ދިނީ ހަމަތަކާ ޚިލާފު ވާހަކަތަކެއް ހިމަނައި ބޮޑު ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ވެރިކަން ކުރާ އެމްޑީޕީއާ ގުޅިލާމެހިފައިވާކަން އެނގިެއްޖެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާއި އެމްޑީއެން ގުޅިލާމެފައިވާކަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާއިން އެނގި ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
MDP aai MDN akee v bodah gulhi laamehifaivaa dhebai kan miadhu ge majlis jalasa in engigen hingajje.
— Dr Mohamed Iyaz (@dr_iyaz) October 7, 2019
މީގެ އިތުރުން މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީ އެފަދަ މެމްބަރުންނެއް ނޫން ކަމަށާއި އެ ޕާޓީގައި އިސްލާމް ދީނަށް ލޯބިކުރާ މީހުންނާއި އިސްލާމް ދީނަށް ލޯބި ނުކުރާ މީހުންވެސް އެބަ ތިބި ކަމަށެވެ. އަދި އެއީ ހިތި ނަމަވެސް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
Noon. MDP ge hurihaa member innakee efadha bayeh noon. MDP gai eba thibi islam dheenah v bodah loabi kuraa bayaku. hama egothah islam dheenaai medhu nafrathu kuraa bayaku ves eba thibi. miee kithanme hithi namaves hageegaiy. #BanMDN
— Dr Mohamed Iyaz (@dr_iyaz) October 7, 2019
ޑރ. އިޔާޒަކީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ލާދީނީ ކަންކަން ފާހަގަކުރައްވައި އެކަންކަމާ ގުޅޭ ގޮތުން އެންމެ ބޮޑަށް މީސްމީޑިއާގައި ފާޑުވިދާޅުވަމުންދާ އެއް ދީނީ އިލްމުވެރިޔާއެވެ.
މިއަދު އެއްޗެއް އެބަވިސްނޭދޯ
ކުރިން ނޭނގޭ ކޮންކަމެއް އެނގިގެން މިމީހާ މިއުޅެނީ؟ ދުއާ ދެންނެވި ވެރިމީހާއަށް މިގައުމުގަ ބޮޑު ކަމެއް ހިނގަެިގެން އުޅޭކަން އެނގޭކަން ނުވަތަ ނޫންކަން މިއަށް އެބަ އެނގޭބާ! ކުރީގަނަމަ ވެރިމީހާ ކާލަން މިކަލޭގެ އުޅުނީހީ. މިހާރު ވެރިއަކާ މިކަމާވާ ބެހޭވެސް ކަމެއް ނޫންކަމަށް ހަދައިގެނެއްނު ފެންނުވަރާ މީހާ އެހެރަ ފެންނަނީ. ލަދުކުޑަކަމުން އަދި އެބަ ވާހަކަ ދައްކައެއްނު.
ހަމަ ތެދެއް މިބުނީ މިމީހާގަނޑު ދެކެ ވަރަށް ރުޅިއާދޭ. މިހާރު ކޮން އަނގައެއް ތަޅާކަށްތަ!
ޕީޕީއެމް ވަރައް އުފާވާނެ ޑރ އިޔާޒް އެހެން
ވިދާޅުވީމަ އެކަމަކު އިއްޔެ ޕީޕީއެމްގެ ވެރިކަމާއި ދެކޮޅައް ޑރ އިޔާޒް ނިކުމެގެން ޕީޕީއެމް ކުދިން ލެވިހަޅޭ އަދި ހަދާން ނެތޭހާ ދުވަހެއް ނުވޭ އަހުން ވސ
މިކަމުގަ ކުރީ ސަރުކާރު ލަނބަތޮ އްޓޭ ޔާމީނު ކަހެރުވަކޭ ޕީޕީ އެމް ސަންދޯކޭ ކިޔަންޖެހޭ ކަމެ އް ނޫން، ކުރިމަތި ވެގެން މި އުޅެނީ ވަރަށް ބިރުވެރިކަމަކާ 2018 ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން ގަ އުމުގެ ރަ އީސަކީ އިބޫ ސޯލިހު، މިޖަމާ ޢަތަށް ވަގުތުން ފިޔަވަޅު ނޭޅިގެން އުޅެނީ ކީ އްވެގެންތޯ ސުވާލު އުފެދޭ
ކޮއްކޯ ތިޔަކަަން ތިޔަބޭފުޅުންނަށް އެނގުނުއިރު ވާންހުރި ހަތަރެއްް ވެނިމެއްޖިދޯ . ޑެންކުރާނެކަމެއްނެތް ދެއަތައް ކަޑާލަ ކަނޑާލަ ތިއްބަވާ...އިޔާޒާ..އިލިޔާސް... ޒައިދުވެސް....
ބޭބެމެންނަށް މާކުރިންވެސް އެނގޭކަމެއްތީ...ކޮށްކޮމެން ގަބޫލުނުކުރީ
މިހާރު ރައީސްމީހާއަށް މަޖުބޫރުވެގެން ކުއްވެރި ކޮއްފިއެންނު....ހުކުރު ދުވަހު ޔާމީނު ޖަލްސާައެއް ބާއްވަން އުޅޭތީ....
އަދި ކިރިޔާ ކަލެއަށް ތިއެނގުނީ. ހހހހހ. މާކުރިން ތިޔަކަން އަހަރުމެންނަށް ެިނގޭ
ޑރ. އިޔާޒަށް އަދިކިރިޔާތޯ އެނގިލެއްވީ؟
ހުކުމް ތިކުރަނީ ތަހްގީގެއްވެސް ނުކޮށްތަ؟ ބަލަ ކިތަންމެ ބޮޑު ޝޭޚަކަށް ވިޔަސް ވާހަކަ ދައްކާ މީހުންގެ ބޮލުގައި ބޮޑެތި ކުށްކުށުގެ ޒިންމާ އަޅުވަންވާނީ ވަރަށް ރަގަޅަށް އެގި ބަޔާން ވުމަށްފަހު. ވަކި އެމްޑީޕީގެ ނަން ތިފާހަގަ ކުރަނީ ބަލަ އެއީ ވެސް ހަމަ މިރާއްޖޭގައި މިއުޅޭ "ނަމުން" އިސްލާމުންނެއްނޫންތަ؟ އެހެން ހުރިހައި ޕާރޓީއެއްގަވެސް ތިބީ ހަމަ އެކަހަލަ މީހުނެއް ނޫޏްތަ؟ ނަމާދު ނުކުރާ އެކަމަކު މުސްލިމުން ނޫންތަ؟ ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ތިމަންނާ މީ އިސްލާމެކޭ ކިޔައިގެން ހުރެ އިސްލާމްދީނަށް ނޫޅޫންނޫން ދެން އެހެން ކޮންކަމެއްތަ؟ ބަލަ ޝޭޚުންނަށް ފެންނަނީ ނޫހެއްގައި ބަޔަކު ލިޔެފައި ހުންނަ ވާހަކައެއްތަ؟ ނަމާދަށް ބަންގިގޮވީމާ ނަމާދަށް ނުގޮސް ހޮޓާ ހޮޓަލުގައި ސައިބޮއި ކުޅެ ހީސަމާސާ ކުރަންއެތިބޭ މީހުން ޝޭޚުންނަށް ނުފެންނަނީ ކީއްވެބާ؟ ކީއްވެތަ އެފަދަ މީސްމީހުން ފަހަތުން ދުވެ ލާދީނީއޭ ގޮވާ ހަޅޭލަވާ އެމީހުނާއި އަޅާއިގަނެގެން ނޫޅެނީ ؟
އެއއއީ އިސްލާމްދީނަށް ފުރައްސާރަ ނުކުރާތީ. ރަސޫލާއަށް މަލާމާތް ނުކުރާތީ. އެވަރު ނޭނގެންޏާ މިތަނަށް ބޭނިނުގަނެ ހުރެފާނަންތަ؟
ހުކުމް ކޮށް ނިމިގެންތަ ކަލޭމެން ރައީސް ޔާމީނަށް ވަގަށް ގޮވީ؟ ހުކުމަކީ ކޮބައިކަން އެނގުނީ ތިމާގެ ލޯބިވެރިޔާ ވެރިކަމުގައި ހުރެ ހިންގާ ދީނާ ދެކޮޅު ކަންކަމުގެ ވާހަކަ މީހަކު ބުނުމުންތަ؟
އަދިކިރިޔާތޯ އެނގިލެއްވީ؟
އަޅެ މިހާރު ދެން ކީއްކުރަން
ޢެމްޑީއެން އަކީ އެމްޑީޕިގެ ބަނޑުންވިހޭދަރިއެއް
ތިބޭފުޅުންގެ ސަޕޯޓާ އެކު ނޫންތޯ އެކަން އެކުރަނީ.
އެއީ ލާާދީނީ ވެރިން ތިބި ޕާޓީއެއްކަން އެގުމުން އެމީހުންގާތު ބޯގިނަކުރަން ހުންނާނީވެސް އޭގެމީހުން "އޭނާވަނީ އޭނާގެ އެކުވެރިޔާާގެ ދީންމަތީގައި" އިޔާޒް މިއަށް ޖަވާބެއް ދެއްވާ!! ކެރޭނެތަ؟
އިޔާޒް އައް އެކަންއެނގިލެއްވީއަދި އަޅުގަނޑުމެން އެމްޑީޕީއައް ލާދީނީ ކިޔަނީ 100%ހެ ކިފެންނަންހުރީމަ!!
ޢިސްލާމް ދީނާއި އެއްގޮތައް ޢަމަލުތައް ބަހައްޓާނަމަ ފުރަތަމަ ހުޅަނގުގެ ޑިމޮކްރަސީ އުވާލާ ޝޭހުން ސިޔާސީ ފިކުރުން އެއްކިބާވޭ ދުނިޔޭގެ އެދުމައްޓަކާ ވެރިމީހާ އާއި ބައި އަތު ހިފުންވެސް ހުއްޓާލާ އިސްލާމްދީނުގަ މަޝްވަރާ ކުރެވޭނީ ވަކި ކަންކަމައް ޑިމޮކްރަސީގަ ކޮންމެ ކަމަކައް މަޝްވަރާ ކުރެވޭ މިސާލަކައް ހައްދުތައް ޖެހުމައް ގާނޫނު ފާސް ކުރަން ޖެހޭ އިސްލާމީ ޝަރީޢާ ގާއިމް ކުރާނީ ތޯ ނުކުރާނީތޯ ވޯޓަކައް އެހޭ މިކަންކަމައް އިސްލާމީ ދައުލަތެއްގަ ބަހުސްވެސް ކުރެވިގެން ނުވާނެ ދެން މިކިޔަނީ ހަސަނޭ ހުސޭނޭ ހިސާނޭ ހުސީނޭ
މިއަދު ޖަލްސާގަ ކިހިނެއް ވާނެ ކަމަށްތަ ކަލޭ ހީކުރީ؟ މޮޔައަކަށް ހެދިގެން ނޫސްތަކުން ސުރުޚީ ހޯދަން އުޅޭ ދެއްކުންތެރިއެއްމީ.
ދަޢުލަތުގެ މަޤާމުތަކުގައި އެތިބީ އެފިކުރުގެ މީހުން ބައިތިއްބާފަ މިމީހުން ބޭރުކުރަންޖެހޭ އެއީ އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ ސަލާމަތީ ފިޔަވަޅުއަޅަންޖެހޭ.... މިމީހުންގެ އެޖެންޑާ ވަރައްވެސް ބޮޑު ވިސްނާ މިކަމައް އިލްމުވެރިންނައް ގޮވާލަން
ގައުމު ފާލުންނެއްޓެނީ. މިކަން ފެންނަންޖެހޭ މީހުން މަޖިލިސްތެރެއިން މިދެއްކީ ވަރަށް ފީކަޅާ މިސާލެއް.
ދީނީ އިލްމުވެރިންނަށް މި ޖެހެނީ ދީންވެސް ކިޔަވައިދޭން. ކީކޭ ބުނާނީ. ގުރުއާނުގައިވެސް އޮންނާނެ ވަކި ވަރަކަށްވުރެ މީހުން ކަނުވާ ވާހަކާ، އަޑުނީވޭ ވާހަކައާ. އެ މީހުންގެ މިސާލަކީ ގެރީގެ މިސާލު. އެހެން ވެފަ އެއޮތީ އިޔާޒަށްވެސް. އަދިވެސް އޭނާއަކަށް އެއްޗެއް ނުވިސްނޭނެ. އަދިވެސް އަންނި ފަހަތުން ދުވާނެ.
އަހަރުމެން ހިތްދަތިވެ ރުޅިގަދަވެފަ ތިބި ވަގުތު އިތުރަށް ދުއްތުރާ ކުރަނީތަ؟ ކަލޭމެން މި ގައުމަށް ޖެއްސި ހާލަތު ފުދޭ. ދެން އިތުރު ކުރަން ނަހަދާ. ފާޑުފާޑު ވާހަކަ އަހަރެމެންނަށް އަޑު ނީއްވާ. ކަލޭމެނަށް ނަފްރަތު ކުރަން. ލޮބުވެތި ރަސޫލާއަށް މަލާމާތް ކުރެވޭހިނދު ކުރެވޭނެ ކަމެއް ނެތްހާ ބަލިކަށި ބަޔަކަށް މި ގައުމުގަ ތިބި ދީނަށް ލޯބިކުރާ މީހުން ވާންމިޖެހުނީ ކަލޭމެންގެ ސަބަބުން. އަދިވެސް އެކަމުގެ ޒިންމާ ނަގާކަށްވެސް ބޭނުމެއް ނުވޭ. ވީމާ އިތުރަށް އަނގަނުތެޅުން އެދެން. ކުރިން ނޭނގި އޮތް އިތުރު ކަމެއް މިހާރު އެނގޭކަށް ނުޖެހޭ. ތަފާތު ގޮތަކަށް ކަމެއް ނުހިނގާ. ކުރިންވެސް އެމީހުން ހިންގި ޖަރީމާ އަލުން ބާރުތައް ލިބުމުންވެސް އެހިންގަނީ. އެހުރިހާ ކަމެއް އެނގިތިބެ ނޭނގޭ ކަމަށް ހަދައިގެން ދިވެހިންނަށް ދިން ލަނޑު ފުދޭ. ދެން ހެޔޮ. ފުދިއްޖެ. ފުދި އިތުރުވެސް ވެއްޖެ. ނިންމާލަމުންވެސް އެދެން. އިތުރަށް ރުޅި ނާރުވާ.
އިޔާޒްމެންނައް އަދިޔޭ ތިޔަ ވިސްނެނީ.. 2018 ގެ ރިޔާސީ އިންތިޚާބުގަ ތިޔަކަން ހަމަ ނޭނގޭތީތޯ މިސަރުކާރުގެނައުމައް ފައިވިއްދާލީ. ޖަލުން ހަޔެއްކަ މީހުން އަދި އެއީވެސް ސައްޚަ ކުއްވެރީން ގާނޫނު އޮޅާލައިގެން ނެރެންވެގެން މިސަރުކާރު ގެނައިމަ ދީނައް ކުރީ ފައިދާތޯ ގެއްލުންތޯ ކަލޭގެ މޮޅު ޕީއެޗްޑީ ބޮލުގެ ބުއްދީން ވިސްނާފަ ބުނެބަލަ.
އަދާލަތުގަ އެއްޒަމާނެއްގަ ތިވި ހަގީގީ ޢިޚްލާސްތެރިބަޔަކު. އެމީހުން ތިވެރީންގެ ބުއްދި ރަނގަޅު ނޫންކަމާއި ހަދާ ކޮސް ފެނިފަ އެތަނުން ނިކުތްތާ ކިތަންމެ ޒަމާނެއް.
ދީނާ ޚިލާފުވެ ވިޔާ ނުވާ ވާހަކަދައްކާ މީހުންނާ ދުރުވުމަށް ގޮވާލަން މިހާ ފާޅުކަން ބޮޑު ގޮތަކަށް ދީނާ ޚިލާފު ވާހަކަ ދައްކާ ދައުރެއް ނުދެކެން ! މިފުރުސަތު ދެވެނީ ސަބަބުތަކެއް އޮވެގެން ބޮޑުންނޭ ބޮޑުންނޭ ހޭ އަރާ ތިބޭތި މީދެރަކަމެއް!
މީސްމީޑިއާގައި،ފާޑުވިދާޅުވުމަކުން ނުފުދޭ އިޔާޒު އާއި ޒައިދު އާއި އިލިޔާސް އާއި
އިމްރާނު އާއި މައުމޫނު އާއި މި ގުރޫޕް( މިހިނގާދިޔަ އެމްޑީޕީ ،އެމްޑީއެން ހިންގި ޖަރީމާގެ ސަބަބުން)،، މާތްﷲ توبة ވެ ރަށްޔިތުންގެ ކިބައިން معاف އަށް އެދި އަލުން ހެޔޮމަގައް رجوع ވާންޖެހޭ ސަބަބު ރިޔާސީ އިންތިޚާބު ކެމްޕޭން ތެރޭގައި، މިހުރިހާ ވާހަކައެއް އޭރު ސަރުކާރުގަ ތިބިމީހުން މިއަދު އިދިކޮޅުގަ ތިބިމީހުން ދެއްކި މަތީގައި ދެންނެވުނު ގުރޫޕް މިއިން އެއްވެސް ކަމެއް قبول ނުކޮށް ގޮންޖަހާފަ ލާދީނީ ހަރުކަށި ބައިގަނޑެއް ވެރިކަމަށް ގެންނަން މަސައްކަތްކޮށް؟؟؟؟؟؟؟ ރަށްޔިތުންނޭ އެކަންކޮށްފި
ﷲ އާއި އަދި ރަސޫލާ އަށް ހުތުރު ބަސްތައް ރައްދުކޮށް ދީނީ ޢަޤީދާ އާއި ކުޅޭން އުޅޭ އެންމެން ހިފައި ހައްޔަރުކޮށް އިސްލާދީން އެމީހުންނަށް ހުށަހަޅާތައުބާ ލައިދިނުމަށް މި އަދުގެ ސަރުކާރަށް ގޮވާލަން އަދި މިކަން ކުރަންވާނީ، ޓްރާންސް ޕޭރަންޓްކޮށް އިސްލާމީ ދަންނަބޭކަލުންގެ ކޮމިޓީއަކުން އެހާޒިރުގައި.
ދެފަރާތްވެއްޖެއްޔާ އޭގެ ތިންވަނަ ފަރާތެއްވެސްވާނެ