ރާއްޖޭގެ ފަސް ރަށެއްގެ ގޮންޑުދޮށް ހިމާޔަތް ކުރުމުގެ މަަޝްރޫއުގެ ޑިޒައިން އާއި އީއައިއޭ ހެދުމަށް މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތު ލަމެއާ ގުރޫޕު އެންޑް ނިރާސް އޭއެސް (ޑެންމާކު) އާއެވެ.

އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މ. އަތޮޅުގެ ތިން ރަށަކާއި ތ. އަތޮޅު ދެ ރަށެެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިން އާއި އީއައިއޭ ހެދުމަށެވެ. އެ ރަށްތަކަކީ މ. މުލައް، ދިއްގަރު، ކޮޅު ފުށި އަދި ތ، ބުރުނި، އަދި ވަންދޫގައެވެ.

މި މަޝްރޫއުގެ ދަށުން އެ ފަސް ރަށަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިން އާއި އީއައިއޭ ތައްޔަރު ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައި ވަނީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒް އެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް ވިދާޅުވީ މ. އަތޮޅުގެ ތިން ރަށުގެ އެ މަސައްކަތްތައް ނިންމަން ދީފައިވަނީ 12 ހަފްތާގެ ތެރޭގައި 1.9 މިލިއަން ރުފިޔާ އަށެވެ. އަދި ތ. އަތޮޅު ދެ ރަށުގެ އެ މަސައްކަތް 1.6 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާއިރު މި މަސައްކަތްވެސް ނިންމަން ހަވާލުކުރީ 12 ހަފްތާއަށް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ކަލޯތީ އެމްޑީޕީއަށް ވަރަށް ހަރަދުކުރާ ކުންފުންޏެއް، އެހެންވެ ދޯމިމީހުނަށް މިބިޑް ވިންވީ.

  2. ބިންތި

    އެޕޯލޯ ދަވާލި ގޮލާ. ހެެހެހެ

  3. ީޮޮްގޮނޑުދޮއް

    ޢެޔީއަސްލަމް އާއިސާބެގެ ހިއްސާވާކުންފުންޏެއް އެހެންވީމަލިބޭނީ އެކުންފުޏަކަށްނުން

  4. އަމީނު

    ޓތީ އީވާގެ ފިރިމީހާ ސާބެގެ ކުންފުންޏެއް އަޑީގައި ހުންނާނީ ސާބެ..މިހާރުވެސްބަލާ..މިކަމުގައެއްވެސް ސައްކެއްނޯންނާނެ..މީގޮތެއްނޫން