ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންގޮސްފައި ވާތީ ކޯސްޓްގާޑްގެ ސިފައިންނަށާއި ފުލުހުންނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯސްޓްގާޑްގެ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝާން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސް މަސްތުވާތަކެތި ޓްރެފިކް ކުރި އުޅަނދު އަތުލައިގެންފައި ވާތީ މަރުޙަބާ ދަންނަވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނޑު ޝަހީދު އަލީގައި މަސައްކަތް ކުރައްވާ ސިފައިންގެ ބުރަ މަސައްކަތާއި އޮޕަރޭޝަން ކާމިޔާބު ކުރުމުގައި ދައްކާ ގާބިލްކަން ފާހަގަ ކުރައްވާ ކަމަށް ވެސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

އިންޑިއާ އަސްކަރިއްޔާ އިން ދިން މައުލޫމާތުތަކަކަށް ބިނާކޮށް ހޮނިހިރު ދުވަހުގެ ރޭ ދިވެހި ސިފައިންނާއި ފުލުހުން ވަނީ ކަނޑުބޯޓެއް އަތުލައިގަނެ އެބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި އެބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި ދޯންޏެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ބޯޓު އަތުލައިގަތީ އެބޯޓަށް މިސަރަހައްދުގެ ގައުމުތަކުގެ ސަލާމަތީ ބާރުތަކުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފާރަލަމުން ގެންދިއުމަށް ފަހުއެވެ.

ފަހަކަށް އައިސް ކަނޑުމަގުން މިސަރަހައްދުގެ ގައުމުތަކަށް ބޮޑެތި އަދަދުތަކުގެ މަސްތުވާތަކެތި އެތެރެ ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ފާއިތުވި ތިން މަސް ދުވަސް ތެރޭގައި ވެސް ކަނޑުމަގުން ފަސް އުޅަނދެއްގައި މަސްތުވާތަކެތި އުފުލަނިކޮށް އިންޑިއާ ކަނޑުގެ އެކި ގައުމުތަކުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އެތަކެތި ގެނެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުދުހުދު

    ކުށުގެ ތުހުމަތަށް އަތުލެވި ހިފެހެއްޓިފައިވާ ބައެއްގެ އަތުގައި ބިޑިއަޅުވާ ކުޑަކަކޫ ެއްސުމަށް ފަހު އެބައިމީހުންގެ ބޮލާދިމާލަށް ދިވެހި ސިފައިން ގެ ހަތިޔާރުތައް ދިއްކެފައިވާ މިފޮޓޯ ފެނުމުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަނިޔާކުރަމުންއެދާ އިޒްރައިލްގެ ޔަހޫދީންނެކޭއެއްފަދަ ހީވުމެއް ހީވަނީ. ވަރަށް ހުތުރު މަންޒަރެއް. ކޮބާބާ ދެވޭ ތަމްރީނަކީ.

    24
    47
    • މީހާ

      ހޫން! ފަލަސްދީން މީހުން ވިއްޔާ އެންމެ ގިނައިން މަސްތުވާތަކެތި ބޭނުން ކުރަނީ

      20
      3
      • ހުދުހުދު

        މީހާ، އަދި މިމީހުންގެ މައްޗަކަށް އެއްވެސް ކަމެއް ސާބިތެއްނުވޭ އެހެންވީމާ އެމީހުނަށްވެސް ފުރިހަމަ ހިމާޔަތާ އިންސާނިއްޔަތުގެ ތައްކާތެރިކަން ދެވޭންޖެހޭނެ. ފަހަރުގައި އެމްމެނަކީ ކުއްވެރިންނަށް ނުވެދާނެ.

        8
        4
  2. ކަޅުބެ

    ރަށުން ދެކުއްޖަކު ގޮސްވެސް ތިޔަ ސާމާނު އަތުލައިގެން ގެނެވިދާނެ، ފުލުހުންނާ ސިފައިން ހަތިޔާރާއެކު އަރާ ތިޔަދައްކާހާ ފޮނިކަމެއް ނުދެއްކިޔަސް. މީގެ ޖޯކުކަމަކީ ތިމާމެންގެ ދީނާ ކިތަންމެ ވަރަކަށް ކުޅުނަސް އަމިއްލަ ހައިސިއްޔަތެއް އޮންނަބައެއްނޫން ވެރިންނާދިމާލަށް އެއީގޯސްކަމެކޭ އެކަންޖެހެޔޭ ހުއްޓުވާން ބުނެލުމުގެވެސް. ޔެސް ސާރ ޔެސް ސާރ، މިހެންކިޔާ އަޅުންގެ ބައިގަނޑެއް އަދުގެ ސިފައިންނާއި ފުލުހުންނަކީ. ދިވެހި ފުލުހުންނާއި ސިފައިން ހޭވެރިކަން އަސް ލޯތައް ހުޅުވާލަބަލަ.

    14
    7
    • އުސައިބަތު

      ތިބާ ތެދު ބުނެފިއެވެ..ﷲ ތިބާ އަށް ހެޔޮ ޖަޒާދެއްވާށި..

      10
  3. ބަކޭ

    ހުދުހުދަށް ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމާއި އޮޕަރޭޝަންތައް ނިމުމުން ފޮޓޯއަށް ހުއްޓި ތިބެންވީ ގޮތް ކިޔަވައިދެއްވީ ކާކުތޯ....؟؟؟ ކަންކަން މާބޮޑަށް އެނގިފަ ތިހުރީ... ދެން ފަލަސްތީނާ އަޅާކިޔަންޖެހޭ ކަމެއް ނޫންދޯމީ... ގައުމެއް ދިފާއުކުރަން ނުކުމެތިބިބަޔަކު ބޮލަށް ޔަހޫދީން ބަޑިދިއްކުރުމާއި ... ގައުމެއް ހަލާކުކުރަން އިސްލާމްދީނުގައި ބޭނުންކުރުން މަނާކުރާ އެއްޗެއް އެތެރެ ކުރިބަޔަކު ބޮލަށް ބަޑިދިއްކުރުމާ އެއްވަރު ކޮއްލީ ކޮން މިންގަޑަކުންތޯ.... އެހެން ނޫނަސް ބަޑިތައް އެހުރީ ވަކިތަރުތީބަކުން އެތަކެތި ހިފަހައްޓަން ޖެހޭގޮތަށް ހިފަހައްޓައިގެން... ބޮލަށް ދިއްކޮށްގެނެއްނޫން... އަނެއްކާ ހުދުހުދަށް ގެނެސްދޭ ހަދިޔާކޮޅެއްތަ މާރުޅިއެއް ތިޔައައީ... ހެހެހެހެހެ.... ދެވޭ ތަމްރީނުގެ ބޭނުން އެހުރީ ފެންނަން...

    25
    2
    • ޖުހާ

      ބަކޭ ތިވާނީ މި ނާތަހުޒީބު ނާގާބިލް ސިފައިގެ ސޮރަކަށް، އެހެންވެ ތިއުޅެނީ މޭކަރާގަނެގެން. ހުދުހުދު ބުންޏަކަސް އެއީ ހަމަ ނާގާބިލްކަން. ތިޔަ ލިބިދޭ ތަމްރީނު އެބަފެނޭ އަހަރުމެނަށްވެސް.

      5
      5
  4. ޝަމާލު

    ކޮން ކާމިޔާބެއްބާ ތިއެއްމެން މިއަންނަމަހު ދޫކޮއްފަ ތިހުރި މަސްތުވާތަކެތި އަހަރެމެންގެ ރައްތަކުގެ ވިޔަފާރިވެރިން ވިއްކަމުންދާނެ ވިއްކަންއުޅޭ އެޖެންޓެ ހައްޔަރުކުރިޔަސް ވާކަމެނެތް... ކާމިޔާބުވާނަމަ މިހާވަރަށް ބެންޑްވެފަ މީހުންނުތިބޭނެ..

    10
    2
    • ޢަލީ

      މިޚަބަރުގައި ވަނީ ޑްރަގް ނެޓްވޯކެއް އަތުލައިގަތް ވާހަކަ. ކަންކަން ތަހުގީގު ކުރުމާއި ދައުވާ ކުރުން އަދި ހުކުމް ކުރުމަކީ މުޅިން އެހެން ބަޔަކު ކުރާ މުޅިން އެހެން ކަމެއް.

      2
      1
  5. ގާނޫނީ ވަކީލް

    ވަރަށް އެކަށީގެން ނުވާ ފޮޓޮއެއް. ހަތިޔާރު ނާޅާ ބަޔަކު ތިމާމެންގެ ކޮންޓުރޯލްގެ ދަށަށް ގެނެވުމަށް ފަހު ނުކިޔަމަން ތެރިކަމެއް ނުދައްކާ ހިނދު ކުޑަކަކޫ މަށްޗަށް ތިރިކޮށް ބަޑި ހިފައިގެން މީހަކަށް މީހަކު ފަހަތުގައި ހުރެ ނަގާފައިވާ މިފޮޓޯއިން ސިފަވަނީ އެކަށީގެން ނުވާވަރު ބާރު ބޭނުން ކުރުމާ ބިރުދެއްކުން..މީ ޓެރެރިޒަމްގެ އަމަލެއް..ކުއްހުއްޓުވުމަށް ކުއްކުރުން ބަލައި ނުގަނެވޭނެ..

    9
    5
  6. އަޙްމަދު

    އުއްމީދުކުރަން މިއެއްޗެހި ރަށުތެރެއިން ނުފެންނާނެކަމަށް!

  7. ކާޅުކެއަސް ސޮއްނުގޮވާ

    ކުށެއްނެތް ދިވެހީންގެ އެތަށްބަޔަކު މަރާލާ ދިވެހީންގެ މިނިވަންކަން ނަގާލަން އިސްކޮށް އުޅުނު ޓެރަރިސްޓް މީހާ ވަގަށް ފިލައިގެން އުޅޭނެހާތާކު އުޅެފަ އައީމަ ރައީސުންގެ ފެންވަރުގެ މަރުޙަބާއެއް ކިޔާފަ 6 ލިކޯ މަސްތުވާތަކެތި ގެނައިމީހާގެ ބޮލުގަ ބަޑިޖައްސައިގެން . ވަރަށް މަންޒަރު ސާފު

    9
    1
  8. ރީކޯ

    ފަޅުވެރިންގެ ތެރޭގައި ކުށެއް ނުކުރާ ބަޔަކު ތިބުން ވަރަށް ގާތް. އަދި ނުވޭ ފޮނުއަރުވާކަށް. މިފޮތޯއިން ފެްނަ އެއްޗަކާ ނުވެންބަރު 3 ގެ އުދުވާނުން ފެންނައެއްޗަކާ ހަމަ އެއްގޮތް.

    5
    1
  9. މަރީ

    މައްސަލައަކީ ތިބުރަމަސެއްކަށް ކޮށްދިން ބޭފުޅުންގެ އަގު ވަޒަންކޮށް އެބޭފުޅުންގެ މުސާރަޔާ އިނާޔައް ބޮޑު ނުކުރާތީ ތިބޭފުޅުން ތިދެއްވާ މުސާރަކޮޅުން ދެކޮޅު ނުޖެހިގެން އެބޜފުޅުން އެއުޅެނީ ހައްތާވެސް ތިއުޅެނީ މަޖިލީސް މެމްބަބުންގެ މުސާރަޔާ އިނާޔައް ބޮޑުނުވެގެން އޭކޮންކަމެއް ކުރާބައެއްތޯ ދިވެހި އަސްކަރިއްޔާކީ ފުރާނައަކަށް ނުބަލާ ކަޑުގާވިޔަސް އަލިފާނުގާވިޔަސް މަސެއްކަށް ކުރާބައެއް ނޫންތޯ ހުސް ޝުކުރަކުން ނުނިމްމާ އެބޭފުޅުން ދިރިއުޅުމުގައި އެއުޅޭނިކަމެތިލަތައް ވިސްނާލައްވާނެކަމަށް އުމްމީދުކުރަން