އިންޑިއާގެ ސަލާމަތީ ބާރުތަކުން ދިން މައުލޫމާތައް ބިނާކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ރޭ 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި، ރާއްޖޭގެ ދޯންޏެއްވެސް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އިއްޔެ ރޭ ހިފެހެއްޓި ބޭރުގެ ބޯޓެއް ކަމަށެވެ. އެ ބޭރުގެ ބޯޓުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު ލިބުނު ކަމަށާއި، އެހެންވެ ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ ދޯންޏެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ރާއްޖެ ދޯންޏަކީ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއް ކަމަށެވެ.

އެ ބޭރުގެ ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ސަރަޙައްދުންނެވެ.

އެމްއެެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ބޭރުގެ ބޯޓާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ އޮކްޓޯބަރު އެއް ވަނަ ދުވަހުއެވެ. އަދި މި ބޯޓާއި، ދޯނިވެސް މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެެވެ.

އަތުލާގަތް މި ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާކަމާށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް އެ ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ،

މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ.

މައުލޫމާތު ލިބޭގޮތުގައި، އަތުލާގަތް ދިވެހި ދޯނީގައި ތިބީ ހަތަރު މީހެކެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ. އެ ދެ ބިދޭސީންގެ އަތުގައި އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިނބޫ

    ހުސް ދޮގު. މިހާރު މިދެކެވޭ ލާދީނީ ބައިގަނޑު ވާހަކަ އޮއްބާލަން ދެބޯގެރި ދުއްވަނީ.

    10
    1
  2. ޣަމަަަރު

    28 ކިލޯ މަސްތުވާތަކެތި ގެނައިސޮރުވެސް ހުރީ ދުޫކޮށްލާަފަ.މިފަހަރުވެސް ރަނގަޅަށްވާަނީި އެސަޮރުކަަމަށް. ކީއްވެބާ އެސޮރު ދޫކޮށްލީ...

    • އަދުރޭ

      އަދުރޭ ގެ ިސަބުބް 172 މޭލް އެއަވަރު ވަނީ 27.5 ނޯޓިކަލް މޭލް. 1 މޭލަކީ 0.868976 ނޯޓިކަލް މޭލް

  3. ދަަފަ

    ވަގަން އުޅޭމީހުން ފުވާލަން ރަގަޅު- ބ އަތޮޅުގަ ވަރަށް ގިނަވެއްޖެ -- މިކަހަލަ ގޮފިތައް