މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހުނު ވަގުތު ކާރުތެރޭގައި އިން މީހެއްގެ ތުންފަތް ފަޅައިގެން ގޮސް އޭނާ އަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 9.00 ހާއިރު އެކްސިޑެންޓް ހިނގާފައިވަނީ، މަޖީދީމަގުން ދުއްވާފައިދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހުނު ވަގުތު، ފަހަތުން ދުއްވާފައި އައި ސައިކަލެއް އެ ޓެކްސީގައި ޖެހުމުން ކަމަށެވެ.

އެކްސިޑެންޓް ވިވަގުތު ޓެކްސީގެ ފަހަތުގައި އިން މީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާތީ އޭނާ އަށް ފަރުވާދޭން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއެކްސިޑެންޓްގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ އެކްސިޑެންޓްގައި ޓެކްސީ ޑްރައިވަރުގެ އިތުރުން ސައިކަލް ދުއްވަން އިން މީހާ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ދެން ސީޓު ބެލްޓު އެޅު ވުން މަޖުބޫރު ކުރޭ

  2. ހުސޭނު

    ކާރުތައް ހެދުނުވަގުތު ވަރައް ސުޕީޑް ބާރުކޮއް ދުއްވާކަން ފާހަގަކުރެވޭ، ހާއްސަކޮއް މަޖީދީމަގުން އޯވަޓޭކްކުރާއިރު ނުގަވާއިދުފަލިން އައްނަނީ.

  3. ލަ

    މަސް އައިނެއް އެންދެރިދަސްތަކެއްގަ ޖެހި ބޯފަޅައިގެން ދިޔަހެން.