އަވަށްޓެރި ސްރީ ލަންކާގައި ޕައިލެޓު ކޯސް ހަދަމުން ގެންދާ ދިވެހި ދަރިވަރުން ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އުމަރު އަބްދުލް ރައްޒާގު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެ ދަރިވަރުން ވަނީ މި އަހަރު ކުރީކޮޅު އެ ގައުމުގައި ދިން ނިރުބަވެރި ހަމަލާތަކަށް ފަހު އެ ކުދިންނަށް ފްލައި ނުކުރެވާތާ 6 މަސް ދުވަސް ފާއިތުވެގެން ގޮސްފައި ވާކަމަށާއި އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް ސަފީރު ކިބައިން އެދިލައްވާފައެވެ.

ދަރިވަރުން އެމްބަސީ ތެރޭގައި

އޭޕްރިލް މަހު ހިނގައިދިޔަ ބޮމުގެ ހާދިސާ އަށް ފަހުގައި ލަންކާގެ އިދާރާތަކުން ވަނީ ރާއްޖޭގެ ދަރިވަރުންގެ އިންޓެލިޖެންސް ރިޕޯޓެއް ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ރިޕޯޓު ހުށަހަޅަން ޖެހެނީ ކޮން އިދާރާ އަކަށް ކަމެއްވެސް އެ ފަރާތްތަކުން ދަރިވަރުންނަށް ސާފު ކޮށްދީފައި ނުވުމާއި، އެކި ފަހަރު އެކި ޖަވާބުތައް ދިނުމުގެ ސަބަބުން ދަރިވަރުން ތިބީ ގޮތްހުސްވެ، ސަރުކާރުގެ އެހީ އަށް ކެތް މަދުވެފައެވެ.

އެ ގައުމުގައި ކިޔަވާ ގިނަ ދިވެހި ދަރިވަރުންނަކީ ސަރުކާރު ލޯނުގައި ކިޔަވާ ކުދިންނެވެ. އެހެންކަމުން، ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކުރަން އެ ދަރިވަރުން ޖެހޭއިރު މިފަދަ ކަންތައްތައް ދިމާވުމުގެ ސަބަބުން، ދީފައިވާ މުއްދަތަށް ކޯސް ނިންމުމަށް ހުރަސްއެޅިގެން ދާނެއެވެ.

ދަރިވަރުން ސަފީރު އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ދަރިވަރުންގެ އާދޭސްތައް އަޑުއެއްސެވުމަށްފަހު ސަފީރު ވިދާޅުވެފައި ވަނީ އިންޓެލިޖެންސް ރިޕޯޓުގެ ކަންތައް ކުރިއަށް ދާ ކަމަށާއި، ވަރަށް އަވަހަށް މި ކަންތައް ހައްލުވެގެން ދާނޭ ކަމަށެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހަށް ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި ވާއިރު އެ ބައްދަލުވުމުގައި އެ ދަރިވަރުންނަށް އުފާވެރި ހަބަރުތައް ލިބިގެން ދާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަތައް ދިމާވެފައިވާ ހުރިހާ ދަރިވަރުންގެ ލިސްޓެއް މިހާރު ސަފީރާއި ހަވާލު ކުރައްވާފައި ވާއިރު، ސަފީރު ވަނީ ދެން މިފަދަ ކަމެއް ތަކުރާރުވެ ދިޔަ ނުދީ، ފަސޭހަ ކަމާއި އެކު ދަރިވަރުންނަށް ކޯސް ކުރިއަށް ގެންދިއުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް މިއަދުން މިއަދަށް ފައްޓަވާނޭ ކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަބޭ

    ސަފީރުގެ އިންޓެލިޖެންސް ރިޕޯޓްގަ އިންނާނެތާ މަސްތުވާތަކެތި ޓްރެފިކް ކުރާވާހަކަ

  2. ޑރ. ރާމީ ހަސަން މަނިކު

    ތިޔަ ކުދީން ފޮރީން މިނިސްޓަރ ޝާހިދު އާއި ބައްދަލު ކުރެވޭތޯ ބަލާ. ތިޔަ އެމްބެސެޑަރ އުމަރު އަކީ ލަންކާ ގައި ބޮން ގޮއްވި ހާދިސާގައި ދިވެއްސަކު ހާލުގައި ޖެހުނީމާ، އެއްވެސް ކަމެއް ކޮށްދިން މީހެއްނޫން. ދިވެހިންގެ ކަންތައް ވަރަށް ގާތުން ބަލަމޭ ކިޔައިގެން ހެދީ ދޮގު. މީނާގެ ބައްޕަ އަކީ ފުރިހަމަ ލަންކާ މީހެއް. ވީމާ ދިވެހިންދެކެ ފުރިހަމަ ކުލުނު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ލުތުފީ ވެސް އެންބަސީގައި ފައިވް ސްޓާރ ފެންވަރުގައި ގެންގުޅުނީ މީނާ އަދި ލުތުފީ އެންބަސީ ގައި ބެހެއްޓި ކަމުގެ ޒިންމާ މީނާ ނަގަންޖެހޭނެ. މީނާގެ ފަރާތުން ލަންކާގައިތިބޭ ދިވެއްސަކަށް ފައިދާ އެއް ނުވޭ.

    • މުބީނު މާރނީ

      އެމްބެސެޑަރ އުމަރަކީ ވަރަށް ކަންނެތް ވެސް މީހެއް.

  3. އަލި

    ސަފީރަކީ ކުރިން އެގޮތަށް އުޅުނު ކުއްޖެއް. ޝަރިއަތުން ހުކުމް އައި

  4. ސުރައްޔާ ، ތޮއްޑޫ

    ޑރ. ރާމީ އެވިދާޅުވީތެދުފުޅެއް. ބޮންގޮއްވި ހާދިސާގައި އުމަރުގެ ނަންބަރުހޯދައިގެން 10 ފަހަހަރުގުޅީމާ 11ވަނަ ފަހަރު ފޯނުނަގާފައި ބުނީ 5 މިނެޓް ތެރޭއެބަގުޅަމޭ. އެ 5 މިނެޓެއްއަދި މިޔަދާއިހަމައަށްވެސް ނާދޭ. އާދޭސްކޮށްފަ 22 އެސް އެމް އެސް ފޮނުވީން. ޖަވާބެއްނުދޭ !