ލ. މާބައިދޫ ކައުންސިލަރެއް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ސަމާލުކަމަށް ގެނައުމުން އެކަން ބަލަން ފަށައިފިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ މާބައިދޫ ކައުންސިލަރެއް ކަމަށްވާ އަބްދުﷲ ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއި އޭނާގެ މައިދައިތައަށް ގަދަ ކަމުން ޖިންސީ އަމަލު ހިންގަން އުޅުނުކަމަށް ބުނި މައްސަލައެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށައަޅާފައިވާ ކަމަށެވެ.

ފުލުހުން ވެސް އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށް މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވިއެވެ.

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ފިނިހިޔާގެ ލ. މާބައިދޫ އެރަށުގެ އެތަށް އާއިލާއެއްގެ ކުޑަ ކުދިންނަށް ޖިންސީ ގޯނާއާއި ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށާއި އެފަދަ އަމަލުތަށް ހިންގަމުންދާކަމަށްބުނެ އމި އޮތޯރިޓީއަށް ވަނީ ޝަކުވާ ހުށައަޅާފައި ކަމަށް ޖީހާން ވިދާޅުވިއެވެ.

ކޮމިޓީއިން ނިންމާފައިވަނީ އެމައްސަލަ ދިރާސާ ކުރުމުގެ ކުރިން މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޖެންޑަރ މިނިސްޓްރީއިން ސާފު ކުރުމަށާއި ތިން ދުވަހުގެ ތެރޭގައި ޖަވާބު ފޮނުވައިދިނުމަށް އެދި ސިޓީ ފޮނުވުމަށެވެ.

އަދި އެފަދަ ތުހުމަތު ކުރެވޭ ފަރާތެއް މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ބަރީއަ ކޮށްފައިވޭތޯ ބެލުމަށް އެލްޖީއޭއިން ސާފު ކުރުމަށް ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.

އަބްދުﷲ ރަޝީދު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެމައްސަލަތަކަށް ފުލުހުން ވެސް ސަމާލުކަމެއް ނުދެނީ އޭނާގެ ނުފޫޒުން ކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙުސޭނު

  ލާދީނީ ރިޕޯޓްގެ ވާހަކަ ހުއްޓުވަން ކިތަންމެ ކަމެއް ކުރިޔަސް އެ ރިޕޯޓް ހަރުކަށި އިބާރާތުން ކުއްވެރި ކުރަން... ދެން ލަލަލަ.

  10
 2. ޖާޒީރާ ބޯއީ

  އިއްޔެ އިވުނީ ގައުމީ ކުރިކެޓް ކޯޗު މިފަދަ ކަމެއްގެ ތުހުމަތުގައި ހައްޔަރުކުރި އަޑު. މިހާދިސާގައި އަދިވެސް ކައުންސިލަރާ ހޭވެސް އަހާނުލާ މިހުރީ މިގައުމުގެ އިންސާފުގެ ހަމަ.

  9
  1
 3. ހުދުހުދު

  ސުވާލި ކުރުމުގެ ކުރިން ބިޑިއަޅާ ޖަލަށްލާ ރަގަޅަށް ތަޅުވާލާ އެއަށް ފަހު ހޭއަހާނީ. އޭރުން ހުންނާނެ ރަގަޅަށް ކުދިންނާ ބެހެވިފަ.

  8
  2
 4. ކަތީބް

  ކޮބާ އެކަލޭގެ ފޮޓޯ