ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ޖަލަށް ހުކުމްކުރީ އަލީ ހަމީދު އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ.

މީގެ ތެރެއިން އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ކުރި ދައުވާތަކުގައި ތިން އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައެވެ.

މީގެ ތެރެއިން ތަހުގީގަށް އަލީ ހަމީދު ފޯނު ދޭން ދެކޮޅު ހެދުމުން އޭނާއާ ދެކޮޅަށް ކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ކަރެކްޝަންގެ އޮފިޝަލަލު ވިދާޅުވީ، އަލީ ހަމީދުގެ ހުކުމުގެ މުއްދަތު މިދިޔަ މަހުގެ މެދުތެރޭގައި ހަމަވުމުން، މިނިވަންކޮށްފައިވާ ކަމަށެެވެ.

އަލީ ހަމީދު މިނިވަންވިއިރު، އޭނާ ހުންނެވީ ގޭބަންދުގައެވެ. އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުއެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ހައްޔަރުކުރި އަބްދުﷲ ސައީދު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަހު މެދު ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    ކޮބައިތޯ އަލީ ޙަމީދު ްާސިމު އަތުން ނެެންގެވި ފައިސާތަކުގެ މަަސްއަލާ... އެއީ ކޮންކަމަކާ ްާސިމު ދެއްވިފައިސައެއްތޯ؟ އަލީވަހީ ގެއެއްބައްލަވައިގެންނެވި މަސްއަލާވެސް ބެލެންޖެހޭ.

    13
  2. މޯދީ

    އަވަހަށް ބޭސްފަރުވާއަށް ޔޫރަޕަށް ދޭ، މެލޭޝިޔާގަ ހުރި ގަނޑުވަރުވެސް އަދިއެބަހުރި!

    • ޓިނު

      މޯދީ ތިކިޔަނީ ބޮސްކަރީ ރިހަ އޭ