މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައިގައި ސަރުކާރުގެ އިދާރާތަކުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޤާނޫނާއި އެއްގޮތައް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރު ދިފާޢު ކުރައްވައިފިއެވެ.

އެމްޑީއެން އާއި މެދު ސަރުކާރުން ފިޔަވަޅެއް ނާޅާކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބައްދަލުވުމެއްގައި ގާސިމް މިރޭ ވިދާޅުވީ ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި އިސްލާމްދީން ރާއްޖެ އިން ފޮހެވިގެން ނުދާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެކަކަށް ވެސް މިގައުމުން އިސްލާމްދީން ފޮހެނުލެވޭނެ ކަމަށެވެ.

"އެކަމާއި ކަންބޮޑުވެ ވަޑައިނުގަންނަވާށޭ. މިގައުމުން އިސްލާމްދީން ފޮހެއެއް ނުލެވޭނެ އެކަކަށް ވެސް. ކީރިތި ޤުރުއާނަށް މަލާމާތްކޮށް ޖޯކް ޖަހާ ނުހެދޭނެ އެކަކަށް ވެސް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިސްލާމްދީނާއި ރަސޫލާ އާއި ކީރިތި ޤުރުއާނަށް ޖޯކް ޖަހާ މީހުންނަށް އެއްވެސް ފުރުސަތެއް ޤާނޫނުތަކުން ދެވިފައެއް ނެތްކަމަށެވެ.

"އިސްލާމްދީނާއި ރަސޫލާ އާއި ކީރިތި ޤުރުއާނަށް ޖޯކް ޖަހާ ޖަމިއްޔާއެއްގެ ސިފައިގައި އުޅޭ ބަޔަކު ކޮންމެ ކަމެއް ކުރިނަމަވެސް އަޅުގަނޑުމެންގެ ޤާނޫނުތަކާއި ޤަވައިދުތަކުގައި އެފަދަ ކަންތައްތައް ކުރާ މީހުންނަށް އެއްވެސް ފުރުސަތެއް ދެވިފައެއް ނެތްކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ކުރިމަތީގައި މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ވަރަށް ބައިވަރު ގިނަ ފަރާތްތަކެއްވޭ. ފުލުހުން އެބަވިދާޅުވޭ މައްސަލަ ބައްލަވަމުން ގެންދަވާކަމަށް. ދެން އެކަން ސަރުކާރުގެ ތެރެއިން ބައްލަވަމުން ގެންްދަވާކަން ނޭނގޭ ބޭފުޅަކު އަޅުގަނޑުމެންގެ ތެރޭގައި އެބަހުރިތޯ؟" ގާސިމް ވިދާޅުވިއެވެ.

އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށް ދޭންވީ ކަމެއް ދޭނެ، ނުވަތަ ކުރަންވީ ކަމެއް ކުރާނެ މުއައްސަސާތައް މަދެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސިފައިންނާއ ފުލުހުން އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބާއި ފަރުޟާއި ސުންނަތް އެބޭފުޅުން އަދާނުކުރައްވާނެ ކަމަށް ގަބޫލުކޮށްގެންހޭ އަޅުގަނޑުމެން މިތިބީ. ނޫން އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެފަދަ ފުރުސަތެއް މިރާޢްޖޭގެ އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޖަމިއްޔާއަކަށް ނުދެއްވާނެކަން." ގާސިމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އަޅުއްވަން ޖެހޭ ފިޔަވަޅު ރައީސް އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. "ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އެކު އެކަންކަން ކުރައްވާނެކަން އަޅުގަނޑުމެންނަށް ސާބިތުކޮށްދެއްވަމުން އެގެންދަވަނީ. އެހެންވީމަ އެކަމާއި ކަންބޮޑުވެގެން އަޅުގަނޑުމެން ގައުމުގައި ފަސާދަ އުފައްދަން ކަނޑި ހިފައިގެން ނިކުމެ، ބަޑި ހިފައިގެން ނިކުމެ އުޅޭކަށް ނުޖެހޭ." ގާސިމް ވިދާޅުވިއެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނާފައިވާ، އަދި ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ބައެއް ކަންތައްތަކަކީ ބުއްދި ގަބޫލުނުކުރާ ފްލޯކް ވާހަކަތަކެއް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެރިޕޯޓާއި ގުޅިގެން އެމްޑީއެން އާއި މެދު ފިޔަވަޅު އަޅާ އެޖަމިއްޔާ އުވާލަން ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. Anonymous

  މާތް ﷲ އައްޓަކައި ޙައްގުބަސް ބުނަން ނުކެރޭ މީހަކީ ޖާހިލު މީހެއް ތިމާގެ ޖާނާ މާލުން ގައުމައްޓަކާ މުދަލާ ފައިސާ މަގާމައްޓަކައި މަސައްކަތް ކުރާ މީހުންނައް އޮތީ ހަލާކާ ގެއްލުން ވަންނަން އޮތީ ނަރަކަ ވަޒީރު ކަން ދިފާޢުކޮއް ދުނިޔޭގެ ލައްޒަތައް އުޅުމުން ތިމާމީހާގެ އަސްލު ޙަްީގަތް ސުނިޔެއައް ހާމަވުން ނުން ކޮންކަމެއް

  29
 2. ސައިފުﷲ

  ޢަހަރެން ހަމަ އެއްވެސް ވަރަކައް ތިޔަކަން ބަލާ އެކަށިގެންވާ ފިޔަވަޅު އަޅާފާނެ ކަމަކައް ގަބޫލެއް ނުކުރަން. ސަބަބު ވަރައްސާފު ސަހިންދާ އަދިވެސް އެހުރީ ތައީސް އޮފީހުގެ އިސްމަގާމެއްގައި..ރައީސުލްޖުމްހޫރިއްޔާ އެންމެ ކުޑަމިނުން މިކަމާ ގުޅިގެން އެއްޗެއް ނުބުނިތާ އަބިކަނބަލުން ގެ ތައުރީފް ގެ ބަސްތައް ވަނީ އެމުޖުރިމުނައް އޮއްސާލާފައި. ލާދީނީ ރިޕޯރޓައް ތައުރީފް ކޮއްފައި.. ވެރިކަމާ ހެދި ގައުމު ހަލާކުކުރާ ބައެއް ވެރިކަމުގައި ތިބީ..

  27
 3. އަލީ

  މިއީ އެނބުރޭ ވަހުތާނެއް.

  25
 4. ގާސިމޫ ހަދާން ނައްތާލާ

  ރަގަޅުވާހަކައެ އެއްމެ މުސްލިމެ މިގައުމުގަހުއްޓަސް މިގައުމަކުން އިސްލާމްދީން ފޮހެނުލެވޭނެ.. ގާސިމުގެ ހިޔަޅު ނުބައި ޖާހިލުކަން ދެކިބަލަ.. އަމިއްލައެދުމާ ޖެހުމުން ގައުމެ ދީނޭ ރައްބިއެ ރަސޫލެ އުއްމަތެ މިއްލަތެ ނެތް.. ނިހާނޫނޫނޫ ހަރުއަޑުން މިގޮވަނީ ތިބޭފުޅާއާ ގުޅޭ ގެއެއްގައެނޫން ތިހުރެވެނީ.. ތިތަނުން ނުކުމެ އިއްޔެ ތިބޭފުޅާ ކިޔަމުންއައި ލަވަ މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ.. މިއީ ތިބޭފުޅާ އެދުވަހުކީ ލަވަޔަކީ ހިތުގެއަޑިން ބުނާބަހެއްނަމަ މިހާރުން މިހާރަށް ތިތަންދޫކޮށް ނުކުމޭﷲއައްޓަކާ.. ރިޒުގު ދެއްވަނީ ﷲ ތިނޫން ގޮތަކަށް މަސައްކަތްކުރޭ ﷲމަގުދައްކަވާނެ.. ތަދުމަޑުކަމަށް ކުޑަހިދުކޮޅަކަށް ކެތްތެރިވުމުގެ ހިއްވަރެ ތިފަހުލަވާނުގެ ހަށީގަހުންނާނެ.. ގާސިމާ ރައްޓިހިކަން ކިތައްމެބޮޑުވިޔަސް ﷲއައްޓަކާ ގައުމާ ރައްޔިތުންނައްޓަކާ ތިބޭފުޅާގެ އަސްލު ގެއަށް ވަޑައިގަންނަވާ.. ގޭގެ އަހުލުވެރިން މިތިބީ ދޮރުހުޅުވައިގެން.. ވަޑައިގެން ގައުމާ ދީނާ ކުޅެމުންދާމީހުން މަތަކުރަން ނުކުންނަވާ.. ނިހާނޫ އަޑުއަހާ މަނިކުފާނާ ނުގުޅޭ މާހައުލެތިއީ... ގާސިމު ވޯޓުހޯދަން ނާންނާތި... ފައިސާފޮށި ހިފައިގެން ދިވެހިން ގަންނަން..

  22
 5. ހަސަންބެ

  ރަނގަޅު ވާހަކަ ފުޅެއް ފުހެވިގެން ނުދާނެތާ އިސްލާމް ދީން ދޫނުކޮށް އެންމެ މީހަކު ހުއްޓަސް އެއްޗެއް ބުނަން ނުކެރިގެން ތިޔައުޅުއްވަނީ އެކަމަނާގެ މިނިސްޓަރުކަން ގެއްލިދާނެތީ އޮތަ؟

  25
 6. ޚކ3434

  ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށް މަލާމާތް ކޮށް ހެދުމާއި ގުރުއާނުގައިވާ އާޔަތް ތަކަށް ފާޑު ކިޔާމީހުން ދެކެ ކޮންމެ މުސްލިމަކު ރުޅި އަންނަންޖެހޭނެ، އެކަން ކުރާމީހުން ދިފާއު ކޮށް އެއްބައިވެ އެއީއެހާވަރުގެ ކަމެއް ނޫން ކަމަށް ދެކިގެން ނުވާނެ، އެއީ ސީރިއަސް ކަމެއް، ކޫލްވެގަންނާކަށް ނުޖެހޭ،

  23
 7. ފަޒީލާ

  ބަލަ ގާސިމު. މިއުޅެނީ މިތަނުން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެތީ ބިރަކުން ނޫނޭ. މިއުޅެނީ ދީނުގައި ވާޖިބު ކޮއްފައިވާގޮތައް އިސްލާމްދީނައް ފުރައްސާރަ ކުރާމީހުންގެ މައްޗައް ކަޑައަޅާފައިވާ އަދަބުތައް ނުދީގެންނޭ..

  22
 8. ހަމީލް

  ރަލާ އޫރުމަސް ވިއްކަން އޮވެފަ އިސްލާމްދީނޭ ކިޔާގެން ތިޔަ އަނގަތަޅުވަނީ ވީއްވެތޯ ހިތައް އަރާ. ޜައްޔިތުންގެ ކިބައިން މަގުބޫލުކަން ހޯދަންތޯ..؟

  16
 9. ޤާދިރު

  މިކަހަލަ ގަމާރުންގެ ސަބަބުން މިޤަުމުގެ ހާލަތު މިދަރަޖައަށް ވެއްޓުނީ

  22
 10. Anonymous

  ހުރިހާކަމަކަށްވުރެން އައިޝާގެ މަޤާމް ޤާސިމަށް މުހިއްމު.

  23
 11. ޑެއިލް

  ޤާސިމަށް މުހިއްމީ އައިޝާގެ މަަޤާމްތަ. ބަލައެއީ މިސަރުކާރުން ކުރުވާ ކަންކަން. 2023ގެ ރައީސޯ.

  19
 12. އަދާލަތު

  ސަރުކާރުންނާއި، ކަމާއިބެހޭ އިދާރާތަކުން ފިޔަވަޅެއް އެޅުއްވޭނީ، އެ ފުރުޞަތު ސަރުކާރަށް ރައްޔިތުން ދިނީމައި. އެއްމެން އެކަމަށް ހުރަސް އެޅޭގޮތަށް އުޅުމަކުން މައްސަ ލަ ބައް ލަވަންހުރި އިދާރާތަކުން އެކަމެއް ކުރައްވާކަށް ފަސޭހައެއް ނުވާނެ. އެކަމެއް ކުރެއްވުމަށް ދަތިތަކެއް ކުރިމަތިވާނެ.

  3
  9
 13. ބުރޯ

  ބަލަގަ ގާސިމް ގާސިމަށް ނޭގި އޮވެދާނެ އެކަމަކު އީޔޫ މީހުންގާތަށްގޮސް އެމީހުންކާ ބޯތަށީގެ މޭޒުގާތިބެ ކައިބޮއިގެން އެމީހުންގެ ދީނުގެ މީހުންގެގޮތުގާ އެމީހުންގާތިު ލޭބަލްވެގެން އައިސް ތިޔަ ނެޓްވޯކް ހަދާދިނީވެސް ކެނެރީގޭ ނަސީދު

  15
 14. ފަޒޫ

  ކަލޭތީ ހާދަ ދެފުއްކެހެރިއެކޭ
  މިހާރުވަރިހަމަ ދީން ނެތަސް

  18
 15. Anonymous

  އިސް ލާމް ދީނާއި ރަސޫ ލާއަށް ފުރައްސާރަ ކުރަން ޤާނޫނު ތަން ނުދިނަސް އެކަން އެއޮށްގެން ކުރަމުން ގެންދަނީދޯ. ކޮންކަމެއްބާ ސަރުކާރަށް ކުރެވުނީ. ދީނާއި ރަސޫ ލާގެ ދިފާޢުގައި އެންމެ ކުޑަމިނުން އެކަން ކުއްވެރިވެސް ކޮށް ލެވުނުތަ.
  ގާސިމްވެސް އައިސާ ދިފާޢުކުރަން އައިޝާގެ މިނިސްޓަރުކަން ދިފާއުކުރަން އަވަހަށް ލާދީނިއްޔަތަށް ތަބާވީދޯ.

  11
 16. ހިޔާލު1

  ފަހުޒަމާނުގެ އަ ލާމާތްތަށް ދައްކަވަންހުރި ބަޔަކަށް ދައްކަވާނެ. އެއްކައިރިއަށް ޖެހި ލުމަށްބުނާ މީހަކުވެސް މަދުވާނެކަމަށްވޭ.

  12
 17. ސަމީ

  ޢެއްކަލަ ބުރުމާ ދޯ

  12
 18. މުންނާރު

  މީހަމަ ބޮލުރޮދި ކެނޑިފަ ހުރި މަރަމޯލެއް މީނާ އަބަދުވެސް ހުންނާނީ އުންމީދެއް ގަަަައި މިގޮތުން ވެރިކަން ވެސް ލިބޭތޯ ތެލެނީ... ބަލަގަ މިއީ މީހަކު ކަމެއް ކުރާނެ ކަމަށް ބަސް ބުނަން ވީވަގުތެއް ނޫން...

  13
 19. ަޭނަން

  ޤާސިމަށް ލާރިގަނޑު ނަގައިދީފިއެއްނު! ޤާސިމަށް މިހާރުމިސަރުކާރުގެ ހުރިހާކަމެއްވެސް ރަނގަޅުވާނެ.

  13
 20. މޮހަދު

  އޖަމުއީޔާ އުވުމަކުން ނުފުދޭ އެމީހުން ހައްޔަރުކުރޭ މީގެކުރީގަ އެބާއިގަނޑަކަށް ފާޅުގާ އެވާހަކަ ދައްކަން ނުކުޜޭ ނަމަވެސް އެބުނަނީ ފާޅުގަ ޔާމީނު ވެރިކަމުން ދުރުކުފީ ތިމައްނަމެން ރާެްޖޭގަ އެހެންދީންތަކައްނުދޭން ވާހަކަދައްކާތީވެކަމަށް

  14
 21. ިއެޗް އާރު އެމް

  ހަސަންލަތީފުގެއަންޒާރައްބިރުން ބުރުމާއަނެއްކާއެހެންގޮތަކައްއެނބުރެންފެށީދޯ

  13
 22. ސަލީމު

  ގާސިމު ތިހިރީ ރަގަޅަށް ޔަހޫދީންގެ އަތްދަށުވެފަ

  15
 23. ާަާަަައަސްލު

  މިހިރަބޮޑުގަމާރާ މިގައުމުގަ އެހެންދީންތަކާ އެއްޖިންސުންގުޅުންހިންގުން ހުއްދަކުރަން އަދި ﷲއަށާ މރަސޫލާއަށް ފުރައްސާރަކުރުން އާއްމުވެއްޖެ..ސަރުކާރުގެ 40% ދިރުވާލައިގެން ހުރެ ސަރުކާރުދިފާއުކުރަނީ...މުދަލާ ވެރިކަމާހެދި މޮޔަވަނީތިހިރަ...ﷲމީނައަށްވެސް މިގައުމުގެވެރިކަންނުދެއްވާންދޭވެ..އާމީން

  14
 24. ސޮނިފުހޭއިސްކިން ޓޯޓޯ

  ގާސިމު ތިހިރީ ރަގަޅަށް ޔަހޫދީންގެ އަތްދަށުވެފަ 2

  11
 25. އަޙްމަދު

  ޤާނޫނު ތަންދީފަނެތަސް ތިޔަބުނާ ހުވާކޮށްގެންތިބި
  މީހުން އެހުވާތަކާއެއްގޮތަށް ޢަމަ ލުނުކޮށް ލާދީނީ
  ބައިގަޑު ކުރާ ލާދީނީ ކަންކަމާ ދެކޮޅަށް ފިޔަވަޅުނާޅާ ލާދީނީ ބައިގަޑު ޙިމާޔަތްކޮށްގެން
  ތިބީމަ ދިވެހި މުސް ލިމުން އަގަމަޑުން ލައިގެން
  ނުތިބޭނެ. އެކަކަށްވެސް މިރާއްޖެއަކުން އިސް ލާމް
  ދީން ފޮހެއެއްނު ލެވޭނެއޭ ކަންބޮޑުނުވާށޭ ކިޔައިގެން
  މީސްތަކުން މައިތިރިކުރަން ތިޔަތަޅަނީ ބޭކާރު
  އަގައެއް. ބަ ލަގަ ސޭޓު ކިޔައިދީ ކިޔައިދީ، މިހާރު
  އެންމެ އާދައިގެ މީހާއަށްވެސް އެގިއްޖެއޭ މުސް ލިމެއްގެ ގަޔަށް އެއްހަރަކުން ކަށިޖެހޭނީ ކިތަށް ފަހަރުކަން. ހިތާމައަކީ ސޭޓަށް އަދިވެސް ނޭގޭކަން. މީކީވެސް ކަންބޮޑުވާންވި ކަމެއް ނޫން.
  މިޒާތުގެ ކަންކަން މެދުވެރިފަ އެބަހުރިތާ ބައެއް މީހުންނަށް އިގިރޭސި ކިޔަވައިދިން ފަރަންޖީންނަށް. ބަނގުރާ ވިއްކާ ބޮއެ ހަދާ މީހުންނާ ކުދިކުދި% ގެ ރިބާ އެކު ލެވޭ ގޮތަށް
  ލޯނު ދޫކުރާ މީހުންނާއި، އެގޮތަށް ލޯނު ނަގާ މީހުންވެސް ހަމަ މުސް ލިމުންގެ ނަމުގައި އެބަ
  އުޅޭތާ! އެކަމަކު އެގޮތެއް ހުރިހާ މުސް ލިމުންނެއް
  ބަ ލައެއް ނުގަންނާނެކަން ގަބޫ ލު ކުރަންޖެހޭ.

 26. އެމްއާރްއެމް

  ކަލޭ ކޮންމެހެން ރަނޑުވާހަކަ ދައްކާނެ ކަމެއްނެތް ބޭރުކޮށްލާނެ، މިހާރު އޮތީ އެމަރުހަލާ ފެށިފައި

 27. ޔާމިން

  ކަލެއައްހަލާކްހުރި

 28. ބޮލި މުލައް

  ހަހަހަހަހާ ލޯޔަރު ވައްޑޭމެން ނިހާނުމެން ހަމަ އަތްޖަހަނީ ދޯ. މިއޮތީވާކަމެއް ފަންސާސް މިލިޔަނުގެ ދަހިވެތިކަމުގަ. ހަކުރަށް މެހި ޖައްސާނެ.

 29. ޒާ

  ގާސިމަކަށް ނޭނގޭނެ އަހަރެމެން މަޑުންތިބެންޖެހޭ ކަންކަން ބުނެދޭކަށް. ދީނުގެ ދިފާޢުގަ އަޑު އުފުލާނަން.

 30. ހޯރަ

  ކޮބާތަ ﷲއައްޓަކާ ވަޒީރުކަންކުރާ 70ހާސްރުފިޔާ އެއީ ތިމަންކަމަނާ ބޭނުންވާ އެއްޗެނޫނޭ.. އެހެންވީމަ މިއީ ﷲއައްޓަކާ ވަކިވާންވީ ވަގުތު މަގާމުދޫކޮއްލާ...