ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކޮށްފިއެވެ. މިމައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:00 އަށެވެ.

މިއަދު އޮންނަ އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ. އެހެންކަމުން ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ބާއްވާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ބާއްވާ އަޑުއެހުމެވެ. ކުށް ސާބިތުވެއްޖެނަމަ އަދަބު ކަނޑައަޅަން އިތުރު އަޑުއެހުމެއް އޮންނާނެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ނިމުމަކާއި ހަމައަށް ގޮސްފައި ވާއިރު އެމަނިކުފާނާއި ދެކޮޅަށް ކޯޓުގައި ހެކިބަސް ދެއްވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ހިމެނެއެވެ.

އެބޭފުޅުންގެ ހެކިބަސް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން އެދުނު ނަމަވެސް މައްސަލަ ބައްލަވާ ގާޞީ ހައިލަމް ވިދާޅުވީ އެބޭފުޅުންގެ ހެކިބަސް ބަލައިގަތުމާއި މެދު ގޮތެއް ނިންމާނީ މައްސަލައިގެ ޙުކުމް އިއްވާއިރު ކަމަށެވެ.

ޔާމީން އެމަނިކުފާނުގެ ދިފާޢުގައި ހުށަހެޅުއްވީ އެންމެ ހެއްކެކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެވެ. ނަމަވެސް އެކަމަނާ ވަނީ ޔާމީންގެ ދިފާޢުގައި ހެކިބަސް ދެއްވަން ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. zayaan

  rangalhu… evves hekkeh nuvaane… ekaku ves beynumeh nuvaane dhw nagulah fain erykah… heheheh… vedhun

  • ބުލްބުލް

   ޒަނާމް މެންކަހަލަގެ ދީނެއް ގަބޫލްނުކުރާމީހުނަށް ވިސްނޭނީ ތިޔަހެން.

 2. ޓިނު

  ހާދަ އެހެންކަހަލަ ފޮޓޯއެއް ؟

 3. ޖަނބެ

  ކަލޯ ތިޔަކަންމެއް ނުވާނެ ރައީސް އިބޫ ނޫޅެ މޮޔަވެގެންނެއް މިވެރިކަމުގަ ރައީސް ޔާމީނަކައް ހުކުމެއް ނުއިއްވާނެ ގޯސްކޮށެއް ނަޝީދު ބޭނުންވިޔަސް

  2
  1
 4. ޖާޒީރާ ބޯއީ

  ރައީސް ޔާނިންގެ މައްޗަށް ތިޔަ ދައުވާ ސާބިތުވާވަރުގެ އެއްވެސް ހެއްކެއްނެތް އަދި މިހާތާކަށް ލިބިފައެއް. އެގިދާނެތާދޯ ދިނޭ ދީނޭ މިކިޔާމީހުން ދީނުގެ ހުކުމްތަކާމެދު ގޮތް ނިންމާގޮތެއް.

 5. ޔެސް

  ދެންގޮސްސަ ބުނާނީ ދެތްތޮ

 6. ޞޮންތި

  ބޮޑުބަގު.....

 7. Anonymous

  މިއަދު ބޭނުންގޮތެއް ހެދިދާނެ. އެކަމަކު ލާދީނީ ބައިގަނޑުގެ ނަގުލަށް ފައިން އެރޭނެ ދުވަހެއް އަންނާނެ. ސަހަރޯއޭ ކިޔާފަ ދުވާނެ ސަލާމަތްވެވޭނެ ކަމަށް. އެދުވަހަކުން ހީހީފަ ވެދުން ކުރޭ.

 8. ކަހަނބު ވިތް ޔާއްކަޅެޭ

  ދޮގު ހެކިދިނުމާ އަދުލު އިންސާފުން ބޭރުވާނަމަ ﷲ ލައްވަފާނެ ލައުނަތަކަށްބިރުވެތިވޭ