ހުޅުމާލޭ އިމާރާތެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތެކެތި ހޯދާފައިވަނީ ހުޅުމާލޭގައި ހުރި އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ތަނެއްގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އަދި ސްޕޭޝަލް އޮޕެރޭޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ރޭ މެންދަމު 1:25 އެހާކަންހާއިރު ހިންގި މި އޮޕަރޭޝަންގައި، އެތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ހަތަރު ކޮތަޅާއި، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ހަތް ފުޅިއާއި 11 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި މި މައްސަލަ އެފަރާތުން އަންނަނީ އިތުރުަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަލް

    މިތިކެތީގެ މައި ފަރާތް ފުލުހުން ހޯދާބާ؟؟؟؟؟؟؟