ވެސްޓް ޕާކު ސަރަހައްދުގައި ބަހައްޓާފައިވާ ގާޑިޔާތައް މި މަހު 10 ވަނަ ދުވަހުގެ ކުރިން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ގާޑިޔާތައް ނަގަން އެންގީ ގާޑިޔާތަކުގެ ސާފުތާހިރުކަން ކުޑަވެ، އެ ތަންތަނުން ކާބޯތަކެތީ ހިދުމަތް ދޭން އެކަށީގެން ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުންނެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ގާޑިޔާތައް ބަހައްޓައިގެން ވިޔަފާރިކުރަމުން އަންނަނީ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށާއި ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ވެސް ނޯންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ގާޑިޔާތައް ބަހައްޓާނެ އެހެންތަނެއް ސިޓީ ކައުންސިލުން ދައްކާފައެއް ނުވެއެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ ގާޑިޔާތައް ހުރި ސަރަހައްދު ރަސްފަންނާ ގުޅުވާލަން ވަނީ ނިންމައިފަ އެވެ. އެ ބޭނުމަށް ތަން ހުސްކުރަން ޖެހޭތީ ގާޑިޔާތައް ނަގަން މީގެ ކުރިން ވެސް އަންގާފައި ވާނެކަން ފާހަގަކޮށްފައިވެ އެވެ.

މިހަފްތާ ނިމުމުގެ ކުރިން ގާޑިޔާތައް ނުނަގައިފި ނަމަ ކައުންސިލުން އެ ތަކެތި ނަގައި ތަން ސާފުކޮށް ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިން މާލޭ ލޯކަލް މާރުކޭޓް ވެސް ބަންދުކޮށްފައެވެ. މާރުކޭޓް ބަންދުކުރުމުން އެތައް ބައެއްގެ އާމްދަނީ ހުއްޓި ގިނަ ބަޔަކަށް އަންނަނީ ދަތިތައް ދިމާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިއަދު

    ހުސްކުރޭ ހުސްކުރޭ ލޯކަލް މާރކޭޓާއި ދަތުރުވެރިންގެ މާރުކޭޓުވެސް އަދި މަސްމަރުކޭޓުވެސް ހުސްކުރޭ ދަނޑުވެރިންގެ ތަކެތި ވިއްކާނީ އެމީހުންތަކެތިގެންދާ ދޯނިފަހަރުގައި މަސްވެރިންމަސް ވިއްކާނީ އެމީހުން މަހަށްދާދޯނިފަހަރުގައި އެއިރުން އެހުރިހާއެއްޗަކަށް ހުންނާނީ ހަމައަގު ލިބިފައި

  2. އ

    ލޯކަލް މާރުކޭޓް ބަންދު ކުރުމުން ދަނޑުވެރި ކަމުގެ ތަކެތި ބާޒާރަށް ނެރޭ މީހުންނަށް އެތައްލައްކަ ރުފިޔާގެ ގެއްލުން ވެއްޖެ ގޮއިދޫ ދަނޑުވެރިން ބިކަ ވެއްޖެ ... މިޒަމާނުގައި ތަން ބަންދު ނުކޮށްވެސް މަރާމާތު ކުރެވޭނެ.... މާރުކޭޓް ބަންދު ކުރުމުން ރައީސް ސޯލިހުވެސް ހުންނެވީ ވަރަށް ކަންބޮޑު ވެފައި އެކަމު ކީއްކުރާނީ ކައުންސިލް ތަކަށް ބާރު ދީފި ... ދެން ހެދޭނެ ގޮތެއް ނެތް މިހެންވެގެންނޭ ރައީސް ޔާމިނު އެމީހުންގެ އަތުން ބާރު އަތުލީ ސިފާ ދައްތަ ކައިރީ އަހާލަބަލަ މިސްކިތްތައް މާލޭގައި ވީރާނާ ވާކަން ނޭގޭތޯ މަސްޖިދު އާދިލް އެހުންނަނީ ސިފާ ދައްތަ ގޭކަަރި އެ މިސްކިތުގެ ލޫވަރ ބިއްލޫރިތައް ބިމައް ފައިބާ ކަން ސިފާ ދައްތަ އައް ނޭގެނޭތޯ ގައިމު މީހަކު ދައްކަންވެސް ދެއްކި ކަމަށް ވަނީ... އޭނާގެ ފިރި މީހާ ޖިހާދު ވެސް ވަރަށް މަދުން މަހަކު އެެއް ފަހަރު ގޮތަކަށް އެމިސްކިތުން ފެނޭ......

  3. މިއަދު

    ރުކުގަިއ ހުންނަ ކުރުބަލުގެ ސާފްތާހިރުކަން ގެއްލެނީ އެއިގެން ފަނި ނުހަދާހުރީމަދޯ ބެނުންވާމީހާގޮސް ބުނީމަ މަށަލަފައިދިނުމަކީ އެއިގެ ސާފްތާހިކަން ކުޑަވަކަމެއްކަން މިއެގުނީ ހަމަދެންމެ ޝިފާ ކައުންސިލުން ބުނީމަ

  4. މޭޔަރު

    ލޯކަލްމާރުކޭޓް ބަންދުކުރީ ބުރިބުރިއަށް ނަގާ ގިނަފަރާތްތަކަށް ބޭނުންކުރެވޭ ޒަމާނީ މާރުކޭޓަކަށް ހަދަން ވެގެން. މިހާރު 25 ބުރީގެ ކޮންކްރީޓްމަސައްކަތް ނިމި އެތެރޭގެ ގޮޅިތައް ރާނަމުން މިދަނީ. ވަރަށް އަވަހަށް ގޮޅިތައް ހަވާލުކުރާނަށް. މީވަރަށްބިޔަ މަޝަރޫއަކަށްވާތީ ކުޑަކޮށް ލަސްވާނެ. ވެސްޓޕާކު ގާޑިޔާ ތަކުގެ މީހުނަށްވެސް ގޮޅިލިބޭނެ. ކެތްކޮށްލައްވާ.