މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި ހުރި ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކި ފަހަރުމަތިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވެއްޖެއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރެވިގެން ވެސް ނުވާނެ ކަމަށެވެ.

ނަމަވެސް އެމައްސަލަ އަށް ބަހުސް ކުރުމާއި ދެކޮޅު ނުހައްދަވާ އިންނެވީ ދެކޮޅަށް ވާހަކަދައްކައިފިނަމަ ދީނަށް ފުރައްސާރަ ކުރުން ކަމަށް ވެދާނެތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެން ވިދާޅުވުމަށް ފަހު އާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު ދެއްކެވި ބައެއް ވާހަކަފުޅުތަކުގެ ރެކޯޑިންއެއް މަޖިލީހުގައި އިއްވާފައެވެ. އެއީ "އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން ނޫންކަމަށް" ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅާއި "ފައިސާ ހޯދާ ގޮތް އަނބިމީހާ ވެސް ނުބަލާ" ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅެވެ.

އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ ޔާމީން އެވާހަކަފުޅު ދެއްކެވި އިރު އެޖަލްސާގައި އަތް ޖައްސަވަން ތިއްބެވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ކަމަށެވެ.

އާޒިމް އެހެން ވިދާޅުވުމުން ނިޒާމީ މައްސަލައެއް ނަންގަވާ ޝިޔާމް ވިދާޅުވީ އާޒިމް އެވިދާޅުވާ ޖަލްސާގައި އޭނާ ނީންނަވާ ކަމަށެވެ. ހުސެއިން ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ އެދުވަހު އިދިކޮޅު މެންބަރުން އެކަން ފާހަގަ ކުރެއްވި ނަމަ އޭނާ އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އާޒިމް އަނެއްކާވެސް ތަކުރާރުކޮށް ޔާމީންގެ ރެކޯޑިން އިއްވަން ފެއްޓެވުމުން ޝިޔާމް ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާ ނެގި މެންބަރުންތަކެއްގެ ނަންތަކެއް ހާމަކުރައްވަން މަސައްކަތް ކުރައްވާފައެވެ. ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރެއްވީ އަދީބުގެ އަތުން އާޒިމް ފައިސާ ނެންގެވި ކަމަށް ވިދާޅުވާށެވެ.

ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހުއްޓުވާ އަދީބުގެ ބަހުސްއެއް ކުރިއަށް ނުދާކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ޔާމީންގެ ބަހުސްއެއް ވެސް ކުރިއަށް ނުދާ ކަމަށާއި އެހެންކަމުން ޔާމީންގެ ވާހަކަ ދައްކަވަން ފުރުސަތު ދެއްވަނީ ކީއްވެތޯ މަޖިލިސް ރައީސް ކައިރިން އައްސަވާފައެވެ.

އެސުވާލަށް މަޖިލިސް ރައީސް ސާފު ޖަވާބެއް ނުދެއްވައެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ގެންދަވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ބޫން

    މިހާރު މިދަނީ ލާދީނީ މުނާފިޤުން ފާޅުވަމުން.

    79
  2. ބޯހަލާކު

    އެމްޑީޕީ މެންބަރުންވެސް ލާދީނީ ފިކުރަށް ތާއީދު ކުރާވަރު ތިކަމުން ހާމަވޭ. ޔާމީން ވިއަސް އެހެން މީހަކުވިއަސް ދީނަށް ފުރައްސާރަކުރީމަ އެވާހަކަ ދައްކާނެ. މިހާރު މިފަޅާއެރި ބޮޑު މައްސަލައަށް ވާހަކަ ނުދައްކާ އެކަމާ ދެކޮޅު ނަހަދާ ޔާމީނޭ މިގޮވަނީ މިކަމުގެ ބައިވެރިން ކަން ޔަގީން. މި މީހުންނަށް ހަލާކު ހުރި

    85
  3. ހައްލު

    މަޖިލީހުގައި ތިބި މިކަހަލަ ލާދީނި މީހުންވެސް ރައްޔިތުންނަށް އެގޭނީ މިކަހަލަ ގޮތަކަށް.

    87
    1
  4. ބަބުރު ސޮރު

    އެއްޗެއް ގާއި މިނަށް ވުރެގިނައިން ފޮރި ޖަހާއިފިއްޔާ ފެންނާނީ މިޒާތުގެ މަންޒަރުތައް

    73
    1
  5. ކިޔާ

    ﷲ ގަންދީ ބޮޑު ހުވައެއް ކޮށްގެން މަޖިލީހުގަ މިތިިބީ އެއްވަރުގެ ނުބައި ނުލަފާ ބައެއް..އެމީހުންނަށް ކޮން ދީނެއްތަ އޮންނާނީ؟؟ އެމީހުން ބޭނުންވަނީ ޑިމޮކްރަސީއާއި މަތީ މަޤާމާއިި ބޯކޮށް ފައިިސާ..ﷲ މަތިން ހަނދުމަވާނީ އެހުރިހާއެއްޗެއް ގެއްލުނީމަ...ލަދުގެ ކަންފުޅެއްވެސް ނެތޭ މިމީހުންގެ..ތިިިމަޤާމަކީ ދާދިއަވަހަށް ގެއްލިގެން ހިނގައިދާނެއެއްޗެއް..އެކަން ހަނދުމަކޮށްދެން..

    73
  6. zayaan

    aan dhen kaleymen dhevana dharihney kiyaafa dhuvi iru laadheeny nuveytha? mihaaru emenah laadheenee govamun dhuvany…..

    29
  7. ބެއްޔާ

    އާޒިމްމީ ކިހިނެއްވެގެން އުޅޭ މީހެއް. ދައްކާނެ ވާހަކައެއް ނެތިގެން އެކަން ކުށްވެރިކުރަން ނުކެރިގެން ހިތުގައި ދީނުގެ ކަންފުޅެއްވެސް ނެތިގެން ލާދީނީ ކަމުން ޔާމީނު ކުށްވެރިކުރަނީއެވެ. އަސްލު މައްސަލައަކަށް ވާހަކަ ދައްކަނުކުރިގެން ކަމުން ރެކެން މިއުޅެނީ ދިވެހިންނަށް ނުވިސްނޭނެކަމަށް ނުވަތަ އޮޅުވާލަންތޯއެވެ. ހުރިހާކަމެއް ﷲ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ލަސްކުރައްވަނީ އަޅުތަކުންގެ މައްޗަށް އޮތް ދީލަތިކަމެއްގެ ބޮޑުކަމުންނެވެ. އެކަލާނގެ ހިތްތަކުގައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވެތެވެ.

    64
  8. ސަލީމް

    ޔާމީން ކަމުނުގޮސްގެންނޫންތަ ރައްޔިތުން އާ ވެރިކަމަކަށް ވޯޓުދިނީ.. މިހާރު ވެރިކަމުގައި ތިބި މީހުން އެމީހުންގެ ޒިންމާ އަދާކުރަން ކީއްވެތޯ ތިޔަ ފަސްޖެހެނީ.. ތިޔަ ރިޕޯޓެއް ނެރުނީ ރައީސް އޮފީހުގައި އަދި އެނޫންވެސް ތަންތާންގައި މިސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބި ބައެއް ހިންގާ ނެޓްވޯކަކުން ކަމަށްވާއިރު މިއީ އެމްޑީޕީއާ މިސަރުކާރުގެ ފުރިހަމަ ތާއީދު ލިބިގެން ނެރުނު ރިޕޯޓަކީތޯ.. އެެޖެންޑާ 19 އަކީ މީތޯ؟؟މި ސުވާލުކުރާން މި ޖެހުނީ އަދިވެސް ރައީސްގެ ފަރާތުން މިކަން ކުށްވެވިނުކުރޭ.. މި ރިޕޯޓެއް ނެރުނު މީހުންނަށް ފިޔަވަޅެއް ނާޅައި މަޤާމުތަކުގައި ރިޕޯޓު ދިފާއުކުރަން އެތިބީ.. މައްސަލަ ފުލުހުން ތަޙްޤީޤު ކުރިޔަސް ވަގުތީފިޔަވަޅު އެޅިދާނެ.. ގޭގައި މަޑުކުރަން އެންގުންކަހަލަ ފިޔަވަޅު އާދައިގެ ކަންކަމުގައި ތުހުމަތެއް ކުރެވޭމީހާ އަށްވެސް އެބަ އަޅާ.. އެމްޑީޕީންވެސް ގައުމުގެ ރައީސްވެސް ފުލުހުންވެސް ނެޓްވޯކްގެ ދިފާޢުގައި ވާހަކަދައްކާތަން މި ފެންނަނީ.. ޔާމީނޭ ، ސައްދާމު ހުސޭނޭ ކިޔާކަށް ނުޖެހޭ މިއަދަކު.. ވެރިކަމެއް ކުރަން ބޭނުންވާ ހުރިހާ ބާރެއް ތިއޮތީ ލިބިފަ.. ދެން ސާފުސާފުކޮށް ނެޓްވޯކުގެ ރިޕޯޓު ކުށްވެރިކޮށްބަލަ އެމީހުން ދިފާކޮށް މިކަން ޔާމީނާ އެހެން މީހުންގެ ބޮލުގައި ނާޅުވައި...

    69
  9. މިގޭ

    ކޮންމެ ކަމެއް ހިންގާފައި ޔާމީނަށް ގޮވަނީ ލާދީނީބައިގަނޑު

    61
  10. އޮޅުވާނުލާ

    ލާދީނީ ޓެގް ރޔާމީނަށް އަޅުވަންއުޅުނަސް ތިކަމެނުވާނެ.. ލާދީމީހުންނާ އެމީހުންގެ ލާދީނީ ލީޑަރަކީ މަޖުލިހުގަ އެއިން ހިއްވަރުދިންމީހާ.. މިއެއް ބަދަލެ ނުކުރެވޭނެ.. ކަލޭމެން މޑޕ މީހުން ހެކިދައްކާ ކަށަވަރުކޮއްދޭން ތިއުޅެނީ ކޮންބަޔަކަށް ކަލޭމެންގެ އިސްލާމްކަން.. މިކަމަށް ހެކިދައްކަންނުޖެހޭ ﷲހެކި ދެނެވޮޑިގެންވޭ.. ސިއްރުކުރާކަންތަކާ ފާޅުކުރާކަންތައް.. ރައްޔިތުންނަ ހެކިދައްކަން އުޅޭނެލަމެނެތް ކަލޭމެންގެ އިސްލާމްކަމުގެ ޖަޒާދެއްވާނީﷲ.. ރައްޔިތުން ކަލޭމެންގެ ދީނީކަން ރަގަޅަށް އިންސާފުކުރާނަމަ ތިއިން އެކަކުވެސް ރައްޔިތުންގެ ވަކީލަކަށް މަޖުލިހަށް ނުހޮވާނެ.. ވެރިކަމެ ކަލޭމެންނަށް ދުވަހަކު ނުދޭނެ.. ރައްޔިތުން އިންސާފުކުރަނީ ކަލޭމެން ވޯޓަށް ޖީބަށް ލައިދިން ރުފިޔާކޮޅާ ކަލޭމެން ނިސްބަތްވާ ޕާޓީ.. މިއީ ކަލޭމެންގެ ދީނީ މިންގަޑު ކަޑެއެޅުނު އެއްދުވަސް.. ހުސް މުނާފިގުން.. މުޅި މައްސަލަ އަބުރާލީ އޮޅުވާލީ ކަޑައެޅިއެގިތިބެ.. 2016ގަ ލިޔުނު ރިޕޯޓަކަސް މިރިޕޯޓު މިހުރިހާދުވަހު އާއްމުނުވިސަބަބާ މިރިޕޯޓު ލިޔުނުމީހުންނާ އެމީހުންނާ ގުޅިފަތިބިމީހުންނާ އެމީހުން މިހުރިހާދުވަހު ދިފާއުކުރަމުންދިޔައީ ކޮންބައެއްކަމާ އެމީހުން މިއަދުތިބީ ކޮންތާކު ކޮންބައެއްގެ ގާތުގަކަން.. ނަމުގެ ލިސްޓެ ކިޔުމުގެ ބޭނުމެނެތް މިއިން އެއްވެސް މީހަކާ ރޔާމީނާ އެސަރުކާރާ ގުޅުމެއެބައޮތްތަ.. ރއިބުރާހިމު މިވަގުތުން ވަގުތަށް މިޖަމިއްޔާއަށް ނިސްބަތްވާ އެއްމެން ސަރުކާރުން ވަކިކުރޭ މިޖަމިއްޔާ އުވާލާ މިމީހުން ހައްޔަރުކުރޭ.. އެހެންނޫނީ އިސްތިއުފާދީ ގެއަށްދޭ..

    32
  11. ރާގޭބަންޓަނާ

    އަހަންނަކީ އެމްޑީޕީމީހެއް ދެންއުމުރައް ސަލާމް ތިޔަޕާޓިއަށް މިފަހަރުވެސް ގުއިރޯނުގަޖެހިފަ ސަލާމައްނުވެ ބޭކާރު އަނގަތަޅަނީ

    41
  12. މުރާދު

    އާޒިމް ކަލޭތިހިރީ ހަމަހޭގައިތޯ ތިއީ ޔާމީންކުރެއްވިކަމެއްނޫން، ޔާމީންސަރުކާރުހިންގެވިއިރު
    ނެރުނުރިޕޯޓެއްވެސްނޫން ވީމާ، ރިޕޯޓް ކުށްވެރިނުކޮށް ޔާމީން ކުއްވެރިކުރުމުގެ ޙައްޤެއް
    އާޒިމްއަކަށްނެތް އާޒިމްދެއްކެވި ވާހަކައިގެބޭނުމަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު
    ރިޕޯޓަާބެހޭގޮތުން އިސްލާމްދީންގެދިފާއުގައި ވާހަކަދެއްކުންތޯ ނުވަތަ ހިތުގައިވާ ހަސަދައެއް
    ފިލުވާލުމަށް ޔާމީންބޭފުޅާ ކުށްވެރިކުރުންތޯ ތިކަމުން ފާހަގަކުރެވިދާނެ ވަކިފަރާތެއްކުށްވެރި
    ކުރުމަށް އާޒިމްމެން އަޑީގައިތިބެގެން އަދި ތިބޭފުޅުންހިތްވަރުދެއްވައިގެން ތިބޭފުޅުންގެތާއީދާއެކު
    ދިވެހިރާއްޖެއިން އިސްލާމްދީންފުހެލުމަށް......

    31
  13. އަލީ

    އެމް ޑީ އެން ގެ ޗެއަރ ޕާސަން އޮފިހަށް ދިޔައީ ފުލް ސެކެއުރެޓީ އާއި އެކުގައި ބިރުން ވިރިވިރި ހުރީ ބިރުގަންނަން ވީ ﷲ ދެކެ ތިމާ ތައުބާވާންވީ އޭރުން ދެންވެސް ދެ ދުނިޔެ ލިބޭނީ

    32
    • ޖާބިރު

      ފުލް ސެކި އުރިޓީގަ އި ވަށަ އިގެން ބަޑި ހިފަ އިގެން ސިފަ އިން އޮޅުލަ އިގަނެގެން ދިޔަސް އެމީހެ އްގެ މަރުގެންދެވުމަށް ﷲ (ޞވ) އިރާދަ ކުރަ އްވާ ވަގުތު ޖެހޭ އިރަށް އެކަން ވަގުތުންވާނެ. އަދި އެކަލާނގެ ކޯފާ އެއ އް ޖެހުމަށް މިންވަރު ކުރަ އްވަ އިފިނަމަ އެކަމެ އްވެސް ލަހެ އްފަހެ އްނެތި ވާނެ.
      އިންސާނުންގެ ނުކުޅެދުންތެރިކަމާ އެވެ.
      ޔާ ﷲ، އިބަ އިލާހުގެ ކުރިމަތީގަ އި އަޅަމެންނީ އެއ އްވެސް ބާރެ އްނެތް ނިކަމެތި ބަޔަކީމު. އަޅަމެންގެ ފާފަ ފު އްސަވާދެ އްވާ އިބަ އިލާހު ރުހިވޮޑިގެންފަ އިވާ އިސްލާމް ދީން މަތީގަ އި ލަހަ އްޓަވާންދޭވެ. އާމީން.

      10
  14. ހަސަނާ

    އަގީދާގެ ކަންކަމާ ފައިސާގެ ކަންކަމާ އެއްވަރެއް ނުކުރެވޭނެ. ދަްކަނެ ވާހަކައެއް ނެތީމަ ދެން އެއްޗެއް ކިޔަނީ.

    24
  15. އިކްރާމް އަބުދުއްސައްތާރު

    މި ކަހަލަ ދީނާއި ދެކޮޅު މީހުން ދެވަނަފަހަރަށް މަޖިލީހަށް ނުހޮވަންވީ.. އޭރުން އިގޭނެ ދޯ ރައިޔަތުން ބޭނުންވާ ކަންކަން ނުކުރާމީހުން ނަށް މި މަޖިލީހުގައި ނުތިބެވޭނެކަން

    ނޯ ސެކަންޑް ޗާންސް އޭ ބުނަން ކެރެންވާނެ... އެންޓީ އިސްލާމިކް މެމްބަރުންނަށް

  16. އެސްއޯއެފް

    އެއީ ބައްޔެއް ޖެހިފަ ތިބޭ ބަޔެއް. އިރުއަރާއިރުއޮއްސޭއިރުވެސް ދިވެހިން ގުނބޯ ހައްދަން މިތިބެނީ ޔާމީނު ޔާމީނު ކިޔާލަ ކިޔާލަ.

  17. އަލިފް

    އެމްޑީއެންގެ ރިޕޯޓަކީ ސިޔާސީ ކަމެއް ނޫނެވެ. އެއި އިސްލާމް ދީނާ ގުޅުން ހުރި ކަމެކެވެ. ދިނައް ނަފުރަތު ކުރާ މީހަކު އެމްޑިއެން ދިފާއު ކުރަން ވިއެވެ.

  18. ގިޓާ

    ކޮންމެ ޖާހިލަކު ބުނާނެ ބަސް އެހެރީ ފެނެއެއްނު! އެކަން ކުރިމީހުން؟ ބަލ؛ަގަ މޮިޔައިން ނޭ ﷲ ތިބާއަށް އިޚުތިޔާރު ދެއްވީ ތިބައި އިމްތިޙާނު ކުރެއްވުމަށް! ނަމްރޫދާއި ގާރޫނާއި ފިރުޢައުނު ތިބާއަށް ވުރެ ހައިބަތުހުރި! އާޚިރަތް ، ހިސާބު ، ނަރަކަ، ތިބައި ޤަބޫލުނުކުރާކަހަލަ! ތިބާ ކިތައްމެ ޖާހިލުވިޔަސް އެކަލާނގެއަށް އުނިނުވާނެ! ތިބާ ކިތައްމެ ތަޤުވާވެރިވިޔަސް އެކަލާނގެއަށް އިތުރު ނުވާނެ

  19. އެޖެންޑާ19

    ﷲކަމަކައް އިރާދަކުރައްވައިފިނަމަ އެކަމަކައްހުރަސްއަޅާނެ ހުރަސްއެޅޭނެމީހެއްވެސްނުހުންނާނެ މިހާރުމިފެންނަނީ އެމަންޒަރު ދީނާ ދެކޮޅައްއެއްޗެއްބުނީމަ އެކަންކުއްވެރިކުރުމުގެބަދަލުގައި އަމިއްލައައް އެކަންދިފާޢުކޮއް ލާދީނީ ޓެގްއަމިއްލައައްއެޅޭތަން އެންމެފަހުން އާޙިރުގައިި މިކަންނިމޭއިރުމިކަމައްފެންބޮވައިގަންފަތިބި ހުރިހާމުނާފިޤުންފަޅާއަރާނެ

  20. ހަމަހަމަ

    ޢާޒިމަށް އެނގޭތަ އިންގިރޭސި ބަހުން "ފިލިބަސްޓާރ" ގެ މާނަ ؟ ބޭކާރު ވާހަކަ ނުދައްކާ މޑނ، ޔާމީން، އަންނި، މި އެންމެނަށް ފިޔަވަޅު އަޅާބަލަ.

  21. އީސަގެ އާދަނު

    ކަލޯމެންނަށް ވާނީ ހަމަ ތިވަރު.... ގަންޖާ ބުނާގޮތްނޫން ގޮތެއް ތީގެން އެއް މީހަކަށްވެސް ނެހެދޭނެ...... ވަހީދުބެއަށް ސާބަސް!! ތިޔަތިބީ ފިސާރި ދީންވެރި ދަރިންތަކެއް!!!

  22. ސޯޅަ ގެވަޅު

    މީހެއްގެ މައްޗަށް ޙަސަދަ ލައިފިމީހަކު އެމީހަކަށް ބާރެއްލިބިފައި ކޮންމެތަނަކު ދައްކާނީ ފިތުނަކުރާނެވާހަކަ. އާޒިމް އެހުރި އެޝަރާބު ހިއްޕަވައިގެން. ތިމާގެ މަސްއޫލިއްޔަތަކީ ޔާމީނަށް ބެވުންކަމުގައި ހީނުކުރޭ. ޔާމީނަށް ތިޔަތަނަކުން އެއްވެސް އަދަބެއް ނުދެވޭނެ. އެކަމަށް ހަދާފައިހުރި ތަންތަނުން އަދަބުދެވޭވަރުކަމަށް ސާބިތުބީމާ އަދަބުދޭނެ. އެރިޕޯޓަކީ ތިމާގެ ދާއިރާގެ މެމްބަރުން ބަލައިގަންނަ އިޕޯޓެއްތޯ ބަލަމާހިނގާ.

  23. ށަވިޔަނި

    ލާދީނީ އާޒިމ އިސްތިއުފާ