މީގެ ކުރިން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ކުރިން ރައްޓެހިވި އަންހެން ކުއްޖާ އާއި ކިޔަވައިދިން ޓީޗަރުން ބޭޒާރުކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ބުނަމުން އަންނާތީ "ޒުވާން މަސްވެރިޔާ"ގެ ނަމުން ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ ހަސަން ޝާޖިން އެކަން ދޮގުކޮށްފިއެވެ.

"ވަގުތު" އަށް ޝާޖިން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސުކޫލު ދައުރުގައި ކިޔަވައިދިން ޓީޗަރުންނާއި މީގެ ކުރިން ރައްޓެހިވި އަންހެން ކުއްޖާ މަސްވެރިކަމާ މެދު ދައްކައިފައިވާ ވާހަކަތައް ނޫހަކަށް ހިއްސާކުރީ އެއްވެސް ހާލަތެއްގައި އެމީހުން ބަދުނާމް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެެވެ. ޝާޖިން ބުނި ގޮތުގައި މަސްވެރިންނަށް އެކި ކަހަލަ މަލާމާތްތަކާ ކުރިމަތިލާން ޖެހުމަކީ އޭނާއާ އަލަށް ދިމާވި ކަމެއް ނޫން ކަމަށާއި އޭނާ ދަންނަ އެތައް ރައްޓެހި މަސްވެރިންނެއްގެ ފަރާތުން އެމީހުންނާ އެފަދަ ކަންކަން ދިމާވަމުން އަންނަކަން ހިއްސާކުރާކަމަށެވެ.

ޝާޖިން ބުނި ގޮތުގައި އޭނާގެ ބައްޕަ ދިރިއުޅުމަށް ކުރި މަސައްކަތަކީ މަސްވެރިކަމެވެ. ހަދާން ހުންނަ އިރުން ފެށިގެން ސުކޫލުގައި ތައުލީމް ހާސިލް ކުރަމުން އައި އިރު އޭނާ އަށް ކިޔަވައިދިން މުދައްރިސުންގެ ފަރާތުން "ކަލޭ ފިލާވަޅު ނުހަދަންޏާ ދާން ޖެހޭނީ މަހަށޭ" ނުވަތަ "ނުކިޔަވަންޏާ ދާން ޖެހޭނީ މަަހަށޭ" ބުނެ މަސްވެރިކަން ދެރަކޮށްލާ އަޑު އިވެމުން ދިޔަކަމަށް އޭނާ ބުންޏެވެ. އަދި އެމީހުންގެ ބަސަތަކުން އޭނާ އަށް ވިސްނުނީ އޭނާގެ ބައްޕަ ކުރަމުން އައި މަސައްކަތަށް ބަޔަކު މަލާމަތް ކުރާކަން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކުޑައިރުން ފެށިގެން ނުކިޔަވާ އުޅެން ފެށީމަ ޓީޗަރުން ބުނާނެ ނުކިޔަވަންޏާ ދާން ޖަހޭނީ މަހަށޭ. ނޫނީ ފިލާވަޅު ނުހަދަންޏާ ދާންޖެހޭނީ މަހަށޭ. އަހަރެންނަށް ފެނުނީ ބައްޕަ ކުރަމުން އައި ބުރަ މަސައްކަތަށް ބަޔަކު މަލާމަތް ކުރާތަން" ޝާޖިން ކިޔައިދިނެވެ.

ޝާޖިން ބުނިގޮތުގައި މިގެ ކުރިން އޭނާ ރައްޓެހިވި އަންހެން ކުއްޖާއަށްވެސް އޭނާ ބަލައިގަތުމަށް އުނދަގޫވީ މަސްވެރިޔަަކަށް ވީމައެވެ. އޭނާ ވެސް ގަބޫލުކުރާ ގޮތުގައި މަސްވެރިކަމަކީ ވަރަށް ދަށު ދަރައިޖައިގެ ކަމެއް ކަމަށް ޝާޖިން ކިޔައިދިނެވެ. އަދި މަސްވެރިކަން ނޫން އެހެން މަސައްކަތެއް ކުރުމަށް ތަކުރާރުކޮށް އޭނާ ބުނި ކަމަށާއި އެހެން ނަމަވެސް އެމީހުން މަސްވެރިކަމާ މެދު ދެކޭ ގޮތް ބަދަލު ކޮށްލުމަށްވެސް އޭނާ ބޭނުންވީ މަސްވެރިއެއްގެ ގޮތުގައި ދެމިހުރުމަށް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކުރިން ރައްޓެހިވި މަންޖެ ވެސް އަހަރެން ކައިރީގަ ބުނި މަސްވެރިކަން ދޫކޮށްލާށޭ. މަސްވެރިކަން ކަޑައޭ ރިސޯޓަކަށް ވަންނާށޭ. އެކަމު އަހަރެން ބޭނުމެއް ނުވި ބައްޕަ ކުރި މަސައްކަތް ދޫކޮށްލާކަށް. އަހަރެން ބޭނުންވީ އެމީހުން ދައްކަމުން ދިޔައީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަން ސާބިތުކޮށްދޭން. އަހަރެން ދެކޭގޮތުގައި މަސްވެރިޔަކާ ރައްޓެހިވާއިރުވެސް އެނގެން ޖެހޭނެ އަންޑަސްޓޭންޑު ވާން ޖެހޭނެ މި ހުރިހާ ކަމެއް" އޭނާ ބުންޏެވެ.

ޝާޖިން ބުނިގޮތުގައި މަސްވެރިކަމަކީ އޭނާ ދެކޭގޮތުގައި ކުރެވޭނެ އެންމެ ހަލާލު މަސައްކަތެވެ. މީހެއްގެ ނުހައްގު ލާރިތަކެއް ކެއުމުގެ ބަދަލުގައި އަމިއްލަ ގައިން ދާ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާއަށްވުރެ ހަލާލު ފައިސާއެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް މިހާތަނަށް އެކި ފަހަރުމަތިން މަސްވެރިޔަކަށްވުމުން މަލާމަތް ކޮށްފައިވާ އެންމެން ދައްކާފައިވަނީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަން ސާބިދުކޮށްދޭން ބޭނުންވާަކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން މީޑިއާތަކަށް އޭނާ ދީފައިވާ އިންޓަވިއުތަކުގައި ދައްކައިފައިވާނީ ހަމައެކަނި ހަގީގަތުގެ ވާހަކަ ކަމަށާއި އެ ވާހަކަތަކަކީ އެއްވެސް ހާލަތެއްގައި ބަޔަކު ފަލީހަތް ކުރުމަށް ދެއްކި ވާހަތަކަތަކެއް ނޫން ކަމަށް އޭނާ ބުންނެވެ. އަދި އޭނާ ނޫސްތަކަށް ދީފައިވާ އިންޓަވިއު ތަކަކީ ބަޔަކަށް ފާޑު ކިއުމަށް ނުވަތަ ފަޟީހަތް ކުރުމަށް ކަމަށްބުނެ އޭނާ އަށް ލިބެމުންދާ މެސެޖުތަކާއި ފޯންކޯލްތަކާއި ހިތާމަކުރާ ކަމަށް ޝާޖިން ބުންޏެވެ. އޭނާ ބުނީ މިހާތަނަށް އެއްވެސް ތަނެއްގައި ކުރިން ރައްޓހިވި ކުއްޖާގެ ނަން ނުވަތަ އެއްވެސް ޓީޗަރެއްގެ ނަންވެސް ހާމަކޮށްފައި ނުވާކަމަށެވެ. އަދި އޭނާ ރައްޓެހިވީ ކާކާ ކަމެއް އޭނާގެ ރައްޓެހިންނަކަށް ނުވަތަ ރަށުގެ އެއްވެސް މީހަށް ހިއްސާކޮށްފައި ނުވާނޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ މަސްވެރިކަމުން އޭނާ ބޭނުން ކުރުމަށް ރަނގަޅު އާމްދަނީއެއް ލިބެމުންދާކަމަށާއި، އަދި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އަަބަދުވެސް ދެމި ހުންނާނެ ކަމަށެވެ. އަދި މަސްވެރިކަމަކީ ދަށުދަރަޖައިގެ މަސައްކަތެއް ކަމަށް ދެކި އެމަސައްކަތުގައި ރެޔާއި ދުވާލު ހީވާގި ކަމާއެކު އުޅެމުންދާ ފަރާތްތަކާ ދިމާއަށް މަލާމަތްކޮށް ދެރަބަސް ނުބުނުމަށް އޭނާ ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ލޮލް

    ބޭޒާރު ކުރަން ވީ ހަމަ

    164
    10
  2. އަލީ

    ވަރަށް ބަރާބަރު. ހިތްވަރު ގަދަ ކެރޭ ދަރިއެއް.

    272
    2
  3. ޒުވާނާ

    ތިޔަ އެންމެ ރީތިމަސައްކަތް އަދި ހުރިހާ ޅަފުރައިގެ ޒުވާނުން މަސްވެރިކަމަށް ނުކުމެ އެ މަސައްކަތް ކުރަންވީ ހަރުމީހުންނާއި މުސްކުޅިން އެމަސައްކަތުން އެއްފަރާތަށް އުމުރުގެ ގޮތުން ގައިގެ ބާރު ދަށްވީމާ ދާންޖެހޭ ކަން ދަނެގެން އަދު އެމީހުންގެ ފަރާތުން މަސްވެރިކަމުގެ މަސައްކަތް ދަސްކުރަމާ ބަހީ ހުރިހާ ޒުވާނުން. ސާބަސް ޝާޖިން އަށް އަދި މަރުހަބާ ކުރިއަށް ވަޑައިގަންނަވާ. ތިޔަ ފަދަ ޒުވާނުންނަށް އޮތީ ކުރިމަގު އުޖާލާކޮށް. ރީތިކޮށް ފައްކާވެފައި.

    224
    2
    • އަޅުގަނޑު

      އިންޝާﷲ

  4. ޢަލިއާ

    ބަޔަކު ރުޅި އަޔަސް ހަމަ ތެދެއްތިބުނީ.. މަ ބުރޯއަށް ތާއީދު،

    264
    3
  5. ކެޔޮޅު

    ސާބަހޭ ދަރިޔާ... ތީ ދަރިންނަކީ... ﷲ ތިބާއަށް ހެޔޮ ރަޙުމަތް ލައްވާށި...

    297
    1
  6. ޚކ

    ތިޔައީ ހިތްވަރުގަދަ ދިވެއްސެއް ފަހުރުވެރިވަން،

    236
  7. ޜަދީފް ހުސެން

    ކަން ހިނގި ގޮތް ކިޔާދިނުމަކީ ބޭޒާރު ކުރުންކަމުގަވެ އެކަން ބޮޑުވާބަޔަކު، ކަން ހިނގިގޮތް އޮޅުވާލުމަކީ ވެސް ކަންބޮޑުވާން ޖެހޭކަމެއް. ކުއްޅަވައްފަލު ރަނިން، ކަނޑިކި މަތިން ހަނދާންނެތުން، ފެން އޮތްތާކައް މަސްދުވުން، ލާރިޔައް ޖިސްމު ވިއްކާލުން. މީ މިގައުމުގަ ވެސް އަދި އެހެން ގައުމުތަކުގަވެސް ހިންގާކަންތައް. އެސޮރު މަސްވެރި އަކައްވީމަ ކުރިން ފޫހިވެފަ އައްޗި ވިޔަސް ހަލާގޮތުގަ ހޯދާލާރި އައްޗިއެއްވެސް ނޫން ހަޑިއެއްވެސްނޫން ދެދުނިޔޭގެ އަރާމާ އުފާ މާބޮޑު. އަނެއްކޮޅުން މުއްސަދިންގެ ދަރިންނާ ދޭތެރޭ ޓީޗަރުން ތަފާތު ކުރޭ، މީ ހަމަ ހިނގާކަމެއް.

    227
    1
  8. ނަގޫރޯޅި

    މި އަދު މަސްވެރިކަމީ ރާއްޖޭގެ އިގްތިސޯދު މައިތަނބެއްކަމަށް ބުނުމަކީ މުޅިން ރަނގަޅުވާހަކައެއް ނޫން. މިއަދު ދައުލަތު ބަޖެޓުގަ އެތަން ފޫބައްދަނީ މަގުމަތީގަ ހުންނަ ވެހިކަލް ތަކުގަ ސްޓިކާޖެހިގެން ލިބޭލާރިން.

    116
    10
  9. ކަޅުބުޅާ

    މަސްވެރިއެއް ދަނޑުވެރިއެއް އޮފީހެއްގެވެރިއެއް ތަފާތެއްނެތެންނު ??

    153
  10. ދިވެހި ދަރިއެއް

    ގަދަ ތިއީ ދިވެހި ދަރިއެއް) މަހަކީ ކެއުމޭ މަހަކީ ބުއިމޭ)

    163
  11. އިންސި

    މީހުން ދައްކާ ވާހަކަ އަޅާނުލާ ޝާޖިން. ތިމާ ބޭނުންވާ ކަމެއް ކުރަންވާނީ

    148
    • ފައިރޫޒު

      ދައްކާ ވާހަކައިން ރަނގަޅު މާނަ ނަގަންވެސް އެނގެން ޖެހޭނެ. ގިޮނަފަހަރަށް މުދައްރިސުންނާ މައިންބަފައިން އެހެން ބުނަނީ ނުކިޔެވުމުގެ ސަބަބުން. އެކަމަށް މަސައްކަތް ކުރުވުމުގެ ބާރުގައި. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މަސްވެރިކަމާއި ދަނޑުވެރިކަމާއި ރާނާ ވަޑާން ކުރުން ފަދަ މަސައްކަތްތަކަކީ ފަހަރެއްގައިވެސް އޭގެ ޒާތުގައި ދަށް މަސައްކަތަކަސް ވާތީއެއް ނޫން. ނަމަވެސް ރާއްޖޭގައި އެންމެ އިހުއްސުރެ އެ މަސައްކތަކީ އެކަމާ ގުޅޭ ވަކި ތަޢުލީމެއް ސުކޫލަކުން ކިޔވައިގެން ކުރާ މަސައްކަތަކަށް ނުވާތީ. ނުކިޔެވުމާ، ސުކޫލަށް ގޮސް ނުކިޔަވާ އުޅުމާ އެކަމަށް މާބޮޑު ތަފާތެއް ނެތީމާ.

      36
      72
  12. އިހުސާސް

    ވވވ އަސަރުގަދަ ވާހަކަކޮޅެއް ފެންކަޅިވާހާލު ކިޔާނިންމާލުމުން އެގުނީ ވަރުގަދަ ޝަހުސިއްޔަތެއް -ކަން ނުގުޑާފަދަ އަޒުމެއްގައިހުރި ދިވެހި ލޭހިނގާ ހިތްވަރުގަދަ ޒުވާނެއްކަން އެހެންމީހުންނަށް އިހުތިރާމްކުރާ ހައްޤް ބަސް ބުނަންކެރޭ ޒުވާނުންނައް (މިސާލެއް)ކަން، ސާބަސް ޒުވާން ކެއޮޅު.

    125
  13. ވައްޑެ

    ޒުވާން މަސްވެރިޔާ އައް ސާބަސް ދެމެވެ.
    ތެދު ބަހުން ވާހަކަ ދެއްކީތީ ކުއްވެރި ވީއެވެ.
    ވަރަށް ރަނގަޅު އާޓިކަލް އެއް (ސުކުރިއްޔާ ވަގުތު.އެމްވީ.

    121
  14. އަލިފުށި

    މަށާ މެރީކުރޭ ޕްލީޒް. ވަރަށް ރީތި

    89
    5
    • އަނގަފުށި

      އަޅެ ނަން ބުނެލި ނަމަ....

      53
      3
  15. ބޮޑުބެ

    ޢެކޮއި ދަރިފުޅާ މަސްވެރިކަމުގެ މަސައްކަތުގައި ބޭބެ 42 އަހަރު ޙޭދަކުރިން، ކުރިންސަރުކާރު މީހެއްގެ ގޮތުގަ، މިހާަރު އަމިއްލަ މޙެއްގެ ގޮތުގަ، އެއްގޮތަކަށް ވެސް މަސްވެރިކަމަކީ ހަޑި މަސައްކަތެއްނޫން ދެރަ މަސައްކަތެއްވެސް ނޫން، ނުކިޔަވާ މީހުންގެ މަސައްކަތެއްވެސް ނޫން، ފަޚްރްވެރި
    ޢީމާންތެރި ހީވާގި ޤައުމީ ބަތަލުން މަސްވެރިންނަކީ، ދެރަނުވާތި، ކޮނމެވެސް ދުވަހަކުން އިރާދަ ކުރެއްވިއްޔާ ބައްދަލުވާނެ

    104
    1
  16. މުދައްރިސެއް

    މަސްވެރިކަމަކީ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން. މުދައްރިސެއްގެ މަސައްކަތަކީ، ހަމައެކަނި އޮފީހެއްގައި މަސައްކަތްކުރާނެ ކުދިންތަކެއް ބިނާކުރުމެއްނޫން. އަދި ކިއެއް، ޚުލްޤު ރަނގަޅު ދަރިންތަކެއް ބިނާކުރުން. ކޮންމެ މާހައުލެއްގައިވެސް ދީނުގައި އޮންނަ އުސޫލުތަކަށް ތަބާވެގެންތިބޭ ހެޔޮލަފާ ކުދިންތަކެއް މުޖުތަމައަށް ނެރުން. މަސައްކަތުގައި ބަރަކާތް ލައްވާށި.

    59
    1
  17. ރަދީފް

    ސާބަހޭ ބްރަދާ.ހިތްވަރުކޮށްލާތި.

    62
  18. ބޮޑު ހަސްންބެ

    އެކުއްޖާ އެ މަންޖެ ބޭޒާރެއް ނުކުރޭ އަދި ނަން ހާމަވެސް ނުކުރޭ. ކޮބާތަ މައްސަލައަކީ؟. ދެން ތިބުނާ ޓީޗަރު ކުރިން އެހެން ބުނާކައްނުވާނެ ދޯ ދަރިވަރުން ކުރި ކަނޑާލަން. އެކަހަލަ ޓީޗަރުންގެ ނަން ހާމަކުތރަންޖެހޭ

    57
  19. މަޜީ

    ރީތި ސޮރެއް

    45
    3
  20. ޓްރޭސް

    މަސްވެރިކަމަކީ ކުރީގައި ވަރަށް ދެރަ މަސައްކަތެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމެއް! އެހެންނަމަވެސް އެ ލޭބަލް ނައްޓާލާ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ލޭބަލް ކޮށް ޙަޤީޤަތަށް ވާޞިލް ކޮށްދެއްވީ ކުރީގެ ރަޢީސް މައުމޫން!

    44
    7
  21. ޕޮގް

    ސަހިންދަ ކައިރީ ބުނެބަލަ މަހައް ދޭބަލާށޭ އެސޮރާއެކީ..

    26
    7
  22. Anonymous

    "ކަލޭ ފިލާވަޅު ނުހަދަންޏާ ދާން ޖެހޭނީ މަހަށޭ" ނުވަތަ "ނުކިޔަވަންޏާ ދާން ޖެހޭނީ މަަހަށޭ" ތެދު ވާހަކަ ތީ. ހަމަ ރިސޯ ޓުވެސް ވަޒީފާ ތަކަކީ ވެސް އޭރު ވަރަށް ދަށް ވަޒީފާ.

    29
    2
  23. މަސްކާނާ

    ޝާޖިންއަށް ސެލިއުޓުކުރަން. ސާބަހޭ ދަރިއާ.

    55
    1
  24. ސާރާ

    ރަށުގެ ނަން ބުނެލަދީބަލަ

    26
    1
  25. ރައްޔިތުމީހާ

    ސާބަހޭ މަގޭ ދަރިޔާ.. ދިވެއްސަކަށް ވީތީ ފަޚުރުވެރިވަން

    49
    2
  26. ޟަޒީ

    ޝާޖިން ތީ އަސްލު ފިރިހެނެއް.ދިވެހި ދަރިޔެއް ފުރިހަމަ ހަމަ. ލަދެއް ނުގަނޭ މަލާމާތް ކުރާކަށް ތިމާމެން ބޮޑެތިވެފަ ތިބީ މަސްވެރިންކަން ކޮށްގެން ލިބުނު އެއްޗިހިންކަމެއް ނޭންގެ. މަސްވެރިން މާ ސަޅި، ހޭންޑްސަމް، މުލައްދަނޑީގެ ބާރުހުރޭ، ބަނޑުލާފަ ބަރިބަރި ޖަހާފައެއް ނުހުރޭ ރިސޯޓްތަކުގަ ރާވިއްކާ ބެޑް އެޅުން މާހަޑި، ތުނބުޅި ބާލާފަ މޫނު އޮމާން ކޮށްފަ އެތިބެނީ ބޯހަލާކު.

    37
    1
  27. މުޙައްމަދު

    ކަނޑުމަސް ކައިގެން ބޮޑުވެ އެމަސްލޭހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޝާޖިން އަށް ފަޚުރުވެރިވަން، މިޤައުމުގެ ލޭނަރު އަދި ޤައުމީ ބަޠަލުންނަކީ ތިއީ، ޝާޖިން ބޭނުންވާ ތިދާއިރާ އިން ކުރިޔަށް ދިއުމަށް ހިތްވަރުދެން، ޝާޖިން އަށް ތައުރީފުކޮށް އައްސަރިބަހާއި ސާބަސް ރަށްދުކުރަން އަދި ޝާޖިން އަށް މަލާމާތް ކުރާ މީހުންނަށް ބުނެލަން ބޭނުންވަނީ އައްޗި އެއްޗެއްވީމަ އަޅެ ކަލޭމެންނިކަން މަސްނުކައި ތިބެލަބަލާށޭ،

    37
  28. އިބްރާހިމް ވަހީދު

    ސާޖިދް ފަދަ ދަރިން ލައްވާށި ޔާ ﷲ

    26
    1
  29. 0ސަގަރު

    ހާދަހާހިއްވަރުގަދައޭ ސާބަހޭ

    15
    1
  30. ކުރުބެ

    ސާބަހޭސާބަހޭ ތިއީގައުމުގެދަރިއް ގަދަ ބުރޯ ދިވެހިއްނަކީ ހިއްވަރުގަދަބައެއް މުޅިއުމުރައްވެސްހިވަރުކުރާތި އެވެސްލާރި މިވެސް ލާރި ގަދަވަރައްގަދަ މިއީ ހިޔާލު

    14
    1
  31. ހަގީގަތް

    ކޮބާ ނުކިޔެޔެވީމަ ހަމަ ދާންޖެހުނީ މަހަކަށް ނޫންތަ؟

    5
    16
  32. ދިވެހި ދަރިން

    ޓައި އަޅާގެން ހޯދާ ލާރިން އެކަނިތޯ އެއްޗެހި ގަނެވެނީ

    19
    1
  33. Anonymous

    ވަރަށް ސަޅި

    13
    1
  34. ބުރޯ

    ގަދަކަލޭ! ކަލޭމެނާ ހެދި އަހަރެމެންނަށް ގަރުދިޔަކެވެނީ

  35. ތިންކް ޕޮޒިޓިވް

    ލޮބުވެތި އަޙުންނާއި އުޙުތުންނޭވެ މާތްﷲގެ ހެޔޮރަހުމަތާއެކު ބަޔަކު ނިކުމެ މަސް ބޭނުމުން އެލިބިގަތުމުން ނޫންތޯ އަދިވެސް މަސްކެވޭނީ.. މަސްކަމުން އެމަސްބޭނި ފަރާތްތޯ ދަށުކުރަންވީ؟ އިންސާނާ ގައިގަވެސް ލައްވަވާފަ ވޭ ނޫންތޯ އެބަ އެހެން ވައްތަރެއްގެ ވިޔަސް ހަމަ މަސް.. އަދި ވަގުތު ޖެހުމުން މަސްގަނޑާއި ފުރާނަ ވަކިކުރައްވަވާ.. މަލާމާތް ކުރަންވީއެއްނޫން އިންޝާﷲ ހެޔޮކޮށް ވިސްނަން މަސައްކަތްކުރަންވީ އެހެންނޫންތޯ؟ މާތްﷲ ދެއްވެވި ހެޔޮބުއްދީގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގަ ހަމަ ގަސްތުގާ ނުކުރުންވާނީ އަމިއްލަޔަށް މޮޔަހެދިފަތިބުން ނޫންތޯ؟ މާތްﷲ ހަލާލު ކުރެއްވެވި ރީތި މަސައްކަތެއްމީ އަލްހަމްދު ލިﷲ.. މާތްﷲ އަޅަމެންނީ ހަގީގީ ހެޔޮވިސްނޭ ބުއްދިވެރިންކަމުގައި ލައްވަވާށި އާމީން

    2
    1
  36. ޙަރީބު

    ޝާޖިން ގަދަ ކަލޭ

    1
    1
  37. Anonymous

    ދެއްކުނަސް ބޮޑުވަރު....
    ލަދުން ބޯހަލާކު..... ޗީޑި...

  38. މުހައްމަދު

    ބިޓު ބުނީ އޭނަ ބޭނުންވާ ގޮތް. ޓީޗަރު ބުނީ އޭނާ ދެކޭ ގޮތް. ކޮބާތަ މައްސަލައަކީ.