ގދ. ތިނަދޫގައި މީގެ 12 އަހަރު ކުރިން ކުއްޖަކު ބަލިވުމުން އެރަށުގެ ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން އެކުއްޖާގެ އިވުން ދާޢިމީގޮތެއްގައި ގެއްލުމުގެ ސަބަބުން ދައުލަތުން 7.1 މިލިއަން ރުފިޔާ ދައްކައިފިއެވެ.
އެ ކުއްޖާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތްވާ ޑޮކްޓަރުން ދިން ނުބައި ބޭހެއްގެ ސަބަބުން ހިނގި މި ހާދިސާގެ ބަދަލް ދިވެހި ސަރުކާރުން އެ ކުއްޖާގެ އާއިލާއަށް ދީފައިވާ ކަން ހާމަކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރުގެ ވާހަކަފުޅުގައެވެ. ގދ. ތިނަދޫގައި 2007 ވަނަ އަހަރު ހިނގި އެ ހާދިސާގެ ސަބަބުން ދާއިމީގޮތަކަށް އިވުމުން މަޙުރޫމްވެފައިވަނީ އޭރު އެންމެ 3 އަހަރުވީ ކުޑަކުއްޖެކެވެ.
އެ ކުއްޖާގެ އާއިލާއިން މި މައްސަލައިގައި ވަނީ އެތައް އަހަރެއް ވަންދެން ބަދަލު ހޯދައި ކޮންމެވެސް ގޮތަކަށް އިންސާފު ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެ މައްސަލަ ވަނީ ކުރީގެ މަދަނީ ކޯޓުގައި އަދި ހައި ކޯޓަށްވެސް ހުށަހަޅައި، ޑޮކްޓަރުންގެ އިހުމާލު ނެތް ކަމަށް ނިންމާފައެވެ. ނަމަވެސް، ހައިކޯޓުގެ ނިންމުން އެ ކުއްޖާގެ ބައްޕަ، އަހުމަދު އިހުސާން ވަނީ ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
އިހުސާން އެ މައްސަލައިގައި ދަޢުލަތުގެ ފަރާތުން 7.1 މިލިއަން ރުފިޔާ ހޯދަން ދަޢުވާކޮށްފައިވަނީ އަޑުއިވުމުން މަޙުރޫމްވުމުގެ ސަބަބުން އެކުއްޖާ އަށް ދިމާވި ނަފްސާނީ މައްސަލަތަކާއި، ވަޒީފާ އަކަށް ގޮސް އާމްދަނީ ހޯދޭނެ މަގު ބަންދުވުމާއި، އަދި އެ ކަމުގެ ސަބަބުން ކުރަން ޖެހުނު އަދި ކޮންމެ އަހަރަކު ކުރަމުންދާ ބޭސްފަރުވާ އަށް ޚަރަދުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރެވޭ އަގު ކަމަށް އެކަށީގެންވާ އަގެއް ކަމަށް ބަލާފައި ކަމަށް އޭނާގެ ބަޔާނުގައިވެއެވެ.
އެ މައްސަލައިގައި ދަޢުލަތުން އިހުސާންގެ ދަރިފުޅަށް ބަދަލުދޭންޖެހޭ ކަމަަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ޙުކުމް ކޮށްފައެވެ. އެ ހުކުމް ވެފައިވަނީ ޞިއްޙީ ދާއިރާގައި އިހުމާލުވުމުގެ މައްސަލައެއްގައި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން މައްސަލައެއް ނިންމި ފުރަތަމަ ފަހަރު ގޮތުގައެވެ.
ފައިސާ އާއިލާއާއި ހަވާލްކުރުމުގެ ބަދަލުގައި ސިދާ ކުއްޖާއަށް ހަރަދުކުރާގޮތަށް ދޫކުރުން މުހިންމު.
ޑޮކްޓަރގެ އިޙުމާލުންތޯ ސަރުކާރުގެ އިޙުމާލުންތޯ އަޑުއިވުމުން މަޙުރޫމުވީ / ނުކުޅެދޭ ކުއްޖަކަށްވީ ؟؟؟
ދައުލަތުގައިހުންނަފައިސާއަކީ ހުރިހާރަށްޔިތުއޭގައި ޝަމިލަވާފައިސާ ވީމާ، ޑޮކްޓަރުންގެ އިހުމާލުން
ލިބޭގެއްލުމުގެމައްސަލާގައި ދައުލަތުންކީއްވެތޯ 7މިލިޔަން ރުފިޔާ ދައްކަވަންވީ އެފައިސާއަކީޑޮކްޓަރުންގެ ފައިސާއެއްނޫން އަދި ލިބުނުގެއްލުމަށް ފައިސާދެއްވަން ނިއްމެވި
ކުއްޖާ 21 އަހަރު ވަންދެން މަހަކު ވަކިވަރެއް މައިން ބަފައިންނަށް ނޫންނަމަ ބަލަދުވެރިންނަށް ނެގޭނޭ ގޮތަށް ހަމަޖެއްސުން ރަނގަޅު. ގިނަފަހަރަށް މައިންބަފައިން މި ލާރި "ކައިލާފައި" އެބަހުރި. އަދި ބަލަދުވެރިންވެސް އިހްމާލް ވެފައި އެބަހުރި. ޖެންޑާރ މިނިސްޓްރީ ގެ ބެލުމުގެ ދަށުން މިފައިސާ (ކުއްޖާ ތަސައްރަފް ފުދެންދެން) ދޫކުރަމުން ގެއްދިޔުން ރަނގަޅު.
ޑޮކްޓަރުންގެ އިހުމާލުން ތިވަރުގެ އަދި މިއައްވުރެ ދިރިއުޅުމަށް ދަތިވާފަދަ އަނިތާތައް މީހުންގެ ގުނަވަންތަކަށް ލިބިފައިވޭ، މީހުން މަރުވެފަ ސާބިތުވެސްވެފަ އެބަހުރި، އެފަޤީރުން ޝަރީޢަތްމެދުވެރިކޮށް ކިތައްމެވަރަކަށްވެސް މަސައްކަތް ކޮށްފަވޭ، ބަދަލުހޯދަންވެސް، ބޮޑުކަކަށްކުރާކަމަކީ ކުޑަދުވަސްކޮޅަކަށް ޑޮކްޓަރ އޭނަގެ ގައުމަށް ފޮނުވާލަނީ، ނަމަވެސް މިހާރު ސަރުކާރުން 7.1މިލިއަން ރުފިޔާގެ ލާރިގަނޑުދިން އާއިލާއަކީ ބުނެވޭނީ މިހާރުގެ ސަރުކާރާއި ވަރަށްގާތްގުޅުމެއްވާ ބައެއްކަން، އިންސާފުވެރި ނިންމުމެކޭ ބުނެވޭކަށްނެތް،
ފައިސާއަށް ވުރެ ކުއްޖާގެ އިވުން މާ އަގުބޮޑު. އޭގެ ބަދަލެއް ދެން ނުދެވޭނެ.
ތިފަދަ ކަންކަމުގައި ފައިސާ ދައްކަވަން ޖެހޭނީ ތިކަމުގައި އުޅުނު ޑޮކްޓަރ ތިފައިސާ ދައުލަތުން ދައްކާކަށް ނުޖެހޭ ކީއްވެބާ މިފަދައިން ދިމާވާ ހުރިހާކަމެއްގައި ދައުލަތުން ހަވާލް ނުވަނީ