ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް ހުށަހެޅުމުގެ ފުރުސަތު ބަންދުވެ، ހުރިހާ ބިލްތަކަކީ މަޖިލީހުގެ ކޮމެޓީތަކުން ޑްރާފްޓް ކުރާ ބިލްތަކެއްގެ ގޮތުގައި ހަމަޖެއްސުމުން ބައެއް ވަޒީރުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަގެންދެވައެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފަށަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުން އަދި އަމިއްލަ މެމްބަރުން ހުށަހަޅަން ޖެހޭ ބިލުތައް އުފެދިގެން އަންނާނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ކަމަށެވެ.

މަޖިލީހަށް ހުށަހަޅާ ބިލްތައް ކޮމެޓީތަކުން ޑްރާފްޓް ކުރާ ގޮތައް ހަމަޖައްސާ ބިލްތައް ޑްރާފްޓް ކުރުމުގައި ބަންޑާރަނައިބު އޮފީހުގެ ދައުރެއް ނޯންނަ ގޮތައް ހަމަޖެއްސުމުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ." ބަންޑާރަނައިބު ރިއްފަތުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ބިލްތައް ޑްރާފްޓް ކުރުމުގެ ބާރު މަޖިލީހުގެ ކޮމެޓީތަކަށް ދިނުމުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށާއި އެއީ ބަންޑާރަނައިބު އޮފީހުގެ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވަނީ ބަންޑާރަނައިބު ރިއްފަތުގެ ޓްވީޓް ވެސް ފަހުން ރީޓްވީޓް ކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމެޓީތަކުން ކުރަން ނިންމުމުން ވަޒީރުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ސަރުކާރުގެ މަސައްކަތައް މަޖިލީހުން "ނުފޫޒު ފޯރުވަން" މަސައްކަތް ކުރާކަމުގެ ތުހުމަތު މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ކޮށްފައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަޖިލިސް ބޭނުން ކުރައްވައިގެން "ވަކި ސަރުކާރެއް" ހިންގަވަން މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އެންދެރި

    އާ މަޖްލީހެއް ބޭނުމެވެ.

    46
  2. ދޭބަލަ

    މަޖްލީހުން ޖެހޭނީ ބިލް ތައް ޑްރާފްޓް ކުރަން އެއީ އެއްގޮތަކަށް ވެސް ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ނޫނޭ ސަރުކާރުން ހުށައަޅާ ބިލް ތަކުގައި ހުންނާނީ ރައްޔިތުންނަށް އެއިން އެއްވެސް ފައިދާ އެއް ނުކުރާނެ އުސޫލުން އިންކަމް ޓެކްސް %8 ނެގުން އަދި މަސައްކަތް ނުކުރާ މީހުންނަށް އެފައިސާ އިން އެލަވަންސް ދިނުން އެއީ އެއްގޮތަކަށް ވެސް އާމްދަނީ ލިބޭ މީހާ ފެލާލައިގެން ކުރަން ޖެހޭނެ ކަމެއް ނޫނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    2
    14
    • ތަމެން ނަމެން

      އެހެންތޭ! ތަމެން މަމެން ކިޔޭނެކަމެއްނެތް ޗަކޮޔާ. ކަލޯމެން މަޖިލީހުން އަހަރަކު އެންމެ 3 ޖަލްސާއަށް އައިސްވެސް ރައްޔިތުންގެ ލާރިން ބޮޑު މުސާރަނަގާވާހަކަ ނުބުނަނީ ކީއްވެތޭ؟ އެއީ ރައްޔިތުންނަށް ފައިދާވާ ގޮތްތޭ؟

  3. ޖަނބެ

    މަޖުލީހުގަ ތަޅުއަޅުވާ ހިސާބައް ކަންތައް ދަނީދޯ ތިޔަ

    51
    1
  4. ގޫންޖާ

    އަންނި އަނެއްކާ އަތަށް ގޮއްވާލަން އެބައުޅޭ

    55
    1
  5. ރަދީފް ހުސެން

    ވަޒީރުން ރުހުނަސް ނުރުހުނަސް ވާނެކަމެއްނެތް. ރައީސަކައްވެސް ކުރެވޭނެ ކަމެއް ނޯންނާނެ. މިއަދުގެ ސަރުކާރު ހިނގަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް. ބަރުލަމާނީ ނިޒާމުގެ އުސޫލުން. ދެން އެންމެ ރަނގަޅުވާނީ އެއްޗެއްނުބުނެ ބަސްއަހައިގެން ތިބުން ނޫނީ ތިމަގާމުގަވެސް ނުތިބެވޭނެ. ލޮލް

    47
    8
  6. އަލިބެ

    އޭރުވެސް މަ ބުނިން އިބޫ ސަރުކާރައް ޖެހޭނެ އެންމެ ބޮޑު ބަލާވެރިކަމަކީ އަންނި އަދި އޭނަގެ ޕަޕެޓު ލަތީފްގެ ބަލާވެރިކަމޭ ހީވި ތިއޮއްގެން ފެންނަނީ އެތަން

    51
    2
  7. ވިލަރެސް

    ތިއީ ވެސް ނަޝީދުގެ ކޮރޮޅި ސިކުޑިން ވިސްނައިގެން އިބޫގެ ބޮލުތެރެއަށް ވައްދާފަވާ ބައި ރުފިޔާއަކާ ހާދަ ވައްތަރޭ. ކޯލިޝަންގައި ހިމެނޭ މައުމޫނާ އަދާލަތާ ޖުމްހޫރީ ޕާޓީއަށް ބިލްތަކަށް އަތް ނުކޮށްޕޭނެ ގޮތަކަށް ހަދާލީ ލާދީނީ ގެންނަން ވެގެން

    50
  8. Juhaa

    ބިލްތައް ޑްރާފްޓްކުރުން އެކަންޏެއް ނޫން. މިހާރު ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރަނީވެސް، އަދި ނިޔާ ކަނޑައަޅަނީވެސް ތިޔަ މަޖިލީހުން. އެކަން ކުރަން އެނގެނީ މަޖިލީހުގައި ތިބި އެމް.ޑީ.ޕީގެ މެންބަރުންނަށް އެކަނި. ޚާއްޞަކޮށް ޙިސާން ޙުސައިނާއި އިމްތިޔާޒް ފަހުމީއާއި މޫ ސާ ސިރާޖް ކަހަލަ މީހުންނަށް.

    24
  9. ކޮބާ ޖަސްޓިސް

    ކެނެރީގެ ނަޝީދު ބަގާވާތް ނުކުރޭ. އަދި މި އަމަލު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން

    24
  10. ތުއްތު

    މިނި ސްޓްރީތަކާޑިޕާޓްމަންޓް ތަކާ ކުންފުނިތައް އަދި ޝަރުޢި ދާއިރާ އެއްކޮށް އުވާލާ ހަމައެކަނި މަޖްލި ސް ބޭއްވީމަ އޯކޭވާނެ ވަަރަށް ކުރީޒަމާނުގަވެ ސް ހުންނަނީ ބަނޑޭރިގެ އެތަނުން ހުރިހާ ކަމެއް ކުރާނީ ހެހެ ، މަމެން ކުރިންވެ ސް ބުނިން އިބޫވާނީ އަންނިގެ ޕަޕެޓަކަ ށޭ މިއޮތީ އެތަން ފެނިފަ އެހެންނާ ފަހެ މިހާރު ދެން ތިޔަ މަޖްލި ސް އަކާ ހެދި ބަލާވެރިކަމަކަށް ވެއްޖެއެއްނު އަތް ނުބާނާ އެއްދިމާ ލެއްވެ ސް ނެތީ ވިއްޔަ

    17
  11. ބުޅާ

    މީ އެބުނާ ތިން ބާރު ވަކިވެފައިއޮންނަ ފުރިހަމަ ޑިމޮކްރަސީއަކީ... މިހާރު މި އޮތީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުވެސް ކޯޓުތަކުން ވަކިކުރެވި މަޖިލީހަށް އެބާރު ލިބިފަ، އަދި ސަރުކާރު ހިންގުމުގެ ވާރުވެސް ސަރުކާރާ ވަކިކުރެވި މަޖިލީހަށް ލިބިފައި، ސަރުކާރު ހިންގުމުންފެށިގެން ގޮސް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް އެއީ މިއަދު މަޖިލީހުން ކުރާންޖެހޭކަމެއްގެ ގޮތުގައި މިވަނީ ވެ ނިމިފައި..

    12
    1
  12. މެމްބަރު

    މިނިމިދިޔަ 3 ސަރުކާރުވެސް (ރައީސް ނަޝީދުގެ ސަރުކާރު، ރައީސް ވަޙީދުގެ ސަރުކާރު، ރައީސް ޔާމީންގެ ސަރުކާރު) ކޮންޓްރޯލްކޮށް ސަރުކާރުހިންގަމުންގޮސްފަވަނީ ހަމަ ތިބުނާ ރައްޔިތުންގެ މަޖިލީހުން، މިސަރުކާރުގެ ތެރެއަށް އަތްބާނާ މިސަރުކާރުވެސް ހިންގަމުން މިދަނީ ހަމަ ތިބުނާ ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ މެމްބަރުން ބޭނުންވާގޮތަކަށް، އަޅުގަނޑުމެންނަށް ފެނުނު ސަރުކާރުގެ ތެރެއިން މަޖިލީހުން އަތްބާނާ ބޭނުންގޮތެއްނުހެދުނީ ހަމައެކަނި ރައީސް މައުމޫނުގެ ސަރުކާރުގައި، އެވެދާނެ ފަހަރެއްގަ އެއިރުގެ ޤާނޫނު އަސާސީ އޮތްގޮތުން އެމީހުން އަތްބާނަން ނުލިބެނީ ކަމަށްވެސް

    8
    3
  13. މިއަދު

    ވަޒީރުން ކަންބޮޑުނުވެ އަތްޖަހާ ސަރުކާރުން ބިލްތައްޑްރާފްޓް ކުރާނީ ރައިސް ޞަލިހުގެ މެނިފެސްޓޯއަށް މަޖިލިހުން ބިލްތައްޑަރާފްޓް ކުރާނީ އެޖެންޑާ 19 އަށް އެއީ ދީނިވިއަސްއަދި ލާދީނީ ވިއަސް މަޖިލިހުގެ ރައިސް ތަންފީޒުކުރަންޖެހޭ ކަމެއް ރައިސްސާލިހުއަށް މެނިފެސްޓޯ ރައިސްނަޝީދުއަށް އެގެންޑަ19 މިއީ މިދައުރުގެ ހަނގުރަމައި ދެހަތިޔާރު

  14. ކޮހޯސް

    އެމަނިކުފާނު ވިދާޅުވި އަނދިރި ދައުލަތަކީ ތިފާޅުވަމުންދާ ކަންކަން. ދިވެހިރާއްޖެ ކޮށާކުދިކޮށް ކެވޭނެކަމަށް އެބޭފުޅާ ހީފުޅުކުރެއްވުމަކީ އަދިރިދައުލަތަކީ

  15. ހައްލު

    އަންނި ވެއްޖެނުން ފަޅުރަށެއްގަ ތި ބައިގަނޑު ގޮވައިގެން ވަކި ސަރުކާރެއް ހަދައިގެން އުޅެން. މީނަ މިހާރު ބޭނުންވަނީ އިބުގެ ސަރުކާރަށް ކަމެއް ނުކުރެވޭކަން ދައްކައިގެން ސަރުކާރު ބަލިކަށިކޮށްގެން ބަޣާވާތެއް ކޮށްގެން ވެރިކަން ހޯދަން. އެހެންވެގެން މިހާރު މީނަ އިސްތިއުފާދިން ވެރިކަމުގައި އިސްތިއުފާދިނީ ބަޣާވާތަކުންނޭ ކިޔައިގެން މިއުޅެނީ ތަޙުޤީޤު ކުރަން.

  16. ހުސޭނުބޭ

    މާނައަކީ ސަރުކާރުގެ ހުރިހައި ބާރެއް އޮތީ މަޖިލީހު ރައީސަށޭ! މިހާރު ރައީސަކަށް ހުރި މީހަކީ މީދާކޭ އުނބެކޭ!