އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގައި، އެ ދީން ހިމާޔަތް ކުރުމަކީ، ރާއްޖޭގެ އެންމެ މަތީ ވެރިޔާއާ ގާނުނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނީ ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނައަޅައިދިއުން ރާއްޖޭގައި އޮތް މިންވަރާ ގުޅޭގޮތުން އިސްލާމް ދީނާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާ ގުޅިގެން، އެ ރިޕޯޓް ކުށްވެރި ކުރައްވާ ނެރުނު ބަޔާނެއްގައެވެ.

ރައީސް ސާލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމްޑީއެންއިން 2015 ވަނަ އަހަރު ޝާއިރުކޮށްފައިވާ، ރިޕޯޓުގައި އިސްލާމް ދީނުގެ އުސޫލުތަކާއި އިސްލުތަކަށް ފުށުއަރާ އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާ އަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެ ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި އޮތް މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އަމާންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް، އަޅުގަނޑު އަޅަމުން ގެންދާނަމެވެ". ރައީސްގެ ބަޔާނުގައި ވެއެވެ.

އެ ރިޕޯޓާއި ގުޅިގެން މިހާރުގެ ސަރުކާރުން ބައެއް މިނިސްޓަރުންނާއި، ބައެއް މަޖިލީސް މެންބަރުންވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ދޮންބެ

    އަލްޙަމްދު ލިއްލާހި، ރައްޔިތުންގެ އަޑު ގަދަވެގެން ރައީސުލްޖުމްހޫރިއްޔާ ހޭފުޅުލައްވައިފި. ރައީސް ކޮންތާކުތަ މިހާދުވަހު ތިޔަ އުޅުއްވީ؟ މިއޮއް ބޮޑު ކަންތައް ދިމާވީއްސުރެ ރައީސް ހޯދާ ހޯދާ ނުފެނިގެން މިއުޅެނީ. ދެންވެސް ބަލަން ނުހުންނަވާ އަވަހަށް ގާނޫނާ ޚިލާފުވީ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާދެއްވާ ގައުމު އަމާން ކޮށްދެއްވާ!

    123
    • އެހެންޏާ

      ކޮބާހޭ ފިޔަވަޅު އެޅިފަ. ރައްޔިތުންގެ ޕްރެޝަރ އިންތިހާއަށް ދިޔައިމަ ތިހެން ބުނެލަންތަ އެނގުނީ؟ އަވަހާރަފުޅު ގަދަވެ ހޭނުލެވިފަ އޮންނެވީތޯ މިހިސާބަށް ކަންތައް ދިތައިރު؟

      39
    • ޙައުލާ

      އޭނަ އަދި ނުބުނޭ ކުރާނަމެކޭ. އޭނަ ހުވާ ކުރީ އެކަން ކުރަން. އެކަމު ކަމެއް ނުކުރާނެ ޔަގީންވޭ. އެންމެ ކުޑަމިނުން ކުރާމެކޭ އަދިވެސް ނުވެސް ބުނޭ.

      35
    • ......

      ބަލަ މިއުޅެނީ ބޭފުޅާގެ ވާޖިބު ނޭނގިގެނެއް ނޫނޭ. ވާޖިބު އަދާނުކޮށްގެނޭ. ކިހާ ދެރަ ކަމެއް ދެން. ތިފިލާވަޅު ފެންހިންދާ ގްރޫޕްގަނޑަށް ކިޔައިދީ

      18
  2. ބުނެވޭނީ މިހެން

    ތިކަމެއް ނޭނގުނު ރައްޔިތުންނަކަށް..

    106
    1
  3. އިބްރާހިމް

    ސާބަހޭ ރައީސް. އެހެންވެދޯ ގޮތް ހުސްވީމަ މިހާދުވަސް ކޮށްފަ އެއްޗެއް ތިބުނީ. ކީއްވެތޯ އެ ޖަމާއަތުގެ ބޮޑުންނަށް އަދިވެސް ސަރުކާރުގެ މަތީމަޤާމުތަކުގައި ތިބެވެނީ؟ އެވެސް ދީނުގެ މަސްލަހަތު ހިމާޔަތްކުރުންތޯ؟ އިސްތިއުފާދެއްވާ

    123
    2
  4. ވާޖިބު

    ވާޖިބު ދަނެގަތުމަށް މިހުރިހާ ދުވަހެއް ހޭދަވީ ބަހެއްނުބުނެ.. ޝުކުރިއްޔާ... އިސްތިއުފާދީ ދެން ރައްޔިތުންނަ ކަމެކޮއްދެންޏާ... މިހާރު އެތިބީ ހުރިހާ ސިޔާސީމީހުން މިނިވަންވެފަ ރައްޔިތުންނަ ފުރުސަތުދީ ހުވާ އޮޅުންނާރާ ވެރިއެއް އަލުން ހޮވުމަށް.. ވާޖިބު ހަދާންކުރަން މިހާ ގިނަދުވަސް ނުނަގާ ވެރިއެއް ހޮވުމަށް...

    103
  5. Alibe

    ނިދިން ހޭލެވުނީތަ؟

    95
    1
  6. ޢަހުރނ

    ބަހަކީ އެމިހަކު ބޭނުން ގޮތަކަށްބުނެވޭ އެއްޗެއް. ޢަމަލުން ދައްކަބަލަ ތިޔަ ކަން

    108
  7. ޒަކް

    ކެނެރީގޭ ބުއްޅަބޭގެ ހުތުގަ ނުޖެހި ސަލާމަތުން ހުރެ ކުރިޔަށް ދާނަ މަނިކްފާނަކާ ދެކޮޅުވެރިކަމެއް ނެތް.. އެއީ ބޮޑު ވަބާއެއް ފަސާދައެއް އޭނާ އަނބުރާ ގޭހުގަ ނުކެހި ހުރުމަށް ދަންނަވަން ކާމިޔާބުވާނީ އޭރުން

    77
    2
  8. ބޭބެ

    ސާބަސް ރައިސް! ގައުމާއިގެން ކުރިއަށް ވަޑައިގަންނަވާ! އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ނެރެ ރަސޫލާއަށް ފުރައްސާރަކުރި ފަރާތްތަކަށް ޙައްގު އަދަބު ދޭންވާނެ! އަދި ހައްދުފަހައަނަޅައިދިއުމާ ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށްވެސް ފިޔަވަޅު އަޅަންވާނެ! ހުރިހާވެސް ނުބައެއް ހަދަނީ މީހަކު މަނިކުފާނުގެ އަރިހުގައި ، ވެރިކަމުގެ ބާރެއްގެތެރޭ ހުރެގެން! ވެރިކަމަށް ބޫތު ހިފާފައިވާ އެމީހަކު މަނިކުފާނުގެ ސަރުކާރު ޚަރާބުކުރަން ބަލިކަށި ކުރަން އަޑީގައި ހުރެގެން އައުވާނުން ލައްވާ ކުރުވަމުންދާ ކަމެއްކަމަށް ވަރަށްބޮޑަށް ތުހުމަތުކުރެވޭ! އެމީހަކު ދައްކާ ވާހަކައިންނާ އަދި ކުރާ ކަންކަމުން ސަރުކާރުދެކެ ރައްޔިތުން ނަފުރަތު އުފެދޭ ކަމީ ހިތާމަ ހުރިކަމެއް! މިއީވެސް ޙައްލުކުރަންޖެހިފައިވާ ކަމެއް!

    48
    1
  9. ރަށުން

    ޢަދި ތިހޭލެވުނީތަ ނިދިން؟

    86
  10. އިޖޫ

    މާސާﷲ

    47
    2
  11. ބުރޯ

    އެ ރިޕޯރޓް ލިޔުނު މީހާގެ ނަން ނުޖަހަނީ ކީއްވެބާ؟؟؟ ޖަމިއްޔާގެ ކޮންމެވެސް މީހެއް ދޯ ލިޔާނީ؟

    69
    • ޙަސަނުބެ

      މަނިކުފާނައް ވެސް ތާރީޚް އޮޅިވަޑައި ގެންފާ ތި އޮތީ އަދި ވެސް ރަނގަޅަށް ނިދިން ހޭލެވުނު ކަމަކަށް ގަބޫލެއް ނުކުރެވޭ ސަބަކީ ތާރީޚުގެ މައްސަލަ ކުރިން އަޑު އިވުނީ 2016 ގާ ޔޯ މި ރިޕޯރޓް ނެރުނުކަމަށް އެކަމު ހަޤީގަތް އެނގިލައްވާ ފަރާތް ތަކުން ބުނެފާވަނީ 2016 ގައިވެސް ނެރުނީ 31 ސަފްހައިގެ ރިޕޯރޓެއް ކަމަށް އަދި އަލަށް މި އަޑު އެހީ މި ރިޕޯރޓް ނެރުނީ 2015 ގައި ކަމަށް އެހެންވީމާ ތީގެންވެސް އެނގުނީ އިޚްލާޞްތެރި ކަމެއް ނެތްވަރު ހަސަދަވެރިކަމާ އޮޅުވަާލަން އުޅޭ މިންވަރު ފުރަތަމަ ތިމާގެ އަމިއްލަ ނަފުސައް އިޚްލާޞްތެރިވޭ އަދިވެސް ތި މަސައްކަތްޕުޅު ތިކުރައްވަނީ ރައްޔިތުން ގުނބޯ ހައްދަން

      61
      2
  12. ޤާދިރު

    އޮޅުވާލުމުގައި ވެސް ހައްދެއްނެތް. 2015 ވަނަ އަހަރު ނެރުނީ 31 ޞ ގެ ރިޕޯޓެއް. އެއަކު ނެތް 2019 ފެބުރުއަރީގައި ނެރުނު 125 ޞ ގެ ރިޕޯޓުގަ ހުރި ވާހަކަތަކެއް، މި 2 ރިޕޯޓަކީ އެއް ރިޕޯޓެއް ނަމަވެސް އެފަހަރު ނެރުނީ އޭގައިވާ ދީނަށް ފުރައްސާރު ކުރުމުގެ ބައި އުނިކޮށްފައި. ދޮގު ހެދިޔަސް ތަންފުކެއް ބޮޑުވަރު..

    66
  13. ބޯގޯސް

    ވަރަށް ތާހިރު މިއޮއްހުރިހާދުވަހު ނިދާފަ

    64
  14. ކާފަބޭ2019

    2015ގަނެރުނުރިޕޯޓާ 2019 ގެރިޕޯޓުވަރަށްތަފާތު ފަހުން ނެރުނުރިޕޯޓުވަރަށްބޮޑަށްތަފާތު މިއަދުހުރިހާކަމެއްވެސް އޮޅުވާލެވިދާނެ ނަމަވެސް އެއްވެސްކަމެއްއޮޅުވާނުލެވޭނެދުވަހު ހަމަތިޔަފޮނިކަން ދައްކަންކުރެވޭނެކަމެއް އޮންނާނެބާ މިހާތަނަށްދެއްކި ހުރިހާދޮގުވާހަކަތައްވަނީ ބޭޒާރުވެފަ ހޭއަރާޤައުމާމެދު ވިސްނަވާ ވަކިފަރުދަކަށްވުރެ ޤައުމުމަތިވެރިވާނެ ޤައުމަށްވުރެ ﷲ މަތިވެރިވެގެންވޭ

    58
  15. ޢައްޔަ

    މިކަހަލަ ކަމެއް ގެޓް ވާން ތިހާދުވަސް ނަގަންޏާ ރައީސް މީހާއަށް ލިބޭނީ އީ ރިޕޯޓެއް،

    67
  16. ވަރައްމޮޅު

    ކުރީސަރުކާރު މީ ޒިއްމާއެއްވެސްއުފުއްލަންޖެހޭ ސަރުކާރެއްނޫން އެންމެފަހުން ވާނެވަރަކައްހޫނުވީމާ ނެރުނުރިޕޯޓުވެސްމިވީ ކުރީސަރުކާރުއޮތްއިރު ދެހާސްފަނަރައިގަނެރުނު އެއްޗަކައް ސާބަހޭ ތިވަރުންވެސް ހިއްވަރުކުރެވޭތޯބަލާތި

    23
    10
  17. އަހަރެން

    ހޫ އެހެންތާވެފަ މިއޮތީ އެމީހުންނައް ބޯޑެތިވަޒީފާތައްދީގެން އެކަންކުރުވުން އިސްވާޖިބަކީ އޮޅިއްޖެ މިހުރިހާދުވަހުވެސް އެއްޗެއްނުބުނެ ހުރެފައި މޮަޅުވާހަކައެއް ފަޅާލީ ޔަގީންވެއްޖެ މާތްކަލާކޯ ދެންހެޔޮ އިސްތިއުފާދެއްވާ

    34
  18. ރަޝީދު

    އަލް ހަމްދުﷲ ތީ މިބޭނުންވާ ކަމަކީ.. ސީދާ ގައުމުގެ އެންމެ އިސްވެރިޔާ މިކަން ހުއްޓުވަން ބަސްބުނެ އެކަމަށް ފިޔަވަޅު އެޅުއްވުން...

    18
    7
    • ޢަލީ އަޙުމަދު ވަހީދު

      ނުކެރޭނެ. ނުވެސްކުރާނެ.

  19. ދޮންބެ

    ތިޔައީ އިސްރާޢީލުން ފަލަސްތީނުގެ ބިންތަށް ފޭރެމުންދާ ޙާލު އިސްރާޢީލުން ފަލަސްތީނު ޙިމާޔަތް ކޮށްދޭނަމޭ ބުނުންފަދަ ކަމެއް. ލާދީނީ އެމްޑީ އެން ގެ މެމްބަރުން ރައީސް އޮފީހަށާ ކޯޓު ތަކަށް ވައްދާފަ، އެމްޑީއެން ގެ އެދުމަށް ޓެރަރިޒަމް ގާނޫނު ފާސްކޮށްފަ މިބުނަނީ ދީން ހިމާޔަތް ކުރާނަމޭ.

    33
  20. ޝާން

    އިހުލާސްތެރިކަމާއި އެކު ނެރުރުއްވި ބަޔާނެއްނަމަ އެންމެފުރަތަމަ ނޫޝީން ރައީސް އޮފީހުގެ ވަޒީފާއިން ވަކިކުރައްވަވާ. ނޫޝީން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ގެ މަގާމުން އިސްތިއުފާ ދިނުން އެއީ ނޫޝީން އާއި މެދު ފިޔަވަޅު އަޅަން ނުޖެހޭ ސަބަބެއްނޫން.

    30
  21. ހުސޭނުބޭ

    އަޅެ ތިއީ ތެދެއްކަމަށްވަނީނިއްޔާ އެމްޑީއެން އުވާލަބަލަ! ދެން ސަހިންދާ ރައީސް އޮފީހުން ބޭރުކޮށްބަލަ! އަދި ސްޕްރީމްކޯޓަށް އައްޔަންކޮށްފައި އެހުރި އެމްޑިއެންގެ ފައުންޑާ މެމްބަރު ވަކުކުރަން ހުށައަޅާބަލަ! ނުކެރޭނެވިއްޔާ! މީހާ!

    32
  22. ނާދިރާ

    ތީ ހަމަ އަމިއްލަޔާށް ކިޔާ އެއްޗެއް. .. އަމަލެއް ނުކުރެ.

    29
  23. އަލީ އިބްރާހިމް

    ދެން ކުރަންން ވީ އެއް ނުން ބަޔަކު ކިޔާނެ އެއްޗެއް ކިޔާ ހަދާނެ އެއްޗެއް ހަދަން ދުން ބަލަން ތިޔަ ހުންނަވަނީ ކީއްވެ......................

    26
  24. ާަޕޮގުބާ

    ތީ އަނގަ އިން ބުނެލާ ބަހެ އް ޢަމަލެ އް ނުކުރެ

    28
  25. ސޭކު

    ތިކަންވާ އެނގިއްޖެ

    26
  26. Anonymous

    ކެރޭނެތަ ތިޔަ އެމްޑީއެން އުވާލަން.

    16
    1
    • ހހހހ

      ނުކުރާނެ. އެއީ އެމީހުން އެތެރެ ކޮއިލުން ހުއްދަކޮށްގެން ކުރާކަންތައްތައް.

      16
  27. ޣގގގ

    ސުވާލަކީ ތިބޭފުޅާ އެކަން ކުރާނަންތޯއެވެ،

    15
  28. ނަޝީދު

    ނެކްސްޓް ޖޯކް ޕްލީޒް

    18
  29. ދަތްދޮޅި

    ވަރަށް ރަގަޅަށް ތިހިރީ ކުރެވިފައި ރޫހާނީ ދެކެބިރުން ހަނުހުރީ

    19
  30. Anonymous

    އއެންމެ އިސްވާޖިބަކީ ދީން ހިމާޔަތް ކުރުން ކަމުގަ އި ބުނެ ނިންމަ އިލުމަކުން ނުވާނެ. ގަ އުމުގަ އި ހުޅުރޯވެ އަނދަން ފެށުމުން ތިޔަވަރުވެސް ތިވީ.
    ދެން ދީން ހިމާޔަތް ކުރަން ކިހާވަރަކުން ދާނެބާ. އެމްޑީ އެންގެ ބޮޑުން ހަ އްޔަރުކޮށް އޭގެ އަޑީގަ ތިބި މީހުން ހަ އްޔަރުކޮށް ފުރިހަމަ ތަޙްޤީޤެ އް ހިންގަން ކެރޭނެބާ. އެލާދީނީ ޖަމް އިއްޔާ އުވަ އިލަން ކެރޭނެބާ.
    ރަ އްޔިތުން މިދަނީ ލޭކެކެމުން. ގަ އުމާ އި ދީން ހިމާޔަތް ކުރުމަށް ފުރާނަ އިން ގުރުބާން ވުމަށް ފަސްނުޖެހޭނަން.

  31. ޚާފޒ

    ދެންބޭކާރުވާހކ ނުދައްކާ ތިއުޅެނީ ބޮލުން ކުޅެންވެގެން.

  32. ޙގ

    2015 އެއްނޫން

  33. ކިނބޫ

    ކަލޯ...ބަލަ ކަލޭގެ ލީޑަރު ،ކެނެރީ ފިރުއައުނު ވެސް ކިތަންމެ ފަހަރަކު ބުނި، އަޅުގަނޑުމެންގެ ވެރިކަމެއްގައި އިސްލާމް ދީން ހިމާޔަތް ކުރާނަމޭ، ޖެހިގެން އަންނަ ދުވަހު ދީނަށް މަލާމާތްކޮށް ،ދީނުގެ ހުކުމްތަކަށް ޖޯކު ޖަހާނެ. ތިޔަ ބައިގަނޑުގެ އަވާއިގައި ޖެހޭނީ އަދިވެސް ހަމަ ލާދީނީ ފިކުރުގެ، ބުރާންތި، ހަޔާތް ކުޑަ، ގޮތް ކުޑަ، މުނާފިޤު އެމްޑީޕީ ކެނައިން

  34. ސޯފާރއަވޭ

    ދީނަށް ފުރައްސާރަ ކުރި ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާނަން ކަމަށް ބުނި ނަމަވެސް ތަމެންގެ ވެރިކަމުގައި ތަމެން އުޅެނީ މަމެން ގަބޫލުކުރާ މައިގަނޑު ބިލީފް އާއި ވަރަށް ދުރުންނޭ ....

  35. ޟަގޭ

    އިސް ވާޖިބު އަދާކުރަން ވެސް ކޮމިޓީއެއް ހަދާ

  36. ނަޝީދު

    އެހެންވީމަ ކަލޯ ތިޔަހެން ކިޔާލަ ކިޔާލަ ފަސް އަހަރު ހުރޭ! މުސާރަ ކާލަ ކާލަ. (( ދެންފަހެ ފަހު ޒަމާނުގަ އެކި ބާވަތް ބާވަތުގެ ދައްޖާލުން މީސްތަކުންގެ ތެރެއިން ފާޅު ކުރައްވާނެތެވެ. ބަޔަކު މީހުންގެތެރެއިން މީހަކު ރޭގަނޑުގެ ހަނދު ދައްކާފާ އެއީ އިރޭ ބުންޏަސް އެބަސް ގަބޫލުކުރާނޭ ބަޔަކު އެ ދައްޖާލުންނަށް ލިބިގެންވެއެވެ. އަދި އެބަހަށް ތާޢީދުކޮށް ޙައްގު ފޮރުވަން އުޅޭ ކުދި ދައްޖާލުންތައް ގިނަކަމާއިއެކު މީސްތަކުންގެތެރެއިން ގިނަ ބަޔަކު މަގުއޮޅި މަގު ފުރެދޭނޫއެވެ. ))

  37. ބޯގަން

    އިސްވާޖިބް ތިއޮތީ ހިމާޔަތްވެފައި.
    އިބްރާ ފުލުސްއޮފީހަށް ގެންދިޔައީ ގޮތް ހުސްވުމުން. ޢެދުވަހު ވަގުތުން ވަގުތަށް ފިޔަވަޅުއެޅިނަމަ މިހިސާބަކަށް ނުދާނެ. މިހާރު ދިވެހިން އެދަނީ ފައުޅުގައި ދީނަށް ހަޖޫ ޖަހަމުން. ޖަލަށްދާންޖެހޭ މީހުން ޖަލަށް ނުދާން ޖެހޭ މީހުންނަށްވުރެ އިތުރުވެއްޖެ.