ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ކާރިސާތަކުގަޔާއި، ހާދިސާތަކުގައި ޝަހީދުވެފައިވާ ދިވެހި ދަރިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފިއެވެ.
މިބިނާ އާއި ބެހޭ އިތުރު ތަފްސީލެއް ޑިފެންސް މިނިސްޓްރީން އަދި ނުދެއްވައެވެ. ނަމަވެސް އެމިނިސްޓްރީން ވަނީ އެބިނާ ޑިޒައިން ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައެވެ.
މިނިސްޓރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މިފަދަ ބިނާއެއް ޑިޒައިން ކުރުމުގެ މުބާރާތެއްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޫބަރު 13 ވަނަ ދުވަހުގެ 10:30 ގައި ޑިފެންސް މިނިސްޓްރީގައި ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި، މުބާރާތުގައި ބައިވެރިކުރަން އެދޭ ޑިޒައިން އޮކްޓޫބަރު 24 ވަނަ ދުވަހުގެ 10:00 އަށް ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމަށް ދައުވަތު ދެއްވާ ކަމަށެވެ.
މިހާރު ވެސް ސިފައިންގޭގައި ނޮވެމްބަރ 03 ގެ ހަނދާނީ ބިނާގެ ނަމުގައި ބިނާއެއް ހުރެއެވެ. އެކި ރަސްމިއްޔާތުތަކާއި ގުޅިގެން އެބިނާގައި ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ވެސް ބާއްވައެވެ. މީގެ އިތުރުން ފުލުހުންގެ ހަނދާނީ ބިނާގެ ނަމުގައި އިސްކަންދަރު ކޮށީގައި ވެސް ބިނާއެއް ހުރެއެވެ. އެއީ ޑިއުޓީގައި އުޅެނިކޮށް ނިޔާވާ ފުލުހުންގެ ހަނދާނުގައި ގާއިމްކޮށްފައި ހުންނަ ބިނާއެވެ.
އެއް ކަމަކަށް ތިން ހަތަރު ތަން ހެދުމުގެ ބޭނުމަކީ ކޮބާ؟ މިހާރު އޭނީ ޤައުމީ ފެންވަރުގެ ތަނެއް ނޫންބާ؟ ޝަހީދުވި ކޮންމެ ބޭކަލަކަށް މޮނިއުމެންޓެއް ނުހެދިއްޔާ ރަގަޅު.. ރަގަޅު ވާހަކައެއް. ޝަހީދުންގެ ޒިކުރާ އާކުރަންޖެހޭނެ. އެބޭކަލުން ޤައުމަށް ވީ ޤުރުބާނީ ފާހަގަކުރަން ޖެހޭނެ. އެކަމަކު ކޮންމެ ބޭކަލަކަށް މޮނިއުމެންޓެއް ނުހެދިއަސް އެކަން ކުރެވިދާނެ. ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާ..
ދައުލަތުގެ ފައިސާއިން މާލޭގައި އިތުރުޕާކެއް ހަދަން މިފަހަރު އެޖަހަނީ ޝަހީދުންގެ ބޮލަށް.
އެއުޅެނީ ނޮވެމްބަރު 3 ގަ މިވެރިން ގަން ގަނޑު ފޮރުވަން
ހެޔޮނުވާނެ! މި ސަރުކާރުގައި ތިކަން ނުކޮށް މަޑުކުރޭ! މިއީ ރާއްޖޭ ޝަހީދުންނަށްވެސް ހުތުރުއަރުވާ ސަރުކާރެއް! ފަހަރުގައި ތި އިމާރާތުގެ ބިންގާއެޅުން ލުތުފީ ހަވާލުކޮށްފައި ހުޅުވުންވެ ސަގަރު ނާސިރާވެސް ހަވާލުކޮށްފާނެ! ޑރ އިޔާޒް ވިދާޅުވާފަދައިން މިހާރުގެ ރައީސަކީ ނަމާއެއްގޮތަށް ޞާލިޙް މުނާފިޤެއް!
މިހާރު ތިޔައުޅެނީ ކޮންމެވެސް ގޮތަކުން ނޮވެންބަރ3 ގެ ބިނާތިޔަތަނުން ނަގަން
ތިޔައީމިލާދީނީސަރުކާރުން އެޝަހީދުންނަށް ކުރާމަލާމާތެއް ، އެބޭފުޅުންޝަހީދުވެދިޔައީ އިސްލާމްދީނާ ޤައުމުދެދިފާއުގައި،މިދެކަންތަކަށްހަޖޫޖަހަމުން، އެހަނދާނުގަބިނާއެއްހެދުން މިއަހަރުގެބޮޑުޖޯކުދޯ ، އެޝަހީދުންނަށްސުވަރުގޭގެމަތިވެރިނިއުމަތްމިންވަރު ކުރައްވާށިއާމީން!
ޝަހިންދާގެ ހަނދާނީ ޕާރކާ އަދި މޮނިއުމެންޓް ދޯ ހަދަން ތިޔައުޅެނީ. ޝަހީދުންގެ ބޮލުގަ ނާޅުވާވެސް ތިޔަ ފައްޅިއާ ޕާރކް އަޅަންވީ.