މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރީޕޯޓުގެ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެއްވެސް ފަރާތަކަށް ބުރަ ނުވެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެން ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންގެންދާ ކަމަށާއި ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ. އަދި އެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނީ ހާއްސަ ސަމާލުކަމެއް ދީގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ދަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ދީނާ ޚިލާފު އެތައް ކަމެއް ހިމެނެއެވެ. އެގޮތުން ކީރިތި ރަސޫލާ އިސްރާއާއި މިއުރާޖަށް ވަޑައިގަތުމާ ގުޅޭގޮތުން ނޭދެވޭ ވާހަކަތަކެއް ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ ގޮތުން އެހެން ދީންތަކަށް ހުރުމަތް ކެނޑޭ ކަމަށާއި އޭގެ ސަބަބުން ކުދިން ދީނީ ގޮތުން ހައްދުފަހަނައަޅާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހަމްދު

    އެމްޑީ އެން ގެ މެންބަރެއްގެ ގޮތުގައި ހުރި އެމްސީ ހަމީދު ރައްޔިތުން މޮޔަހައްދަން އެއުޅެނީ! އޭސީސީ ލުތުފީވެސް ތިގޮތައް ތަހުގީގު ކުރި.

    32
    • Anonymous

      ސޯލިހު ބުނީތަ ތިހެން ބުނެލަން. ކަލޭމެން ދިވެހިންނަށް ތިކުރަނީ މަލާމާތް. ރައްޔިތުންގެ ފައިސާ އިން މުސާރަނަގައިގެން ތިބެ މިގައުމުގަ އޮތް އިސްލާމް ދީން ނައްތާލަން މި އިބިލީހުން މިއުޅެނީ.

      • ދޮގެއް؟

        އެބުނީ ލާދީނީ އަންހެން ފުރޭތައަށް ހަށިފާރަވެރިން ހަމަޖެއްސި ވާހަކަ. ވަކިފަރާތެއް ނުބަލާ އެޅި ފިޔަވަޅަކީ އެއީ.

    • Anonymous

      ޔާ ﷲ މިނުބައި ސަރުކާރު ބަލިކުރައްވާ ނިކަމެތި ކުރައްވާސި. އާމީން.

    • ހުއްތޭ

      އެއީ އެީމހުންގެ ޚިޔާލު. އެމީހުން ދެކޭގޮތް. ކަލޭ ބަލާނެ ކަމެއް ނެތް އެކަމެއް. ދީނީ ދަރުސެއް ވަޔަކު ދޭތޯ ބަލައި ފިޔަވަޅު އަޅަން ފާރަވެރިވެ ހުރޭ ކަލޭ.

  2. ޖހ

    ތިތަނުން ބަލާ އެހެން މައްސަލަތައް ވަކިފަރާތަކަށް ޖެހިފަތާ ތިބެނީ.

    26
  3. .......

    ކަލެއަށް ބެލޭނެ މައްސަލައެއް ނެތް. ގެއަށް ކަނޑާލާ.

    18
  4. ޑީޑީ

    ބޭބެ އަށް ނުކެރުނު އިސްލާމްދީނަށް ފާޅުގަ މަލާމަތް ކުރި ބަޔަކަށް ވަގުތުން ފިޔަވަޅު އަޅާކަށް . އެކަމަކު ތި ހުރީ އިސްލަމްދީނާއި ޤައުމު ހިމާޔަތް ކުރާނެކަމަށް ހުވާކޮށްގެން. ފިޔަވަޅު އަޅަން ނުކެރެންޏާ އިސްތިއުފާދީ.

    19
  5. 1111

    އަދިވެސް ބަލަނީ! ހުސް ބަލަނީ ބަލަނީ.. ކޯއްޗެއްތޯ އިތުރަށް ބަލަން އޮތީ؟ އެމިހުންގެ ވިސްނުމާއި ފިކުރާއި ޢަޤީދާ އާއި މަޤުސަދު އެމީހުންގެ އެކި ވާހަކަ ތަކުންނާއި ޢަމލުތަކުން އެއޮތީ އެނގެން. މިބުނީއެއްނު ފިޔަވަޅު އަޅާނެނަމަމިހާރު އޮންނީ ފިޔަވަޅު އަޅާފަ. އެމީހުންގެ ކަންތައްތައް ނުވަތަ އިތުރު ބެލުމެއް ބަލަންޏާވެސް ބަލަންޖެހޭނީ އެ ޖަމްޢިއްޔަ އުވާލާފަ.

    20
  6. ޒުހުރާ

    ތި މައްސަލަ ތަހްގީގް ކުރަން ޝަހިންދާއާ ހަވާލުކުރުން ކަހަލަ ކަމެއްތީ.

    17
  7. Anonymous

    ކޯންޗެއް ތަހްގީގު ކުރަން އޮތީ. ދިމާއަށް ފެންނަންނު ތިއޮތީ. ހޭބަލިވެދާނެ.

    19
  8. Anonymous

    ރައްޔިތުން ކެކި ގަތީމަ ދެން އެއްޗެއް ބުނެލީ. ފައުންޑަރ އެ ތަހްގީގު ގަ ބަލަން އޮންނާނީ ޓައިޕޯއެއް އޮތްތޯ އެކަނި.

    13
  9. ސީޕީ އޮއްކޯޅި ހަމީދު

    ހަމީދޫ ކަލޭ ނުޖެހޭ މާގިނަ ފަރާތް ފަރާތަކަށް ޖެހޭކަށް! އިސްލާމްދީނާ އެއްކޮޅަށް އެރީމަ އެނިމުނީއޭ މާ ގިނަ ބޭކާރު ވާހަކަ ނުދައްކާ!!

  10. ޖާބިރު

    ވަކި އަތަކަށް ނުޖެހި ސީރި އަސް މަ އްސަލަ އެ އްގެ ގޮތުގަ އި ބަލާނަމަ ކީ އްވެތޯ ރިޕޯޓުގެ މަ އްސަލަ ފުލުހުންނަށް ހުށަހެޅުނު ދުވަހު ހުށަނާޅަ އޭ ކިޔާ ދޮގުހެދީ. އެހެނަސް އެދުވަހުގެ މެންދުރު ވަގުތު ހަމީދު ފުލުހުންނަށް އެންގީމެ އްނު ރިޕޯޓާ އި ދެކޮޅަށް ސޯޝަލް މީޑިޔާގަ އި ޚިޔާލު ފާޅު ކުރާ މީހުންގެ މަ އްސަލަ ބެލުމަށް. އަދި އެ އީ ޓެރަރިޒަމްގެ އަމަލެކޭ އެހެން ބިރެ އް ނުދެ އްކޭނެ އޭ، އެމަ އްސަލަ ބަލާށޭ ބުނީ، ބަޔަކު ބިރުދަ އްކަ އިގެންތޯ. ހަމަ އެކަނި ސޯޝަލް މީޑިޔާގަ އި ރިޕޯޓުގެ މަ އްސަލަ ބަލަ އި ފިޔަވަޅު އެޅުމަށް ޚިޔާލު ފާޅުކޮށްގެން. ހަމީދު ބޭނުންވީ ހަމީދުވެސް ބޯޑު މެމްބަރުކަންކުރާ ލާދީނީ ބަ އިގަނޑު ހިމާޔަތް ކުރަން. މި އަދު ތިމަގާމުގަ ފުލުހުންނަށް ނުފޫޒު ފޯރުވަންހުރެ ވަކި އަތަކަށް ނުޖެހި މަ އްސަލަ ބަލާނަމޭ ބުނީމަ ރަ އްޔިތުން ޤަބޫލު ނުކުރާނެ.
    ވަކި އަތަކަށް ނުޖެހި މަ އްސަލަ ބަލާނަމަ ފުރަތަމަ ހަމީދު ސީޕީ ކަމުން އިސްތިޢުފާ ދޭންޖެހޭނެ. ސަބަބަކީ ހަމީދު މަޞްލަހަތު އޮންނަ ލާދީނީ ޖަމާ އަތެ އްގެ މަ އްސަލަ އަކަށްވާތީ.

  11. އަލީ

    އެމްޑީއެން ރިޕޯޓުގެ މައްސަލަ އެއްވެސް ފަރާތަކަށް ބުރަ ނުވެ ބަލާފިނަމަ ތީ ގޯހެކެވެ. ﷲ އަންގަވާފައިވާ އެއްވެސް އެއްޗެއް އެއީ އިތުރު ބަދަލެއް އިންސާނުންނަށް ގެނެވޭނެ އެއްޗެއްނޫނެވެ. އެހެންކަމުން ބަލަންވާނީ ދީނުގައި މިކަން އޮތްގޮތެވެ. ފަރާތް ފަރާތަށް ބަލާކަށް ނުޖެހޭއެވެ.

  12. ރަށުމީހާ

    ކޮންފްލިކް އޮފް އިންޓަރެސް އެބަވޭ...ތިޔަ ބޭފުޅާ އަކީ އޭގެ އިސްމެމްބަރެއް.. އެހެންވީ އިރު ބަޔަސްވުމުގެ ފުރުސަތު އެބައޮތް.. އަދި އެކަން މިހާރުވެސް އެބަފެނޭ.. ވީއިރު ތިޔަފަރާތުގެ ވާހަކަޔަށް އިތުބާރެއް ނުކުރެވޭ..!

    ބުރަވާންވީ އިސްލާމް ދީނަށް.. ބުރަވާންވީ ތިމާ ކޮށްފައިވާ ހުވަޔަށް.. ލިބޭ މާލީ މަންފާއަކަށް ނޫން..

  13. މުފައްކިރު.

    އިސްލާމް ދީނާއި ލޮބުވެތި ރަސޫލާ އަށް ފުރައްސާރަ ކުރި އިރުވެސް ވަކި ފަރާތަކަށް ނުޖެހި ބަލަމުންދާ ކަމަށް އޮތުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން.

  14. ޖައުފަރު

    އެމީހެއްގެ މައްސަލަ އެމީހަކު ފަރާތްފަރާތައްނުޖެހި ކިހިނެއްބަލާނީ އަހަރެމެން ގޯންޏައްލާން ނޫޅުއްވާ؟

  15. Anonymous

    ޝަހިންދާ އާއެކީ ވީކެންޑުގައި އާރަށުގައި އެއްބަސްވީ؟

  16. ފފފފފ

    އެމައްސަލަ ހަވާލު ކުރާނެ ޑިޕާޓްމަންޓެއް ހަމީދަށް އަދިވެސް ކަނޑަނޭޅިގެނޯ އުޅެނީ. ހައުސްކީޕިންގ އަށްވެސް ފަހަރެއްގަ ފޮނުވަފާނެކަމަށް ޚަބަރުތައް އެބަބުނޭ.