ސްކޫލްތަކަށް ކުދިން ވެއްދުމުގައި ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މާލޭ ރަށްވެހި ދަރިވަރުންނަށް އިސްކަން ދޭން ނިންމުމުން އިންސާފުވެރިކަމާއި ދަރިވަރުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުުނު ބަޔާނެއްގައި ވިދާޅުވީ މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް އެކުލަވާލި އުސޫލުގެ ދަށުން އެސްކޫލް ހިމެނޭ ސަރަހައްދަކުން ވީހާވެސް ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށެވެ.

"މިއުސޫލުގެ ތެރެއިން އެކުއްޖަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސްކޫލަކުން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެން ދާނެ." އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މާލޭގެ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ހަދަން ޖެހުނު މައިގަނޑު ސަބަބަކީ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލްގައި އަންނަ އަހަރު އަލަށް ގްރޭޑް އެކަކަށް ވައްދާ ދަރިވަރުންނަށް ދެވެން ހުރި ޖާގައިގެ އަދަދަށްވުރެ އެސްކޫލްތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން އިސްކަންދަރު ސްކޫލުން 90 ޖާގަ ދެވެން އޮތްއިރު އެސަރަހައްދުގައި 288 އަށް ވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. އަދި ޖަމާލުއްދީން ސްކޫލުން 120 ޖާގަ ދެވެން އޮތްއިރު އެސަރަހައްދުގައި 396 އަށް ވުރެ ގިނަ ދަރިވަރުން އުޅެއެވެ.

ބައެއް ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ޤަވައިދާއި ހިލާފަށް އެސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އެސަރަހައްދުގައި އުޅޭކަމަށް ލިޔެކިޔުން ހުށަހަޅައިގެން ސްކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ބައެއް ގޭގޭގައި ގްރޭޑް އެކަކަށް ވަންނަ 40 އާއި 50 އާއި ދެމެދުގެ އަދަދަށް ކުދިން އުޅޭކަމަށް ލިޔުން ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފާތުން

    މާލޭ މީހުން އެކަނިތަ މިރާއްޖޭގައިި ދިރިއުޅެންވީ.

    27
    11
  2. އިސްފަނޑިޔާރު

    ރާޖެތެރޭ މީހުން މިތަން ދޫކޮއް ދޭބަލަ..ފުލެޓެއް ވިޔަސް ގޯޗެއްވިޔަސް ސުކޫލެއްވިޔަސް އެމީހުންނައްތަ..

    44
    19
  3. ލަދު ކޮބާ

    ކޮމާލެ މިހުނެ މިހާރަކުނެ މާލެމިހުނެ ތިބީ 6ވަރަކަން މުސްކުޅިން މާލެމިހުނއްއިސްކަދެޔާ ރައީސަކުހޮވަން ވޯޓުވެސްލާ މާލެ މިހުން އެކަނި ނިކަން%50 ނެރެބަލ👅👅

    19
    8
  4. ފާތުން

    ރާއްޖެތެރޭމީހުން އެމީހެއްގެ ރަށުންއެމީހެއްގެ ދަރިއަކަށް ތައުލީމުދީބަލަ. ރަށްރަށުގަ ވެސް ނުލާހިކު ރަނގަޅަށް ކިޔަވާދޭ. ޢަދި ވަނަ ވަނަ ވެސް އެބަގެނޭ. މާލެ ތޮއްޖައްސަން މިތަނަަަށް އަަައިސްމީދެން ކޮންކަމެއްތަ. މާލޭ މީހުންގެ ދަރިންނަށް މާލޭ ސުކޫލުތަކުން ޖާގަދޭންވާނީ. މިމީހުން މާލެ އައިސް މިތަން ތޮއްޖަސާފި. ކިހާބޮޑު ނޮހޮރުއްޕާނެއްތަ.👹

    63
    28
    • ދދދދދދ

      އެމީހުން މާލެ އައިއިރު ކަލޭ ދަތް އުނގުޅަނީ މަގުމައްޗަށް ނުކުމެ ފާރުބުޑުގަ އޮންނަ ކަޅު ވެލިގަނޑުގަ އިނގިލި ޖައްސައިގެން. މީ ދެކިފަ ހުރި މަންޒަރު. މިހާރު ތި ފުއްޕަނީ ރާއްޖެތެރޭ މީހުން އަތުން ލާރި ލިބި މާޒީ ހަނދާން ނެތުނީމައެއްނު. ކަލޭ ތިހެން މަސައްކަތެއް ނުކޮށް މުއްސަނދިކޮށް އުޅޭނީ ކިހިނެއް ރާއްޖެތެރޭ މީހުން ދިޔައިމަ. ބައްޔެއް ޖެހިފަ ހުރި ބުރާންޗެއްނު ތީ.

      13
      8
  5. ހަމަހަމަ

    ހަމަ ހަމަ ކަމަކީ ކޮބާ؟ ދިވެހި ރައްޔިތެއް ވިއްޔަ އެއްވެސް ތަފާތުކުރުމެއް އޮވެގެން ނުވާނެ. ކޮން މާލެއެއް ރާއްޖެތެރެއެއް ކިޔާކަށް. ދައުލަތައް ފައިސާ ވަންނަނީ ހަމަ އެކަނި މާލޭ މީހުން ކިރާ މަސައްކަތިންތަ؟ އަހަރެމެންގެ ދަރީންނަށްޓަކައި އަހަރެމެން މި ގުދާރު ބިންދަނީ! އެހެނެކޭ ކިޔާފަ ކޮންކަމެއް މިވަނީ... ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ހަމަހަމަ ކަމާއި އެކު ދައުލަތުގެ ފައިސާ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ބޭނުންތަކަށް!

    27
  6. ދދދދދދ

    އެކޮޅުކޮޅުން އިންސާފު ދަންނަ ބަޔަކަށް ވެރިކަމެއް ލިބިގެން ހެދޭނެހެދޭގަ....

    3
    4
  7. ހުސޭނު

    ރައްރަށުގަ ތިބެގެން ދަރިންނައް މިހާރު ރަނގަޅު ތައުލީމެއް ނުދެވެންވީ ސަބަބެއްނެތް. އިމްތިހާނުތަކުން އެކަމުގެ ހެކި އެބަފެނެ.ކުއްޖާ ކިޔަވާ ފާސްވީމަ ރަނގަޅު އާމްދަނީ އެއް ހޯދަން އެކުއްޖާ އެކަނި މާލެ ބަދަލުވޭ އޭރުން ދެކޮޅުޖެހޭނެ އަދި ފަހުން ރަށައް ބަދަލުވެ ރަށުގަ އަމިއްލަ ކަމެއްކުރަން ލާރި ރައްކާކުރެވޭނެ. ކުއްޖަކު ވިހާއިރައް މުޅި އާއިލާ ގޮވައިގެން މާލެ އައިސް ގަނަތެޅޭނެ ކަމެއްނެތް. ލިބޭ ހުރިހާ ލާރިއެއް މާލޭ ރައްޔިތުންނައް ދެނީއޭ ގޮވާކައް ނުވާވަރުން މާލެ އަންނާނެ ކަމެއްނެތް. ފުދިގެން އުޅޭމީހުން މާލެ އާދޭ، އައިސް ގިނަލާރި ހޯދާ. ރައްރަށުގަ ހިއްކާބިންތަކަކީވެސް އަދި ކުރާހޭދަޔަކީ ވެސް ރައްޔިތުންގެ ފައިސާއިން ކުރާ ހަރަދު. އެހެންވީމަ މާލެ މީހާޔައް ރައްރަށުންވެސް ބިންލިބެންޖެހެ، ރަށުމީހާޔައް މާލޭންވެސް ބިންލިބެންޖެހެ.

    4
    3
  8. އާސިލް

    ހޭ ހޭ ކޮބާ ރާކަނިމަސް ހުންނާނީ ކެވިފަ ޖަޒީރާ ރާއްޖެ މިހާރު ބަދަލްވެގެން އެދިޔައީ މާލެ ދިވެހިުރާޖެ މާލެޔާ ރާއްޖެތެރެ މީ މީ ދެ ގައުމެއްތަ މިހާރު ސަރުކާރުން ހިންގަމުންދާއެންމެ ބޮޑް މަސްރޫއުތްކކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުން ހިމާތަށްކުރުން ވަރަށްސަލަމް

    6
    1
  9. ހަސަން

    އިސް ކަންދަރު ސު ކޫލުއަށް 180 ކުދިން ވެއްދޭނެ ކަމީ ހަގީގަތް. އެއީ 2019 ވަނަ އަހަރު 6 ކުލާސް ގުރޭޑް 10 ގައި ކިޔަވަމުންދާއިރު މިކަންނުވަންވީ ސަބަބެއް ނޭގުނު. ސެސަން މައްސަލާގައި ގުރޭޑް ފަޅަންޖެހުން އެއީ މައްސަަލައެއްކަމަކަށް ނުދެކެން. މިހާރު ކީސްޓޭޖު އޮތްގޮތުން ޓީޗަރުންގެ މައްސަލަ ދިމާވާނެކަަމަކަށް ނެދެކެން. އެނެއްކާ 3 ކުލާސްކުދިން ކާލީބާ؟؟؟

    • ގަންޖާފެކްޝަން

      ރީނދޫ ލިބާސް ނުބޭލި ހުންނަވާ ކަމަނާފާނު ކާލީ ކަންނޭގެ. ކެކެކެ.

  10. ސޮފްވާން

    ގާނޫނު އަސާސީން ހައްގުވާ މިންވަރު އަދި ހަމަހަމަކަން ކޮބާ . ތަފާތުކުރުމެއް އޮވެގެން ނުވާނެ. އެންމެންވެސް މީ ދިވެހިން. މާލޭމީހުން އަތޮޅުތެރޭމީހުން ފެލާގެން ބޮޑުއަގުގައި ކުއްޔަށްދީ ލިބޭފައިސާއިން އަރާމްދިރިއުޅުން އޯކޭ؟؟؟

    2
    2
  11. ކިޔާމީހާ

    އިންސާފަކީ ވަކިބަޔެއްގެ އަންބޮނޑިއަށް ބަރުކުރުމަށް ކިޔާނަމެއްތަ؟؟ މާލެ ވެގެން އޮރިޔާން ނިވާނުކުރާ ބައިގަނޑަށްތަ ހަމަ އެކަނި އިންސާފު ބޭނުންވަނީ.

  12. ކަމަނަ

    މާލޭ ސްކޫލުތަކުގަ ވިލިމާލޭގަ ދިރިއުޅޭ އެތައްބަޔަކުގެ ދަރިން އުޅޭ އޮޅުވާލައިގެން މާލޭ ގޭގޭގެ އެޑުރެހުގަ ޖައްސައިގެން އަބަދުވެސް ކުދިނއ ވައްދަނީ އެގޮތަށް ކޮންމެ ކަމެއްގަ މަކަރު ހެދުމަކީ ދިވެހިންގެ އާދަ

  13. މޫސަ

    މާލޭ މީހުން ކައިގެން އުޅެނީ ރާއްޖެތެރެ މީހުން ފެލައިގެން. ތިޔަ މާލެ ތަނަ ކަށްހެދީ ރާއްޖެތެެރެ މީހުން. ހބލ ނުވެބަލަ.

  14. ގައުމީދޫ

    ޜޭސިސްޓް ލާދީނީ އޮއިވަރު މިހިނގަނީ އެތެރެވަރިންނެވެ! ޖަޒީރާ ރާްއްޖޭގެ ވިސްނުމުގެ އަސާސް އަކަށް މިވަނީ ރަށްފުށުގެ ދިރިއުޅުމަށް ރާއްޖެތެރޭ މީހުން އަނބުރާލުމެވެ