ނަކަލުކޮށްފައިވާ ވަގު ވޯކް ވިސާ ކާޑުތަކެއް އެތެރެކުރަން އުޅުނު ބިދޭސީއަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން ހިފެހެއްޓު މީހާއަކީ ކާކު ކަމާއި, އޔމުރާއި ގައުމު ހާމަކޮށްފައި ނުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ނަކަލުކޮށްފައިވާ ވޯކް ވިސާ ކާޑުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަމަށެވެ.

ނަކަލުކޮށްފައިވާ ވޯކް ވިސާތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު އިކޮނަމިކް މިނިސްޓްރީން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގައިވާ ހަމަތަކަށް އަނބުރާ ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެމަސައްކަތް ސަރުކާރުން ދަނީ މިހާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ހައްލަކީ ޑިޕޯޓް ކުރުމެވެ. ކޮރަޕްޓް ވީމަ ކޯޓުން ސަލާމަތް ވެދާނެއެވެ.

  2. ކަރީމު

    ހައްލަކީ އޮންއެރައިވަލް ވިސާ ނުދިނުން.