ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވިއިރު، އޭނާ އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދަން އޮތީ ނިންމާފައެެވެ.

އޭނާގެ އިތުރުން، އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒޭނާ ވަކި ކުރުމުގެ މަސައްކަތް މިއަދު މަޖިލީހުގައި ކުރިއަށްދާނެއެވެ.

މީގެ ކުރިން އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ. އެ ދެ މީހުންވެސް ކޮމިޝަނުން އިސްތިއުފާ ދެއްވާފައި ވަނީ، އެ މީހުންގެ މައްސަލަތައް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެކެކެ

    އެހާވަރަށް ރާޓީވީއަށް ހޭހަންކޮށް ދިނީމަވެސް ބޮލުގަ ބަޑި ޖެއްސީ ީ ީ ީ؟؟ އަޅެ ހަމްދަރުދީވަން.

  2. ކޮތަރު

    ތަނެއްގައި، އެތަނެއްގެ ކަންކަމުގެ ތަޖްރިބާ ލިބިފައިވާ މީހަކު ހުރިއްޔާ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ބޭރުކުރާތި. އޭރުން ގަންޖާމެން ކުޅެން ތިއުޅޭ ކުޅިގަނޑު ފުރިހަމައަށް ކުޅެލެވޭނީ. ކަލޯމެން ރައްޔިތުންނަށް ތިޔަދޭ އަނިޔާގެ ރަހަ މާތްﷲ ދާދި އަވަހަށް ކަލޭމެންނަށް ދައްކަވާނެ. ދައުލަތުގެ ހުރިހާ ބާރެއްގަ ބަގުޑި ބައްދައިގެން އަބަދު ތިބެވޭނެކަމަށް ހީނުކުރާތި. ތިޔަ ނުބައިވެގެން ބައިގަނޑުގެ ވަކިތައް މުލުން ލުހެވިގެން ދާނީ މާތްﷲ ގެ ވާގިފުޅާއެކު ދުވަހަކުވެސް ދެން އެބާރުތައް އަނބުރާ ނުލިބޭނޭފަދަ ގޮތަކަށް. އިންސާނާ އާއި އަމާނާތްތައް ހަވާލުކުރައްވަނީ އިމްތިޙާންވެސް ކުރެއްވުމަށް. އެކަން ހަނދާން ނައްތާލާ ހަވާނަފްސުގެ އެދުމަށް ކަންކުރާ މީހުނަށް ލިބޭނޭ ޖަޒާއަށް ފުރިހަމައަށް ތައްޔާރުވެގެން ތިބޭތި.