އައްޑޫ ސިޓީ ހުޅުދޫގައި މީހަކަށް އަނިޔާކޮށް އެއްލާލައިފައި އޮތް މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި މިއަދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރެހެނަކާއި، 23 އަހަރުގެ ފިރެހެނަކާއި، 22 އަހަރުގެ ފިރެހެނަކާ، އަދި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއްޔާ ޒާހިރުގެ އަމިއްލަފުޅު ވަޓްސްއެޕް ގްރޫޕަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އޭނާ ފެނިފައި ވަނީ ހުޅުދޫ ފްލެޓު ސަރަހައްދުން ކަމަށެވެ.

އަނިޔާ ލިބިފައިވާ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި، ބޯ ފަޅާލުމުގެ އިތުރުން ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު