16:59

16:55

ޝަރީޢަތުގެ މަޖިލިސް ނިންމާލައިފި.

16:54

ނޮވެމްބަރ 05 ވަނަ ދުވަހު ޙުކުމް ކުރުމުގެ ޝަރީޢަތް އޮންނާނެ.

16:54

ޔާމީން ވަކީލް އަލީ ޝާހް: އެހެންކަމުން މިބާވަތުގެ ކުށެއް ސާބިތުކުރެވެން ނެތްކަމާއި، އަދި އިސްލާމީ އުސޫލުތަކާއި ޤުރުއާނުގައި އޮތް ވަހީބަސްތައް ހާމަކޮށް ހުތްޖަތްދައްކައިދީފައި ނޫވާތީ އާއި ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަ ކޮށްފައިނުވާތީ އާއި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ސާބިތުނުވާތީ އާއި މިއީ ހީވާ ހީވުމެއްގެ މައްޗަށް ކުރާ ދައުވާ އަކަށް ވާތީ އާއި ޤާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި ހިލާފަށް ހުށަހެޅިފައިވާ ދައުވާއަކަށް ވާތީ އާއި ސިޔާސީ ދައުވާއަކަށް ވާތީ ދައުވާ ސާބިތުނުވާ ކަމަށް ނިންމައި ދިނުމަށް އެދުން.

16:51

ޔާމީން ވަކީލް އަލީ ޝާހް: ޙުކުމެއް ގާއިމް ކުރެވޭ ވަރަށް ދައުލަތުން މިމައްސަލައިގައި ޤާނޫނީ ވާޖިބުތައް އަދާކޮށްފައެއްނުވޭ.

16:48

ޔާމީން ވަކީލް އަލީ ޝާހް: ޔާމީންގެ މައްޗަށް ތުހުމަތުކޮށް ތަޙްޤީޤުގައި ސުވާލުކުރީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް. މަނީލޯންޑްރިން މައްސަލައެއްގައި ޔާމީނާއި ސުވާލުކޮށްފައެއް ނުވޭ.

16:46

ޔާމީން ވަކީލް އަލީ ޝާހް: ހަަސަން ލުތުފީގެ އެއްވެސް ބަހަކަށް މިހާރު ޤާނޫނީ ގޮތުން އިސްކަން ދެވެން ނޯންނާނެ ކަމަށް ދެކެން.

16:42

ޔާމީން ވަކީލް އަލީ ޝާހް: ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާކުރިއިރު އެއީ މަޝްހޫރު ކުންފުންޏެއް ނޫން. އޭރު އެކުންފުންޏަކީ މިފަދަ ކަންކަމުން ފައިސާ ހޯދާ ކުންފުންޏެއްކަން ދައުވާ ލިބޭ ފަރާތައް ވެސް ނޭނގޭ. އެހެންކަމުން ޝައްކުގެ ނަޒަރަކުން އެމުއާމަލާތައް މެދު ވިސްނުމުގެ ޖާގައެއް ނެތް.

16:39

ޔާމީން ވަކީލް އަލީ ޝާހް: ބޭންކިން ނިޒާމްގައި ފެންނަން ހުންނާނެ ގޮތައް ފައިސާ ބެހެއްޓުމަކީ މަނީ ލޯންޑްރިން ކުރުން ނޫންކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް ނިންމާފައިވޭ.

16:37

ޔާމީން ވަކީލް އަލީ ޝާހް: މަނީލޯންޑްރިން ކުރުމަކީ ފައިސާގެ ހަޤީޤަތް ގެއްލުވާލުމަށް މަސައްކަތް ކުރުން. އަދި ސައްހަ ފައިސާގެ ގޮތުގައި މާކެޓަށް ނެރުން ނުވަތަ ރައްކާކުރުން. ނަމަވެސް މިއިން އެއްވެސް މަރުހަލާއެއް މިމައްސަލައިގައި ތުހުމަތު ކުރެވޭ ފައިސާ އާއި މެދު ހިނގާފައެއް ނުވޭ.

16:35

ޔާމީން ވަކީލް އަލީ ޝާހް: އެމްއެމްޕީއާރްސީގެ ތަޙްޤީޤުތައް މިހާރު ވެސް ކުރިއަށްދާއިރު އެތަޙްޤީޤު ނުނިމެނީސް އެސްއޯއެފްގެ ފައިސާ އަކީ ކޮރަޕްޝަންގެ ފައިސާ ކަމަކަށް ނުނިންމޭނެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުރި ހުރިހާ ތަޙްޤީޤެއް ޤާނޫނާއި ހިލާފުކަމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ނިންމާފައި.

16:32

ޔާމީން ވަކީލް އަލީ ޝާހް: މަނީ ލޯންޑްރިން ދައުވާކަން އެނގޭއިރު މަނީ ލޯންޑްރިންގެ ކުށަނީ ކޮރަޕްޝަންގެ ކުށެއް ކަން ޤާނޫނުން އެނގޭ. އެހެންކަމުން މިމައްސަލައިގެ ތަޙްޤީޤު ކުރަން ޖެހޭނީ އޭސީސީ ބައިވެރިކޮށްގެން ފުލުހުންނާއި ގުޅިގެން ޖިނާޢީ އިޖުރާޢާތުގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަނެއް. އެހެންކަމުން އޭސީސީ ބައިވެރިނުކޮށް ތަޙްޤީޤު ކޮށްފައި ވާތީ މިއީ ބާތިލް ދައުވާއެއް.

16:30

ޔާމީން ވަކީލް އާދަމް އާސިފް: މިދައުވާގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ދައުވާ ލިބޭ ފަރާތް އެކަހެރިކޮށްލުން. މެއިން ސަސްޕެކްޓް ފޮރުވުމަށް ކޮށްފައިވާ ދައުވާއެއް މިއީ. މިއީ ޤާނޫނުގެ ފުޅާ މާނަ ޤާނޫނާއި ހިލާފަށް ކޮށްފައިވާ ދައުވާއެއް. އެމްއެމްޕީއާރްސީ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މަޖިލިސް މެންބަރުންނާއި އަދި އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ އިރު އިތުރު އެތައް ބަޔަކަށް ތުހުމަތު ކުރެވޭއިރު އެއިން މީހެއްގެ މައްޗަށް ދައުވާ ނުކުރާކަން ފާހަގަ ކުރަން.

16:27

ޔާމީން ވަކީލް އާދަމް އާސިފް: އެސްއޯއެފް މައްޗަށް ދައުވާ ކުރުމެއް ނެތި ވަކި ފަރާތަކަށް ދައުވާ ކުރަނީ ވަކި މީހަކު މުޖުތަމަޢުން އެކަހެރި ކުރުމަށް ކުރާ ދައުވާއެއް. މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ހިލާފުކަމެއް.

16:26

ޔާމީން ވަކީލް އާދަމް އާސިފް ހުލާސާ ބަޔާން އިއްވަން ފެއްޓެވުމުން ތަކުރާރުވާ ކަމަށް ވިދާޅުވެ ގާޞީ ހައިލަމް އެކަން ހުއްޓުވައިފި.

16:25

ޔާމީން ވަކީލް އާދަމް އާސިފް: ގާޞީ އަންގަވާ ގޮތައް އަވަސް ކުރުމުގެ ގޮތުން ދެ ޞަފްހާ ދޫކޮށްލައިފިން.

16:23

އަލުން ޝަރީޢަތުގެ މަޖިލިސް ފަށައިފި. ގާޞީ ހައިލަމް ވިދާޅުވީ ދެން ހުލާސާ ބަޔާން އިއްވުމަށް ދެވޭނީ 30 މިނެޓް ކަމަށް.

16:22

ޔާމީންގެ ޝަރީޢަތް މެދުކަނޑާލީ 10 މިނެޓަށް ކަމަށް ވީނަމަވެސް އަދިވެސް ޝަރީޢަތުގެ އަޑުއެހުން އަލުން ފަށާފައެއް ނުވޭ.

16:21

15:53

15:47

10 މިނެޓްގެ ހުސްވަގުތުކޮޅަކަށް ޝަރީޢަތް މެދުކަނޑާލައިފި.

15:47

ހުލާސާ ބަޔާން ދިގުވުމުން ގާޞީ ހައިލަމް ވަކީލުންނާއި ސުވާލު ކުރައްވަން ފައްޓަވައިފި. ގާޞީ ސުވާލު ކުރެއްވީ ދެން ފާހަގަ ކުރަން ބޭނުންވަނީ ކޮންކަމެއްތޯ؟

ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ ވަކިވަކިން ފާހަގަ ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް. އެހެންކަމުން އަދި ގަޑިއެއްހާއިރު ބޭނުންވާ ކަމަށް.

15:44

ޔާމީންގެ ވަކީލް އާދަމް އާސިފް: ޔާމީންގެ އެކައުންޓަށް ފުރަތަމަ ފައިސާ ޖަމާވި ފަހުން ދެވަނަ ފަހަރަށް ފައިސާ ޖަމާވުމާއި ދެމެދު 31 ޓްރާންސެކްޝަނެއް ހިނގާފައިވޭ. ދައުލަތުން ވަނީ މިކަން ވަންހަނާކޮށްފައި.

15:40

ޔާމީންގެ ވަކީލް އާދަމް އާސިފް: ބޮޑުމުލާ ކުއްޔަށް ދިނުމުގައި ޔާމީންގެ ބައިވެރިވުމެއް ނެތްކަން ސާބިތުވޭ. ބޮޑުމުލާ އަކީ ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ރަށެއް ނޫންކަން ސާބިތުވޭ.

15:36

ޔާމީންގެ ވަކީލް އާދަމް އާސިފް: ފައިދާ ހޯދުމުގެ ނިޔަތް ޔާމީންގެ އޮތްނަމަ އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާ ވެސް އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށް ފައިދާ ހޯދާނެ.

15:34

ޔާމީންގެ ވަކީލް އާދަމް އާސިފް: ޔާމީނަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އެއްވެސް ތުހުމަތެއް ކުރެވޭ ފަރާތެއް ނޫންކަމަށް މުއައްވިޒް ބުނެފައިވޭ. އަދި އޭސީސީގެ ތަޙްޤީޤުތަކުން ވެސް އެކަން އެނގޭ.

15:30

ޔާމީންގެ ވަކީލް އާދަމް އާސިފް: އަދީބާއި ޒިޔަތުގެ ހެކިބަސް ދައުލަތައް ބަލައިގަނެވޭނެ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތް.

15:26

ޔާމީންގެ ވަކީލް އާދަމް އާސިފް: ދަލީލެއްގެ މައްޗަށް ބިނާކޮށް ކުށެއް ސާބިތުކުރުން އެއީ ޖިނާޢީ އަދުލްގެ ނިޒާމް ދަންނަކަމެއް ނޫން.

15:23

ޔާމީންގެ ވަކީލް އާދަމް އާސިފް: އަދުލްއިންސާފް ގާއިމް ކުރެވެން ޖެހޭނީ ހަމަހަމަކަމާއި އެކު. ދައުލަތުން ހުށަހެޅި ބައެއް ހެކިންނަކީ އެބައެއްގެ މައްޗަށް ކުށްތައް ސާބިތުވެ އަދުލްވެރިކަން ގެއްލި އަދި ޖިނާޢީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތްތަކެއް. މިއީ ސިޔާސީ ދައުވާއެއްކަން، ޔާމީނަކީ މައުސޫމް ފަރާތެއްކަން ސާބިތުވެއްޖެ.

15:21

ޔާމީންގެ ވަކީލް އާދަމް އާސިފް: ދައުލަތުން ހުށަހެޅި ހެކިން ތަޙްޤީޤުގައި ދިން ބަޔާނާއި، ޝަރީޢާތުގައި ދައްކާ ވާހަކައިގައި ތަފާތުތަކެއް ހުރިނަމަ އެހެކިބަހަށް ޝަރީޢަތައް ބަލައިގަނެވިގެން ނުވާނެ.

15:19

ޔާމީންގެ ވަކީލް އާދަމް އާސިފް: ހެކިބަސް އަދާކުރާ މީހަކީ އަދުލްވެރި މީހަކަށް ވާން ޖެހޭނެ. މިއީ އިލްމުވެރިން ވެސް އިޖުމާޢުވެފައިވާ ކަމެއް.

15:16

ޔާމީންގެ ވަކީލް އާދަމް އާސިފް: ހުލާސާ ދަލީލްތަކަކީ ޝައްކާއި ވަހްމު އުފެދިފައި ނެތް އެއްޗަކަށް ވާންޖެހޭނެ.

15:10

ޔާމީންގެ ވަކީލް އާދަމް އާސިފް: އަދީބާއި ޒިޔަތުގެ ހެކިބަސް ނަގާފައި ވަނީ ދައުލަތުގެ ބޭނުމަށް އެމީހުންނަށް ލުއިތަކެއް ދީގެން އެމީހުން ގޭގައި ބައިތިއްބައިގެން. އަދި ޒިޔަތަކީ މިހާރު ވެސް ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ މީހެއް. އަދީބާއި ޒިޔަތުގެ ހެކިބަހުގައި ނުރައްކާތަކެއް ހުރުމުން ގާޞީގެ ސަމާލުކަމަށް އެކަން ގެންނަން. ބޮޑުމުއްލާ އާއި ބެހޭ ގޮތުން ޔާމީން ގުޅިކަމަށް ޒިޔަތު ބުނާއިރު އިތުރު ހެއްކެތް މިކަމާއި ގުޅިގެން ހުށަހަޅާފައެއް ނުވޭ. ޒިޔަތު އެކި ފަހަރު ބަޔާން ދީފައި ވަނީ އެކި ގޮތްގޮތުން. އަދި ޒިޔަތު ވަނީ އެމްއެމްޕީއާރްސީގެ ފައިސާ އަށް ހިޔާނާތްވެފައިވާނެ ކަމަށް ޒިޔަތު އެއްބަސްވެފައި ވާތީ އޭނާގެ ހެކިބަހަކީ އިންސާފުވެރި ޝަރީޢަތައް ބަލައި ގަނެވޭނެ ހެކިބަހެއް ނޫން. އަދީބަކީ ވެސް އެމްއެމްޕީއާރްސީ އާއި އަދި ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވުމުން މީނާގެ ހިތުގައި ޔާމީނާއި ދޭތެރޭ ހަސަދަވެރިކަން ހުންނާނެ ކަން އެނގޭ،

15:04

ޔާމީންގެ ވަކީލް އަލީ ޝާހް: މުއައްވިޒް ޔާމީނާއި ބައްދަލު ކުރިތޯ ބަލަން އޭސީސީގައި އެދުމުން އެމައުލޫމާތު ހުންނާނީ ރައީސް އޮފީހުގައި ކަމަށް އޭސީސީ އިން ވަނީ ވިދާޅުވެފައި. މިކަންކަމުން އެނގެނީ މުއައްވިޒްގެ ހެކިބަހަކީ ހަޤީޤަތައް ދީފައިވާ ހެކިބަހެއް ނޫންކަން އެނގޭ.

15:03

ޔާމީންގެ ވަކީލް އަލީ ޝާހް: މުއައްވިޒް ރަޝީދު ޝަރީޢަތުގައި ވަނީ ދޮގުހަދާފައި. ރައީސް އޮފީހުގައި މުއައްވިޒް ޔާމީނާއި ބައްދަލު ކުރިކަމަށް ބުނެ މުއައްވިޒް ހަދާފައި ވަނީ ދޮގު. މުއައްވިޒް ޔާމީނާއި ބައްދަލު ކުރިނަމަ އެމައުލޫމާތު ރައީސް އޮފީހުގައި ހުންނާނެ. ނަމަވެސް އެމައުލޫމާތު ހޯދަން އެދުމުން ފޯރުކޮށްދީފައެއް ނުވޭ.

15:00

ޔާމީންގެ ވަކީލް އަލީ ޝާހް: އެހެންކަމުން އެސްއޯއެފް އިން ޖަމާކުރާ ޗެކަކީ އޭގެ ޒާތުގައި ޖިނާޢީ ކުށެއް ނޫން.

14:58

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފް އިން ޤާނޫނާއި ހިލާފު ކަންތައްތަކެއް ކުރާނަމަ އެކަން ތަޙްޤީޤުކޮށް ދައުވާ ކުރަން ޖެހޭނެ. މިއަދާއި ހަމައަށް އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅިފައެއް ނެތް.

14:56

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފް އާއި އެކު މުއާމަލާތެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ނޫން. އެކުންފުންޏަކީ ޤާނޫނާއި އެއްގޮތައް ހިންގަމުން ގެންދާ ކުންފުންޏެއް.

14:51

ޔާމީންގެ ވަކީލް އަލީ ޝާހް: އޭސީސީ އާއިއެކު ވެފައިވާ އެއްބަސްވުމުން ވެސް އެނގެނީ ދައުވާ ކުރެވޭނީ ތަޙްޤީޤު ފުރިހަމަ ކުރެވިގެން ކަން. ޝަރީޢަތުގައި މުއައްވިޒް ވެސް އިއުތިރާފް ވެފައި ވަނީ އެސްއޯއެފްގެ ތަޙްޤީޤު ނުކުރެވޭ ކަމަށް.

14:49

ޔާމީންގެ ވަކީލް އަލީ ޝާހް: އޭސީސީ އާއިއެކު ވެފައިވާ އެއްބަސްވުމަކީ މަދަނީ އެއްބަސްވުމެއް. މިއެއްބަސްވުމުގެ ދަށުން މީހަކު ކުށްވެރިއެއް ނުވާނެ. އެއްބަސްވުމުގެ ދަށުން ދައުވާ ކުރާއިރު ދެކަމެއް ފުރިހަމަ ވާން ޖެހޭ. އޭގެ ތެރެއިން އެއްކަމަކީ އެސްއޯއެފްގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމުން ދެވަނަ ކަމަކީ އެކައުންޓްގައި ހުރި ފައިސާގެ ޒާތާއި މެދު ގޮތެއް ނިންމުމުން.

14:47

ޔާމީންގެ ވަކީލް އަލީ ޝާހް: ބޭންކް ސްޓޭޓްމަންޓް ހޯދަން އޭސީސީން މަސައްކަތްކޮށް ނުލިބުމުން ޔާމީން އެދިގެން ބޭންކްން އެ ސްޓޭޓްމަންޓް ހޯދައި އޭސީސީއަށް ފޯރުކޮށްދިންކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން ވެސް އެނގޭ. މިއީ ވެސް ޔާމީން ކަމެއް ސިއްރު ކުރަން ނޫޅޭކަމުގެ ހެއްކެތް.

14:41

ޔާމީންގެ ވަކީލް އަލީ ޝާހް: އަދީބާއި ޒިޔަތުގެ ހެކި ބަސް ވަޒަން ކުރުމުގައި ކަންތައްތަކަކަށް ބަލަން ޖެހޭ. ކުށުގައި ހިމެނޭ ބައިވެރިޔަކު އަނެއް ބައިވެރިޔާގެ މައްޗަށް ދޭ ހެކިބަސް ބަލައިގަތުމުގެ ހުއްދަ ރާއްޖޭގެ ޤާނޫނުގައި ނެތް. ކުށުގެ މުގުލުގައި ތިބި ބައެއްގެ ހެކިބަސް އެހެން މީހެއްގެ މައްޗަށް ބަލައިގަތުމަކީ ޖިނާޢީ އަދުލްގެ ނިޒާމް ދަންނަ ކަމެއް ނޫން.

14:39

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފްގެ އެކައުންޓަށް ޗެކެއް ވަނުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ސާބިތެއް ނުވޭ. އަދި މުއައްވިޒް ވެސް ވަނީ މިފައިސާ އަކީ ކުށްކޮގެން ހޯދާފައިވާ ފައިސާ ކަމަށް ނިންމިފައި ނެތް ކަމަށް.

14:38

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފް އެކައުންޓަށް ދައުވާ ކުރާ ފައިސާ ވަންއިރު ވެސް އިތުރު ފައިސާ އެއެކައުންޓްގައި ހުރި. މިއަދާއި ހަމައަށް ވެސް ދައުވާ ލިބޭ ފަރާތައް ލިބުނު ފައިސާ އަކީ ޤާނޫނާއި ހިލާފު ފައިސާއެއް ކަމަށް އެއްވެސް ފަރާތަކުން ނިންމާފައެއް ނެތް.

14:35

ޔާމީންގެ ވަކީލް އަލީ ޝާހް: މަނީ ލޯންޑްރިން ޤާނޫނު މާނަކުރަން ޖެހޭނީ ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.

14:35

ޔާމީންގެ ވަކީލް އަލީ ޝާހް: ޖިނާޢީ ދައުވާގެ އެންމެ މުހިންމު ކަމަކީ ކުށުން މީހުން ދުރުކުރުން. ޝައްކެއް އުފެދުމުން ފަހުގެ ތާރީޚެއްގައި ކުށެއް ކަމަށް ކަނޑެޅުމަކީ ޖިނާޢީ ޤާނޫނުގެ މަފްހޫމާއި ހިލާފު ކަމެއް.

14:24

ޔާމީންގެ ވަކީލް އަލީ ޝާހް: މަނީ ލޯންޑާ ކުރުމުގެ ގޮތުން ޔާމީން ކުރި އަމަލެއް ދައުލަތައް ދައްކައިދީފައި ނުވޭ. އެކްސްކްރޯ އެކައުންޓެއް ހުޅުވުމުން އަދި ޔާމީން އެފައިސާ އެކައުންޓްގައި ބެހެއްޓުމުން ޔާމީންގެ ނިޔަތް ސާފުވޭ.

14:21

ޔާމީންގެ ވަކީލް އަލީ ޝާހް: ކުށްކުރުމުގެ ނިޔަތެއް އޮތްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭ. އަދި އެކަށީގެންވާ ޝައްކެއް އުފެދޭ މިންވަރަށް ދައުވާ ލިބޭ ފަރާތައް ކުށް އެނގޭކަން ސާބިތުކޮށްދޭން ޖެހޭ. ޤާނޫނު އުޤޫބާތުގައި ބުނެފައި އޮންނަނީ ދައުވާ ކުރާ ކުށުގެ ނިޔަތް އޭނާގެ އޮތްކަން ދައުލަތުން ސާބިތުކޮށް ނުދެވޭނަމަ ކުށް ސާބިތުނުވާކަމަށް.

14:19

ޔާމީންގެ ވަކީލް އަލީ ޝާހް: ކުށުގެ އަމަލު އަދި ކުށުގެ ގަސްދު ސާބިތު ކުރުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް. ނަމަވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޤާނޫނުގެ ފަސް ވަނަ ނަމްބަރު ގައި ބަޔާންކޮށްފައިވާ ކަންކަން ބަލަން ޖެހޭ. ފުރަތަމަ ކަމަކީ މުދާ ލިބުނު ގޮތެއް ސިއްރުކޮށް ކުށްކޮށްގެން ހުރި މުދަލެއް ކަން އެނގިހުރެ ޝައްކު ކުރެވޭ ހާލަތުގައި ބަދަލު ކުރުން ނުވަތަ ބަދަލެއް ގެނައުން. ދެވަނަ ކަމަކީ ކުށްކޮށްގެން ހޯދާފައި ހުރި މުދަލެއް ކަން ޝައްކުކުރެވިފައި ވަނިކޮށް މުދާ ހުރިތަނެއް ނުވަތަ އެއްވެސް ފަރާތަކަށް ލިބޭ ޙައްޤެއް ސިއްރުކުރުން ނުވަތަ އޮޅުވާލުން. ތިން ވަނަ ސަބަބަކީ ޝައްކު ކުރެވޭ ހާލަތުގައި އަތުގައި ބެހެއްޓުން. ހަތަރު ވަނަ ކަމަކީ މިދެންނެވި އަމަލެއް ކުރުމުގައި އެހީތެރިވެދިނުން. މިމާއްދާ އަށް ބެލުމުން އެނގެނީ ޕްރޮސެކިއުޓަރުން ހަތަރު ކަމެއް ކުރަން ޖެހޭ.

ފުރަތަމަ ކަމަކީ ޣައިރު ޤާނޫނީ އަމަލަކުން ހޯދި ފައިސާއެއްކަން އެނގިހުރެ އޮޅުވާލަން މަސައްކަތް ކުރުމާއި ބަދަލު ގެންނަން މަސައްކަތް ކުރިކަން ސާބިތުކުރުން. ދެވަނަ ކަމަކީ އެއީ ކުށެއް ކޮށްގެން ހޯދާފައި ހުރި ފައިސާކަން އެނގިހުރެ މުދާ ހުރިތަން ސާބިތުކޮށްދިނުން. ތިން ވަނަ ކަމަކީ އެމުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ކަން އެނގޭ. މިކަން ދައުލަތުން ސާބިތުކޮށްދެން ޖެހޭ. ނަމަވެސް އެކަން ސާބިތުކޮށްދެވިފައެއް ނުވޭ.

14:13

ޔާމީންގެ ވަކީލް އަލީ ޝާހް: ޤާނޫނުލްއުޤޫބާތު ބުނާ ގޮތުގައި ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދިނުން ލާޒިމްކޮށްފައިވޭ. މިމައްސަލައިގައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން އަދި އެއްވެސް ލިޔުމަކުން ވެސް ކުށުގެ އުންސުރުތައް ސާބިތެއް ނުވޭ.

14:10

ޔާމީންގެ ވަކީލް އަލީ ޝާހް: ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ކުށެއް ސާބިތުވާކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ނަމަ އެއީ މައުސޫމް މީހެއް ކަމަށް.

14:09

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުވާ ލިބޭ ފަރާތަކީ މައުސޫމް މީހެއް ކަން ގާއިމް ކުރުމަކީ ދައުވާ ލިބޭ ފަރާތުން ކުރަން ޖެހޭ ކަމެއް ނޫން. ކުށް ސާބިތުކުރުމުގެ ޒިންމާ އަދާކުރަން ޖެހޭނީ ދައުލަތުން.

14:08

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުލަތުން ހުށަހެޅި ހެކިތައް ދިރާސާ ކުރަން ބެލިއިރު ހުރަސްތަކެއް ކުރިމަތިވި. ދައުވާ ކުރާ ފަރާތުން ހުށަހެޅި ހެކިންގެ ބަޔާންތައް ލިބިފައި ނުވާކަން ފާހަގަ ކުރަން ބޭނުން.

ޔާމީންގެ ވަކީލްގެ އަލީ ޝާހް އެހެން ވިދާޅުވުމުން ގާޞީ ހައިލަމް ވިދާޅުވީ ޝަރީޢަތުން ކަމެއް ނުކޮށްދީގެން ބަޔާންތައް ނުދެވި ނޯންނާނެ ކަމަށް.

14:04

ޔާމީންގެ ވަކީލް އަލީ ޝާހް: މިދައުވާ އަށް ޔާމީން އިންކާރުކުރޭ. ދައުވާ އަށް އިންކާރު ކޮށްފައި ވަނީ ދައުވާގައި ބުނާ އެއްވެސް ކަމެއް ކުރުމުގެ ނިޔަތެއް އަދި އަސްލެއް ވެސް ނެތުމުން. ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޤާނޫނީ އިމުން ބޭރުން އުފުލާފައިވާ ދައުވާއެއް. ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިންސާފުން ބޭރުން. ޖިނާޢީ އަމަލެއް ދައުވާގައި ސާފުކޮށް ބަޔާންކޮށްފައެއް ނެތް.

13:56

ދައުލަތުގެ ވަކީލް: އެސްއޯއެފް އިން ޖަމާކުރި އެއްމިލިއަން ޑޮލަރު އެކްސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި މީހެއްގެ އަތުން ހޯދި ފައިސާ ޖަމާކޮށްފައި ވާތީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައިދިނުން އެދެން.

13:53

ދައުލަތުގެ ވަކީލް: އަދީބާއި ޒިޔަތު ދިން ހެކިބަހަށް އެކައުންޓް ސްޓޭޓްމަންޓުން ބާރުލިބޭ. އަދީބާއި ޒިޔަތަކީ ފާސިގުން ކަމަށް ބެލިނަމަވެސް މިމައްސަލަ ޔާމީންގެ މައްޗަށް ސާބިތުކުރެވޭނެ ހެކިތައް އެބަހުރި. އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް މިމައްސަލައިގައި ބަލައިގަންނަން ޖެހޭނެ ކަމަށް ދައުލަތުން ގަބޫލުކުރަން.

13:49

ދައުލަތުގެ ވަކީލް: އެސްއޯއެފް އިން ހޯދި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައި ހުރި ފައިސާ ކަން މުހިއްމެއް ނޫން. ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުވާ ލިބޭ ފަރާތައް ސާބިތުވާން ނުޖެހޭކަން ޤާނޫނުން އެނގޭ. އެއީ ކެމްޕޭން ފައިސާނަމަ އަމިއްލައަށް މަންފާ ހޯދުމަށް އިންވެސްޓް ކުރުމުގެ ބޭނުމެއް ނެތް.

13:44

ދައުލަތުގެ ވަކީލް: އޭސީސީ އާއި އެކު ޔާމީން އެކްސްކްރޯ އެއްބަސްވުން ވެފައިވީއިރު ވެސް އެފައިސާ ވަނީ އިސްލާމިކް ބޭންކްގެ އިންވެސްޓްމަންޓް އެކައުންޓަށް ބަދަލުކޮށްފައި ވާތީ އެއްބަސްވުން ވެފައިވާއިރު ވެސް އެފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާނުކުރެވޭނެކަން ޔާމީނަށް އެނގޭނެ.

13:38

ދައުލަތުގެ ވަކީލް: ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަތައް ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ދެކެން.

13:37

ދައުލަތުގެ ވަކީލް: އަދީބާއި ޒިޔަތުގެ ހެކިބަހަށް ބަލާއިރު ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައި ހުރި ފައިސާކަން އެކަށީގެންވާ ޝައްކެއް އުފެދޭ މިންވަރަށް ސާބިތުވޭ.

13:35

ދައުލަތުގެ ވަކީލް: އަބްދުﷲ ޒިޔަތު ދިން ހެކިބަހުގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައި ވަނީ ޔާމީން ބުނެގެން ކަމަށް ހެކިބަސް ދިން. އަދި އަދީބު ހެކިބަސް އަދާކުރަމުން ޕީޕީއެމްގެ ފައިސާ ބެލެހެއްޓި ކަމަށާއި ނަމަވެސް އެއީ އެހައި ބޮޑު އަދަދެއް ނޫންކަމަށް ބުނެފައިވޭ.

13:33

ދައުލަތުގެ ވަކީލް: ހެކިބަސް ދެމުން މުއައްވިޒް ވަނީ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ހަސަން ލުތުފީ އާއި އެކު ޔާމީނާއި އެކު ބައްދަލުކޮށް އެންގިކަމަށް ބުނެފައިވޭ. 2016 ވަނަ އަހަރު ހަސަން ލުތުފީ ވެސް މިމައްސަލަ ތަޙްޤީޤު ކުރަމުންދާކަން ޔާމީނަށް އެނގޭ.

13:31

ދައުލަތުގެ ވަކީލް: މިދައުވާ ކުރަނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާ ކަމަށް އެކަށީގެންވާ ޝައްކެއް އުފެދިފައި ވަނިކޮށް އެފައިސާ އިންވެސްޓް ކޮށްފައި ވާތީއާއި، އޭސީސީ އާއި އެކު ވެފައިއޮތް އެސްކްރޯ އެއްބަސްވުމާއި އެއްގޮތައް އަމަލުނުކޮށް އަސްލު އޮޅުވާލާފައި ވާތީ.

13:29

ދައުލަތުން ހުލާސާ ބަޔާން ހުށަހަޅަން ފަށައިފި.

13:28

ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ފަށައިފި.

13:22

ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމަށް އެމަނިކުފާނާއި، ޤާނޫނީ ވަކީލުން ވަދެވަޑައިގެންފި.

13:17

ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ފަށަން ތާވަލްކޮށްފައި ވަނީ 13:00 ކަމަށް ވީނަމަވެސް އަދި ޝަރީޢަތުގެ އަޑުއެހުން ފަށާފައެއް ނުވޭ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ފަށަން ތައްޔާރުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:00 އަށެވެ.

މިއަދު އޮންނަ އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށްވާތީ ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ބާއްވާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ބާއްވާ އަޑުއެހުމެވެ. ކުށް ސާބިތުވެއްޖެނަމަ އަދަބު ކަނޑައަޅަން އިތުރު އަޑުއެހުމެއް އޮންނާނެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  މުއިއްޒުގެ މީހެއްގެ ކުންފުންޏެއް ނޫނޭ. ދިވެހިން ދޮޅު ރޯނާކަމުންގޮސް ގައުމު މި ހަލާކުވަނީ. މިސަރުކާރުން ބަދަލު ދެނީ ކޮންކޮން ބަޔަކަށްތޯ ލޯ ބޮޑު އައިނެއް އަޅައިގެން ބަލައިބަލަ. ހުސް މޑޕ ސަރުކާރުގައިތިބި އެމީހުންގެ ގާތް މީހުންނަށް. ގައުމު ލޫޓުވާއިރުވެސް ޔާމީން އަށް އޮންނަ ހަސަދައިން ތަނެއް ދޮރެއް އެނގެނީކީނޫން. ވާވަދެ ނިމިފަ. ދެން ތިބޭ. ޔާމީނަށް ބެވީމަ ގައުމު މިވެއްޓިފައޮތް އަނދަވަޅުން އަރާނެ.

  64
  4
 2. ޖިލް

  އިސްގާޒީ ޗެމްބަރުގައި ހަމަނިދަނީ އެހެންނުންވާނީ މިޝަރީއަތަކީ މާކުރިން ލިޔެ ނިމިފައިވާ ހުކުމެއް.

  31
  1
 3. ސައްދާމް

  ގަސްތުގައި ޖެއްސުންކުރަންވެގެން ޖޯޓުތެރޭގައިވެސް ރައީސް ޔާމިންގެ ވަކީލުންގެ ޓީމު ތިއްބަވާ ދިމާލުން ބޮކި ނިއްވާފައި ހުރުމުން ވެސް އެގިގެންދޭ މީ ސިޔާސީ ދައުވާއެއްކަން.

  32
  1
 4. އަހައްމަދު

  ބަލަތިއޭ މިކުރާކަމަކީ. ޔާމީން ޔާމީން މިކިއަނީ އެމީހުން އެކުރާ ކަންތައްތަކަށް ބައެއްގެ ވިސްނަންވަގުތުނުދީ އޮޅުވާލުންގަނޑެއްގައި ރައްޔިތުން ބޭތިއްބުން

  33
 5. ބޫން

  މިދައުވާ އުފުލާ ފަރާތަކީ ޢަބްދުﷲ ޔާމީނު ކަމަކަށްވެސް އެއްވެސް އިދާރާއަކުން ނިންމާފައެއްނުވޭ ވީމާ މިދައުވާ ޢަބްދުﷲ ޔާމީނު ގެ މައްޗަށް ނުކުކުރެވޭނެ
  ވަކީލު

  22
  3
 6. މިލްކިއްޔާތު

  ހަމަ ހުސްހޮޅިވާހަކަ

  7
  5
 7. އދލ

  ހުކުމް ކުރައްވާށެވެ. މިއަދު އާރާއި ބާރު އޮތީ ކަލޭމެން އަތުގައެވެ. އެކަމަކު ހަނދާން ކުރައްވައްޗެވެ.
  އެމަނިކުފާނަކީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ކާފަރު ބާރުތަކާއި ދެކޮޅަށް ބަސްބުނަން ކެރިވަޑައިގަތް ހަމައެކަނި ލީޑަރެވެ.
  އެމަނިކުފާނަކީ ދިވެހި ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތުގެ ދިފާއުގައި އަނދިރި ބާރުތަކާއި ދެކޮޅަށް ތެދުވެންނެވި ވެރިއެކެވެ.
  އެމަނިކުފާނަކީ ދިވެހި ރާއްޖެއަށް ވެރިއެއްގެ ޤިޔާދަތުގެ ދަށުން މިހާތަނަށް އެންމެ ގިނަ ތަރައްޤީ ގެނެސްދެއްވި މާހިރެވެ.
  އެމަނިކުފާނަކީ އިސްލާމީ ޝަރިއްޔަތުގެ ހުކުމްފުޅުތައް ރާއްޖޭގައި
  ޤާއިމުކުރައްވާނެ ކަމަށް ހަރުއަޑުން ގޮވާލެއްވި ގާއިދެވެ.
  މާތް ﷲ އެމަނިކުފާނަށް ނަސްރު ދެއްވާ އަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރައްވާށިއެވެ.އާމީން

  44
  4
 8. ޓިނު

  ދުވާލުފަދައިން އިނގޭ ތީބޮޑުވަގެއް ކަން

  3
  42
  • Anonymous

   އަމިއްލައަށް ދުވަހަކުވެސް ވައް ކަމެއް ކުރިތަ؟

   22
   4
 9. ނުރަބޯ

  ދެން އަވަހަށް 25 އަހަރުގެ ހު ކުމެއް ޖަހާފަ ޖަލަށްލާ ވަގުބެ

 10. ތަރާދު

  ގާޒީ ނިދިހަމަކޮއްގެން ޝަރީއަތަށް އައުމަށް ކޮއްމެވެސް މީހަކު ލަފާދީބަލަ.. އަދުލަށް ހުކުމެކުރަން ގާޒީގެ ލޯ ރަގަޅަށް ހުޅުވިފަހުރުމަކީ މުހިއްމުކަމެ.. ސިކުނޑިން ރަގަށް ވިސްނޭނީ ހޭލާއިދެވިގެން.

 11. މަމޮޅު

  ޚޮންމެސް ބައެއްގެ ފަހަތުން ދުވެދުވެ ތިބޭ ދެންވެސް ލާރި ކޮޅެއް ބަހާލީމަ ރައްޔިތުން ހޮވާލާނެ މިއޮތީ ވާ ވެރިކަމެެއް ކުރާ ބަޔެކޯ