އިސްލާމް ދީނަށާއި ރަސޫލާއަށް ބަދުބަސް ބުނެ ރިޕޯޓް އާއްމު ކޮށްފައިވާ އެމްޑީއެން އަކީ މިހާރުން މިހާރަށް އުވާލެވިފައި އޮންނަން ޖެހޭ ޖަމިއްޔާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު ބަހުސް ގައި ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންނާއި އިސްލާމްދީނާ ހިލާފު މަގްސަދުތަކެއް ކަމަށެވެ.
"އެމްޑީއެން އަކީ މިހާރުން މިހާރަށް އުވާލެވިފަ އޮންނަން ޖެހޭ ޖަމިއްޔާއެއް. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންނާ ހިލާފު އަޅުގަނޑުމެން ގަބޫލު ކުރާ ގަބޫލް ކުރުންތަކާ ހިލާފު މަގްސަދުތަކެއް. އިސްލާމް ދިނާއި ހިލާފު މަގްސަދުތަކެއް." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ މިއަދުން މިއަދަށް އެމްޑީއެން އޮންނަން ޖެހޭނީ އުވިފަ އަދި ޖަމިއްޔާ ހިންގަން ތިބި ސަރުކާރުގެ އިސްވެރިން ތިބެން ޖެހޭނީ ހައްޔަރު ކުރެވިފައި ކަމަށް ވިދާޅުވެފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެމްޑިއެން އޮންނަން ޖެހޭނީ މިހާރު އުވިފަކަމަށާއި އެ ޖަމިއްޔާގައި ތިބި އިސްވެރިންވެސް މިހާރު ތިބެން ޖެހޭނީ ހައްޔަރު ކުރެވިފައި ކަމަށް ވިދާޅުވިއެވެ.
"މިއަދުން މިއަދަށް މިދެންނެވި ޖަމިއްޔާ އޮންނަން ޖެހޭނީ އުވިފަ އަދި އެ ޖަމިއްޔާ ހިންގަން މިއަދު ތިބި އިސްވެރިން ޖެހޭނީ ހައްޔަރު ކުރެވިފައި ތިބެން" ޝިޔާމް
އެމްޑީއެންގެ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިސަރުކާރުން އަންނަނީ އެ ޖަމިއްޔާގެ ބޭބޭފުޅުންނަށް ރައީސް އޮފީސުންނާއި ދައުލަތުގެ އެހެން މުއައްސަސާ ތަކުން ވަޒީފާ ދެއްވަމުން ކަމަށެވެ. އަދި ކިޔަވަމުންދާ ކުޑަކުދިންގެ ތައުލީމީ މަންހަޖު ތެރެއަށް ގެނެއުމަށްޓަކައި މަސައްކަތް ކުރާ ކަމެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ މި ސަރުކާރުން މި ދެންނެވި ޖަމިއްޔާގެ ބޭބޭފުޅުންނަށް އެކި އެކި މަގާމުތައްދީ ރައީސް އޮފީހުންނާ ދައުލަތުގެ އެހެން ބޮޑެތި މުއައްސަސާތަކުންނާ ބޮޑެތި މަގާމުތައްދީ މިބޭފުޅުންނާއެކީ މަސައްކަތް ކުރާތަން. މިބޭފުޅުންގެ ފިކުރުތައް އަޅުގަނޑުމެންގެ ޅަކުދިންގެ ތައުލީމީ މަންހަޖު ތެރެއަށް ގެނެއުމައްޓަކައި މަސައްކަތް ކުރާތަން އަޅުގަނޑުމެންނަ މި ފެންނަނީ" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެ ރިޕޯޓް ބަލާލި މީހަކަށް އެ ރިޕޯޓްގެ މަގްސަދަކީ ކޮބައިކަން އެނގޭނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އެމްޑީއެން އަކީ މިހާރުން މިހާރަށް އުވާލެވިފައި އޮންނަން ޖެހޭ ޖަމިއްޔާއެއް- ޝިޔާމް
1 މިނެޓް ކުރިން ( އޮކްޓޯބަރ 7, 2019 )
މާބޮޑަްއްވެސް ލަސްވެއްޖެ އެފަދަ ފިކުރުތަކަށް ގެއްލުމާ ހަލާކު ހުރި . އަވަސް މަގަކުން
މިކަން މިގައުނުް ނެތިކުރައްވާށި. އާމީން
އެމްޑީއެން އަކީ މިހާރުން މިހާރަށް އުވާލެވިފައި އޮންނަން ޖެހޭ ޖަމިއްޔާއެއް- ޝިޔާމް
7 މިނެޓް ކުރިން ( އޮކްޓޯބަރ 7, 2019 )
"އަޅުގަނޑުމެންނަށް މި ފެންނަނީ މި ސަރުކާރުން މި ދެންނެވި ޖަމިއްޔާގެ ބޭބޭފުޅުންނަށް އެކި އެކި މަގާމުތައްދީ ރައީސް އޮފީހުންނާ ދައުލަތުގެ އެހެން ބޮޑެތި މުއައްސަސާތަކުންނާ ބޮޑެތި މަގާމުތައްދީ މިބޭފުޅުންނާއެކީ މަސައްކަތް ކުރާތަން. މިބޭފުޅުންގެ ފިކުރުތައް އަޅުގަނޑުމެންގެ ޅަކުދިންގެ ތައުލީމީ މަންހަޖު ތެރެއަށް ގެނެއުމައްޓަކައި މަސައްކަތް ކުރާތަން އަޅުގަނޑުމެންނަ މި ފެންނަނީ" ޝިޔާމް ވިދާޅުވިއެވެ.
މީނަޣާވަތެއްނޫ. މީދިވެހިންނާ ކުރާ ހަނގުރާމައެއް .