ސައިކަލެއްގެ މަތީގައި އިންދާ ފެން ޖެހި މައްސަލައިގައި އަނިޔާ ލިބުނު މީހާ ދެނެގަންނަން ފުލުހުން މިއަދު ހޯދައިފިއެވެ.

އޭނާ ހޯދަން އިއުލާނުކުރީވެސް މިއަދު އެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، އާއްމުން ފުލުހުންނާއު ހިއްސާކުރެއްވި މައުލޫމާތުގެ އަލީގައި، މި މައްސާލަގާއި އަނިޔާ ލިބުނު މީހާ މިހާރު ވަނީ ދެނެގަވިފައި ކަމަށެވެ.

"މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންވަން". ފުލުހުންގެ ޓްވީޓްގައި ވެއެވެ.

ސައިކަލެއްގެ މަތީގައި އިށީންދެގެން އިންދާ ބިދޭސީއެއްގެ ގަޔަށް ފެން ޖެހީ ސައްތާރު ނަމަކަށް ކިޔާ މީހަކު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެހާދިސާގެ ވީޑިއޯ އާއްމުވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސައްތާރަށް އަމާޒުވިއެވެ. ފުލުހުން އެމައްސަލަ ބަލަން ފެށީ މީސް މީޑިއާގައި އެތައް ބަޔަކު ސައްތާރުގެ އަމަލުތައް ކުށްވެރިކޮށް އެކަން ބަލަން ފުލުހުންނަށް ގޮވާލަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަގޭ ޚިޔާލު

    ސައްތާރު ފެންޖެހުމަށް ވުރެ ނުރައްކާ މައްސަލައެއް ހިލިގެން މިއުޅެނީ، އެކަމަކު ބާރު ސުޕީޑުގައި އެމައްސަލަ ބަލަން ނުކެރި ފަހަތުފަޔަށް ބުރަ ވެފައި ވާތަން ސަރުކާރުގެ ކިބައިން ފެންނަނީ..

    87
    6
  2. ސައްތާރު

    ބިދޭސީ މީހާ ގަޔަށް ފެން ޖަހައިގެން ސައްތާރު އަށް އަދަބު ދެންޔާ، ސައިކަލު މަތީ އިށީނުމުގެ ކުށުގެ އަދަބު ބިދޭސީ މީހާއަށް ވެސް ދޭން ޖެހޭނެ!

    59
    106
    • ސައްތާރުގެސައްތާރު

      ކަލޭ ތިހެން ކޮމެންޓު ކުރީމަ ކަލޭޔަށް ވެސް އަދަބު ދޭން ޖެހޭނެ. ބަންގާޅިން ވެސް އެއީ އިންސާނުން. ބަންގާޅިން އެކަނިތަ ސައިކަލުތައް މަތީގަ އިށީންނަނީ؟

      70
      16
      • ސައްތާރު

        ކޮންމެ ނަސްލެއްގެ މީހަކު ކުރިޔަސް ސައިކަލުގަ އިށީނުން ގޯސް. އެ ކުށަށް އޭނައަށްވެސް އަދަބު ލިބެން ޖެހޭނެ. ހަމަ އެކަނި ސައްތާރު އަށް އަދަބުދީގެން ހަމަހަމަ އިންސާފެއް ނުލިބޭނެ.

        9
        8
    • އކކ

      ހަގީގަތަކީ މަގުމައްޗަކީ ސައިކަލް ޕާކްކުރަން ހުންނަން ޖެހޭނެތަނެއްނޫން. ތިހާ ސައިކަލް ދެކެ ލޯބިވަންޏާ ގޭގަ ސައިކަލް ބަހައްޓާ.

      10
      3
      • ސައްތާރު

        ހަގީގަތަކީ ކޮންމެ މީހަކު ދިރިއުޅޭ ގޯތި ތެރޭ ސައިކަލު ޕާކު ކުރާނެ ޖާގަ ނޯންނަކަން.

  3. ހޯހޯ

    ފެންޖަހާގެން އެމީހުރިތަނަކުން ހޯދާއިރު ތިއޮތްހާކުދިންނާ ބެހުނު ކޯޗުހޯދުން މާރަނގަޅު ކަންނޭގެ ދިވެހިން ދިވެހި ޤައުމުގަ ބިކަވެފަ

    77
    5
  4. ސައިކަލް މީހާަ

    ތީ މިއަދު ގައުމުގެ ހާލަތު، ބޭރު ބިދޭސިން އަހަރުމެނަށް އުދަގޫކޮށް ޖެއްސުންކުރުމަށް މަގެއް ހުޅުވާދިނީ. ތީ ކޮންމެވެސް މަތީގެއެއްގެ ދައްތަގެ ބޯއިއެއް ކަމާމެދު ޝައްކެއްނެތް. ސައިކަލް ޕާކްކޮށްފަ ތަނަކަށް ވަދެވޭވަރެއްނުވޭ، ތިޔަބައިގަނޑާހެދި، ސައިކަލްގެ ހަރު ހަލާކުވާލެއް އެހާ އަވަސް. ނުވިތާކަށް މުށްގަނޑަށް އަނބުރާ ސްވިޗްތަކަށް ފިތާ ލޯގަނޑު އަނބުރާ މިކަހަލަ ކަންތައްކުރަނީ. ގޯސްކަމެއް ހުއްޓުވުމުގެ ބަދަލުގަ އެކަމަށް ހިތްވަރުދެނީ. އިހަށްދުވަހު މައުސޫމް ކުދިންތަކަކަށް ޖިންސީގޯނާކުރި ކޯޗް ރަންނަމާރިވެސް މިނިވަނަކޮށް ފުރުވާލީ. އެދަރިންގެ މައިންބަފައިންގެ ރުއިމާއި އާދޭހަށް ބެލުމެއްނެތި.
    މިރާއްޖޭގެ ރައްޔިތުން ހިމާޔަތްކުރަން މަޖްބޫރުވެފަ އޮންނަނީ، މީދަލާ، ބުޅަޅާ، މިޔަރާ، ވެލާ ކަހަނބާ، ގަސްގަހާގެހި. ބޮޑުވަރެެއް މީ.

    58
    12
  5. ތުނިޔަ

    ތިބިދޭސީމޯހާ ހައިރާންވާނެ ދިވެހިންގެ އޯގާތެރިކަން ފެނި... ބިދޭސީމީހާގެ އިންޓަވިއުއެއް ގެނެސްދެއްވާނެ ކަމަާް އުއްމީދުކުރަން.

    22
    3
  6. ބަންގާޅީ

    މަގުމަތީ ބާއްވާފަ އޮންނަ މިނިސްޓަރުންގެ އަދި ފުލުންގެ ކާރުތަކުގެ ބޮނެޓްމަތީ ގަޔާ ސައިކަލް މަތީ ދެން އަހަރުން ތިބޭނީ އަރާ..

    26
    3
  7. ޕޮގުބާ

    ސަ އްތާރު ވަރަށް ހަޔާތްކުޑަ

    25
    15
  8. އެމްޑީއެން އުވާލާ

    މިއީ ހެއްވާ ގައުމެއް. މުދަލުގެ ވެރިމީހާ އަށް އެއްވެސް ހައްގެއް ލިބިގެން ނުވޭ. އަނިޔާވި މީހާޔޯ. އެއްވެސް ހާނިއްކައެއްވީކީ ނޫން.

    22
    8
  9. ސައްތާރު

    މި ވިއްސާރަ މޫސުމުގަ މަގުމަތީ ހުސް އެކަހަލަ ސައްތާރު ސައިކަލް ތަކުގަޔާ ކާރުތަކުގަ. އޮފީސްހެދުމަށް އަދި ކުދިންގެ ޔުނީފޯމަށް ޗަކަފެން ޖަހަމުން ދުއްވާފާދާއިރު ސައްތާރެއްވުރެ މާގޯސް. ސައްތާރުވާ ސާފު ފެންތަ ޖެހީ... އެމައްސަލަތައްވެސް ފުލުހުން ބަލަންޖެހޭނެ މާބޮޑަށް. އަދި ކޮބާ ގޭގޭގެ ކުޑަދޮރުން މަގުހިނގާ މީހުން ބޮލަށް އުކާލާ ކުނި ގަރުދިޔަ ތަށި...ޖަހާކުޅުގަނޑު...ވިސްނާލަބަލަ

    16
    2
  10. ބަކުރު

    ބަލަ ޢިދުގަވެސް މީހުންގެ ގަޔަށް ފެންޖަހާ އެކަމަކު ފެންޖަހައިގެން މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއްނުވޭ ! އަނެއްކާ ބާލިދީއަކަށް ފެންއަޅާފަޖެހީމައި އަނިޔާވީބާ! މީހެއްގެ ހުއްދަނެތި އޭނަގެ މުދަލަށް އަރައިގަތް މައްސަލަވެސް ބަލަންވީނު.

  11. އަންނި ޖިންނި

    ފުލުހުން އަދިވެސް މި އުޅެނީ ފެން ޖަހާ މީހުނާ އަނިޔާ ލިބުނު މީހުން ހޯދަންތަ. ދީނަށް ހަޖޫ ޖަހާ ދަައްޖާލުތަކެއް މި ރާއްޖެއަށް ފާ ވެގެން އުޅޭ ކަމެއް ނުދެނަހުރިމު ދޮތަ؟

  12. އިންސާފް

    މި ކަމުގަ ދެމީހުން ވެސް ގޯސް.

  13. އކކ

    މިއީ ދިވެއްސަކަށް ވީނަމަ ފެންޖަހާކަށް ނުކެރޭނެ.

  14. ޑީޖޭ ހަމީދު

    އިހަކަށްދުވަހު ބޮޑުތަކުރުފާނު މަގުން ވިލާކޮލެޖު ކައިރިން ދުއްވާފަދިޔަ ދެމަފިރިއެއްގައިގަ ޕާޓޭންތަކެއް އައިސް ހުއްޓުވާ ޓޭޒާ ޖެއްސިމައްސަލަ ފުލުންނަށް ހުށަހެޅީމަ އަޅާނުލި. ހޯދާކަށް ނުވެސް އުޅޭ. ސޯޝަލްމީޑިއާގަ ބެވީމަތަ ކޮންމެކަމެއް ވާނީ؟ އެމްސީ އިސްތިއުފާދީ!