މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ނުރަނގަޅަށް ކޮށްފައިވާ ކަމަކީ ރަސޫލާ އަށް ސަލަވާތް ނުކިޔެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓާ މެދު ކުއްލި މައްސަލަ އެއް ހުށަހަޅައި އެ މައްސަލައާ މެދު ބަހުސް ކުރުމަށް އެދިފައިވާ މެންބަރުން ބަހުސްކޮށް ނިމުމުން ބަހުސް ނިންމާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެންޑީއެމް ގެ ރިޕޯޓުން ހަމައެކަނި ފެނިވަޑައިގަތީ ރަސޫލާ ގެ ނަންފުޅަށް ފަހު (ސ.އ.ވ) ނެތް ކަން ކަމަށާއި އެއީ އެކަލޭގެފާނުގެ ނަންފުޅާއި ކަރާމާތަށް ދޭން ޖެހޭ ގަދަރު ނުދީ ވާކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަނގަޅަށް ސާފުކޮށް ތެދުބަހުން ބަލައިގަންނަން ޖެހޭނެ ރިޕޯޓުގައި ވާ އުނި ކަމަކީ ނުވަތަ ނުރަނގަޅުކޮށް ކޮށްފައިވާ ކަމަކީ ކީރިތި ރަސޫލާގެ ނަންފުޅަށް ފަހުގައި ސަލަވާތް ފާތިހާ ކިޔަވައިފައި ނެތުން. (ސ.އ.ވ) އާއި އަދި ކީރިތި ރަސޫލާ އަށް އަޅުގަނޑުމެން ބަހައްޓާން ޖެހޭ، ދޭން ޖެހޭ ގަދަރާއި އިހްތިރާމް އެ ރިޕޯޓުގައި ކީރިތި ރަސޫލާގެ ނަންފުޅާ ގުޅިގެން އައިސްފައި ނުވާކަން އެއީ ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހުޝިއްޔަތާއި އަދި ގަދަރާއި ކަރާމާތައް އުނި ކަމެއްގެ ގޮތުގައި ހަމަ ގައިމުވެސް އިއްޒަތްތެރި ގިނަ މެންބަރުންނަށް ބަލައިގަނެވޭ" ރައީސް ނަޝީދު ވިދާލުވިއެވެ.

މީގެ އިތުރުން އެ ކުއްލި މައްސަލަ ހުށަހެޅުމުގައި އެ ރިޕޯޓަކީ ގުރުއާނުގެ ނަސްހުން އައިސްފައިވާ ކަމަކާ ދެކޮޅަށް ލިޔެފައިވަ ރިޕޯޓެއް ކަމަށް އޮތުމުން އެކަމަށް ރައްދުދެއްވައި ރައީސް ނަޝީދު ވަނީ އެ މައްސަލަ ހުށަހަޅާފައިވާ މެންބަރަށް ފާޑު ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ ކަންކަމަކީ އެ މެންބަރަށް އެނގޭނެ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއަދު ކުރިޔަށް ދިޔަ ބަހުސުންވެސް އެކަން ސާފުވެގެން ހިނގައިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިފަދަ ކަންކަމަކީ ވަކި ހާއްސަ އިލްމެއްގެ ހާއްސަ ބައެއްގެ އިލްމެއް ކަމަށާއި އަދި މި މައްސަލަ ހުށަހަޅާފައިވާ މެންބަރު ދެކޭ ގޮތަކަށްވުރެ އެކަމާ ގުޅޭ މުއައްސަސާތަކުން ހިންގާ މަސައްކަތް ތަކުން އެފަދަ ކަންކަން ސާފުވެގެން ދާނެ ކަމަށެވެ.

ރައިސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލުތަކަކީ އެކަންކަމާ މެދު ދަންނަ ބޭކަލުންނާއި އިލްމުވެރިންނާ މެދު ބަހުސް ކުރެވޭ ކަންކަން ކަމަށާއި އެ ބަހުސްތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ. އަދި އެންމެންވެސް އެ ބަހުސްތައް ކިޔައި އަޑު އެހުމަކީ ރަނގަޅު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރައްޔިތުން މަޖިލީހަށް ލިބިދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ހުރިހާ މެންބަރުންނަށް ގޮވާލައިފައެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައި ވީނަަމަަވެސް ރާއްޖެގެ ގިނަ އިލްމުވެރިން އަންނަނީ އެމްޑީއެން ގެ ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައިފައިވާ ވާކަމަށް ބުނެފައެވެ. އަދި އެފަރާތްތަކުން އަންނަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.

ބައެއް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި އެމްޑީއެން އަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ގެ ގޮތްޕެއްގެ ގޮތުގައި ހަރަކާތްތެތިވަމުން އަންނަ ޖަމިއްޔާއެކެވެ. އަދި އެމްޑީޕީގެ ފަރާތުން އެ ޖަމިއްޔާއަށް ދެކޮޅަށް އަޑު ނުއުފުލަނީ އެކަމުގެ ސަބަބުންކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

 1. ލޯބިވާ ވަޠަން

  މިކަހަލަ ލާދީނީ ބީތާއިން މިގައުމު ހަލާކުކޮށް ފަސާދަ ކުރަނީ. މީނަ މިއީ މިކަމުގެ މުގޫ.

  222
  6
 2. ފީލް ޕިޓީ

  އައިއޭމް ވެރީމަޗްއެޝޭމްޑް ވިތްދިސް ރިސައިންޑް ޕްރެޒިޑެންޓް

  133
  2
 3. ޒަބީބު

  ޢެމްޑީއެން ގެ ރިޕޯޓިގައިވާ އުނިކަމަކީ ރަސޫލާއަށް “ސަލަވާތް ފާތިހާ” ނުކިތެވުން ކަމަށް ބުނެ ނަޝީދު ހަޖޫޖަހަނީ އެއްވެސް ލަދެއް ނެތި. ނަޝީދު އެޖަހަނީ ހަޖޫކަން ސާބިތުވަނީ ސަލަވާތް ފާތިހާ ކަމަށް ބުނުމުން. ރަސޫލާ(ސއވ) އަށް ފަތިހާ ނުކިޔަވާނެކަމާއި އެކަލޭގެފާނަށް ކިޔަވަން ޖެހެނީ ސަލަވާތްކަން އެންމެންނަށް އެނގޭ. ޢަދި ކޮންމެ ހުކުރުހުތުބާއެއްގައި އެކަލެގެފާނަށް ސަލަވާތްކިޔެވުމަށް ﷲ އަންގަވާފައިވާ އެންގެވުން މުސްލިމުންނަށް ހަނދުމަކޮށްވެސް ދެވޭ. ނަމަވެސް ޥެރިކަން ލިބުމުން ރަސޫލާ(ސއވ) އަށް ސަލަވާތްކިޔަވަން ނަޝީދު އިންކާރު ކުރިކަން ދިވެހިން ހަނދާން ނުނެތޭ. އަދި 23 ޑިސެމްބަރ އިއްތިހާދުގެ ބޮޑުއެއްވުން އޮތް ދުވަހު މަދު މީސްކޮޅެއް ގޮވައިގެން ދިވެހިރޢްޖޭގެ ރައީސްގެ ހަސިއްޔަތުން ހުވައެއްމަތީ ހުރެ ހެދިގޮނޑިދޮށަށް ނުކުމެ ރަސޫލާ(ސއވ) އަށް ނަޝީދު ހަޖޫޖެހި ބީދައިން ހުވައެއް މަތީހުރެ ރައްޔިތުނގެ މަޖިލިހުގެ ރައީސްގެ ހައިސިެްޔަތުން މަޖިލީހުގެ އިމްތިޔާޒުތަކާއި އެނމެހާބާރުތައް މަތީގައި އިނދެ އަނެއްކާ މިއަދުވެސް އެދަނީ ހަމަ 23 ޑިސެމްބަރުގައި ރަސޫލާ އަށް ހަޖޫޖެހި ބީދައިން ހަޖޫޖަހަމުން. ނަޝީދުގެ މިއަމަލު ކުއްވެރިކުރަން. .

  430
  5
  • ޭބޭލްތާ

   ޢެއީ ލާދީނީ ކެނެރީ ދަޢްޖާލު

   55
   1
 4. ޔޭޔޭ

  ކަލޭތީ ހަމަ މުނާފިޤު ދައްޖާލެއް

  174
  2
 5. ހުޅުރާއްޖެ

  މިވެސް ބޯގޯސްވިލާއިން ކިޔަވައިގެން ހުންނެވި ދަރިވަރެއްތަ؟ ހައިރާންވެއްޖެ އެނޫން ކަމެއް އެރިޕޯޓުން ނުފެނުނީމާ. ބަލާ މުޅި ރިޕޯޓުގައިވެސް މުޅިންހެންވެސް ހުރީ ރަސޫލާއާއި ދީނަށް ފުރައްސާރަކޮށްފައި.

  166
  2
 6. އަލީ އިބްރާހިމް

  ކަލެޔައް ގޯހެއް ނުވާނެ އެއްވެސް ކަމެއް އެމީހުން ކުރާ ކަލޭ ތިޔައީ އަޑީގަ ހުރި މީހާ....

  166
  2
 7. މުހައްމަދުމޫސާ

  ދެލޯފުޅާ ތިބޭފުޅާ އަކަށް ނޭގެ އޭގަ ވާނުވާ އެ އް
  صلواة އަދި ފުރަ އްސާވަކިނުވާމީހަކަށް
  ކިޔޭ ނުކިޔޭ އެއޗެ އް ނޭގޭނެ
  ތިޔަ އީ ބޯގަން ވިލާ ލާދީނީ ބަ އިއގަނޑު ގެނެޓް
  ވޯކުގެ ކޮޅެ

  117
  2
  • ނަގޫގޮށްޖެހި

   ބޯގަންވިލާ އެއް ނޫނޭ ތިގެޔަށް ކިޔަންވީ. ތިގެޔަށް ކިޔަންވީ ބޯގޯސްވިލާ. ތަންކޮޅެއް ކުރިން ހުޅުގަލި ކިޔާ ގެއެއްގެ ނަންވެސް ރައްޔިތުން އޮންނާނީ ހުޅުބަލި މިނަމަށް ބަދަލުކޮށްފައި. މިއަދުން ފެށިގެން ތިގޭގެ ނަމަކީ ބޯގޯސްވިލާ.

 8. މާނިއު

  ފަހެ މީނާގެ އަނގަ އިގާ ތަޅެ އއް އަޅުވަން އްޖެނު

  113
  2
  • ށަވިޔަނި

   ޢެޖެންޑާ19 އަށް ވޯޓުލީ މީހުންނައް ވިސްނޭނެނަމަ ރަނގަޅު

   46
   1
 9. Anonymous

  އަހަރެން މީނާ ދެކެ الله އަށް ޓަކައި ރުޅި އައްނަން. މީނަ ގެ ނަން މި ހާ އިއްޒަތްތެރި ކޮށް ލިއުމުގަ ބޭނުންކުރަނީ ކީއްވެގެންބާ؟

  169
  1
  • Anonymous

   މިކަލޭގެ ދުލުން ދުވަހަކުވެސް ތިމަންނާ މީ މުސްލިމެކޭ ނުބުނޭ. ޝަހާދަތުގެ ދެކަލިމަ ކީ އަޑު އެހިނކަންފަތެއް ނުހުންނާނެ.

   20
 10. ސަމް

  އަހަރެން މީނާ ދެކެ الله އަށް ޓަކައި ރުޅި އައްނަން. މީނަ ގެ ނަން މި ހާ އިއްޒަތްތެރި ކޮށް ލިއުމުގަ ބޭނުންކުރަނީ ކީއްވެގެންބާ؟

  135
  2
 11. ބެއްޔާ

  ކަލޭ ބުނީމެންނުން ރަަސޫލާއަށް ސަލަވާތްކިޔަވާކަށް ނުޖެހޭނޭ. ދެން ކޮންވާހަކައެއް ތިދައްކަނީ. އެއީ ކަލެއަށް ރަގަޅުގޮތް. މީމަޒަމާނުގެ ހާމާން. އިސްލާމީ މުޖްތަމަޢަކުން ނުކުމެހުރި ބޮޑުވެގެންވާ ދައްޖާލެއް.

  73
  1
 12. ކިޔުންތެރިޔާ

  މިކަހަލަ ކަނޑުކޮސްމީހަކަށްއެމްޑީޕީވެގެންއުޅޭ ބައިގަނޑުވެސް ތާއީދުކުރެޔޭ! އަންނަނީހަމަ ހިނި.

  67
  2
 13. ިިިީޒަމޜެ

  އަހަރެން މީނާ ދެކެ الله އަށް ޓަކައި ރުޅި އައްނަން.

  79
  1
 14. ބަސީރު

  قبحه الله

  19
  1
 15. ޖ

  މީނަ މިމަގާމުން ބޭރުކުރޭ އަވަސްކުރޭ

  73
  1
 16. Anonymous

  މުރތައްދަކު ދައްކާ ވާހަކަ ގަބޫލެއް ނުކުރާނަން

  64
  2
 17. ސޮޑާ

  މިބާެިގަޑު ކޮއްމެފަހަރަކު ވެރިކަމާ ހަވާލުވީމަ ދީނޭ ކިޔާ މީހުން އެކަމުގަ މީހުން ޢާފިލުކުރުވާ މީކިހާބިޑޮ މުސީބާތެއްތަް

  47
 18. ސަންތިމަރިޔަބު

  24ގަޑިއިރު ހަމާއިގާއި ތިބޭ މީހުނަށް އެގޭނ ފެންނާނީ ބައިކުޅަބައިކަން

  ﴿8﴾ يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ

  އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافر ން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާހުށްޓެވެ.

  59
 19. Anonymous

  ޞުބްޙާނަﷲ. މި ރިޕޯޓްގަ އި އިސްލާމް ދީނަށް ހަޖޫޖަހަ އި ރަސޫލާ އަށް ފުރަ އްސާރަކޮށް ވާހަކަ ދައްކާފައި އޮތް އިރު އެކަމާ ދިވެހި ކުދިބޮޑު އެންމެން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިލާދީނީ ކަލޭގެ އަދިވެސް އެބަލަނީ ރައްޔިތުންނަށް ޖޯކުޖަހައި ޕާޓީކުދިން ހެއްވާ ލެވޭތޯ.

  63
  1
 20. އޭދަފުށީ މުހައްމަދު

  ''ރައިސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލުތަކަކީ އެކަންކަމާ މެދު ދަންނަ ބޭކަލުންނާއި އިލްމުވެރިންނާ މެދު ބަހުސް ކުރެވޭ ކަންކަން ކަމަށާއި އެ ބަހުސްތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ.''
  އެއްވެސް އިރަކު އިސްލާމް ދީނުގެ އަސްލުތަކާމެދު އިލްމު ވެރިންގެ މެދުގައި ބަހުސެއް ނުކުރޭ. އެއީ ކަނޑައެޅި ނިމިފައި އޮތް ކަމެއް. ނޭގޭ ކަންކަމާ އަނގަ ނުބާނާ.

  25
 21. ކައުންސެލަރު

  ކަލޯ މީ މިރާއްޖޭގައި ހުރި ހިތުން އެންމެބޮޑު އިލްމުވެރިޔާ. ލަދުކުޑަ!

  53
  1
 22. ާަާމަ

  ނަޝީދު ތިޔައީ ކޮންކަހަލަ އިސްލާމެއް. ހެޔޮނުވާނެ މީނަ ދައްކާވާހަކަ އަޑުއަހަން... މިނުލަފާ މީހާގެކިބައިން ސަލާމަތްކުރައްވާށި.

  48
  2
  • Anonymous

   އޭނަ ދުވަހަކުވެސް ނުބުނޭ އޭނައަކީ އިސްލާމެކޭ. އޭނަ ބުނީ އޭއަކީ ޑެންާކްގައި އުޅޭ އިސްލާމް ދީނުންގެ އަދުއްވުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް. ރެކޯޑިން ޔޫޓިެުންނާ އެދް ބީ އިން ލިބޭނެ.

 23. ހހހ

  މި މީހުން ނަށް ވެރިކަން ލިބުނީމަ އަބަދުވެސް އުޅެނީ ހަމަ އިސްލާމް ދީނާ ކިޔާ ދިވެހިންގެ ދީން ބަދަލުކުރަން ހަމަ ހުވައި

  20
  1
 24. އަލީ

  އަދިވެސް ހަޖޫޖަހަނީތަ؟

  15
  1
 25. އެއިލެކްސް

  އިސްލާމްދީނަށް ނިކަމެތިކަންދީ ބޮޮޑާވެގަނެ މަލާމާތްކުރާ ނުބައިމީހުން މުސްލިމް ޤައުމެއްްގެވެރިންގެ ގޮތުގައި ތިބުމީ ވަރަށް ދެރަކަމެއް. މިކަމާ އެންމެން ތެދުވާންޖެހޭ .. ކޮންމެ އިންސާނަކަށް ހެޔޮ އާޚިރަތެއް ލިބުމަށް މަގުުފަހިވަނީ މިބާވަތުގެ ޝައިޠާނުންގެ ކިބަައިން ސަލާމަތްވެވިގެން. އެންމެން ލިބެންހުރި އެންމެ ހެޔޮމަގުތަކާއި ގާތްްވެ އަތްގުޅާލަންޖެެހޭޭ

  16
 26. ފަޓާސް

  މިކަލޭގެ ބުނާކޮންމެ ބަހަކީ ދިވެހިންނަށް ކުރާފުރައްސަަރަކަށް ނުވޭތަ. އެންމެ ލަފުޒެއް ދައްކައިގެން ތެދުވެރި އަޤީދާއެއްގައިހުރި މުސްލިމަކު ކަލޯ ގުޑުވައެއްނުލެވޭ. އަައެކޭ. ކަލެއަސް ބަލިކަށި ކުރެވޭނީ ޝައިތާނީ ވަސްވާސް ޤަބޫލުކުރާ މަދު ކުދިންކޮޅެކޭ.

  17
 27. ޞ

  މިވެސް ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަދައުރުގައި ފައިނަގާ ދެބަންދިހާރައެއް! ޢަވަހަށް ރީދޫބޮއެގެން އޭނަ ހޮވާ!

  15
 28. މަރި

  ދެން ސްޕަރ މެޖޯރިޓީގެ ބޭނުން ކޮއްގެން ތިޔަބުނާ މިނިވަންކަން ހޯދަންވީނު. ވޯޓްދީފަ މިހާރު ކީކޭކިޔާކަށް

  13
 29. ބުރޯ

  ނަސީދު ތިޔަ ހެއްދެވި އިތުރުފުޅެއްހެން ހީވެއްޖެ.ކެބިނެޓް މީޓިންގ ގަ ނަސީދު ވިދާޅުވީ ކީކޭ ؟

  11
 30. ދަރި

  އިބްރާއަކީ 1980 އަހަރު ތަކުގައި ޒުވާނުންގެ މަރުކަޒު ތެރޭގައި އަހަރެމެން އުޅުނު އިރު ވެސް ދީނީ ކަންކަމުގައި ހަޖޫ ޖަހާ މީހެއް ދެން އެންމެ ފުރަތަމަ ބަންދުވެ ތައުބާ ލާދިނީ ޝަހިންދާ ގެ ދައްތަ އަށް އެއީ 1989 ގައި އެއަށް ފަހު އޭގެ ކުރި ފަޅާ ހެދި ފޯދެނީ އިބްރާ އަކީ ވެސް ސެކިއުލާ ވިސްނުމުގެ މީހެއް މިއީ ހާލަކީ ... 2000 ގެ ކުޜީ ކޮޅު އާނިޔާ ބަންދު ވި އޭނާ އަށް ވެސް ތައުބާ ލާދިން ......

 31. އިކްރާމް އަބުދުއްސައްތާރު

  ވަރިހަމަޔެއްނު.. މިކަހަލަ ލާދީނީ ބީތާއިން މިގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މާލޭގެ ބޯގަޅީން އެބަ ހޮވާ ވިއްޔާ..!

  މީނާ އަޑީގަ ހުރެގެން ކުރުވާކަންކަން މީ ހައްތަހާވެސް..

  އެޖެންޑާ 19 އަކީ މިއީ.. އަދިވެސް ހޭއަރާ ބަލަ..

  މީނާ މަޖިލީހުގެ ރައީސުކަމުން ވައްޓާލާ..! ހަމަ މިހާރު.. އިސްލާމީ ވަހްދަތު ނުދަމަހައްޓާ މީހަކު އަހަރުމެންގެ މައްޗަށް ޤާނޫނު ހަދާތަނުގެ އިސްމީހަކަށް ހުރުން އެއީ ވެގެންވާންވީގޮތެއްނޫން..!

 32. ދޮގެއް؟

  .ހަހަހަ ހަމަ ތެދެއް މިބުނީ ބައްޔެއް ޖެހިފަ ހުރި ބޮޑު މަރުމޯލެއް.

 33. ?

  ?????

  2
  1
 34. އަލީ

  އެއީބުއްދިވެރި ޖާހިލެއް ފޭއްސުނު އިލޮށި ގަނގު ލޮލަށް ހެރިފަތިއޮތީ އަވަހަށް ކަފުންތައްޔާރުކުރޭ

 35. ބޮޑު ދެލޯ

  ރަސޫލައަށް ޞަލަވާތް ކިޔަވަން ހަދާންކޮށް- ދިނީމަ "މަށަށްވެސް ކިޔަނީ މުހަ އްމަދު،
  އޭނަޢަށްވެސް ކިޔަނީ މުހަޢްމްދު، މަ އޭނަޢަށް ސަލަވާތް ކިޔަވާކަށް ނުޖެހޭނެ" އޭ ބުނި ހަނދާން އެބަހުރިތަ؟ މިކަލޭގެ!!!

  11
 36. ރަޓު ކުއްދާ

  އަހަރެން މާތް ﷲ އަށްޓަކައި މި ކަލޭގެ ދެކެ ނަފުރަތު ވަން. އަހަންނަކީ 2008 ވަނަ އަހަރު މީނާ ވެރިކަމަށް ގެނައުމަށް ޕްރައިމަރީ އިން ފެށިގެން މަސައްކަތް ކުރި މީހެއް. މިހާރުވެސް އަހަންނަކީ އެމް ޑީ ޕީ ގެ މެމްބަރެއް. އެޕާރޓީގެ އިސް ސަފުގެ ބައެއް މެމްބަރުންގެ ފަރާތުން ފެންނަނީ ލާދީނީ ކުލަވަރުކަން މިހާރު ޤަބޫލުކުރެވޭ. އަހަރެން އެދެނީ މިހިނގާ ކަންކަމާއިމެދު އެމް ޑީ ޕީ ގެ އާންމު މެމްބަރުން ސީރިއަސް ކޮށް ވިސްނުމަށް. ޔާމީނުގެ ޚިޔާނާތާއި އަނިޔާވެރިކަން އެއީވެސް ހަމަ ޙަޤީޤަތް. އެކަމަކު މީވާހަކަތައް ދައްކައިގެން ރައްޔިތުން މަގުފުރައްދަން ކުރާ މަސައްކަތް ކާމިޔާބު ވިޔަކަ ނުދޭނަން.

 37. ޚާފަ

  މީނަގެ އަނގައިން ގިނަވާހަކ ދެއްކިވަރަކަށް މީނގެ މުނާފިގުކަން ހާމަވާލެއް ބޮޑުވާނެ. ޭކަމާ ވ އުފާވޭ.

 38. ސަލްމާ

  މިކަލޭގެވެސް ލިކުރަނީ ހަމަ ފުރައްސާރަ

 39. މިގޭ

  މީކޮންކަހަލަ ނުބައި ނުލަފާ ޤައްދާރެ. މީކަލޭގެ އަވަހަށް ހައްޔަރު ކުރުމަށް ގޮވާލަން .

 40. ކެރަބެ

  އެޖެންޑާ 19 ތަފާތު ވާނޭ....ޓު ޓު ޓު..... އެޖެންޑާ 19 ތަފާތު ވާނޭ....ޓު ޓު ޓު.....
  އެޖެންޑާ 19 ތަފާތު ވާނޭ....ޓު ޓު ޓު.....

 41. ރައްޔިތުން

  ރައްޔިތުން ނުކުމެ ނަޝީދު ހިފައި ހައްޔަރުކުރުމުގެ ވަގުތު ގާތްވަނީ