މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނީ ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނައަޅައިދިއުން ރާއްޖޭގައި އޮތް މިންވަރާ ގުޅޭގޮތުން އިސްލާމް ދީނާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާ ގުޅިގެން އިތުރު ފަސް ކައުންސިލަކުން އެ ޖަމިއްޔާއާއި މެދު ނުރުހުން ފާޅުކޮށްފިއެވެ.

މިއަދު އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ނޫސްބަޔާން ނެރެފައި ވަނީ ފަރެސްމާތޮޑާ ކައުންސިލް، ދެއްވަދޫ ކައުންސިލް، ހިންމަފުށީ ކައުންސިލް، ހިރިލަންދޫ ކައުންސިލްގެ އިތުރުން ހޯރަފުށީ ކައުންސިލުންނެވެ. ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ގެމަނަފުށީ، ނެއްލައިދޫ، ވޭމަންޑޫގެ އިތުރުން ކިނޮޅަހު ކައުންސިލުން ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓު ކުއްވެރިކޮށް ބަޔާން ނެރެފައެވެ.

ފަސް ކައުންސިލުން ވަކިވަކިން ނެރެފައިވާ ނޫސްބަޔާންތަކުގައި ވިދާޅުވެފައި ވަނީ އެމްޑީއެންއިން އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓު ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ. އަދި ދިވެހި ޖަމިއްޔާއެއްގެ ގޮތުގައި އޮވެ އެމްޑީއެން އިން އެފަދަ ދަށުދަރަޖައިގެ އަމަލެއް ކުރުމުން ހިތާމަ ކުރާކަމަށް އެ ކައުންސިލްތަކުން ނެރުނު ނޫސްބަޔާންތަކުގައި ވަނީ ވިދާޅުވެފައެވެެ.

އެ ކައުންސިލް ތަކުން ވަނީ އެމްޑީއެން އުވާލުމަށް ވެސް ގޮވާލައިފައެވެ. ރައްޖޭގެ ޖަމިއްޔާ ޖަމާތްތަކާ ބެހޭ ގާނޫނުގައި ވާގޮތުން އިސްލާމް ދީނާއި ދިވެހިންގެ އެއްބައިވަންތަކަމަށް ބުރޫއަރާގޮތަށް އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެއްކަން ފާހަގަކޮށް އެ ކައުންސިލްތަކުގެ ވަނީ އެ ޖަމިއްޔާއާ މެދު ގާނޫނުގައި ބުނާ ފިޔަވަޅުތައް އެޅުމަށާއި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައިފައެވެ.

އަދި އެހެން ޖަމިއްޔާތަކުންވެސް ހިންގާ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށް އެ ކައުންސިލް ތަކުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އާމިނަ

  ތިހެންވާންޖެހޭނެ. ޒިންމާ އަދާކުރެވޭ ކަމަށް ރައްޔިތުން ދެކޭނީ އޭރުން. ޝުކުރިއްޔާ ތި ކައުންސިލްތަކަށް .ސާބަސް ތިޔަހިތްވަރަށް. ބައެއްނޫސް ތަކާއި މިޤައުމުގެ ރައީސާއި ބައެއް ކައުންސިލްތައް އަދިވެސް ނިދާފައި.

 2. ޒުނައިރާ

  ގއ.ކޮލަމާފުށީ ކައުސިލުންވެސް ނޫސްބަޔާނެއްނެރޭނެކަމަށް އުއްމީދުކުރަން.

 3. ފިކުރު

  ފުވައްމުލަކާއި އައްޑޫ އަދި ތިނަދޫ ކައުންސިލަކަށް ނުކެފޭނެ ނެރޭކަށް.ނަޝީދުގެ ޕަޕެޓުންވިއްޔާ ތިބޭނީ.ރައްޔިތުން ކިތަންމެ ނުރުހުނަސް ނުކެރޭނެ ވިއްޔާ .

 4. ރަަސި

  ވަރަށް އުފާ ވެއްޖެ. ފަރެސްމާތޮޑާ ކައުންސިލުން އިސްލާމްދީނަށްޓަކައި ތިޔަ ރިޕޯރޓް ކުށްވެރި ކުރިކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން