ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެމަނިކުފާނުގެ ނަމުގައިވާ ފަދައިން ސޯލިހް ބޭފުޅެއްކަން އެނގިއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ އޭނާ އާއި އިތުރު އިލްމުވެރިންތަކެއް މިއަދު ރައީސް އޮފީހަށް ވަޑައިގެން ރައީސް ޞާލިހާއި އެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކޮށް ކުރި ޓްވީޓެއްގައެވެ.
ރައީސް އާއި އެކު ބޭއްވި ބައްދަލުވުމުން ހިތްހަމަޖެހޭ ޚަބަރެއް ލިބުނުތޯ މިހާރު ސުވާލު ކުރުމުން އެސުވާލަށް ޖަވާބު ދެއްވަމުން އިޔާޒް ވިދާޅުވީ "އަލްހަމްދުލިﷲ ރައީސް ޞާލިހަކީ އެމަނިކުފާނުގެ ނަމުގައިވާ ފަދައިން ޞާލިހް ބޭފުޅެއްކަން އެނގިގެން ދިޔަ." ކަމަށެވެ.
Alhamdhulillahi. Raees @ibusolih aky emanikfaanu ge namugaivaa fadhain Saalih beyfulheh kan engigen dhiya.
— Dr.Mohamed Iyaz (@dr_iyaz) October 8, 2019
ދީނުގެ ކަންކަމާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައީސް އޮފީހުގައި ދީނީ އިލްމުވެރިން ރައީސް ޞާލިހާއި އެކު މަޝްވަރާކުރެއްވި ކަންކަން އަވަހަށް ތަންފީޒުވެގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.
އެބައްދަލުވުމަށްފަހު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހާއި ބައްދަލުކުރައްވަން ދީނީ އިލްމުވެރިން ރައީސް އޮފީހަށް ވަޑައިގަތުމުން އޭބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ އިހުސާސްތައް އެއްސެވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާމެދު އަވަސް ފުރުސަތެއްގައި އަމަލީ ސިފަ ޖެހިގެން ދިއުމާމެދު ޔަގީން ކުރައްވާ ކަމަށެވެ.
ދީނީ އިލްމުވެރިން ރައީސް ޞާލިހު އާއި ބައްދަލުކުރެއްވިއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރީޕޯޓުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ މައްސަލަައާ ގުޅިގެން ދީނީ އިލްމުވެރިން ދަނީ އަޑު އުފުލަމުންނެވެ.
އިޔާުޒު ގެ ބޭނުމަކީ މީ ، އިބޫ ޕުރޮމޯޓުކުރުން ، މީ އިޔާުޒު މެންގެ މސަ އްކަތުން ވެރިކަމަ އް ގެނެސް ހުރިމީހެއް ،
ސުލޯލިހުގް ނަމާ އެއްގޮތަށް ސުލޯ މޯޝަންގަ އެހުންނަނީ. އޮޅިގެންވެސް ރަނގަޅު އެއްޗެއް އެބުނީ.
މީނާ ވެސް އިލްޔާސް ގޮވި ކަހަލަ ކޮސް ގޮވަން ފެށީ އަމަލީ ސިފަ ގެންނަން ހާދަ ވަގުތެއް ނަގައޭ ވަރުގަދަ ލީޑަރުންނަކީ ވަގުތުން ފިޔަވަޅު އަޅާ ލީޑަރުން އަމިއްލަ އަށް ކަންކަން އިސްނެގުމުގެ މަތިން ކުރާ ލީޑަރުން ރައީސްގެ އެދުމަށް ކާލޭމެން ބައްދަލު ކުރިނަމަ ތިޔަ ބުނާ ނަން ދެވިދާނެ.........ރައްޔިތުން ކެެކި އަދި ފައިބުޑަށް ވެއްޓި އާދޭސް ކުރުމުން ކުޑަ ގޮތެއް ހަދާލާ މީހުންނެއް ނޫން ތިޔައިގެ ތެރެއިން އެކަކާމެދު އެއް ކަމެއް ވެސް ނުކުރާނެ އެމީހުން ކައިރީ ބުނާނީ ދުވަސް ކޮޅަކަށް ގޭގައި މަޑު ކޮށްލާށޭ .... މަހުލޫފާ އަދި އަކުރަމް ކަމާލުއްދީން ( މާވާގޭ ސައްތާރު) އަށް ވެސް ހެދީ އެހެން އަކުރަމް ކަމާލުއްދީނަކީ އަދިވެސް ފުލުހުން ހޯދާ މީހެއް ތިނަދޫ އިންޖީނުގެ ރޯކުރި މައްސަލާގައި
ކަލެއަށް ފަހުންވެސް އެނގެނީ ކުރިންވެސް އެނގިފަ އޮންނަ އެއްޗެއް ދޯ؟ އިތުރު ކަމެއް އެނގޭ ކަމަކަށް.ނުވޭނު. ދުއާ ދެންނެވި މީހެކޭ ކުރިން ކަލޭމެން ކީ ސާލިހްކަން އެނގިގެނެއް ނޫނެއްނު އެހެންވީއިރު. ހުންނަ ނުބައިކަން ދެކިބަލަ.
ހޫނ! ކިހާޞާލިޙް މިކަމެއް ވެގެން ގަޔަށް ބޮލަށް އަރައިގަތީމަ އަނގައިން ބަހެއްވެސް ބުނެފައޮތީ އެހެންވީމާ އިޔާޒު ދެކޭގޮތުގަ ސިއްދީގު ކިޔާބޭފުޅަކާ ބައްލުކޮއްފިނަމަ އެބޭފުޅަކަށް ސިއްދީގެގެ ލަގަބުވެސްދޭނެދޯ
މިހާރު އިޔާޒުގެވެސް ބޯކާލީދޯ ދެން ދެބޯގެރި ދުއްވާ
ތިމުނީ ދެންކިޔާނެ އެއްޗެނެތް... މާދަމާ ﷲގެ ހަޒުރަތަށް ހާޒިރުކުރެވޭ ދުވަހު ކަންހިގާނެގޮތް ކިޔާދެވޭނެ އެހެންމީހަކު ހުންނާނެކަމަކަށް ނުދެކެން.. އެދުވަހުން މަނިކުފާނު ތިބުނި ބަހުގެ ހެކި އަދި ނަތީޖާގެ ޒިންމާ މަނިފާނާ ރައްޔިތުން އަޅުވާނެ.. ރަސޫލާ ދުއާ ދެއްވިފަދަ ވެރިއެއްކަމަށް ތިބޭފުން ހެކިކޮއްދިންފަދައިން ތިބުނި ބަހުގެ ޒިންމާވެސް އުފުލާ.. ތިފަދަ ޝޭހުންގެ ސަބަބުން މިއަދު މެދުކެޑުމެނެތި ދީނާ ގައުމު ފުޑެމުންދަނީ... ވަﷲއައުލަމް.. އަހަރެން ދިވެހި މުސްލިމު ރައްޔިތެއްގެ ހައިސިއްޔަތުން މިވެރިކަން ގެނައުމަށް ރައްޔިތުންނަ އޮޅުވާލި އެއްމެންނާމެދު ގިޔާމަތްދުވަހު އަހަރެންގެ ޝަކުވާ ﷲގެ ދަރުބާރުގަ ހުށަހަޅަން ހިތުނިޔަތް ލެވިއްޖެ..
ރައީސް ހުވައިގެ މަތީގަ ދެމި ހުންނަވާ
އިގިދާނެތާ... މިހެން މަޑުގިނީގަކަންނޭގެ މިކަން ނިމޭނީ
ސޯލޮހު ރަގަޅޭ.. ސޯލިހު އުޅޭ ގޮތޭ ކަމުނުދަނީ
ކަޅުބެ އިޔާޒު ބޮލުރޮދި
އަނބިކަނބަލުން އި ސްތަށިފުޅު ހާމަކޮށް ފެންނަން ހުންނަނީ މ...ß
އިޔާޒުމެން ހައްދާލުމަކީ ކިހާ ފަސޭހަކަމެއްކަން މިހާރު އެނގިއްޖެ. ފޮނިވާހަކަތަކެއް ދައްކާލާއިރައް ތިޔަތިބެނީ އުންމީދުންފުރި ގޮސް ގަހުކޮޅައް އަރާ. މާޒީގައި ހިނގާކަންކަމުން އިބުރަތް ލިބެނީ ހަމައެކަނި ބުއްދި ހުރިބަޔަކައް އެކަނި. ދީނައް ފުރައްސާރަކުރާ މައްސަލާގައި އަހަރެމެން ބޭނުނެވެގެން އުޅޭ އަދި އުންމީދުކުރާ ފިޔަވަޅެއް ނާޅާނެ. އަޅާނީ ކޮސްމެޓިކު ހިރަފުސް ކަހަލަ ފިޔަވަޅެއް އެއީވެސް ޕަބްލިކުގެ ކެކިކެކި ހުރި ހޫނު ހިހޫކޮއްލާ ލޯތައް އަނބުރުވާލަން. ކަންކަން ހަމަ ހިނގާނީ ކުރީންވެސް ހިނގަމުން އައިގޮތައް. ބަލަންތިބޭތި.
ސަނާކިޔަމުންގޮސް ކޮންމެފަދަ އެއްޗެކޭވެސް ބުނެފާނެދޯ....ދެން ކީކޭ ބުނާނީ ހެހެހެހެ
ނަމުންސޯލިހް ކަމުން “ގައްދާރު”ނުވެއްޖިއްޔާ ކިތަންމެހާވެސްރަނގަޅު އަޅުގަނޑުމެންވެސް މިތިބީތިޔަވިދާޅުވި ގޮތައްކަންކަން ދާނެކަމައް ހީކޮށްގެން އެހެންވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅު
ރަސޫލާއަށް ފުރައްސާރަ ކުރީމަ އެކަމާ ދެކޮޅަށް ނުކުންނަ "އިލްމްވެރިން" ރަސޫލާއަށް ދުވާލަކު ކިތައް ސަލަވާތް ކިޔަވާ ބާ؟
ހޫމް ތިޔައީ ވ ސާލިހް ބޭފުޅެއް ސާލިހް ކަމުންދޯ އިސްލާމް ދީނާދެކޮޅު ވާހަކަ ދައްކާ މީހުންނައް އެއްވެސް ފިޔަވަޅެއް ނާޅާއެހުންނަނީ ހިނިއައިސްފަ
މިގޮތައް ކީއްވެގެންތޯ ރައްރަށުން ގޯތި ދޭގޮތައް މާލޭގެ ރައްވެހިންނައް ނުދީ ބިންތައް ހިސޯރުކޮއް ވިއްކަނީ ކޮބާތޯ ގާނޫނު އަސޤސީގަވާ ހަމަހަމަކަން އަދި ގާނޫނުގަވާގޮތުން މީ އަސާސީހައްގެއް މިކަން ނިގުޅައިގަތީ އެ ދިގުރާސްތާ 30 އަހަރު މާމޮޅައް ކިޔަވައިގެން އައި ބަޔެއްގެ ހިޔާލައް މީޑިމޮކްރަސީއޯ ޑިމޮކްރަސީގަ މިޖެހެނީ ހުރިހާއެއްޗެއް ގަންނަނަ ނުވީތާކައް ޖިޒީވެސް ދައްކަން ފެންފޮދެއް ބޯލިޔަސް މަސައްކަތެއް ކުރިޔަސް 6% ޖިޒީ ޕޯޗްގީޒު މީހުންގއ އަޅުވެތިކަމައް ވުރެ މާއަޅުވެދި މިޔަދު އަމިއްލަޔައް ހޮވިބަޔަކު ހުދު ތިމާމެންވެސް މިމަޅިގަހެހޭ ކުރަފީގެވެސް ހުރޭ އެކަން ހަކުރި ގުޅިޔަަައް އެރެން އިނގޭ އޭގެން އަރާކައް ނޭނގޭ މިކަމާމެދުވިސްނާތޯ
ބޮޑަށް ވައްތަރީ ޖެއްސުމަށް ބުނި އެއްޗަކާ!
އެތަނައްދިޔައީމަ ރަނގަޅައް ބިރުގަންނަވާލީ އިޔާޒު ދެންހުރޭބިރުން ކިތަންމެ ބިރުގަތަސް މިހާއަވަހައް ސަނާކިޔުން ރަނގަޅެއްނޫން ޑރ ތިޔަކަހަލަކަމެއް މިހާއަވަހައްކުރާނެކަމައް އެއްގޮތަކައްވެސް ހިޔެއްނުކުރަން އަދިމިއުޅެނީ ތިކަމައް އެއްވެސް ފިޔަވަޅެއްނޭޅިގެން
ތިޔަބުނާ ޞާލިހުކަން ހުރިނަމަ ކަލޭމެން ތިޔަދުވުން ދުވަން ޖެހުނީސްތަ؟ ނުޖެހުނީސް. އޭގެ ކުރިން ތިޔަބުނާ ޞާލިހު ރައީސް ފިޔަޅު އެޅީސް. އެކަމަކު ރައްޔިތުން ކެކޭއިރުވެސް ހުރީ ނުދަނެހުރިކަމަށް ހަދާފަ. ރައީސާ ބައްދަލުވީތީ ވީއުފަލުން ތިހެން ބުނީ ތީ ތިޔަޞާލިހުމީހާ ދީންދެކެ ލޯބިވާ ބައިގަނޑު ހޮވަންގޮވިއެކަކުކަމަށް ވާތީ.
ތިހުސް އެއްވަރުގެ މީހުން، ދައްކާނެ އިތުރު ވާހަކައެއްނެތް
ތިބުނާ ޞާލިހުކަން ހުރި ބޭފުލެއްނަމަ ކަލޭމެން ބައިހަދާފައި ރައިސް އޮފީސް ދޮށަށް ދުވަން ޖެހުނީސްތަ؟ ރައްޔިތުން ކެކޭއިރުވެސް ހިރުވާތަން ކަހާނުލާ ހުންނާނެތަ؟ ތިޔައެއް ނޫން ވީގޮތަކީ އިޔާޒް މޮޅުކުރަން ހޮވަން ގޮވިމީހާގެ ސަރުކާރާއި ދީނަށް ފުރައްސާރަ ކުރި މީހުންނާ ގުޅުވައި އިއްޔެ އިޔާޒަށް ބަދުބެހެއް ބުނެވުނީމާ އެކަމުގެ އިޔާޒަށް ގޯހެއް ހެދުނީކަމަށް ދެކިގެން ރައިސްމީހާގެ ފައިތިލައިގައި ބޮސްދީ މާފަށް އެދެން އިޔާޒް އިސްވެ ހުރެ ބަޔަކު ގޮވައިގެން ރައީސް އޮފީހަށް ވަދެވުނީމާ ވީ އުފަލުން ތިހެން ތިބުނީ. އެެހެން ނޫނަސް ތި އިޔާޒަކީ މިއަދު އަހަރެމެން މުސްލިމުންނަށް މި ދަރަޖަ މިރާއްޖޭގައި ޖެއްސުމުގެ އެއް މޭސްތިރި. ތީ މިސަރުކާރު ޕްރޮމޯޓް ކުރަން އުޅޭ މީހެއް.
އިޔާޒް މުނާފިގުން ދައްކާ ވާހަކަޔާއި އަމަލް ދިމާނުވާނެކަން ނޭގެނީތޯއެވެ. ޕީއެޗްޑީ އެއް ނަގައިގެން ތިހުންނެވީ ހަމަ މިވަރު ނޭގިތޯއެވެ. ވަރަށް ތަދުކޮށްލާނެ، މިހުރިހާކަމެއް މިހިގަނީ ތިޔަބުނާ ސޯލިހުގެ ރޭވުމުގެ ތެރެއިން.
އަހަރުމެނަށް އެނގޭ ކަލޭގެ ރާގު ބަދަލު ކުރާނެކަން، ތިއީ ލިބުނު އެއްޗެއް ލިބިގެން މިލާދީނީ މީހުންނަށް ޤައުމު ދޭން މަސައްކަތްކުރި އެކަކު
ސާލިހް ކަމުން ރައިސް އޮފީހުގަ އެނޫހުގެ ބޮޑު މީހާ އަދިވެސް ވަޒީފާގަ ހުރީ 45000 ރުފިޔާގެ މުސާރައަކާ އެކީ
އިއާޒު ކަލޭ ތިޔަކުޅޭ ޑްރާމާ މަމެންނަށް މާކުރިންވެސް އެނގޭ. މަމެންނަށް ނޭނގޭ އެއްޗެއް އަލުން ކިޔާނެކަމެއްނެތް.
ސޯލިހު ރަނގަޅިއްޔާ ބުޅާވެސް ރަނގަޅު. އޭތިވެސް ސީލާފާ ފަސްލާނެވިއްޔާ. ދިވެހިރައްޔިތުންތަކެއް ރައީސް ސޯލިހާބައްދަލުކުރަން ދިޔުމުން ބައްދަލުކުރަނީ އޭނާ ރަނގަޅުކަމުން ސޯލިހުކަމުންތަ؟ އެއީ އޭނަ ކޮންމެހެން ކުރަންޖެހޭކަމެއް.މަޖުބޫރުކަމެއް. އޭނާ ސޯލިހުނަމަ ތިޔަރިޕޯޓް ނެރުނުތަނުގެ އިސްމީހަކަށްހުރި ރައީސްއޮފީހުގެ މަގާމެއްދިފާހުރި މަންޖެ މިހާރު ހުންނަންވާނީ އެވަޒީފާއިން ވަކިކޮށްފާ. ވަޒީފާއިން ވަކިނުކުރަންވެގެން ސީދާ ރައީސް އޮފީހުން އަންގާގެން އެމްޑީއެންގެ މަގާމުން އެމަންޖެ އިސް ތިއުފާދިނީ.
ލައްބަ! ސްޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން ލެއްވީ މަނިކުފާނުމެންނާ ފިޤްހް އެކަޑަމީގެ ވަޞިއްޔާތާ ދިމާ އިދިކޮޅަށް ހަމަ ޞާލިޙްކަމުން! ތިތިބީ ރަގަޅަށް ނަގޫގޮށްޖަހާފަ!
ސަލާމަތް ނުވާހިސާބައްދިއުމުން މަކުނު ވެސް އޭނާގެ ދަރި ގަންބާލާފަވެސް ސަލާމަތްވެވޭތޯ ބަލާ.
ބޭފުޅާ ހަމަ މީހަކު އެއްޗެއް ބުނެލާއިރަށް ޞާލިހް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭނެ. އަހުރެންނަށް ފެންނަގޮތުގާ ތިޔަބުނާހާ "ޞާލިހު" ނަމަ ދީނަށް ކުރަމުން މިދާ ޖެއްސުންމަށް ފިޔަވަޅުއަޅާ ދިވެހި މުސްލިމު ރައްޔިތުންނަށް ޙައޤު ހޯދައިދޭނެތާ ކިތަންމެދުވަހެއްވެއްޖެ. އެކަމް އެކަމެއް ނުފެނޭ އަދި.
ވަރަށް ސަލާމް!
ސޯލިހްކަމުންތާ ދޮގުހަދަމުން މީހުންގެ ބޮލުގެ ނާށިގަނޑު ހިފަމުން އެދުވަނީ
ސޯލިހުކަމުން އަނބިމީހާ އައުރަނިވާނުކޮށް އެހުންނަނީ
މާކުރިން އެނގޭކަމެއްތީ. މަޝްރަހު ހޫނުވެފައި ވާތީ މަޝްރަހު ފިނި ކުރުމަށްޓަކައި އިމުރާނު އިސްވެހުރެ ކުޅޭޑުރާމާއެއްކަން. އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ.
އަޅުގަނޑަކަށް ކުޑަކޮށް ވެސް އިތުބާރެއް ނުކުރަމު،އެ ސާލިހު ކަން އެ ރައީސަކު ކިބަޔަކު ނެތް.އެހެންނަމަ ކައިރީގައި ތިބީ ހޮޓުބާ ކީކުދިން އަދި އެމްޑީއެންގެ މެމްބަރުން އެއްވެސް ޟަރުތަކާއި ނުލައި މިހިނދުން މިހިނދަށް ވަކިކުރީސް.އިޔާޒު އެއީ ދައްކާލި ކުލަބޮއްކެއް،ނުހެއްލޭށެވެ!
އިޔާޒަކީ ދެފުށް ކެހެރިއެއް ކަމަށް ރާއްޖޭގެ ރައްޔަތުން ޤަބޫލުކުރޭ.
ރައީސް އޮފީސް ހިންގަނީ މިހާރު ރައިސް ނަޝީދު އިބޫ ހަމައެކަނި އެތަނުގަ އިންނަކަން މީހުންގެ ދޫތަކުން
ސާލިހުވި ސަބަބު އަންނަނިވި ފޮޅުވަތުގައި ލިޔަމެވެ.
1- ވެރިކަން ފެށުނީއްސުރެ ލާދީނީ މީހުންގެ އަޑު ގިނަވުން.
2- އިސްލާމް ދީން ނޫން ދީން ތަކުގެ އަހުލުވެރިންނަށް ޚިޔާލު ފާޅު ކުރުމުގެ އަޑު ގަދަވުން.
3- ކީރިތި ރަސޫލާ އާއި ޤުރުއާނަށް ހަޖޫ ޖެހުމުން ހަރުކަށި ގޮތެއްގައި ކުރިމަތިލާން ނުކެރުން.
4- މިފަދަ މީހުން ސަރުކާރުން ބޭރު ކުރުމުގެ ގާބިލް ކަމެއް ނެތުން.
5- ވެރިކަމުގެ ގާބިލްކަން ދައްކުވައިދޭ ސިޔާސަތެއް ނެތުން.
ރައީސް އޮފީހުން ކޮފީއެއްދިނީމަ އޯކޭވީދޯ މީ އިޔާޒުމެންގެ ސައިޒު މާދަމާ ސަހިންދާ ފަތިވަރެއްލިޔެފައި ނެރޭއިރަށް އިޔާޒު އެއާ ދެކޮޅަށް ޓުވީޓެއްކޮށްލާނެ ސޯލި ބުނާނެ އާދޭ ރައީސް އޮފީހަށް ކޮފީއެއްބޯލަން ސާބަސް އިޔާޒު ދެފުށަށް ކެޑޭ.....