ވަޒީފާ އަދާނުކުރާ މިހުންނަށް އެލަވަސް ދޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖީލީހަށް މި ބިލު ހުށަހެޅުމަށް ނިންމައިފައިވަނީ މިއަހަރުގެ މަޖިލީހުގެ 3 ވަނަ ދައުރުގައި ކަމަށް މަޖިލިސް އިދާރާއިން މައުލޫމާތު ދެއެވެ. އެ ބިލުގައި ބުނާ ގޮތުންނަމަ އެލަވަންސް ދިނުމަށް ނިންމާނީ ހަމައެކަނި ވަޒީފާއެއް އަދާ ނުކުރާ އެހެން ނަމަވެސް ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަންޏެވެ.

މިއަހަރުގެ 3 ވަނަ ދައުރަށް 34 ބިލެއް މަޖިލީހުން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖިލިސް އިދާރާއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ތައުލީމުގެ ބިލާއި، އެމްއެމްއޭ ގެ ގާނޫނު އިސްލާހު ކުރުމުގެ ބިލާއި، ވިޔަފާރިވެރިންގެ މެދުގައި ވާދަވެރިކަން އުފައްދައި އެކަން ދެމެހެއްޓުމުގެ ބިލާއި، ފޮރިން އިންވެސްޓުމެންޓާ ބެހޭ ބިލު ވަނީ ހިމަނާފައެވެ.

ވަޒީފާ އަދާނުކުރާ މީހުންނަށް އިނާޔަރެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

އެކަމަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެކެވެ. ވަޒީފާ އަދާ ނުކުރާ މީހުންނަށް އެލަވަންސް ދޭ ގައުމުތަކުގެ އެންމެ ކުރީ ސަފުގައި އޮތް އެއް ގައުމު ކަމަށްވާ ފިންލޭންޑިން އެގައުމުގެ 2000 މީހަކަށް 560 ޔޫރޯ ދެއެވެ. އެއީ ރާއްޖޭގެ ރުފިޔާއިން ބަލާނަމަ 9495.66 ރުފިޔާއެވެ. ފިންލޭންޑުގައި އެ އެލަވަންސް ދެނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖޭގެ ޒުވާނުންގެ ތެރޭގައިވެސް ވަޒީފާ ހޯދުމަށް ދަތިވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. K hhhbhbhhh

    Hathareskan hamavani. Miulheni baiykahkaa kulhenba! Miulheni vazeefa adhakoh bura masahkaiy kuraa meehunah ekasheegenvaa musaara eh. Nuvatha Allowance eh nudhevi gen.

  2. ދޮނާ

    ތިޔަބިލް ފާސްކުރުމަށްފަހު ވަޒީފާއަށް އެދޭ މީހުންގެ ކިޔު ވަރަށްދިގުވާނެ. ބޯޅަދަނޑު ހަމަޖައްސާތި.

    25
    3
  3. ކާފަބޭ2019

    އޭތްއޯތްލޯކަލްއިންތިޚާބު ކައިރިވެއްޖެޔޯ ކައިރިވެއްޖެޔޯ

  4. ޗޗޗ

    އެހެންވީމަ ވަޒީފާ ޢަދާކުރާމީހުންނަށް ދޭނެ އެއްޗެއް ނެތެއްނު