ގެއްލިގެން ހޯދަމުންދިޔަ ގއ ގެމަނަފުށީ މީހާ ފެނިއްޖެއެވެ.

އެ މީހާ ގެއްލިގެން މީގެ ގަޑިއެއްހާ މީޑިއާގެ ސަމާލުކަން ގެނައީ އޭނާގެ ދަރިފުޅު އަބްދުﷲ އައްބާދުއެވެ.

އޭނާ މީސް މީޑިއާގައި ބުނެފައިވަނީ އޭނާގެ ބައްޕަ މިއަދު ހެނދުނު ބާޒާރަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުންދާ ކަމަށެވެ.

އައްބާދު ވަނީ އޭނާގެ ބައްޕައާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 9762141 ނުވަތަ 7751810 ނުވަތަ 7750989 ނަންބަރު ފޯނާއި ގުޅައި މައުލޫމާތު ހިއްސާ ކުރުއްވުމަށް އެދިފައެވެ.

އޭނާ މީގެ އިރުކޮޅެއް ކުރިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ބައްޕަ މިހާރު ފެނިއްޖެ ކަމަށެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ އެހީތެރިވެ ދެއްވި އެންމެ ބޭފުޅުންނަށް". އޭނާގެ ޕޯސްޓުގައި ވެއެވެ.

މިކަން އޭނާ ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު