ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ހުޅުމާލެ ނެރުމައްޗަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ލޯންޗަކީ ތިން މީހުންނާއެކު ހުޅުލެއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބްލޫ އޭންޖަލް ނަމަކަށް ކިޔާ މި ލޯންޗް ހުޅުމާލެ ނެރުމައްޗަށް އަރައިގެން އެކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ، 19:40 ހާއިރު ކަމަށެވެ.