މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީއާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ 18 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލުކޮށްފައެވެ. މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީއާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގައި އުނގެނެމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.