ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ދެކުނުގެ އަތޮޅެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި 35 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ، މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާ ނިސްބަތްވާ ރަށުގެ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބައްޕަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ރޭ އޭނާ ދަރިފުޅާއި ބެހުނު ކަމަށް ވަނީ. ކުއްޖާ މިއަދު ސްކޫލަށް ގޮސް އެވާހަކަ ދެއްކުމުން ސްކޫލުން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅި ކަމަށް ވަނީ." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މިމައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ތަޙްޤީޤު ކުރަމުންދާ ކަމަށް ވެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިންތިހާ އަށް އިތުރުވެފައި ވާއިރު އާދީއްތަ ދުވަހު ވެސް ވަނީ ކުޑަކުއްޖަކާއި ބެހިގެން 62 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިއަދު ހައްޔަރު ކުރާނެ. މާދަން ދޫކޮށްލާނެ.

    36
  2. ޙުސެއިން

    ދެން އަވަހަށް ދޫކޮއްލާ... މިއުޅެނީ 13 އަހަރުގެ އަންހެން ކުއްޖަކާ މީގެ 2 މަސް ކުރިން ބެހިގެން ޕޮލިހަށް މައްސަލަ އެއްލާ ޕޮލިސް ކޮމިޝަނަރު ވެސް ތިމައްސަލަ ބަލަމުންދާ ވާހަކަ ބުނިފަހުން ވެސް ހަބަރެއް ނުވެގެން... އެންމެ ކުޑަމިނުން އައިއޯ ވެސް ފޮނަށް ޖަވާބެއްނުދޭ..

    30
  3. ކްރިލްގާާޓް

    الله ގަންދީ ބުނަން. ޖެންޑަރ އަށް އަޅުގަޑުގެ ދަރިފުޅާ ގުޅުން ހުރި ތިކަހަލާ ސަސްޕެކްޓް ކޭސް އެއް ފައިލް ކުރިން އަދި 2ހަފްތާ ވީ އިރުވެސް އެމީހުން ގުޅާ ވެސް ނުލާ . 2 ފަހަރު ގޮސް އެތާ އެތަކެއް ވާހަކަ ދެއްކިން. ޢެންމެ ފަހުން ނުވީމަ ޕޮލިހަށް ދިޔައިމަ ޕޮލިހުން ކޮންމެވެސް ވަރެއްކޮއދިން. މިހާރު ކޯޓަށް ލައިގެން މި ދުވަނީ. ޖެންޑަރ އަކީ ހަމަ ވ އިހުމާލު ބޮޑު މުއައްސަސާ އެއް

    23
    1
  4. ވެރިން

    އިންޑިއާ އަވައްތަކުގަޔާ ސިޓީތަކުގެ ތިކަން ތަކަކީ އާއްމުކަމެއް.މިވެސް މިހާރު އިންޑިއާގެ ބައެއްވިއްޔާ ތިކަން ތައް ތައް އޮއްނާނެ.ތިކަން ތައްތަކާ ވިސްނުމައްވުރެން މާމުހިއްމު ފެބުއަރީ 7 ގަ ދިން އިސްތިއުފާ ބައާވާތަކަށް ހެދޭތޯބެލުން

    13
    1
  5. މީހާ

    ކައުންސިލް އިންތިހާބު ކައިރިވާވަރަކަށް ކައުންސިލްތަކުގަ ތިބޭ އެމްޑީޕީ ގުންޑާއިންނަށް ގޮތްހުސްވާ ސަރުކާރާ އިދިކޮޅު ކައުންސިލަރުންގެ ބަދުއަހުލާގީ މައްސަލަތަކެއް ދަނީ ފެންމަތި ކުރުވަމުން. އަދި އެމީހަކު އެކަން ނުކުރިޔަސް އިންތިހާބު ނިމެންދެން މިމައްސަލަތައް ދިގުދަންމާނެކަމުގެ ޔަގީންކަން މިހާރު މިދަނީ ލިބެމުން.