ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ކުށްވެރި ކުރައްވައިފިއެވެ.

އެ ރިޕޯޓް ކުށްވެރި ކުރައްވާ ރައީސް ސާލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމްޑީއެންއިން 2015 ވަނަ އަހަރު ޝާއިރުކޮށްފައިވާ، ރިޕޯޓުގައި އިސްލާމް ދީނުގެ އުސޫލުތަކާއި އިސްލުތަކަށް ފުށުއަރާ އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާ އަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެ ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި އޮތް މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އަމާންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް، އަޅުގަނޑު އަޅަމުން ގެންދާނަމެވެ". ރައީސްގެ ބަޔާނުގައި ވެއެވެ.

އެމްޑީއެންގެ އެ ރިޕޯޓަކީ އިން ދީނީ ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނައަޅައިދިއުން ރާއްޖޭގައި އޮތް މިންވަރާ ގުޅޭގޮތުން އިސްލާމް ދީނާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓެކެވެ.

އެ ރިޕޯޓާއި ގުޅިގެން މިހާރުގެ ސަރުކާރުން ބައެއް މިނިސްޓަރުންނާއި، ބައެއް މަޖިލީސް މެންބަރުންވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ރައީސް އެ ރިޕޯޓް ކުށްވެރި ނުކުރާތީ ގިނަބައެއްގެ ފާޑުކިޔުންތައްވެސް މީގެ ކުރިން ރައީސްއަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަސީހު

    ރިޕޯޓް ދަސްކުރަން ހާދަދު ވަހެކޭ ތިނެގީ

    13
  2. ކަރާ

    ސްލޯލިހު.

    11
  3. Anonymous

    މިއޮތްހާ ދުވަހު ރައިސް އޮތީ ކޮންތާކުތޯ؟ ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް ދެދުވީމަ ދެން ހޭވަރިކަންވީދެއްތޯ....

    15
  4. ތޖޗސ

    މިވަރުގެ ކަމެއްކުރަންނުކެރި މިހުރިހާދުވަހު ހިމޭނުންހުރީ.. ކުއްވެރިކުރަމޭ ބުނެ ބަޔާން ނެރުމަކުން ނުފުދޭ.. އެޖަމިއްޔާ އުވާލާ.. އެމީހުން ހައްޔަރުކުރޭ.. އެޖަމިއްޔާގެމީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރޭ.. ބަޔާނެނެރެފަ ފިލާހުއްޓަސް ޒިންމާ ފުރިހަމަނުވޭ.. އަނބިކަނބަލުންވެސް އެޖަމިއްޔާގަ.. ޅިޔަނު އެޖަމިއްޔާގަ... ކޮއްކޮމެން އެޖަމިއްޔާގަ.. އެކުވެރިން އެޖަމިއްޔާގަ.. މިސަރުކާރަށް މިއީ ހަޖަމުކުރަން ފަސޭހަކަމެއްތަ.. ރައްޔިތުންނަ އިހްލާސްތެރިނަމަ އިސްތިއުފާދޭނީ... ސޮރީ ބުނުމަކުން ހުވާ ކަށަވަރު ނުކުރެވޭނެ..

    11
  5. ބުނެވޭނީ މިހެން

    ހާދަ ލަހޭ...ދީނީ ކަންކަމުގަ ހަމަ ފިނިހަކަ ސްޕީޑުގަ..އެވެސް ރައްޔިތުން ހޯބޯ ލަވައިގަތީމަ އެއްޗެއް ބުނެލީ..

    12
  6. ފާދިގު މަކުނު

    ކިބޫ ރަ އީސް މިހާގިނަ ދުވަސްވީ ލިޔެފަ އޮތް އެ އްޗެ އއް ކިޔަންނޭގިގެން އެމްޑީ އެން ރިޕޯޓު ކު އްވެރިނުކުރެވުނީދޯ!!!

    10
  7. ޒިމް

    އިދިކޮޅުން ބޮލަށް މޮހޮރު ޖަހާތީ އޮބި ނޯވެގެން ދޯ؟

    12
  8. Anonymous

    ބަލަ ތިޔަ ރިޕޯޓް އެހާރާއި މިހާރު ބެލި މީހުން އެބުނަނީ

  9. މަކިނބޫ

    ?

    3
    2
  10. ޖޭބޮކި

    އަދި ތަންކޮޅެއް އަވަސް ރައީސުލް ޖުމްހޫރިއްޔާ ތި ރިޕޯޓް ކުއްވެރިކުރަން.

    12
  11. ޝިމާޒް

    ބަލަ ތިޔަރިޕޯރޓް އެހާރާ އި މިހާރު ބެލިމީހުން އެބުނަނީ 2015 ގަ ނެރުނު ރިޕޯޓަކު ނެތޭ މިފަހަރު ރިޕޯޓްގަ ހުރި ދީނާޚިލާފް ވާހަކަތަކެ އް އަދި އެރިޕޯޓަކީވެސް 31ސަފްހާގެ ރިޕޯޓެކޭ މި އަހަރު ނެރެގެން އުޅޭ 125 ސަފްހާގެ ރިޕޯޓް ގަޔޭ ދީނާ ޚިލާފް ވާހަކަތަ އް ލިޔެފަވަނީ ދެންކީ އްވެ ތިޔަ އޮޅުވާލީ 2015ގަ ނެރުނު ރިޕޯޓޭ ކިޔާފަ އިބޫވެސް ރަ އްޔިތުންނަށް އޮޅުވާލަީނީދޯ

    14
    3
  12. ....

    ދެން ފިޔަވަޅު އަޅާ ތިކަން ހުއްޓުވަން.

  13. އަބުލޯ

    މީ ޔަހޫ ދީ ރޭވުމެ އާ ރިޕޯޓު ނެރުނުތާ ވީ 7. މަސް ކޮން 2015 އެއ އް ކަނޑަ އެޅިގެން އިނގެން ހުރި ކަންތަކުގާ ދޮގުހާގެން ކިހާ ދުވަހަކު އިބޫ އަ އް ހުރެވޭނެބާ

    13
    1
  14. އަބްދުއްލާ

    ރައީސް އެމްޑީއެން ރިޕޯޓް ކުށްވެރި ކުރައްވައިފީ

    1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 7, 2019 )
    އެމްޑީއެންގެ ޗެއާޕާސަންކަމުން ނޫޝިން އިސްތިއުފާދެއްވައިފި

    15 މިނެޓް ކުރިން ( އޮކްޓޯބަރ 7, 2019 )

    الحمدلله و الشكر لله

    4
    1
  15. ބުރޯ

    ބަލަގަ ބޮލާ ފޮށާ އެޅޭ ހިސާބަށް ދިޔައީމާތަ އެއްޗެއް ވިދާޅު ތިޔަވެވުނީ ދެންވެސް ލަސް ނުކޮށް ޖަމްއިއްޔާ އުވާލައްވަ ބައްލަވަ އޭރުން ތިޔަ ކުއްވެރި ކުރުމަކީ ހެޔޮހިތުން ކުރެއްވި ކަމެއްކަމަށް ރައްޔިތުންދެކޭނީ . ނޫނީ ހީކުރާނީ މަޖުބޫރީ ލާދީނީ ބޭފުޅަކަށް.

    10
    1
  16. ށަނޫން

    ރައްޔިތުންނޭ. މީ މިބައިމީހުން އެންމެން އަޑީގަ ތިބެގެން ދިވެހި މުސްލިމް އުއްމަތުގެ ބޮންޑިން އާއި ރިއެކްޝަން ހުރި ގޮތް ބަލާލަން ކުރުވި ކަމެއް. ސޯލިހު އަށް ވ ސާފު ކޮއް އިންގޭ ދިވެހި ގިނަ މީހުންގެ ލޭ ކެކެން ފެށިކަން. ވ.ވިސްނައިގެން ތިބޭތި ކުރިއަށް ހުރި ގިނަ ކަންތައް ތަކަކީ އިސްލާމް ދީނާ ދިމާ ފުށު އަރާ ކަން ކަން. ބަލަން ތިބޭތި އެކަމު އެޔަށް ފަހު ދީން ނަގަހައްޓާތި ...

  17. ޢަލީ އަޙުމަދު ވަހީދު

    އަދި ބަޔަކު އުފާކުރާކަށް ނުޖެހޭ! 2019 ގައި ނެރުނު ރިޕޯޓް ރައީސް އިބްރާހީމް ކުށްވެރިއެއް ނުކުރި! ދީނަށް ފުރައްސާރަކޮށްފައި ހުރީ އެ ރިޕޯޓުގައި. 2015 ގައި ނެރުނީ ކުރު ޚުލާޞާ ރިޕޯޓެއް.

  18. ކެކެކެ

    ތަޅައިގަތްގަތީނުން ކާކުތަ މީނަ ހޭލެއްވީ.