި މަސައްކަތްތަކާ ޔާމީންގެ ބުރަ މަސައްކަތުން ހޯދައިދިން މަޖުލިސްގެގޮނޑި އިދިކޮޅަށް ވިއްކާލުމާ ޔާމީނަށް ކުނިހުތުރުގޮވަން މުޒާހަރަތަކަށް ނުކުތުމާ މި ހުރިހާ ވީޑިޔޯތައް އެހުރީ ފެންނަން! އެހެނަސް ޔާމީން ކަލެޔާދިމާއަށް އެއްޗެއް ބުނާތަނެއްވެސް ނުފެނުނު! ޕާޓީގެ އުޞޫލުތަކާ އެއްގޮތަށް ޤަވާޢިދުން ފިޔަވަޅު އެޅުމަކީ އަނިޔާއެއް ނޫން! ގޮނޑި ގެއްލިއްޖެކަމަށް ޙުކުްމްކުރީ ސްޕްރީމްކޯޓުން. އެއީ ކަލޭމެން ހިންގި ޖަރީމާގެ ނަތީޖާ! ޤަވްމު އިނދަޖެހެމުންދާއިރުވެސް އަދިވެސް ތި ކިިޔަނީ ޔާމީީން ޔާމީން!

  9. އައްޑޫ މީހާ

    އަމިއްލައަށް ބޮނޑިބުއީ މިހާރު ރީތި ވެއްޖެއެއްނު، މިހާރު ވައްޑެމެން ދައްކާވާހަކަ ރައްޔިތުންނަށް ބަލައިގަންނަން ވަރަށް އުދަގޫ ދެން ލާދީނީ ބައިގަނޑާއެކު އުޅެވޭތޯބަލާ

  10. ދަންނަ

    ޔާމީނު ނުޖެހޭ ކަލޭކައިރީގަ މާފަށްއެދޭކަށް އަނިޔާލިބުނީ އަނިޔާވާގޮތަށް އުޅުނީމަ ޔާމީނު މަށަކަށްވެސް އަނިޔަލެއް ނުކުރޭ އެއީ މަށެއް ނޫޅެމޭ އަނިޔާ ލިބިގަންނަނާކަށް ކަލޭ އަމިއަލައަށް އަނިޔާ ލިބިގަނެފަ އެވެނި މިވެނި މީހަކު އަނިޔާކުރިއޭނުކިޔާ ކޮންމެމީހަކުނަމަވެސް ކުށްވެރި ވާހިސާބުން އެކުށުގެ އަދަބު ލިބެންޖެހެނެ އެގޮތުން ކަލޭވެސް ކުށްވެރިވުމުން އެކަމުގެ އަދަބު ކަލެއަށް ލިބުނީ. އެހެންވީމާ އެއީ އަމިއްލައަށް ލިބިގަތް އަދަބެއް ދެންވެސް ބަސްއަހައިގެން ރަނގަޅުގޮތުގަ އުޅެވޭތޯ މަސައްކަތްކުރުމަށް އެދެން