ބުރުގާ އެޅުން މަނާކުރުމަށް ދިވެއްސަކު ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ބުރުގާ އެޅުން މަނާކުރުމަށް ދިވެއްސަކު ގޮވާލި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ދިވެއްސަކު ފޭސްބުކްގައި އާއްމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ބުރުގާ އެޅުން މަނާ ކުރަން ޖެހޭ ކަމަށާއި، ބުރުގާ އަޅާ މީހުން ހައްޔަރު ވެސް ކުރަން ޖެހޭ ކަމަށެވެ.

ބުރުގާ އަޅާ މީހުންނަށް ފުރައްސާރަ ކުރަމުން އޭނާ ބުނީ ބުރުގާ އެޅުމުން މީހުންގެ ގައިން ދުވަނީ ނުބައި ވަހެއް ކަމަށެވެ.

ބުރުގާ އެޅުން މަނާ ކުރުމަށް ރައީސް ޞާލިހަށް ގޮވާލާ ކަމަށް ވެސް އޭނާގެ ވީޑިއޯގައި ބުނެފައިވެއެވެ.

މިއީ ބުރުގާ އަޅާ މީހުން ހައްޔަރު ކުރުމަށް ދިވެއްސަކު މިހައި ފާޅުކަން ބޮޑުގޮތެއްގައި ގޮވާލި ފުރަތަމަ ފަހަރެވެ. އިސްލާމްދީނާއި ދެކޮޅަށް އެންމެ ވަރުގަދަ އަށް ޚިޔާލުފާޅުކުރާ ގައުމުތަކުގައި ވެސް މިފަދަ ކަންކަމަށް ގޮވާލުމަކީ ވަރަށް ބޮޑަށް ކުށްވެރިކޮށް އަދި ޤާނޫނީ އަދަބު ވެސް ކަނޑައެޅިފައިވާ ކުށްތަކެވެ.

ރާއްޖޭގެ ޤާނޫނުލް އުޤޫބާތު ބުނާ ގޮތުން ވެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލުކުރުމަކީ ޖިނާޢީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުސްނޫނު

    މީނަ ހޯދަން އަވަހަށް ސިފައިނގެ ޓީމެއް ޖަޕާނަށްފުރުވާލާ.

    55
    1
  2. އަހްމަދު

    ހައްޔަރު ކުރަންވީ ބުރުގާގެ ގެ ނަމުގަ ވަނާތަށް ފާޅުވާވަރަށް ގަޔަށް ބާރުކޮށް ހެދުންލާމީހުން

    93
    9
    • ބުރުގާ

      ރާއްޖޭގަ ހުރިހާ އަންހެނުން ބުރުގާ އަޅާ ގާނޫނެއް ފާސް ކުރަންވީ! މިހާރު މިހާރު އަންހެނުން އުޅޭނީ މާ ނިވާކަން ކުޑް ހެދުން ލައިގެން. ގާނޫނުން ފާސްވީމަ ދެގޮތުންވެސް ފަރުޟު ކަމަކަށް ވީ. ހެއްދިވިފަރާތާއި ވެރިޔާގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން. އޭރުން މުޖުތަމައުއިން ނުބައިކަންތައްވެސް މަދުވާނެ.

      88
      13
      • ހޫ

        ނުވާނެ ތިކަމެއް! އޭރުން ނަތީޖާ މާ ގޯސްވާނެ.

        1
        9
  3. ހަހަހަހަހަހަ

    ބުޅާ ހައްޖުވުން

    14
    3
  4. ކޮސްބެ

    އެއީ އޭނާގެ ޚިޔާލު. ފުލުހުން އެމައްސަލަ ބަލަންވީ ކީއްވެ؟

    18
    88
  5. ހުސޭނުބޭ

    ހަމަ މުޅިންވެސް މަތިޖަހަން ކުރާ ކަންތައްތައް! އެންމެ ފުރަތަމަ އަތްފޯރާފަށުގައި ރައީސް އޮފީހުގައި އޭނި ޑަކައިތު ހައްޔަރުކޮށްގެން ތަޙްޤީޤުކޮށްބަލަ!

    56
    2
  6. ދަތު ޑީޑީ

    ފިކްސް ޔޯރ ޓީތް ފަސްޓް

    27
    1
  7. ޖުހާ

    ބުރުގާ އެޅުމާ އިދިކޮޅަށް މިރާއްޖޭގައި އެންމެ ގިނައިން ވާހަކަ ދައްކާފައިވަނީ މައުމޫނު ޢަބްދުލްޤައްޔޫމު. ވީމާ އޭނާގެ މައްސަލަ އެންމެފުރަތަމަ ބަލަންވާނީ.

    12
    4
  8. މަރިއްޔާ

    9 އަހަރުން މަތީ ހުރިހާ އަންހެން ކުކދިން ބުރުގާ އަޅަން ޖެހޭ ގޮތަށް ޤާނޫނެއް ފާސް ކުރަންވީ.

    40
    10
  9. އޑޕ

    މިކަލޭގެއައް ދީނުގައިވާގޮތައް އެންމް ހަރުކަށިއަދަބުދިނުމައްގޮވާަލަން މަގުމަތިންފެނުނަސް ހިފަހައްޓާ

    28
    2
  10. ޕިއްޒާހަޓް

    ޚކަލޭ ފެނުނަސް ފާޑެއްގެ ވަހެއް ދުވަނީ

    25
    1
  11. ނަހުލާ

    ބުރުގާ ނާޅާމިހުން ހައްޔަރުކުރުމަށް ގޮވާލަން. އައުރަނިވާނުކޮށް ތިބޭމީހުންނަށް ބެލުމަކީ ޙަރާމްކަމަށްވާއިރު ކީއްވެ ބުރުޤާ އެޅުން މަޖުބޫރު ނުކުރަނީ ދިވެހިރާއްޖޭގަ؟ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާނީ އޭރުން ދެއްތޯ؟ ސަރުކާރުގެ ވެރިންނާއި ވެރިންގެ އަނބިންވެސް ތިބޭ ބުރުގާ ނާޅާ އެމީހުންނަށް ކީއްވެ ފިޔަވަޅު ނޭޅެނީ،

    24
    3
  12. ރައްޔިތުން

    ތިޔަ ކަހަލަ ޖާހިލު އަދި މޮޔަ ވެފައި ތިބޭ ބަޔަކަށް އިސްލާމުން ނުހެއްލޭނެ. އޭނާ އެހުރީ ދެދުނިޔެން ގެއްލި ހަލާކުވެފައި،

    19
    1
  13. ?

    ދެން ބުނެ އޭނައަށް ކައުންސިލިން ދޭންޖެހެ އޭ!

    6
    2
  14. ސުނީ

    މިކަން އިތުރަށް ތަހުޤީޤުކުރުމަށް މަރުކޮމިޓީއާ ހަވާލުކުރުމަށް ގޮވާލަން!

  15. ރާޅު ބޯއީ

    މި މީހާގެ ކަންތައް ވެސް ބަލަންވީ. ކޮބާހޭ ބޯގަންވިލާ ލާދީނީ ނެަޓްވޯކް މައްސަލަ.

  16. ތަނބު

    މީ ، ކޮނަގައުމެއްގެ އިއްޒަތްތެރިއެއްތޯ ؟

  17. ހަސަނު

    ފުލުހުން ބުނާނީ ތިމީހާ އަކީ މޮޔައެކޭ... އެހެން ކިޔާފަ ދޫކޮށްލާނީ