ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް އަތްގަދަކޮށް، ނުފޫޒު ފޯރުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމާއި ރާއްޖޭގެ މަސްރަހުގައި ހިނގާ ރަނގަޅު ނޫން ކަންކަން ހަމަޔަކަށް އެޅުވުމުގެ ޤާބިލުކަން ދިވެހި ސަރުކާރުގައި އެބަހުރި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ އިންޑިއާގެ އެންޑީޓީވީއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ރާއްޖޭގެ މަސްރަހުގައި ހިނގާ ރަނގަޅު ނޫން ކަންކަން ހަމަޔަކަށް އެޅުވުމުގެ ޤާބިލުކަން ދިވެހި ސަރުކާރުގައި އެބަހުރިކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހަލާތު އިޢުލާން ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ރާއްޖޭގެ ސުޕްރީމް ކޯޓް ތެރެއިން ތެރެއިން ބަޣާވާތެއް ގެނެސް، ސަރުކާރު ވައްޓާލާއި، ޤައުމުގެ މިނިވަންކަން ނަގާލުމަށް، ބަޔަކު މަސައްކަތް ކުރުމުން" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ޢާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫއަރާނެފަދަ އެއްވެސް ޢަމަލެއް މި ސަރުކާރުން ނުހިންގާނެކަމަށެވެ.

އެންޑީ ޓީވީއާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ އެކަންކަމާގުޅޭ ތަޙުޤީޤުތައް ސަލާމަތީ ބާރުތަކުން މިހާރު ފަށާފައިވާއިރު، މިކަމުގެ އަޑީގައި ތިބި ފަރާތްތަކާއި ދެކޮޅަށް ހެކި ލިބިފައިވާކަމަށެވެ.

"ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖޭގެ ކަންކަމާމެދު ބަސްބުނެ، ގޮތް ނިންމުމުގެ ކުރިން ރާއްޖޭގެ މަޝްރަޙުގައި ހިނގަމުންދާ ކަންކަމުގެ ހަޤީޤަތް ދެނެގަތުން ވަރަށް މުހިންމު" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް އަތްގަދަކޮށް، ނުފޫޒު ފޯރުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށެވެ. އަދި ރާއްޖެއަކީވެސް ފުރިހަމަ މިނިވަންކަން ލިބިފައިވާ ޤައުމެއްކަން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ޤަބޫލުކުރަންޖެހޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖައްރާފު

    ސައިނީ ތަތިޔާ ފިޝަރީޒް މިނިސްޓަރ ކަން ހަނދާން ނެތީތަ؟

  2. އަދް

    ވަރަށް އަވަހަށް ސައިޒު ވާނެ ގޮލައެއް މީ

  3. އެޑަމް

    ސަރުކާރުގެ ގާބިލްކަން ހުރިވަރު އެބަފެނޭ ދެއްތޯ؟ އޮޅުވާލިޔަސް ތިއީ ބޮޑުވަރު ދާހިލީ ކަންކަމާވެސް ބެހެވޭނެ ހިސާބެއް އޮންނާނެ، އެކިއެކި މުއާހަދާތަކާ އެއްބަސްވުންތަކުގެ ސޮއިކޮށްފަ އޮންނަންޏާ، އެހެން ނޫނަސް ސަރުކާރުގެ ސަބަބުން ރައްޔިތުންގެ ހުރިހާ އުންމީދެއް ގެއްލުނީމަ ދެން އެހެން ފަރާތެއްގެ އެހީތެރިކަން އެބަ ބޭނުންވޭ، ސަރުކާރު ހަމަ މަގަށް އެޅުވުމަށް ތިން ބާރު ވަކިވެފައިވާ ދައުލަތެއްގަ އެއްބާރު އަނެއް ދެބާރުގެ ކަރަށް ފައިން އަރާ ރައްޔިތުން ނިކަމެތިކޮށް ރައްޔިތުންނަށް ފުރަސާރަ ކުރާއިރު އެކަން ހައްލުކުރެވޭނެ ކޮންމެވެސް ގޮތެއް އޮންނަންވާނެ.

    • މުހަންމާ.

      ވ.އަވަހަށް ސައިޒަށް ތިރިކޮށްލާނަން.ތިބޭފުޅާ.

  4. އހ

    ތެދެއް މިސޮރައްއެކަނިބެހެވޭނި ހާދަރީތިކޮން ފުނާއަޅާފަ ތިހުރީ ކާކު ކުރިކަމެއް އެންވެދޯ ———— ވައްތަރީ

  5. ތާއީދު

    ދާޚިލީ ކަންކަމާބެހެވޭނި ކެނެރީގެ ނަޝީދުއަށް ދޯ އެއީ މި ޤައުމަށް ހަރާމް ކޯރު މީހެއް

  6. ރައްޔިތުން

    .ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމުގެ ސިފަ ފެންނަނީ އޮނަރަބުލް ޝައިނީގެ ފަރާތްޕުޅުން.
    .މަރުހަބާ! ޝައިނީ