މިއަދު ހެނދުނު ހިތަދޫ އިން ގެއްލިގެން ހޯދަމުން ދިޔަ "ޖެކް" ނަމަކަށް ކިޔާ ކޮކަޓޫ ފެނިއްޖެއެވެ.

ގުރާގެ ވެރިފަތާރުން "ވަގުތު" އަށް މައުލޫމާތު ހިއްސާކުރަމުން ބުނީ، ގުރާ ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި ގުރާ ފެނިގެން އެ ހަވާލުކޮށްފައިވަނީ ހިތަދޫ އަތިރީގެ މީހުން ކަމަށެވެ.

މިއަދު ހެނދުނު ހިތަދޫ އިން ގެއްލިފައިވަނީ "ޖެކް" ނަަމަކަށް ކިޔާ ހުދުކުލައިގެ ގުރައެކެވެ. ގުރާ ވަކި ކުރުމަށް ވަކި ކަހަލަ އަނގޮޓީއެއް ނުވަތަ އިތުރު އެއްޗެއް އަޅުވާފަ ނެތެވެ.

ގުރާގެ ވެރިފަރާތުން ވަނީ އާންމުގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި އަދި އަތިރީގެ މީހުން ގުރާ ހަވާލު ކޮށްދިނީތީ ޝުކުރު އަދާކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު