މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތައް މިހާރު ދަނީ ބޮޑުތަނުން އިތުރު ކުރެވެމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކަނޑުބޯޓަކުން ހޮނިހިރު ދުވަހުގެ ރޭ އަތުލައިގަތް 150 ކިލޯ މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅޭ ބައެއް މައުލޫމާތު ހިއްސާ ކުރަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓްވީޓް ރީޓްވީޓް ކުރައްވާ މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ފަސޭހަވާނީ ހުރިހާ މުވައްސަސާތައް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

އެ އޮޕަރޭޝަން ކާމިޔާބުކޮށްފައި ވަނީ،ފުލުހުންނާއި، ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ދެ މުވައްސަސާ ގުޅިގެން ހިންގި އެ އޮޕަރޭޝަންއަކީ އިންޑިއާ އަސްކަރިއްޔާ އިން ދިން މައުލޫމާތުތަކަކަށް ބިނާކޮށް ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި އަތުލައިގަތް ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި އެބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި ދޯންޏެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަނޑުބޯޓާއި، ދޯނި އަދި އޭގައި ތިބި މީހުން މިހާރު ވަނީ ދޫނިދޫ އަށް ގެނެސްފައެވެ.

އަތުލާގަތް އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    އެއީތެދެއް ހަމައެކަނި ވިއްކަން ނުނިކުންނަކަން.

    16
  2. Anonymous

    ލާދީނީ މީހުންގެ ހަރަކާތްތަށް ވެސް ދަނީ ބޮޑުތަނުން އިތުރުވަމުން ، ކަލޭ ފިނޑިކަމުން އެކަމަށް ފިޔަވަޅެއް އަޅަން ނުކެރޭތި.

    25
  3. ހުސޭނުބޭ

    ވަޒީރުކަމެއް ދުލެއްނުކުރާނަން! މަ ވަރަށް ވަޒީރުކަން ބޭނުން! ދީނަށް ފުރައްސާރަކުރިޔަސް ހަޖޫޖެޔިޔަސް މަށަކަށް ވަޒީރުކަން ދޫކޮށްލެވޭކަށް ނެތް!

    14
  4. ޖ

    ކޮބާހޭވެފަ މާލޭމަގުމަތީގަ ތިބެނީ މިހާރު ނިދިގެން ވެއްޓިފަ ބިއްޖެހިފަ ތިބޭމީހުން ވަރައް ހައްލުވެއްޖެއެއްނޫން

    13
  5. ރަޝީދު

    އިމްރާނު ކަލޭ ދޮގުނަހަދާ ހުރޭ..

  6. ރަފީގު

    ރާއްޖޭގައި އެންމެ ބަރާބަރައް ހޯމް މިނިސްޓަރުކަން ކުރެއްވީ އުމަރުނަސީރު. ޔާމީނު ހުރަސް ނޭޅިނަމަ މަރުގެ ހުކުންވެސް އޭނާ ތަންފީޒުކުރާނެ. މިހާރު މިހިރަ ޝޭހު ކަލޭގެޔައް މަރުގެ ހުކުމްވެސް އަދި ޒިނޭގެ ހުކުމްވެސް ރަލުގެ ހުކުމްވެސް ތަންފީޒުކޮއްލާކައް ނުކެރޭނެ.