މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓުވޯކުން ނެރެފައިވާ ރިޕޯޓު ތައްޔާރުކުރުމުގައި އުޅުނު ބައެއް ކުދިންނަށް ބޭރުގެ ފަންޑަކުން އެތައް ހާހުން މުސާރަ ދީފައިވާ ކަން އެނގިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭއްވެވި ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙު އިލްޔާސް ޖަމާލް އެވެ. ޝެއިޙު ޖަމާލް ވިދާޅުވި ގޮތުން ދިރާސާ ހެދިފައިވަނީ ބޭރު ޤައުމެއްގެ ފަންޑެއްގެ އެހީ ފަރާތުން ކަމަށާއި، އިސްލާމްދީން ބަލިކަށިކޮށްލުމަށް ކާފަރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އެކަމަށް އެންމެން ސަމާލުވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވޭ މި ނެޓުވޯކު ތެރޭގައި އުޅެފައިވާ ބައެއް ކުދިންނަށް 18 ހާހުން، 20 ހާހުން މުސާރަ ލިބިފައިވާ ކަމަށް." އޭނާ ވިދާޅުވިއެވެ.
"މިއީ 2015 ގައި ވެސް އޮތް ރިޕޯޓެއް. އެކަމަކު ކޮންމެ އަހަރަކު އިތުރު އަޕްޑޭޓްތައް ލަމުން ދިޔައީ. 2015 ގައި ވެސް، 2016 ގައި ވެސް، 2017 ގައި ވެސް އިތުރު އެއްޗެހިތައް އަޕްޑޭޓް ކުރަމުން ދިޔައީ. އަޅުގަނޑުމެންނަށް އިތުބާރު ހިފޭ ގޮތަކަށް މަޢުލޫމާތު ލިބިފައިވާ ގޮތުން 2016 ވަނަ އަހަރު ދީނީ ޖަމިއްޔާ އަކުން ވަނީ އޭރުގެ އިސްލާމިކް އެފެއާސް އަށް މި ރިޕޯޓާއި ބެހޭ މައްސަލައެއް ހުށަހަޅުއްވާފަ." ޝެއިޙު ޖަމާލު ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު ވެސް ވަނީ އެ ރިޕޯޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިސްލާމްދީނާއި ޙިލާފު ވާހަކަތަކެއް އެ ރިޕޯޓުގައި ހުރި ކަމަށާއި އަދި އެކަލޭގެފާނުގެ މައްޗަށް ކުޑައިނީސް ކޮށްފައި ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރުން އެއްވެސް ހާލަތެއްގައި އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެ ރިޕޯޓު ކުށްވެރިކުރެއްވިއެވެ. އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި، އެބޭފުޅުން އެ މައްސަލަތައް ބައްލަވާފައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ރިޕޯޓާއި ގުޅިގެން މީހުންނަށް ފުރައްސާރަ ކުރުމާއި، އިންޒާރު ދިނުމުގެ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، "އެކަމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެކަންތައްތައް ކުރާ މީހުންވެސް އެކަން ކޮށްގެން ނުވާނެ. އެބަޔަކާމެދުވެސް ފިޔަވަޅު އަޅާނަން. މާތްވެގެންވާ އިސްލާމްދީނާ އަސްލުތަަކާ އެއްގޮތަށް ހުރިހާ ބޭފުޅުންގެ ޢަމަލުތައްވެސް ބެހެއްޓުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އިސްލާމްދީނުގެ އަސްލު އުސޫލުތަކަށް އިޙުތިރާމް ކޮށް، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް އަޅުގަނޑު އެންމެހާ ބޭފުޅުންނަށް ގޮވާލަން." މިނިސްޓަރު ވިދާޅުވިއެވެ.
މުނާފިޤު ޝައިތޯނާއަށް އަޅުކަންކުރާ ލާދީނީމީހުންނެކޭ ފާޅުގަ ދީނާ ދެކޮޅަށް އަޑުއުފުލާމީހުންނެކޭ ހަމަހަމަ! މުނާފިޤުންތައް ވެސް ހާމަވާނެނަމަ ހާދަބޮޑު ރަޙުމަތެކޭ
ފައިސާ ފޮއްޗެއް ލިބެންޏާ އޭގައި ނުހިފާނީ ކާކުތޯ؟ ލާދީނީ މީހުންވެސް ފައިސާގައި ހިފާނެތޯ؟ ހަރާމެއް ހަލާލެއް ނުބަލާ ފައިސާގައި ހިފާއިރު ވަކި ޕާޓީއަކަށް ބަލާނެތޯ؟ އަނދިރި ދައުލަތަށް ފަންޑު ކުރަނީ ކާފަރުންތޯ؟ ސަރުކާރުގައި ވަކި ހިތްޕާލައިގެން އުޅޭ އަނދިރި ދައުލަތަކީ އެމްޑީއެންތޯ؟ ލާދީނިއްޔަތާ މިސަރުކާރާ ހުރީ ކޮން ގުޅުމެއްތޯ؟
ތިޔައީ ހަމަ ލާދީނީ ސަރުކާރު
ބޯގޯސްވިލާގައި ތިޔަ ކަމެއް ކުރާތާ އެތައް އަހަރެއް ވެއްޖެ. ތިޔަ ކިއްލާ މިހާރު ރޫޅާލަންވެއްޖެ. ވާހަކައެއް މިހާރު ބޭނުމެއް ނޫން. ބޭނުންވަނީ ކުށްވެރިންނަށް އަދަބުދޭތައް ފެނުން. ތިޔަ ޖަމާޢަތް އުވާލައި ޣައިރުޤާނޫނީ ޖަމާއަތަކަށް ހަދާތަން ފެނުން. ޓެރަރިސްޓުންނަށް މިގައުމުގައި ޖާގައެއް ނެތްކަން އެންގުން.
އެކަމަކު ދީނީ ކަންކަން ކުރިއަރުވަން ޕޮރްގުރާމް ހަދާ، ކަމެއްޖެހިއްޖިއްޔާ ގޮވާލަން ތިބޭ މީހުންލައްވާ މަސައްކަތް ކުރުވަނީ ހިލޭ!!!! ދެން ކަމެއް ނުޖެހެންޔާ އެމީހުން މަތިން ހަނދާނެއް ނުހުރޭ. ނުބުނަން ހުރެފާވެސް ބުނެލެވުނީ. މާފް ކުރައްވާ. އެކަމަކު މިވެސް ހަގީގަތެއް!
ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު. ކޔރީ ސަރުކާރުގަ އިސްލާމިކް މިނިސްޓްރީ ކަހަލަ ވަރުގަދަ ވުޒާރާއަކަށް ތިތަން ހަދާބަލަ. މުސާރަ ކައިގެން ކުރާ ކަމެްް ހަމަ ހަރާމޭ. ކޮބާލަދު؟
ދީނުގެ އަދުއްވުން ވިއްޔާ މުސާރަކައިގެން އެމީހުން ކުރަން ޖެހުނު މަސައްކަތް ވަނީ ކޮއްފަތާ.. ކަލޭމެން މުސާރަނަގައިގެން ތިބެ ދީނުގެ ދިފާއުގައި ކުރީކޮންކަމެއްތޯ ބަލާބަލަ.
މުނާފިޤުން
ހުސް މުނާފިގުން.
ބަލަ އެބަޔަކަށް އަހަރެމެން ފުރައްސާރައެއް ނުކުރަމޭ. މި ބުނަނީ ފަހަތު ފަޔަށް ބަރުވެފައި ނުތިބެހެރޭ. މިކަމާބެހޭގޮތުން ދުވާލަކު ނޫސް ކޮންފަރެންސެއް ބޭނުމެއް ނޫނޭ. ބަޔާނެއް ބޭނުމެއް ނޫނޭ. ބޭނުންވަނީ ތިޔަ ޖަމްއިއްޔާ އުވާލާފައި ތިޔަކަން ކުރި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށޭ. އެކަން ނުކުރަން ތިއުޅެނީ ކީއްވެހޭ؟ އެކަން ނުކުރަންޏާ އަހަރެމެން މިވާހަކައެއް ދެން ހުއްޓައެއް ނުލާނަމޭ. މިއަށް ފުރައްސާރައޭ ކިޔަސް އެހެން ނަމެއް ކިޔަސް ވަރިހަމައޭ.
މި ރިޕޯޓް ހިފާން ދުވާމީހުންނަށް އަދަބުދޭކަށް މިސަރުކާރަކަށް ނުކެރޭނެ.