ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މިސްކިތް ކަމަށްވާ މާލެ ހުކުރު މިސްކިތުގެ ތަނބު ތަކުގައި އާއި ބެރި ތަކުގައި ކަތުރު ފަނި އަޅައިގެން ތަހުލީލުތައް ހަދައި ބޭސް ކުރަން ފަށައިފިއެވެ.

މާލެ ހުކުރު މިސްކިތް ބަންދުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ކުއްލި މަރާމާތެއް ކުރަންވެގެންނެވެ. އެގޮތުން މިހާރު ކުރަމުންދާ ދިރާސާތަކަށް ބަލާއިރު ވަކަރު ތަނބު ތަކުގަޔާ ބެރި ތަކުގައި ކަތުރުފަނި އަޅާފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ކަތުރުފަނި އަޅައިގެން ހުކުރު މިސްކިތް ތަހުލީލު ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ނޫސްވެރިންނަށް މިސްކިތުގެ މިހާރު ހާލަތު ދައްކަމުން ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރާ މަރުކަޒުގެ އެސިސްޓެންޓް ރިސާޗް އޮފިސާ އިސްމާއިލް އަޝްރަފް ވިދާޅުވީ، ތަހުލީލު ކުރި ކުރުމުން ކަތުރުފަނި ފުރަތަމަ ފެނިފައިވަނީ މިސްކިތުގެ ބެރިން ކަމަށެވެ. އަދި ބެރި ބަލައި ފާސްކުރި އިރު ބެރީގެ އެތެރެ އެއްކޮށް ހަލާކުވެފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ. މިސްކިތުގެ ލަކުނޑިތަނބުތަކަށް ދިމާވެފައިވާ މައްސަލަ ބެލުމަށް މިހާރު ވަނީ ތަނބު ކައިރިން ބިންމަތި ކޮނެފައެވެ.

"ޓްރީޓްމަންޓް ފުރަތަމަ ދޭން ފެއްޓި ބެރިއަށް. އެ ބެރިއާއި ހިސާބުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ވަރަށް ބޮޑަށް ބެރީގެ އެތެރެ އެކޮޅުން އަނެއްކޮޅަށް އެއްކޮށް ހަލާކުވެފައިވާ ކަން އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ މުޅި މިސްކިތް އެއްކޮށް ތަހުލީލުކޮށް މުޅި މިސްކިތުގެ ހުރިހާ ހިސާބެއް ބަލަން" އަޝްރަފް ވިދާޅުވިއެވެ.

ކަތުރުފަނި އަޅައިގެން ހުކުރު މިސްކިތް ތަހުލީލު ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މީގެ އިތުރުންވެސް މިސްކިތުގައި މަތި ވަޑާންގަނޑުން މީގެ ކުރިންވެސް ކަތުރުފަނި ފެނިފައިވާ ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ. އަދި ކަތުރުފަނި ވަންނަނީ ކޮންތަނަކުންތޯ ބަލަން މިސްކިތުގައި އަޅާފައިވާ ކާޕެޓް މިހާރު ވަނީ ނަގާފައެވެ. މިސްކިތުގައި ކާޕެޓް އަޅާފައި ހުންނަނީ މަތިން ލަކުނޑި ފިލާގަނޑުތައް ޖަހާފައެވެ. ހުކުރު މިސްކިތުގައި އަޅާފައިވާ ކާޕެޓް އަކީ ހުރިހާ މިސްކިތުގައިވެސް އަޅާފައިވާ ކާޕެޓް ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ މިކަހަލަ މިސްކިތްތަކުގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ކާޕެޓެއް ނޫންކަންވެސް އަޝްރަފް ފާހަގަކުރެއްވިއެވެ.

ކަތުރުފަނި އަޅައިގެން ހުކުރު މިސްކިތް ތަހުލީލު ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިސްކިތް އަލުން މަރާމާތުކޮށް ހުޅުވޭނެ ދުވަހެއް ސީދާ ބުނާކަށް ނޭނގޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި މިހާރު ހުރިހާ ކަމަށް ޓްރީޓްމަންޓް ދެމުން އަންނަ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކަތުރުފަނި އަޅައިގެން ހުކުރު މިސްކިތް ތަހުލީލު ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މާލޭ ހުކުރު މިސްކިތް ފުރަތަމަ ބިނާކުރެވުނީ، 1153މ. ވަނަ އަހަރު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައްސުލްޠާން މުޙައްމަދު އިބްނި ޢަބްދި ދަރުމަވަންތަ ރަސްގެފާނުގެ އަމުރުފުޅަށެވެ. 1338މ. ގައި މި މިސްކިތް އަލުން ޢިމާރާތްކުރެއްވީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީނެވެ. މި މިސްކިތް މިހާރު ހުރި ގޮތަށް 1657މ. ގައި އަލުން އިމާރާތްކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އެވެ. މި މިސްކިތަކީ، ލަކުޑީގެ މޮޅު ވަޑާމާއި ލިޔެލާޖެހުމާއި ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީ ގޮތުން ރާއްޖޭގައި ހުރި އެންމެ މުހިންމު މިސްކިތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. zayaan

    laadheenee sarukaarah govaa laadheenee koh sarukaaru aima e nan mathy alhuvaa dhen emmen vegen…. varah molhehnu ekanthah kuran….

    1
    1
  2. ޖާބިރު

    ކަތުރުފަނި އެންމެ ބޮޑަށް އަޅާފައި އޮތީ ސަރުކާރުގަ އާއި ސަރުކާރުގެ ޕާޓީ އާއި ބޮޑުންގެ ހިތްތަކުގައި.

    22
    3