ކ.ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

މި ދެ އުޅަނދު އޮޔާދަނީ ކ.ތިލަފުއްޓާއި ކ.ފޭދޫފިނޮޅާއި ދޭތެރެއިންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "ބަރޯސާ" ނަމަކައްކިޔާ ބޯޓަކާއި އެއާއި އެކުގައި އޮތް ބާޖު، ނަގިލި ކަނޑައިގެންގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 1620 ހާއިރު ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި ދެ އުޅަނދުގައިވެސް މީހަކު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ސަންސިޔާމުގެ ބާޖުތީ. މުސްކުޅިން ބުނެއުޅޭ އެއެއްޗެއް ހޯދާގޮތަކަށޭ އެއެއްޗައް ދާނީ.