މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ކުރީ ސަރުކާރުގެ ސަމާލުކަމަށް ގެނައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެ ރިޕޯޓު ނެރެފައިވަނީ 2015 ވަނަ އަހަރު ކަމަށެވެ. އަދި އެފަހުން ކޮންމެ އަހަރަކުހެން ގޮތަކަށް ރިޕޯޓަށް ބައިތަކެއް އިތުރުކުރަމުން އައިސްފައިވާ ކަމަށާއި އެގޮތުން މިއަހަރުތެރޭ ވެސް ކޮންމެވެސް ވަރަކަށް ބައިތަކެއް އިތުރުކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން 2016 ވަނަ އަހަރު ވެސް ދީނީ ޖަމިއްޔާ އަކުން ކަންބޮޑުވުން ފާޅުކޮށް އިސްލާމިކް މިނިސްޓްރީ އަށް މައްސަލަ ހުށަހެޅި ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކަހަލަ ކަންކަން ވަންހަނާއެއް ނުކުރާނަން. ހިތާމަކުރަން މިހާ ދިގުލައިގެން މި މައްސަލަ ދިޔައިރު ސަރުކާރުތަކުން އަޅާނުލީމަ" އިލްޔާސް ވިދާޅުވިއެވެ.

އެ ރިޕޯޓުގެ މައްސަލަ ކުރީ ސަރުކާރުގެ ސަމާލުކަމަށް ބަޔަކު ގެނައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވި ނަމަވެސް، އާކައިވް އިން އެނގެން އޮތް ގޮތުގައި އެ ރިޕޯޓު ޝާއިއުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަކަސް

    މިސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ހާމަ ވުމުން، އެކަން މަތި ޖެހުމަށް ކޮންމެ ވާހަކައެއް ދެއްކިޔަސް އެއްވެސް އިރެއްގައި ޝާޢިއު ކޮށްގައިވާ ރިޕޯޓެއްނޫން، އިޚްލާޞްތެރި ކަމާއެކު ބިރުވެތިވާ ޙާލަތުގައި ވާހަކަ ދެއްކޭތޯ.ބަލާތި

    67
    6
    • ދޮންބެ

      ރައްޔިތުން ވާވައްދަން މާމޮޅު ސިޔާސަތެއް ނެރުންތަނާ މިމީހުންގެ އަސްލު ފިކުރު ރައްޔިތުންނަށް ހާމަވީމަ ކިޔާނެ ނުކިޔާނެ އެއްޗެއް ނޭންގިގެން ތެޅި ފޮޅެނީ.

      20
      1
    • ހުއްތޭ

      ކޮން ސަމާލުކަމެއް ކިޔައި ދޮގުތައް ހަދާކަށް. ކުރިން ތިއެއްޗެއް ތިގޮތަށް ނެރެފަ އޮތްނަމަ ކަލޭ ޔާމީނު ކައިލީސް. މިހާރު މި ގައުމުގަ ތިކަންކަމާ ޒިންމާވާންޖެހޭ ވެރިއަކު ހުރިކަންވެސް ތިބައިގަނޑަކަށް ނޭނގޭ. ދޮގުތަކެއް ހަދައިގެންނަމަވެސް ލާދީނީ ބައިގަނޑަށް ހިތްވަރެއް ދެވޭތޯ ބަލާތި. މިއޮތީ މުސީބާތެއް.

  2. ބެއްޔާ

    އަދިވެސް ބިރުން ތުރުތުރުއަޅާ ހާލުގައި ވާހަކަ ދައްކަނީ. ބަލަ އެއީ މިއަހަރު 2019ގައި ނެރުނު ރިޕޯޓެކޭ. އިސްލާމިކް މިނިސްޓްރީން ކިހިނެއްތިހަދަނީ. ﷲ ބިރުވެތިވެބަލަ. މިގައުމުގެ މިއުޅޭ މީހުނަކަށް އޮޅުވައެއް ނުލެވޭނެ. ގޮތް ހުސްވެގެން ދައްކާ ވާހަކައެއްތީ

    16
    1
  3. ާއަފްލާ

    ޝޭޚް އިލްޔާސް ޖަމާލަކީ އަޅިގަނޑުގެ ގާތްތިމާގެ މީހަކައްވީތީ ހަމަ ބުނެލާހިތްވީ ޝޭޚް އިލްޔާސްއެވެ. ދުނިޔޭގެ ޖާހަތާ މަގާމާ މާއްދިއްޔަތައްޓަކައި ތިވަރުގެ ދޮގު ހެދުމަކީ ކިހާވަރެއްގެ ނުބައި ޢަމަލެއްކަން ހަމަ ރޏގަޅައް އިލްޔާސް އައް އެގޭނެ މަގާމު ދިފާޢު ކުރެއްވުމައްވުރެ އިސްލާމް ދީން ދިފާޢު ކުރުމައްޓަކާ އިޚްލާސްތެރި ކަމާއެކު ވާހަކަ ދައްކަ ބަލާށޭ ދުނިޔެއައްޓަކައި ވެރިމީހއާއި ބައިއަތު ހިފުމައްވުރެން އިސްތިއުފާ ދީފަ ގެއައް ދިއުން މާރަނގަޅު ކަމައް ނަސޭހައް ދެން މަގާމުގެ ދަހިވެތި ކަމުގަ ތިހެން ޝޚުން އުޅެން ހަދައިގެން މިގައުމު ވީރާނަ ވުން ނޫން އެހެން ކަމެއް ނުވާނެ ޕލޒ އިސްތިއުފާ ދީފަ ގެއައްދޭ

    37
    1
  4. ކާފަބޭ2019

    2ރިޕޯޓުން ކޮންރިޕޯޓެއްތޯ ކުރީސަރުކާރުގެސަމާލުކަމަށް އައީ އެއްރިޕޯޓަކީ 30ޞަފްހާގެރިޕޯޓެއް ދެން150ޞަފްހާގެރިޕޯޓެއް ކުރީސަރުކާރުކަމެއް ނުކޮށް އޮތުމަކީމިސަރުކާރުންއެއްވެސްކަމެއްކުރަންނުޖެހޭނެ ސަބަބެއްތޯ؟

    32
  5. ސަފަރު

    ކަލޭ ފުރަތަމަ ތިބުނަނީ ސަރުކާރުގެ ސަމާލް ކަމަށް ގެނަ އިކަމަށް ދެން ތިބުނަނީ ޖަމި އްޔާއ އަކުން އެމަ އްސަލަ ހުށަހެޅިކަން އެގިފަ އިވާ ކަމަށް މިވާހަކަ ދެކޮޅު ޖެހޭތަ ތިމާ މީހާއ އަކަށް ނޭގޭ ބުންޏޯ ބުންޏޯ ކުރީގެވާހަކަނުދަ އްކާ އެސަރުކާރު ކަުނުދާތީ އައި ބަޔެ އއް މިހާރު ތިބީ މިހާރުގެ ވާހަކަ ދަ އްކާ

    15
  6. ޕްރައިވެޓް

    ރައްޔިތުން ނާ ގާތުން ވެރިކަން ކުރަން އައި މީހުން އަދިވެސް ދައްކަނީ އެހެން މީހުން އުޅުނު ގޮތުގެ ވާހަކަ. ކުރިން އުޅނު މީހުން ކަމުނުދާތީ ދޯ ވެރިކަން ވެސް ހަވާލު ކުރީ ބޮޑު މެޖޯރިޓީ ވެސް ދިނީ. އެހެންވީމަ އެހެން މީހުންގެ ވާހަކަ ނުދައްކާ. ތެދުވެރި ކަމާ އަމާނަތްތެރި ކަމާ އެކީ ވެރިކަން ކުރޭ. ހުވާ މަތީ ތިބެގެން ވެރިކަން ކުރޭ. ﷲ ގަންދީ ހުވާކޮށްގެން ތި ތި ބީ.
    އަދި ބުނެލަން ދިވެހިން ތެރޭގަ ގިނައީ ބޮޑާ ކަމާ ކިބުރުވެރި މީހުން. (އެމް ޑީ ޕީ އަކީ ލާދީނީ ބައިގަޑެއް) ވަރަށް ސަލާމް.... މައުޡޫ އާ ނުގުޅުނަސް މިބުނެލީ

    19
  7. ާަާމަ

    ކުރީ ސަރުކާރު. ކުރީސަރުކާރު. ކުރީސަރުކާރު. މއީ މިބޭފުޅުން ތަސްބީހައެއްހެން ވިދާޅުވާ އެއްޗަކީ.

    19
  8. ނުޢައިމު

    ކަލޭމެން ލާދީނީ ވަގު ސަރުކާރު ޙިމަޔަތްކުރާނޭ ކަމެއް ނެތެވެ. 2016 ގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޑުކިޔާ ރަސޫލާއަށް ހަޖޫޖަހާފައެއް ނެތެވެ. އެ ރިޕޯޓުގައި އޮތީ މުސްލިމުންގެ އާދަކާދަކަމުގައި ދެކޭ ވާހަކަތަކެކެކެވެ. މިހާރު ފާޅުވެގެން މިއުޅެނީ 2019 ފެބްރުއަރީގައި ނެރިގެން އުޅޭ މުޠުލަޤަށް ލާދީނީ ރިޕޯޓެކެވެ. ފަޅާއެރީމާ ނުކިޔާށެވެ.

    19
  9. Anonymous

    މިސަރުކާރުގެ ފަލްސަފާއަކީ ނިއައްގާނި ކޮންމެކަމެއް އެސަރުކާރުގެ ބޮލުގައަޅުވުން ނޫންތޯ؟؟ރަސްރަނި ބަގީޗާފަދަ ތަންތަންވެސް ވީރާވަނީ ހަދާފައިވާ ކޮލިޓީދަށްކަން، ދަރުމަވަންތަ ހޮސްޕިޓަލަށް ސާމާނު ނުވެއްދިގެންއުޅެނީ އެތާގެ ދޮރުކުޑަކަން، ޓާޝިއަރީ ހޮސްޕިޓަލް ހުޅުވުން ލަސްވަނީ މުޅި ހޮސްޕިޓަލް އޭސީ ކޮށްފައިވުމުން، ވީއިރު އިސްލާމްދީނާއި ގަޑުބަޑުކޮށްފައިވާ ރިޕޯޓެއް މިސަރުކާރުގައި ނެރެވުނީ ކުރީސަރުކާރުގައިވެސް އޭތި ނެރެފައިވާތީކަން ފަބޫލުނުކުރަންޖެހޭ ސަބަބެއްނެއް، އެއީ އެއްގޮތަކަށްވެސް ހައިރާންވާންވީކަމެއްނޫން، ހިތާމައަކީ ކުރީސަރުކާރުން ހާވާފައިވާހާ ހަޑިއެއް ރަނގަޅުކުރެވޭނެ ގާބިލުކަން މިހާރުގެ ސަރުކާރަށް ނުދެއްކި ކުރީސަރުކާރަށްވުރެސް މާކަޑަކޮށް ފެންނާތީ، މިހުރިހާ ޝަރީޢަތެއް ކުރަންޖެހެނީ ކުރީސަރުކާރުގެ އިސްވެރިންނަށްވާއިރު އެކަންވެސް ނުކުރެވޭވިއްޔާ.

    15
  10. ފފފފ

    ކުރިން ނުކުރިއްޔާ މިހާރު ނުކުރަންވީތަ؟ ކުރިން ކުރި ކަންތައް ކުރަންޏާ ވައްކަން ކުރަންށޜ އައީ ތިކިޔަނީ؟

  11. އިސްލާޙް

    ކުރީ ސަރުކާރުގަ ނެރުނު ރިޕޯޓެއް ތޯ ބަލާކަށް ބޭނުމެއް ނުވޭ. އެސަރުކާރު ގޯސްކޮށް ކަންކަން ކުރީމަ ރަނގަޅުކުރާށޭ ކިޔާފަ ރައްޔިތުންނަށް ދަޅަދައްކައިގެން އައި ސަރުކާރެއްމީ. އެހެން ވީމަ ކޮންމެހެން ޔާމީނު ފިޔަވަޅެޅިތޯ ބަލާކަށް ބޭނުމެއްވެސް ނޫން. އެކަމަކު އެއީ ވަގުތުން ފިޔަވަޅު ނާޅާ ދޫކޮށްލާވަރުގެ ކުޑަކުޑަކަމެއް ނޫން އިނގޭތޯ؟؟
    ދިވެހި ރައްޔިތުންނަކީ ވެރިކަން ވައްޓައިގެން އުޅޭ ބައެއް ނޫން. ސަރުކާރުތަކުގެ ޒިންމާއެއް އެއީ އެފަދަ ފުރުޞަތުތައް އިދިކޮޅަށް ނުދިނުމަކީ?

  12. ބުހުތާން ދޮގު

    މަޤާމުގެ ދަހިވެތިކަމުގަ ދޮގުހަދަން ހުއްދަތޯ؟؟؟ ރިޕޯޓުގެ މައްސަލަ ކުރީ ސަރުކާރުގެ ސަމާލުކަމަށް ގެނައި ކޮންފަރާތަކުން ކޮންއިރަކުކަން ބުނަންނޭގުނީ އެއީ ސިއްރެއްތޯ ނޫނީ ބިޔަ ދޮގެއް ހެއްދެވީތޯ