ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތައް ހުއްޓާ ސަރަހައްދު ބަދަލުކޮށްފިއެވެ. މިފަހަރު ޓެކްސީ ހުއްޓާ ސަރަހައްދު ގާއިމްކޮށްފައި ވަނީ ދެ ޓާމިނަލް އާވެސް ގާތުންނެވެ.

މީގެ ކުރިން އެއާޕޯޓަށްދާ ޓެކްސީތައް މަޑުކުރާ ސަރަހައްދާއި، ޓާމިނަލްއާއި ފުދޭވަރަކަށް ދުރެވެ. އެ ތަނުން ހިނގާފައި ޑޮމެސްޓިކް ޓާމިނަލް އަށް ދާން ދުރުކަމުން، ގިނަބަޔަކު އެކަމުގެ ޝަކުވާ ކުރެއެވެ.

އެއާޕޯޓު ހިންހާ އެމްއޭސީއެލް އިން ބުނީ މިރޭގެ 23:59 އިން ފެށިގެން އެއާޕޯޓަށް ޓެކްސީގައި ދާ ފަސިންޖަރުން ބާލާ ސަރަހައްދެއްގެ ގޮތުގައި އެއާޕޯޓު އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީ ސަރަހައްދު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ޕިކް އަޕް ޕޮއިންޓެއްގެ ގޮތުގައި ފެރީތައް ލަފާ ސަރަހައްދު ހަމަޖައްސާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، އެއާޕޯޓު ޓްރެފިކަށް ގެނައި ބަދަލާއެކު ޓްރެފިކް ފުލުހުން ގައިޑުކޮށްދޭން ތިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މަރުޙަބާ! ތި ނިންމެވީ ވަރަށް ބޮޑި މަޝްރޫޢެއް! ދެން ތި މަޝްރޫޢަށް ވާ 50 މިލިއަން ރުފިޔާ ގަދަޔަށް ފަރިއްކުޅުވާ!

    35
    2
  2. ޢަލީ

    ޗާރޓް އިން ދައްކާގޮތުންވިއްޔާ ކުރިޔަށް ވުރެން ދުރުވީ ޕިކްއަަޕް ކުރާތަން. ދެން ޑްރޮޕް އޮފް އެއިނީ ހަމަ ކުރިން އިންނަތާނގަ. ސޯ ވ ފައްކާދޯ.

    14