އައްޑޫ ސިޓީ ހިތަދޫ އިން ފޯނެއް ވަގަށް ނެގި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ އެ ފޯނު ވަގަށް ނަގާފައިވަނީ ރޭ ފަތިހު 4:44 ހާއިރު ކަމަށާއި މިހާރު އެކަމުގައި ތުހުމަތު ކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ފުލުހުން ވިދާލުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުރި މަސައްކަތުން ފޯނު ހޯދިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަަމަށެވެ.

އެމީހުން ވަގަށް ނަގާފައިވަނީ ކޮންކަހަލަ ފޯނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުން ދާކަމަށެވެ.

މާލެ ސިޓީ ފިޔަވައި ދެން އެންމެ ވައްކަމާއި ފޭރުން ގިނަ އެއްތަނަކީ އައްޑޫ ސިޓީކަމަށް ފުލުހުން ފާހަގަކޮށްފައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެ

    އައްޑޫ ސިޓީ ރަގަޅު ވާނީ މިހާޜު އެތަނުގައި ހުރި ވެރިމީހާ އަވަހަށް ބޭރުކޮށްގެން ކާރު ދުއްވުން ނޫންކަމެއް ކުރާ މީހެއް ނޫން އަބަދު މޫނު ކުނިކޮށްގެން އުޅޭ މީހެއް އޭނައާއި ހެދި އެތަނުން ކުދިން ކެޑެނީ ހެޔޮ ނުވާނެ އޭނަ ބޭރު ކުރޭ