ޑެންމާކުގައި ނަޝީދު ދައްކާފައިވާ ވާހަކަ ތަކުގެ އޯޑިއޯ މިއަދު މަޖިލީހުގައި އިއްވަން އުޅުއްވުމުން އެކަމާއި ނަޝީދު ދެކޮޅު ހަދައިފިއެވެ.
އެ އޯޑިއޯ އަކީ 2013 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެކެވެ. މިކަމާއި ގުޅިގެން ރާއްޖޭގައި އޭރު ވަނީ މުޒާހަރާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އޭރުގެ މުޒާހަރާގެ އެންމެ ކުރީގައި އުޅުއްވީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ.
ނަޝީދު އެކަމާއި ދެކޮޅު ހަދާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދު ތޯރިޤް އެ އޯޑިއޯ މަޖިލީހުގައި އިއްވަން އުޅުއްވުމުންނެވެ. ތޯރިޤް މި އޯޑިއޯ މަޖިލީހުގައި އިއްވަމް މަސައްކަތް ކޮށްފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރީގެ ރައީސް ޔާމީންގެ އޯޑިއޯ އެއް މަޖިލީހުގައި އިއްވުމާއި ގުޅިގެންނެވެ.
ތޯރިޤް ނަޝީދުގެ އޯޑިއޯ އިއްވަން މަސައްކަތް ކުރުމުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރ އަހްމަދު އީސާ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އަދި އިތުރު ވަސީލަތެއް މަޖިލީހުގައި ބޭނުން ކުރާނަމަ ވޯޓަކަށް އައްސަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތަށް މައްސަލަ ދިއުމުން ތޯރިޤް ވަނީ އަލީ އާޒިމް އެގޮތަށް އޯޑިއޯ އިއްވި އިރު އެކަން މަނާކޮށްފައި ނުވަނީ ކީއްވެތޯ ނަޝިދާއި ސުވާލުކޮށްފައެވެ.
އެ އޯޑިއޯ އިއްވުމުގެ ބަދަލުގައި ނަޝީދު ވަނީ އިތުރު ވަސީލަތެއް ބޭނުން ކުރުމަށް މެމްބަރުންނަށް ފެނިވަޑައިގަންނަވާތޯ ވޯޓަކަށް އައްސާފައެވެ. ވޯޓަށް ޖުމްލަ 54 މެމްބަރަކު ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 10 މެމްބަރުންނެވެ. މި ވޯޓުގައި ޖުމްލަ 64 މެމްބަރަކު ބައިވެރިވިއެވެ.
ތާރިޤްގެ ވާހަކަ ނިންމާލުމުން އޭނާ ވަނީ ނަޝިދު ދީނަށް ފުރައްސާރަކޮށް ދެއްކެވި ވާހަކައިގެ އޯޑިއޯ އަޑު އަހަން ސަރުކާރުގެ މެމްބަރުންނަށް "ހަޖަމު" ނުވާކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން މަޖިލީހަށް ވާދަކޮށް ހޮވިފައި ތިބީ ފިނޑިންނޭ ބުނާކަށް ނެތިން.
މަޖިލީހަށް ކުރިމަތިލެވޭ މީހުންގެ ތަޢްލީމީ ފެންވަރު ކަނޑައަޅަން އެބަޖެހޭ. ސަބަބަކީ ގައުމެއްގެ ހުރިހާ ކަމަކަށް ގޮތްތައް ކަޑައަޅައި ގާނޫނުތައް ހަދަން ތިބޭބަޔަކު އެއީ ވަރަށް ހަރުދަނާ، އިޚުލާޞްތެރި، .... ރަގަޅު ސިފަތަކެއް ހުންނަންޖެހޭ ބަޔަކަށްވާތީ.
މަޖިލިސްއެކަންޏެއްނޫން ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ޑިގްރީނެއްމީހުނަށްކުރިމަތިނުލެވޭ ގޮތަށްހަދަންވީ މިހާރުވަޒީފާތައްގިންތިކޮށްފަތިއޮތީ އަމާބުނީތީފަރަށްދާގޮތަށް ރައީސްކަމަށް މަޖިލިސްމެމްބަރުކަމަށް ދަށްވެގެންގްރޭޑު10ގެ ފެންވަރުނެތިކުރިމަތިނުލެވޭގޮތަށްހަދަންވީ ކެރޭނެބާ
ބިރުން ނުކެރުނީ
ޢެހެންވީމަ ތި 54 މެންބަރުން ނަސީދު ދެއްކި ވާހަަކާއާއި އެއްބަސްވީ ދޯ! އެމްޑީޕީ މީހުންގެ ފެންވަރު ފެނިއްޖެ އެެއްނު! މި މޮޔައިންތަށް ވެރިކަމަށް ހޮވަންވެއްޖެވިޔަ! ދިވެހިން ހަނދާން ނެތޭ ބަލި ގެހިފަ ތިބެނީ. އަނެއްކާ ދީނަށް ފުރައްސާރަކުރާތީ ވެރިކަމުން ބާލަން ދުވަންވީ!
އެމްޑީޕީގެ ހަމައާއި އިންސާފް މިއޮތީވެސް ސާފްވެފައި. ޝަރުއީ ދާއިރާވެސް އިސްލާހުކުރަނީ މިގޮތަށް.