އިންކަމް ޓެކްސްގެ ބިލުގައިވާ ގޮތުން މި ޓެކްސް ނަގަން ސަރުކާރުން ހުށަހަޅާފައިވަނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ކުރިއަށް ދިޔަ "ނުވަގަޑީ"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، 40،000 ރުފިޔާ އިން ދަށުގެ އާމްދަނީ އެއް ލިބޭ ފަރާތްތަކުގެ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40،000 (އަހަރަކު 480،000 ރުފިޔާ) އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. މި އަދަދު ކަނޑައެޅުމުގައި ހަރަދުތަކަށް ވެސް ބަލާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް މިގޮތަށް ނިންމީ. އާމްދަނީ 40،000ރ. އިން މަތިން ނަގާނަމަ އެއީ އަހަރަކު 480،000 ރުފިޔާ. މިއީ ބީޕީޓީ ނަގާވަރާ ގާތް ކުރާވަރު" އަރުޝަދު ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން އަރުޝަދު ވިދާޅުވީ، މި ސަރުކާރުން ހުށަހަޅާފައިވަނީ "ޕްރޮގްރެސިވް ޓެކްސް ނިޒާމެއް" ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށެވެ. އެއީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

40،000 ރުފިޔާއިން ދަށުން އާމްދަނީ ލިބޭނަމަ ސަރުކާރުން ޓެކްސްގެ ގޮތުގައި އެއްޗެއް ނުނަގައެވެ. އެހެން ނަމަވެސް އާމްދަނީ 60،000 - 40،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކްސްގެ ގޮތުގައި އާމްދަނީގެ އަށް ޕަސެންޓް ނަގައެވެ. އާމްދަނީ 100،000 - 60،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި އާމްދަނީގެ 10 ޕަސެންޓް ނަގައެވެ. އަދި 100،000 އަށް ވުރެ ގިނައިން އާމްދަނީ ލިބޭނަމަ އާމްދަނީގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ އިންކަމް ޓެކްސް ތައާރަފުވެ އަންނަ އަހަރުގެ ތެރޭގައި ޓެކްސް ނެގެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ފިނޭންސް އިން ވަނީ ލަފާކޮށްފައެވެ.

އަރުޝަދު އިތުރަށް ވިދާޅުވީ ސަރުކާރު މުވައްޒަފެއްނަމަ އިންކަމް ޓެކްސް ނަގާނީ ސްޓޭޓް މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުގައި ތިބި މީހުންގެ އާމްދަނީ އިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. Anonymous

  ފެނޭ %50 ނަގަން އޭރުންތާ ލާރިލިބޭ މީހުންވެސް ސަރުކާރައް ސަލާންޖަންޖެހޭނީ

  18
  1
  • ބޭބެ

   މިއީ ވަރަށް ބޮޑު އަނިޔާވެރިވުމެއް! ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 40000 ރުފިޔާ މަހަކު ލިބޭ މުވައްޒަފުންގެ އަތުން 8% ޓެކްސްގެ ގޮތުގައި ނަގާނަމަ އެއީ އަނިޔާ ވެރިވުން ނިކަމެތިކަން ދިނުން! 40000 ރުފިޔާ ލިބޭ މީހާ ކުއްޔަށް މަހަކު 20000 ދީފަ ދަރިންނަށާ ކެއުން ބުއިމާ އަސާސީ އެހެން ބޭނުންތައް ފުއްދާފަ އަތުގަ އެއްޗެއްނޯވޭ! ޓެކްސް ނަގަންވީ ވިޔަފާރި ވެރިންގެ އަތުންނާ މަހަކު 60000 ރުފިޔާއަށްވުރެން މަތިން މުސާރަ ލިބޭ މީހުންގެ އަތުން! އެއްވެސް ކަމެއް ނުކޮށް މަހުން މަހަށް މީހުން ފެލައިގެން ފައިސާ ނަގާ މީހުން އަތުން! މިދެންނެވީ އެއްވެސް ހައްދެއް ތަނެއް ދޮރެއް ނުބަލާ ހިތައްއެރި އަގުތަކަށް ގެދޮރު ކުއްޔަށް ދޫކޮށްގެން މީހުން ފެލަމުންދާ މީހުންގެ އަތުން! ކުލި ރެގިއުލޭޓް ނުކުރެވޭ! ގާނޫނެއް ގަވާޢިދެއް އެކަމަކަށް ނެހެދޭ! މާލެ ސަރަޙައްދަށް ރާއްޖޭގެ ނިކަމެތި ރައްޔިތުން ޖަމާކުރެވޭނެ ހުރިހާ ގޮތެއް މާލޭގެ މީސް މީހުން ކަންކަން ނިންމާހިސާބުގައި ތިބެ ކުރަމުން އައީ! މިރާއްޖެއަށް ވަންނަ ރައްޔިތުންގެ ތަނަވަސްކަމުގެ 75% އަބަދުވެސް ހޭދަކުރަނީ މިސަރަހައްދަށް! މިއީވެސް ރައްޔިތުންނަށް އަނިޔާވެރިވުން! ހަމަހަމަކަން ނުގެންގުޅުން! މާލޭ މީހުންގެ އަންބޮޑި ބޮޑުކުރަންކުރާމުން އަންނަ ވިޔާނުދާ ނުލަފާކަންކަން! އަދިވެސް ހަމަ ރައްޔިތުންނަށް އަނިޔާވެރިވުންތޯ އޮތީ؟

   15
   5
   • ސާބަހޭ

    އޭ މިހާރު ލިބޭ އާމްދަނީ 40000 އަށް ބަދަލުވީތަ؟ ކުރިން ކުލި ބޮޑޭ ކިޔަނީ އޮފީހުން ލިބޭ ކުޑަ މުސާރަ ކޮޅު ކުއްޔަށް ދައްކަންޖެހެނިއްޔޭ. މިހާރު އިންކަމް ޓެކްސް އައީމަ މުސާރައިގެ އަދަދުވެސް ބޮޑުވީދޯ. ސާބަހޭ! ބުނާ ކޮންމެ އެއްޗެއްގެ މެދަށް "ކުލި" އައީމަ ރަނގަޅުވާނެ ދޯ؟

 2. ޢަދުރޭ

  ހިކި ކެޔޮދަޅިން ދިޔަ ފެލަން ތި އުޅުއްވަނީ .ފުރަތަ މަ ފައިސާ ހޯދޭނެ މަގުތައް ތަނަވަސް ކޮށްދެއްވާ ދެން ޓެކްސް ނަންގަވާ . މީހުން ބުރަ މަސައްކަތުން ހޯދާފަ ހުންނަ މުދަލުން ޓެކްސް ނަގާއިރު ދައުލަތުން އެކަ މަށް އެއްވެސް އެހީތެރިކަ މެއް ނުދީ ހަ މަ ޓަސް ކިޔާފަ ހިތަށް އަރާއިރަށް ޓެކްސް ނެގޭނެތޯ؟

  26
 3. ފިލާވަޅު

  މިޔައްކިޔަނީ އަނިޔާވެރިވުން ފިރުޢައުނުގެ ޒައާމަތުގައި ހިނގާ ޕޮލިސީ މިއީ.. ވިޔަފާރި ކުރެވޭނެ މަގުތައް ހަނިކޮށް މިކަމައް ފަސޭހައެއްނުލިބި މިރާއިން ޓެކްސް ނުދެކިއްޖެނަމަ އެވިޔަފާރި ބަގުރޫޓްވެ ބެންކްރަޕްސީ ޤާނޫނެއް ނޯވޭ ހަމަގޮހުރައް އަތްބާނާފަ ކާއެތިކޮޅޯވެސް ނަގަނީ.. ބެންކުން ލޯނުލިބޭ ދިވެހިރައްޔިތުންގެ ސަރުތުހަމަޔެއްނުވޭ ސިވިލްސާވިސްގަ އުމުރު މުޅިޢާއިލާ ހޭދަކުރިޔަސް އެބުނާ ބެންކުގެ ސަރުތެއް ހަމަޔެއްނުވޭ %30 އިކުއިޓީ އިންޓްރަސްޓް ރޭޓް މިޢުލޭނީ 11،12،13 ޕަސެންޓްގައި މިއީ އަނިޔަވެރިވުމެއް ނޫންންތޯ، ކުއްޔާ ، ބޭސްފަރުވާއާ ކަރަންޓް،ފެން،ގޭސް،ޕެޓްރޯލް، ކެއުންބުއިން ،މުއާސަލާތީ ޙިދުމަތް މިހުރިހާ ޙަރަދެއްކޮށްފަ ދެންނޯވޭ އިތުރުކަމެއްކުރާކައް އެއްޗެއްވެސް. މިއީ އަނިޔާވެރި ޕޮލިސީއެއްނޫންތޯ ކީކޭބާ މިޔައްކިޔާނީ "މިޔައްކިޔަނީ އަޅުވެތިކުރުން"

  25
  1
 4. ފިލާވަޅު

  މިކަހަލަކަމެއްގަ އިލްމުވެރިންވެސް ނުބުނާނެ ބަހެއް މިއީ ހިތާމަޔަކީ މިކަހަލަ ސިޔާސަތުތައް ހަދައިރު މަސަލައަކައް ނުވޭ އިލްމުވެރިންގެ ދަޢުރު ހަމައެކަނި މުހިއްމުވަނީ ވަކިކަމަކައް ނޫން. އިސްލާދީނުގާ ހުންނާނެ ސިޔާސަތުތަކެއް މިއިޕްލިމެންޓުކުރަން މަސައްކަތްކުރުމަކީ ޙާއްސަކޮށް ކޮންމެ ދީނި ޢިލްމްވެރިޔަކައްވެސް ލާޒިމްކަމެއް އަދި ކޮންމެ ފަރުދަކައްވެސް ވާޖިބުކަމެއް އަޅުގަނޑައް ދެރެވަނީ އަދި އެއްޗެހި ބުނެވެނީވެސް މެހެންވެގެން ދީނީ ޢީލްމުވެރިން އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި އަދާލަތު ޕާޓީ ، ސަލަޕް މިކަހަލަކަންކަން ދޫކޮށްލާތީވެ މީގެ ނަތީޖާ މިނުކުންނަނީ މުޖްތަމަޢުތަކުގައި މުސާ އަލައިހިއްސަލާމްގެ ޒަމާނުގައިވެސް ދިމާވިކަންކަން. އެމީހުންވެސް ބުނެ އުޅޭ ފިރުޢައުނުކައިރިން ކާއެތިކޮޅި ލިބެޔޭ، އެގޮތައްމިދަނީ އަޅުވެތިވަމުން" ޝޭޙް އިމްރާން ، ޝޭޙް އިޔާ، ޝޭޙް ސަމީރު ، ޝޭޙް އާދަމް ޝަމީމް، ޝޭޙް އަލީ ޒާހިރު ބިން ސައީދު، ޝޭޙް އިލްޔާސް، ޝޭޙް ޝަމީމް ކޮބާތޯ މިކަމުގަ ތިޔަބޭފޔޅުންގެ ދަޢުރު އަދި ރަޢުޔަކީ ؟
  އަދި ކޮބާތޯ އުމަރި ނަސީރު ކީއްވެގެންތޯ މަޑުން ތިޔަހުންނަވަނީ ؟

  13
  1
 5. މއާޒު

  މިކަހަލަކަމެއްގަ އިލްމުވެރިންވެސް ނުބުނާނެ ބަހެއް މިއީ ހިތާމަޔަކީ މިކަހަލަ ސިޔާސަތުތައް ހަދައިރު މަސަލައަކައް ނުވޭ އިލްމުވެރިންގެ ދަޢުރު ހަމައެކަނި މުހިއްމުވަނީ ވަކިކަމަކައް ނޫން. އިސްލާދީނުގާ ހުންނާނެ ސިޔާސަތުތަކެއް މިއިޕްލިމެންޓުކުރަން މަސައްކަތްކުރުމަކީ ޙާއްސަކޮށް ކޮންމެ ދީނި ޢިލްމްވެރިޔަކައްވެސް ލާޒިމްކަމެއް އަދި ކޮންމެ ފަރުދަކައްވެސް ވާޖިބުކަމެއް އަޅުގަނޑައް ދެރެވަނީ އަދި އެއްޗެހި ބުނެވެނީވެސް މެހެންވެގެން ދީނީ ޢީލްމުވެރިން އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި އަދާލަތު ޕާޓީ ، ސަލަޕް މިކަހަލަކަންކަން ދޫކޮށްލާތީވެ މީގެ ނަތީޖާ މިނުކުންނަނީ މުޖްތަމަޢުތަކުގައި މުސާ އަލައިހިއްސަލާމްގެ ޒަމާނުގައިވެސް ދިމާވިކަންކަން. އެމީހުންވެސް ބުނެ އުޅޭ ފިރުޢައުނުކައިރިން ކާއެތިކޮޅި ލިބެޔޭ، އެގޮތައްމިދަނީ އަޅުވެތިވަމުން" ޝޭޙް އިމްރާން ، ޝޭޙް އިޔާ، ޝޭޙް ސަމީރު ، ޝޭޙް އާދަމް ޝަމީމް، ޝޭޙް އަލީ ޒާހިރު ބިން ސައީދު، ޝޭޙް އިލްޔާސް، ޝޭޙް ޝަމީމް ކޮބާތޯ މިކަމުގަ ތިޔަބޭފޔޅުންގެ ދަޢުރު އަދި ރަޢުޔަކީ ؟
  އަދި ކޮބާތޯ އުމަރި ނަސީރު ކީއްވެގެންތޯ މަޑުން ތިޔަހުންނަވަނީ ؟

  6
  6
 6. ހަލާކު

  ޒަކާތް ނުނަގަ އިންކަމް ޓެކްސް ނަގަނީ. މިއީ ކޮންވައްތަރު މުސްލިމް ގައުމު؟

  26
  1
 7. ޒުހުދާ

  ސަލާމަތެއްނެތްދޯ ހައްދެއް އޮއްނަންވާނެ ކޮންމެކަމެއްކުރާއިރުވެސް ، ދެންބުނާނެ މިއީ ޑިމޮކްރަސީއޭ މެޖޯރިޓީއޭ ކަންބަޅިބަކަރިވެސް މިޔައްވުރެއް ރަންގަޅައް މީހުނައް ކަންކުރާނެ.
  ފައިސާ ޢާމްދަނީ ލިބޭނެ މަގުފަހިނޮކޮށް ފެލަނީދޯ ތިޔަ ތިޔައްކިޔަނީ ޙުދުމުޙުތާރުވެރިކަން އަސްލު

  15
 8. ދީދި

  ޓެކްސް ނަގައިގެން ކޮނކަމެއް ތިކޮށްދެނީ! ޓެކްސް ނުނަގާ މާގިނަ ކަންތަށް ރ މައުމޫން ކޮށްދެއްވި! ޓެކުހުން ޔާމީނު ކޮށްދިން ކަންތަށް މަދެއް ނޫން، ގޮޑީގައި ތިބެ ސޮނިވެއްޓި ސެލްފީނަގަން ޓެކްސް ބޭނުންވޭތަ! ކަންވާމީހުން ބައިސާ ކަޑަމަކުން ނުދުވާނެ! ޙުސް އަގަމުނިމުނި!

  16
 9. މާސްޓަރ

  ޢާއްމު ދިރިއުޅުމަށް 40000ރ މަހަކު ބޭނުންވޭ. އެހެންވީމާ، ޓެކްސް ނަގާ ޢަދަދު މަތިކުރުމަށް ފަހު އިންސައްތަ ބޮޑުކުރަން ފެނޭ. ބޭނުމަކީ މުއްސަދިން އަތުން ޓެކްސް ނެގުން. 40000ރ ލިބޭމީހަކިީ މުއްސައްޖެއްކަމުގައި ބެލޭނެ އެއްވެސް ހަމައެއް މިހާރަކު ނެތް. އެހެނީ ގޭގެ ކުލި 25000ރ، ދަރިންގެ ތަޢުލީމަށް 10000ރ، ކެއިން ބުއިމަށް 10000ރ މާލޭގައި އުޅޭ ޢާއިލާއަކަށް އެއީ އާދައިގެ މިންވަރެއް.

  15
  2
 10. ނަމަ

  =/40ރ ލިބުނަސް، =/10ރ އަތުލެވޭތޯބަލާ ދެން ދޮގު ވައުދު ވަމުން ގޮސް ދައުރު ނިންމާލާ

  16
 11. ޑައެލޯގް

  ތިޔަ ޓެކްސް ގާސިމް، އެމްޑީޕީގެ ކުދިންކޮޅުގެ އަތުން ނުނެގޭނެ ފުޑޭނީ ބާކީތިބިމީހުން 4 އަބިންނަށް ކައިވެނިކޮށްގެން 40000 ރުފިޔާލިބޭމީހާ ޖެހޭނީ މަހަށްދާން އެކަމު 4 އަބިން ދީނުގަ ހުއްދަ

  11
  1
  • މިންޓޭ

   މިތަަނަކަށް ކޮންމެހެން ދީން ވައްދާނެ ކަމެއްނެއް. ކަލޭމެން އުޅޭހާ ވައްތަރަަކަށް އުޅެފަ އެކަމަށް ދީން ވައްދާނެ ކަމެއްނެތް. ސަރުކާރުން ތަަރައްގީ ކޮށްފަ ރަށްރަށު މީހުން ކޮން ހޭބައްޔެއް ވެގެން މާލެ ދަނީ؟ އެއޮތީ އައްޑޫ މާލެ ފެންވަރަށް ތަރައްގީ ކޮށްފަ. ޜީޖަނަލް ހޮސްޕިޓަލެއް އެބަހުރި. މޮޅު ފެންވަރަށް ސުކޫލު އެބަހުރި. ޔުނިވާސިޓިީ އަދި އެހެން ކޯލެޖްތަކު ކޭމްޕަސް އެބަހުރި. ލިންކް ރޯޑު އަޅާފަ އޮތީމަ އޭގެ މަތިން 1000 ގެ ސްޕީޑްގަ ދުއްވައިގެން އެކްސިޑެންޓް ރިކޯޑް އިތުރު ކުރީމަ ނިމުނީ. އެކަަމަކު މާލޭގަ މިހާރުވެސް އެންމެ ގިނައީ އައްޑޫ މީހުން. ތަަރައްގީ ކުރީމަ ދެން ރަށަށް ގޮސް އުޅެބަލަ އައްޑޫ މީހުން.ހދ.ކުޅުދުއްފުށީ މީހުންވެސް އެވަރަށް. ފުވައްމުލަކު މީހުންވެސް. ގދ. ތިނަދޫ މީހުންވެސް މިހުރިހާ ރަށްރަށް ތަަރައްގީ ކުރުމުގެ ބޭނުމެއެ ނެތް އަސްލު. ރަށުގަ ބިމާ، ގޯއްޗާ، ހުރިޙާ އެއްޗެއް ހުއްޓާ ކޮން މޮޔައެއްވެގެންތަ ގޯތި ގެދޮރު ނެތޭކިޔާފަ ފްލެޓް ނުލިބިގެން ތެޅެނީ. ރާއްޖޭ މީހުން ނުނިއްޔަަކާ ގެދޮރު ހުއްޓާ ގެދޮރު ނެތޭ ބޯހިޔާވަހިކަން ނެތޭ ކިޔާފަ މޮޔަވާ ބައެއް ނުދެކެން. ގެޔަށް ބޮޑެތި ކުލި ދައްކާ އެކަަމަކު އެންމެފަހުގެ ފޯން ގަންނަން ގޮސް ކިޔޫގަ ތިބޭނެ 50،000 އަށް އެ ފޯން އަގު ހުއްޓަސް. ދަރަންޏަށްވެސް ނަގާނެ. ފޮނިކަން ދައްކަންވެގެން. 2 ަ އަނބިންނަށްވުރެ ގިނަ އަނބިން ގިނަމީހުން ގެންގުޅެނީވެސް މޮޅުކަން ކާމިޔާބުކަން ދައްކަންވެގެން. މީހާގެ ހެޔޮ އެވަރުގެ ގާބިލުކަމެއް ނެތަސް. ދެން އެހެންވީމަ ކަލޭމޭން އަމިއްލަޔަށް ކުރާ ކަންތައްތަކަކަށް ދީނޭ ދީނޭ ކިޔާނެ ކަމެއް. ދީން އޮންނަާނީ އެއަބަދުވެސް އޮންނަ ގޮތަށް. ޢެއީ އެންމެ ރަނގަޅަށް. މާލެއަށްހުރިހާ އެންމެން އަންނަނީ ދަރިންނަށް ކިޔަވާ ދޭކަށްނޫން. ފަރިދައްކަންް އަންނަނީ. މުއްސަނދިންގެ މުދަލުގައި ހުންނާނެ ފަގީރުމީހާގެ ހައްގެއް. ޢެޔަކީދޭންޖެހޭނެ އެއްޗެއް. ވަޒީފާއެއް ނުއުފެދޭނެ. އެއްޗެހީގެ އަގު ދަށަކަށް ނުދާނެ. އެއީވެސް މިތިބަ މުއްސަދި މަހުޖަނުންގެ ސަބަބުން. ކަމެއްވާއިރަށް ސަރުކާރޭ ސަރުކާރޭ ކިޔާފަ ނުހޭރިބަލަ. ފުރަތަމަ ފަރުދީ ޒންމާ ނަގަން ދަސްކޮށްބަލަ. ބިދޭސީން މިތަނަށް ގެންނަަނީވެސް ކަލޭމެން ދިވެހިން. އެމީހުން ގިނަ ވަޒީފާތައް އަދަަކުރަނީ. ދިވެހިނަށް ކިޔެވިޔަސް ވަޒީފާ ނުލިބިފަ ތިބޭނީ. ދެން ބުނަމާ އެމީހުން ގެންނަނީ ކީއްކުރަން ހެއްްޔޭ.؟ ޢެއީވެސްހަމަދިވެހިންގެ ސަަބަަބުން..ދެރަ ހަޑި މަސައްކަތެއް ކުރަން ކެރެނީކީއެއް ނޫން. ގަޑިޔަކަށް ދަނީކީ އެއް ނުން.އެއްދުވަހު ގޮއްސިއްޔަ އަނެއްހަދުވަހު ނުދޭ.ދެން މިތިބަކޮންމެޕެނީތައް. ދިވހިންނަކަށް ނުދޭނެ އުޅޭނެ ތަނާ ކޮއްތެއް. ޢެކަމަކުދިވެހިހން މާލޭގަ އުޅެނީ ހަމަ ކުއްޔަށް. ދެން މާލޭގައި ގެދޮރު ކުއްޔަށް ދީގެން އުޅޭ މީހުން.. ގެހަދަން ނަގާ ލޯނު އެންމެ ގިނަވެގެންވެސް 1 އަހަރުތެރޭގައ ހުންނާނީ ދައްކާނިމިފަ.އެވަރަށް ލާރި ލިބޭނެ ބޯކޮށް. މޮޔަހައްދާ އެހެން މީހުން. ޢެހެންވީމާ، ރާއްޖޭގައި ވަޒީފާ އިތުރުވެފަ، ގިނަވަޒީފާތައް އަދާ ކުރާމީހުނަށް ދިވެހިންވެފަ، އެއްޗެހީގެ އަގުދަށަށް ދާނީ މި 3 ކަންތައް ކުރީމަ:
   1. މާލޭގައި ގެދޮރު ކުއްޔަށް ދީގެން އުޅޭމީހުން ، ހަަމަ އެމީހުން ކަހަަލަ ރައްޔިތުން ނުފެލާ ކުލިވަގުތުން ތިރުކުުރުން. ރީއްޗަށް ބުނެގެން ނުކުރަންޏާ ގަަވައިދު ހަދާ ހަރުކަށި ފޔަވަޅު އެޅުން.
   2. ވަޒީފާ ބޭނުންވެފަ ތިބި ހުރިހާ ދިވެހިން އެއްތަނަކަށް އެއްވެފަ ބުނަންވީ ތިމަންނަމެން މިތިބީ "ކޮންމެ މަސައްކަތެއްވެސް ކުރަން ތައްޔާރަށޭ.ކިތަންމެ ހަޑި ކަަމަކަށްވިޔަސް ދެރަމަސައްކަތަަކަށް ވިޔަސްމެއެވެ. ބަރާބަރަށް ވަޒީފާއަދާކުރާނެކަމުގެ ޔަގީންކަންދެެމެވެ. އުޅޭނެތަނާއި ކޮއްތޮ ދޭށެވެ. ޢަދި އަހަރުމެން ޓްރެއިން ކުރާށެވެ. ދެން ހުރިހާ ބޭރު މީހުން ފޮނުވާލާށެވެ. ދެން ވިޔަފާރިވެރިން ހުރިހާ ބޭރު މީހުން ފޮނުވާލުން.
   3. ސަރުކާރުން ފުރަތަމަ، ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށް މާލެއަށްވުރެ މަތީފެންވަރަށް ތަރަށްގީކޮށްފައި، އެ އަތޮޅެެއްގެ ބަޔަކު އެ އަތޮޅަކަށް ފޮނުވުން. ޢޭގެ ފަހުން ކުދި އާބާދީ ހިމެނޭ ރަށްތަކުގެ ރައްޔިތުން އަތޮޅުގެ އެންމެ ޖާގަ ތަނަވަސް ރަށަކަށް ބަދަލުކޮށް ވަކިވަކި ރަށްތައް ތަރައްގީ ކުރުން.
   4. ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނިއްޔާ މާލެ ނައުމަށް ގަވާއިދެއްކަނޑައެޅުން އަދި އަަމަލު ނުކުރާމީހުނަށް އެކަށީގެންވާ އަދަބެއް ދިނުން. ޢަދި މާލެއަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ މީހުން އަދި ފްލެޓް ލިބިފައިވާ މީހުން ރަށުގައިވާ ގޯތި ދޫކޮއްލުން.

   ޢެެހެންވީމާ ފުރަތަަމަ ފަރުދީ ޒިންމާ ނަގާ.ކަލޭމެން ބޭނުންވަނީ ކަލޭމެން އުޅޭނެ ވައްތަރަކަށް އުޅެޢުޅެ ތިބެން. ސަރުކާރުން ކަންކަން ރަނގަޅު ކުރަން. ނުވާނެ ތިކަމެއް. ކަންނެއް މީހުނޭ...!
   ތިޔަށް ވާނީ އެއްކޮޅުން ވެމްކޯ މީހުން މަގުމަތި ސާފުކޮށްކޮށް ތިބެ އަނެއްކޮޅުން މީހުން ކުނިއެޅުން. މާލެ މަގުމަތި ދުވަަހަކުވެސް ސާފެއް ނުވާނެ. އެހެންވީމާ ފުަރަތަމަ އަމިއްލަ ފަރުދީ ޒިންމާނަގާބަލަ. އޭގެ ފަހުން ސަރުކާރޭ ކިޔާނީ. .
   މުއްސަނދި މީހުން މުއްސަނދިވަނީ، ފަގީރު މީހުން ފަގީރުވަނީ.
   ޕްރޮގިރެސިވް އިންކަމް ޓެކްސް ގާނޫނަށް %100 ތާޢީދު.ޢެކަމަކު ވަކި މީހެއް ބެލުމެއްނެތި ހުރިހާ އެންމެން އަތުންނެގެންޖެހޭނެ. ޖާބިރު އަތުންވެސް، ގާސިމް އަތުންވެސް،، އަންނި އަތުންވެސް. 3،4 މަގާމު އެކަކު އަދާކުރާ މީހުންވެސް އެބައުޅޭ. ޢެމީހުން ހުރިހާ މަގަާމަކުން ކަނޑާަ، ކަނޑާ ދެންވެސް، ހުރިހާ ތަނަކުން ޖެހޭ މުސާރައިގެ ޖުމްލައަށް ބަލާފަ ނަގަންވާނީ ޓެކެސް. ޢޭރުން އޯންނާނި ރަނގަޅަށް.

   • މީރާ

    އަމަައްޔާއި ތިވަރުނުވިޔަސް ވެދާނެ ކަންނޭނގެ

 12. ެއަލިފު

  ގެދޮރުގެ ކުލި އަނެއްކާވެސް އުފުލޭނެ އިންފްލޭޝަން މައްޗަށް ދާނެ ތެކެތީގެ އަގު އުފުލި އިގްތީސާދަށް ނޭދެވޭ އަސަރު ކުރާނެ ބޭންކުގައިފައިސާ ބެހެއްޓުމުގެ ބަދަލުގައި ތިޖޫރީގައި ފައިސާ ރައްކާ ކުރާނެ މިހިރަކަންތަކުން ދައުރުވާ ފައިސާ މަދުވެ އިގްތިސާދީ ކާރިސާ އަކާއި ކުރިމަތިލާންޖެހިދާނެ މިހާރުވެސް ވިޔަފާރި ދައްވެ ހާލަތުދަނީ ދައްވަމުން.....ރަނގަޅު އިގްތިސާދީ އެޖެންޑާ އެއް ނެތުން މައްސަލަ އަކީ މިިނިސްޓަރުން ތަގުރީރު ކުރުމުގެ ގޮތުން ކުރާ ދަތުރު ތަކުގެ ސަބަބުން ހިންގުމުގެ ޚަރަދު ދަނީ ބޮޑުވަމުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވެސް އަބަދު މިހާރު މާލެ ދަތުރު ކުރަނީ ...އަހަރުގެ މިހާ ހިސާބަށް އަންނަ އިރު ފިނޭންސުން ޚަރަދު ކުޑަކުރަން ކުރާ މަސައްކަތެއް ނުފެނޭ .... އަހަރު ނިމޭއިރު ދަރަނި ވަރަށް ބޮޑުވާނެ.... ގެދޮރު ކުއްޔަށް ދިނުމަށް އެގްރީމެންޓްގައި ބުނާ ވަރެއް ނޫން ދެން ދައްކަންޖެހޭނީ އެއީ ޓެކްސަށް މަކަރު ހެދުން އިތުރުވާނެ....

 13. ޖަނބެ

  ކަލޯގަޔާ ކަލޭމެންތިޔަބުނާ ޙުދުމުޙުތާޜު ޖައްބާރު މަޢުމޫންގެ 30 އަހަރު ކަލޭމެން ތިޔަބުނާ އަނިޔާވެރި ޔާމީނުގެ 5 އަހަރު ތިޔަވަރަކައް މީހުންއަތަކުން ނުފެލާ އެކަމަކު ކަންކުރި މިދިޔަ 5 އަހަރު ކުރިވަރައްްގާތައްވެސް ވިސްނުމެއްވެސްނެތް ފައިސާނެތިގެން ރައްޔިތުންއަތުން މިފެލާފަ ގެދޮރުއަޅާފަ އަދި އެއައް ލޯނުދައްކާފަ މިއީޖަނަވާރުންތޯ ނޫނީ އިންސާނުންތޯ ތިޔަފަދަ ގޮތަކައް ދެމީހަކު އެއްވެލާފަ ކަންކުރަން... ކޮބާމަޖުލީހުގަ ތިބި މީހުންކަލޭމެން އަހަރެމެންގެ ދިރިހުރި ފުރާނެވެސް މިހެންގޮސްނަގާނެ. ތިޔަ އެމް.ޑީ.ޕީޔައް ވޯޓްދެވުނީތީ ހިތާމަކުރަން ދެންދުހަކުވެސް ތިޔަޕާޓީގެ އެކަކައްވެސް ވޯޓް ނުލިބޭ އުމުރައްސަލާމް..

 14. ޢާސީ

  ކޮންގޭކުއްޔެއް ތިޔަ ކެއްޔައް އުޅޭމީހުންއަތުގަ މާލާރިއޮވޭ ދޮގުނަހަދާ ރަށުގެ ގެ ގެސްޓް ހައުސް މާލޭން ފުލެޓް 2 ފިހާރަ އެއްޕިކަޕް..ނޫނީމާލޭގަ ތިތަކުލިދީގެން ނޫޅޭނެ ރަށުންކޮންކަމެއްނުވަނީ ކީއްކުރަން ކުއްޔައްއުޅެން އަންނަނީ ރަށުގަ އުޅޭނަމަ..މާތަނަވަސްވީހެއްނޫން ތިޔައީ ހުސް ހޮޅިވާކަ..

 15. ހެޔޮނުވާނެ

  ބަލަ މިކަމެއް ނުވާނެ . ކިހިނެއްތަ މިކަން ނުރާނީ . ހުރިހާ މުއްސަދިން . މާލޭ ގެ ގެދޮރު ކުއްޔަށް ދޫކުރާ މީހުން ސަރުކާރު ގެ ބޮލަށްއަރާނެ . ގައުމުގަ މިއަދާ ހަމައަށް މި ޓެކުސް ނުނެގި މި އޮތީ ގައުމުގަ ފައިސާ ވެރިންގެ ނުފޫޒު ގަދަކަމުން . މި ވެސް ނިކަމެތިންގެ އަތުން ނަގާ އެއްޗެއްނަމަ ނިކަން ފަސޭހައިން މި މަޖިލިހުންވެސް ފާސްކުރާން. މިހާރު ވެއް ޕެންޝަން ފަންޑޭކިޔާފަ ނަގާ ލާރިން ކޮންފައިގާދެއްތަ ވަނީ. އެކަމުގެ ވެސް ހުރިހާ ފައިދާއެއް މިވަނީ ގައުމުގެ މުއްސަދިންނަށް .